ވިޔަފާރި

ޓޫރިޒަމް ވަރުގަދަވެ ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވެއްޖެ: ސީބީއާރްއީ

ރާއްޖޭގެ ރިސޯޓެއް.

ޓޫރިސްޓުން އައުން އިތުރުވުމާ ގުޅިގެން ބޭރުގެ އިންވެސްޓަރުންގެ ޑިމާންޑް ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް، ކޮމާޝަލް ރިއަލްއެސްޓޭޓް ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރްއީ) އިން ބުނެފި އެވެ.

ސީބީއާރްއީ އިން ބުނީ ރާއްޖެއަށް ޑިމާންޑު ބޮޑުވީ، 2020 ވަނަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކުރުމާ ގުޅިގެން ކަމަށެވެ. ސީބީއާރްއީ އިން ބުނީ ހައި އެންޑް ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ވެފައި ވާއިރު މިއީ ހޮޓެލް ވިޔަފާރިތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް މާލީ ބޮޑު ފައިދާއެއް ހޯދޭނެ މަންޒިލެއް ކަމަށެވެ.

ރާއްޖޭގެ ރިސޯޓެއް. ރާއްޖޭގައި 200 ވަރަކަށް ރިސޯޓު އަންނަނީ ހިންގަމުން.

ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ކޮވިޑަށް ފަހު ޓޫރިޒަމް ދާއިރާ އެންމެ އަވަހަށް ރިކަވާވި ގައުމަށް ވުމަކީ ވެސް އެ ދާއިރާއަށް އިންވެސްޓަރުންގެ އިތުބާރު އެތައް ގުނައެއް ބޮޑުވި ސަބަބެކެވެ. ސީބީއާރްއިން ބުނީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ޓޫރިޒަމަށް ބޮޑު އިސްކަމެއް ދިނުން ވެސް އިންވެސްޓްމަންޓަރުންގެ ސަމާލުކަން ލިބުނު ސަބަބަކަށް ވެފައިވާ ކަމަށެވެ. އަދި ސަރަހައްދުގެ އެންމެ މަގްބޫލު އެއް މަންޒިލް، ބާލީ އަށް ވުރެ ބޮޑަށް ރާއްޖޭގައި ޓޫރިޒަމްގެ ޕްރޮޖެކްޓްތައް ހިންގުމަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު ކަމަށް އެ އޭޖެންސީ އިން ބުންޏެވެ.

ސީބީއާރްއީގެ ހެޑް އޮފް ރެޒިޑެންޝަލް ސޭލްސް، ޕްރަފިންލީޔާ ފުއަންގުއަންކާން ވިދާޅުވީ، ރާއްޖެ އަކީ ޓޫރިޒަމްގެ ވަރަށް ތަފާތު މަންޒިލެއް ކަމަށާއި، އާ ފުރުސަތުތަކާ އެކު އިންވެސްޓަރުންގެ ޝަގުވެރިކަން ބޮޑުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އިންވެސްޓަރުންގެ އެންމެ ބޮޑު ޑިމާންޑެއް އޮތީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތަކާއި ރިސޯޓުތަކުގެ ވަކި ވަކި ވިލާތައް ގަންނަން ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންވެސްޓް ކުރާ ބައެއް ޕްރޮޖެކްޓްތަކުން ހަތް ޕަސެންޓާ ހަމައަށް ރިޓާން ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހު ރާއްޖޭގެ ޓޫރިޒަމް ވަނީ 20 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުން ކަމުގައިވީ ނަމަވެސް، ޗައިނާ މާކެޓް ހުޅުވުމާ އެކު އެ އަދަދު ދެ މިލިއަނަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ކަނޑައެޅި ޓާގެޓަށްވުރެ ޓޫރިސްޓުން އަންނަ ވަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.

މީގެ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު ހަ ދުވަހުން އަށް ދުވަހަށް ވަނީ އިތުރުވެފަ އެވެ.

ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި ވީނަމަވެސް އާއިލާތަކަށް ހާއްސަ ރިސޯޓުތައް ވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެއާއެކު މިހާރު ރާއްޖެ ވެފައިވަނީ މަހުޖަނުންގެ އާއިލާތައް ވެސް ޗުއްޓީ ހޭދަކުރަން އަންނަ މަންޒިލަކަށެވެ. އެހެންވެ، އިންވެސްޓަރުންނަށް ވަނީ އެ ދާއިރާތަކުން ޓޫރިޒަމަށް އިންވެސްޓް ކުރަން ފުރުސަތުތައް ފަހިވެފަ އެވެ.

24 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީހަމީދު

25 April 2023

ތީ ތެދެއް، މިހާރު ވަރަށްގިނަ މީހުން އާދެ މުޅި އާއިލާއެކީ ޗުއްޓީހޭދަކޮއްލަން. ރަށްރަށުން ގޭގެ އެއްކޮށް ހިފާލައިގެން މަހެއްވަރު ކޮއްލާފަދަނީ.

The name is already taken The name is available. Register?

ހަސަނު

24 April 2023

އަހަރަކު 1.5 މިލިއަން ޓޫރިސްޓުން އަންނަ އިރ އޭގެން ކޮންމެ މީހަކު އެވްރެޖްކޮށް 10 ހާސް ޑޮލަރު ހަރަދު ކުރާނެ.. އެއީ އަހަރަކު 15 ބިލިއަން ޑޮލަރު... މިރާއްޖެއަށް ޓޫރިސްޓުން އަންނަނީ ރިސޯޓުން ދޭ ހިދުމަތް ރަނގަުވުމަށްވުރެ މި ރާއްޖޭގެ ގުދުރަތީ ރީތިކަމަށް.. އަހަރު 15 ބިލިއަން ޑޮލަރު ލިބޭނަމަ އަހަރުމެން މިތިބީ 1 ޓްރިލިއަން ޑޮލަރުގެ އެސެޓެއްގެ މަތީގަ.. އެކަމަު މި އެސެޓްގެ މިލްކުވެރިން 500 ޑޮލަރުގަޑު ނުލިބިގެން ސިޔާސީ މީހުން ގާތު ސަލާންޖަހާހާ މިވަނީ..

The name is already taken The name is available. Register?

ހަސަނު

24 April 2023

ރާއްޖޭެ ޓޫރިޒަމަކީ ކާމިޔާބު ސިނާއަތެއް.. މި ސިނާއަތުން ރައްޔަތުންނަސް ލިބޭ ނަފާ މިހާރަށް ވުރެ ބޮޑު ކުރާންޖެހޭ..

The name is already taken The name is available. Register?

ރައްޔަތުމީހާ

24 April 2023

މީގެ އެންމެ ހެއްވާ ކަމަކީ .ޓުވަރިޒަމް ޕޮރޮމޯޓް ކުރަނީ ދިވެހި ރައްޔަތުންގެ ފައިސާއިން. މަންފާ ދަނީ ރާއްޖޭން ބޭރަށް. ދިވެހިން މި އުޅެނީ އެންދަމާލާނެ ފަޅެއް ނުލިބިގެން. ދަނޑުވެރިކަން ކޮއްލުމާ ދަތުރު ގޮސްދާނެ ރަށެއް ނުލިބިގެން

The name is already taken The name is available. Register?

އިސްމާލި

24 April 2023

އާޓީކަލް އިން ފެންނަނީ ސަނީ ސައިޑް އޮފް ލައިފް. އަނެއް ފަރާތުގައި އޮތީ "ސިޔާސީ" މީހުންނާއި އާންމުންގެ ކޮރަޕްޝަން. އެކަކު އަނެކަކަށް އިހުތިރާމް ނުކުރުމާއި މަގުމައްޗަށް ކުނިއެޅުމާއި، ބުޅާގުއިން މަގުތައް ތަޣައްޔަރުވުން. އަދި ރޯގާ ބަލިމަޑުކަން މުޅި އަހަރުތެރޭ ނުފިލުމާއި ނައްތާލެވިފައިވާ، ހިމަބިހި، މެލޭރިޔާ ފަދަ ބަލިތައް ފާޅުވުން. ހައްދެއް ނެތް މިންވަރަށް ބިދޭސީން ގިނަވުމާއި ދިވެހިންގެ ވިޔަފާރިތަކާއި އަމިއްލަވަންތަކަން ނެތިދިއުން.

