ކަކުނިތައް.
24 އެޕްރީލް 2023 - 14:06
ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރައްވާ އަބްދުލް އަޒީޒް އަބްދުލްހަކީމް (އެންޑީ އަޒީ) އާ ހަވާލާ ދެއްވައި، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓު (އެމްއެމްއާރުއައި) ގެ ޑިރެކްޓަރު ޑރ. މުހައްމަދު ޝިހާމް އާދަމް މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްބިންފަރުގެ އަތިރިމައްޗަށް މިލިއަނަކަށް ވުރެ ގިނަ ގިނަ ކަކުނި ލައްގާފައިވާ ކަމަށެވެ.
އޭގެ ފަހުން އެ ޓްވީޓަށް ރައްދު ދިން ބައެއް މީހުން ބުނީ އެ ކަހަލަ ކުދި ކަކުނިތަކެއް މާލޭގެ ސަރަހައްދަށް ވެސް ލައްގާފައިވާ ކަމަށެވެ.
ނަމަވެސް، މިކަން މިހެން ދިމާވަނީ ކީއްވެގެން ހެއްޔެވެ؟
މެރިން ރިސާޗު އިންސްޓިޓިއުޓުގެ ޑިރެކްޓަ ޖެނެރަލް ޝާފިޔާ ނައީމް "މިހާރު" އަށް އިއްޔެ ވިދާޅުވީ އަތިރިމަތިން ގިނަ އަދަދެއްގެ ކަކުނި ފެނުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް ހުރެދާނެ ކަމަށެވެ. މިއީ ރާއްޖެ އަށް އެންމެ ހޫނު ގަދަ ދުވަސްވަރަށް ވުމާއި މި ދުވަސްވަރު ވަރަށް ގިނަ ދިރުންތަކެއް، ދަރިމައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ޝާފިޔާ ވިދާޅުވި އެވެ.
My good friend ND Azeez tells me millions of crabs drifted to Vabbinfaru beach this morning 22April 2023, something he has never seen before. Will they survive he asked me — probably not 😳😳!! @MMRI_Maldives pic.twitter.com/yD8IxIuCf2
— M Shiham Adam (@M_Shiham_Adam) April 22, 2023
"މިއީ، ކޮންމެ އަހަރަކު ވެސް ދިމާވެދާނެ ހާލަތެއް [ކަކުނި ލެއްގުން]. މީގެ ކުރިން އެ ތަކެތި ނުފެންނަ ތަންތަނުން ފެންނަން ފެށުމަކީ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމަކަށް ވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދިރޭ އެހެނިހެން ތަކެތީގެ އާބާދީ ވެސް އެތައް ގުނައެއް އިތުރުވުމުގެ ފުރުސަތު އެބައޮތްކަން ޝާފިޔާ ފާހަގަކުރެއްވި އެވެ. ނަމަވެސް ރާޅު ޖަހާ ހިސާބަށް އެ އެއްޗެހި ނާންނާތީ ފާހަގަނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަހުމަދު ފިޒާލް ވިދާޅުވީ އޮއިވަރަށް އަންނަ ބަދަލުތަކާއެކު އަތިރިމައްޗަށް އެ ކަހަލަ އެއްޗެހި ލެއްގުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ.
ކުދި ކަކުނީގެ އާއިލާގައި ހިމެނޭ އެހެން ބާވަތްތައް ވެސް މީގެ ކުރިން ލައްގާފައި ހުރި ކަމަށް ފިޒާލް ވިދާޅުވި އެވެ. އޭގެ ތެރޭގައި އައިސޮޕޮޑްސް ހިމެނެ އެވެ.
"އެ އެއްޗެހި ލައްގާފައި ދެން މަރުވާނި. އެ ތަން ސާފުކޮށްލުން ރަނގަޅު. އެހެން ނޫނީ މުޅި ސަރަހައްދަށް ކުނި ވަސް ފެތުރިގެންދާނެ." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
26 April 2023
މީގެކުރިންވެސްް ތިވަރައް ކުދިކަކުނިތިރިސޯޓުތަކައްލައްގާ,އެކަމަކު,އޭރުޗައިނާ,ޓުއަރިސްޓުންުއަންނަލެއް ގިނަކަމުން ކަލޭމެނައްނުފެންނަނީމިހާރު ޗައިނާމީހުން އައުންމަދުވީމަ ގިނަހެންހީވަނީ!ތީއެއްވެސްކަމެއްނޫން ތިކަންދިމާވާެަރައް
ރަދީފްއޮފިޝަލް
25 April 2023
ކޮބާ އިންސާނުންގެ އަގަށްވުރެ ޖަނަވާރުންގެ އަގު މަތިކޮށް އެތަކޭތީގެ ހައްގުގަ މަސައްކަތްކުރާ މީހުން އެކްޓިވޭޓް ވެއްޖެތަ؟؟ އެލާޓްވި ތަ؟؟
ފައިލަމް ސްޓަޑީކުރާ މީހެއް
24 April 2023
ބަލަ އެއްވެސް އިލްމީ ދަލީލެއްނެތި ހިތަށް އަރާހާ އެއްޗެއް ތިޔަކިޔާލަނީ.. "އެކަށީގެންވެޔޭ" ތިކިޔަނީ... ބަލަ ދިރޭއެއްޗެއްވީމާ އިންސާނުނަށް ރިޒުގެއްގެ ގޮތުން ލެއްގީކަމަށް އެކަށީގެންވެއޭ ނުބުނީ ކީއްވެ؟ ހަގީގަތަކީ މިފަދަ ކުދި ކަކުނިތަކަށް އަމިއްލައަށް ބާރަށް ފެތުމުގެ ގާބިލްކަމެއް ނުހުރޭ. އެހެންވެ އޮއިވަރުގައި ޖެހިގެން މިތަކެތި ރާޅާއެކީ މިލައްގަނީ. މިބުނީ އިލްމީ ދަލީލާއެކު.