The name is already taken The name is available. Register?

ޢަރުތަ

24 April 2023

ދެރަވެ ހިތާމަ ކުރަނީ ފުދުންތެރި ތަނަވަސް ތާހިރު ދިރިއުޅުމެއް އުޅޭ ރައްޔިތުންގެ އަދަދު މަދުކަމުން، މިކުޑަކުޑަ އާބާދީގެ މެޖޯރިޓީ އުޅެނީ ވަރަށްދަތިހާލުގަ، މަތީފެންވަރުގެ ބޯހިޔާވެހިކަމުގަ ދުއްވާނެ ފެންވަރު ރަނގަޅު ކާރުގަ ތަނަވަސް ދިރިއުޅުމެއް އުޅޭ ވަރަށް ގިނަ ބަޔަކީ ކުއްލި މުއްސަނދިކަން، ނުވަތަ ކޮންމެވެސް އަޑިނޭގޭ ވިޔަފާރިއެއް ކޮށްގެން ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ ބައެއް، މިވާހަކަ ބަޔަކަށް ހަޖަމު ނުވިއަސް ހަގީގަތް ވާނީ ހަމަ ހަގީގަތަށް.

The name is already taken The name is available. Register?

ރައްޔަތުން

23 April 2023

ކިތަން މަސްހޫރު ވިޔަކަސް ތީގެން އޮތީ ކޮން ފައިދާއެއް މި ރާއްޖޭގެ ރައްޔިތުން ނައް .ހުރިހާ ފަޅެކާ ރަށެއް ހުސްކުރަން. ވަޒީފާ ތައް ބޭރު މީހުންނައް . ރިސޯޓްތަކުގާ ބޭނުން ކުރަނީ ބޭރު ގައުމުތަކުގެ ބެންކް އެކައުންޓް ތަކުގެ ކާޑު މެސިންތައް .ހުރިހާ ޑޮލަރެއް ޖަމާވަނީ ބޭރުގެ އެކަންޓު ތަކައް .

The name is already taken The name is available. Register?

ރާއްޖެ

23 April 2023

ޓޫރިޒަމުން ލިބޭ ފައިދާގެ ބޮޑުބައެއް ދަނީ ބޭރު ބޭންކްތަކަށް. ވަޒީފާ ބިދޭސީންނަށް. ގައުމުގަ ނެތް ޑޮލަރެއް. ހައި އެންޑް ޓޫރިޒަމް.

The name is already taken The name is available. Register?

ބޮޑުމީހާ

23 April 2023

ޓޫރިޒަމް ލިބޭހާ ފައިދާއެއް މިގެންދަނީ ރާއްޖެއިން ބޭރަށް. އާއްމު ދިވެހި ރައްޔިތު މީހާއަށް ޓޫރިޒަމްއިން ލިބޭ އެއްޗެއް ނެތް. އެންމެ ކުޑަމިނުން ޑޮލަރަށް ސަލާންޖަހަން މިޖެހެނީ. ޓޫރިޒަމްގެ ނަފާ ދިވެހިންނަށް ލިބެން ރާއްޖޭގަ ކުރެވޭ ހުރިހާ ޓްރާންސެކްޝަނެއް ދިވެހި ރުފިޔާއިން ކުރަން މަޖްބޫރުކުރުމާއި، ރާއްޖޭގެ ބޭންކްތަކަށް ފައިސާވަންނާނެ ގޮތަށް ޕޮލިސާތައް ބަދަލުކުރުމާއި، ދިވެހިންގެ ނިސްބަތް ރިސޯޓްތަކުގައި ގާނޫނާއި އެއްގޮތަށް ތަންފީޒުވާންޖެހޭ

The name is already taken The name is available. Register?

ބޮޑުމީހާ

23 April 2023

2019 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރީ 1.7 މިލިއަން ޓޫރިސްޓުން. މިއަހަރު ތައިލެންޑަށް 30 މިލިއަން، އިންޑަނޭޝިއާއަށް 16 މިލިއަން، މެލޭޝިއާއަށް 26 މިލިއަން އަދި އިންޑިއާއަށް 10 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި. ޓޫރިޒަމްވެސް ސެންޓްރަލައިޒްޑްވުމުގެ ހިތި ނަތީޖާ މިފެންނަނީ. މާލެ ނުޖައްސައި ޓޫރިސްޓަކަށް އެތެރެވެވޭކަށް ނެތް. ހުރިހާ ކަމެއް މާލެއަށް. 5 މިލިއަން ޓޫރިސްޓުންނަށް ރާއްޖެއަށް ނުގެނެވުމަކީީ ލަދުވެތިކަމއް، ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލް

The name is already taken The name is available. Register?

ހަސަންކާރި

23 April 2023

ނޫނޭ ކެޔޮފުޅާ އެހެން އޮންނަކަމެއްް ނޫން ތީކީ. އެތަނެއްގެ ފެންވަރާ ކެޕޭސިޓީ ހުރިވަރަކުން ޓޫރިސްޓުން ގެނެވޭނީ. މިހާރުވެސް މިއުޅެނީ އިންޑަސްޓްރީގަ މީހުން ނެތިގެން ވަސީލަތްތައް ނެތިގެން. ބިން ނެތިގެން. މީކީ މީހުން ގިނައިން ގެނެވިގެން ވަކިމޮޅުވާކަމެއް ނޫން. ރާއްޖެއަކީ ލަގްޒަރީ ޑެސްޓިނޭޝަނެއް. ރިޓާން ބޮޑުވަނީވެސް ލަގްޒަރީކަމުން. މިތަން ބެންގްކޮކް މޮޑެލްއަކަށް ނުހިންގޭން.

The name is already taken The name is available. Register?

މަނިކުބެ.

23 April 2023

ބޮޑުމީހާއަކަށް ނޭގޭތަ ދިވެހިރާއްޖެއަކީ ކ.އަތޮޅު މާލެ ކަމެއް؟ މާލެއަށް އާދެވުމުން އެއޮތީ ދިވެހިރާއްޖެއަށް އާދެވިފައި. އެހެންވީމާ އެރަށުގައި ނޫން ތަނެއްގައި ކޮންމެހެން އެއަރޕޯޓް އޮންނާކަށް ނުޖެހޭ. އެހެން ރަށެއްގައި އެއަރޕޯޓެއް އޮތުމަކީ މުޤައްދަސް ރަށްކޮޅުގެ ހައިބަތަށް އުނިކަން ލިބިދާނެ ކަމެއް.

The name is already taken The name is available. Register?

ކުޑަބޭ

23 April 2023

ބަލަ ތިކިޔާ އިންޑިޔާއަށް ބޭހަށް ދާ ހުރިހާ ދިވެހިންވެސް ގުނާނެ ޓުވަރިސްޓުންގެ ގޮތުގައި ، އަދި ތައިލެންޑަށް ވިޔަފާރިއަށް ދާ ހުރިހާ މީހުންވެސް ގުނާނެ ޓުވަރިސްޓުންނަށް، ރާއްޖެއަށް އަންނަ ގިނަ ޓުވަރިސްޓުންނަކީ ރިސޯޓްތަކަށް އަންނަ މީހުން، އހެން ބޭނުންތަކަށް އަންނަ ޓުވަރިސްޓުން ވަރަށް މަދުވާނެ ރާއްޖޭގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454