މަތީނު
25 April 2023
ޢިލްމީ ދިރާސާގައި ހައިޕޯތީސިސް ހުންނާނެ. އެފަދަ ވާހަކައެއް "އެކަށީގެންވެޔޭ" އަކީ. މި ހައިޕޯތީސިސް ނަފީކުރެވޭނީ، ތަފާސް ހިސާބެއް އެނަލައިޒްކުރުމަށްފަހު ނެރެވޭ ނަތީޖާއެއްގެ މައްޗަށާއި އެހެނިހެން ޢިލްމީ ދިރާސާތަކުގެ މައްޗަށް.
މަބަލްދީބް
24 April 2023
ޗައިނާ މީހުން ބުނަނީ ތެލުލައިގެން ވަރަށް މީރުވާނެޔޯ.
ކޮރަލް
24 April 2023
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓު (އެމްއެމްއާރުއައި) މިމީހުންގެ ވެބް ސައިޓް އިން ދިވެއްސަކަށް މައުލޫމާތު ލިބޭ ގޮތަށް ދިވެހި ބަހުން އެކައްޗެއް ވެސް ނުހުރެ އެވެ. 99 ޕަސެންޓ ަކނޑު އޮތް އިރު މިމީހުންގެ ފަރާތުން ދިވެހީންނަށް މައުލޫމާތެއް ނުލިބެ އެވެ. މުސާރަ ދީފަ ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. އެންޑީ މެންގެ މަސައްކަތް ތައް ފެންނަން އެބަ ހުއްޓެވެ.
ނެޓް ޖިއޯ
24 April 2023
ކަކުނީގެ ކޮންބާވަތެއްތޯ ފުރަތަމަ ދެނެގަންނަމާތޯ؟ އޮއިވާލި ތަކާ އެކީ ކަނޑުގައި އުޅޭކަކުނި މިލިއަނުން ބިސް އަޅާނެ! އޭގެ ދަރިން އޮޔާއެކީ ކަނޑުދައި ދަތުރުކުރޭ! މަސްވެރިން ބާނާ ކަންނެލީގެ ބަނޑުގައި ގައިވެސް މިފަދަ ކަކުނި ހުރޭ! ވަރަށް ގިނަ އަދަދަކަށް ބިސް އެޅިޔަސް ސަލާމަތްވާނީ މަދު އަދަދެއް! އޮއި ހުންނަގޮތުން ބައެއްފަހަރު މިފަދަ ކަކުނި އެއްގަމާއި ދިމާލަށް އާދޭ، އެއްގަމުގައި އުޅޭބާވަތެއް ނޫންކަމުން ގޮނޑުދޮށަށް ލައްވުމާއެކު ކަކުނި ތައް މަރުވެގެންދޭ!
ހިމާރުލްގައުމު
24 April 2023
ހިންނަވަރު އިބްރާހިމުއާ ތި ސުވާލު ކޮށްބަލަ. އޭނަ ދުނިޔޭން ބޭރުން ކިޔަވައިގެން ހުރީމަ ހުރިހާ ކަމެއް އެނގޭނެ
ޢަރުތަ
25 April 2023
ހިމާރުލްގައުމުގެ ބޮލަށް ތިހިރީ ބޭސްކުރަން ޖެހިފަނޫންބާ!
ޙަސަނާ އަލީ
25 April 2023
ކޮއްކޯ ހަޖަމްކޮއްލާ ދައުރު ނިމެންދެން
ޢަހުމަދުއާ
24 April 2023
މިގޮތައް މާވަހަރު ލައްގާނެ ނަމަ. ޑިވެހިން ހާދަ މުއްސަދިވާނޭ
ނުލައްގާތަ
24 April 2023
އިންތިހާބުތަކާ ދިމާކޮށް ކޮންމެވެސް ބަޔަކަށް މާވަހަރު ލައްގާތީނޫންތަ ކޮންމެ ގޮތަކަށް ވެރިކަން ކުރިއަސް އެހާ ގިނަ ވޯޓް އެ ލިބެނީ.
އަހުމިއްޓެ
24 April 2023
ހުސް މަރުމޯލު ޑޮކްޓަރުންދޯ. “ވެދާނެ” “ފުރުސަތުއެބޮތް” “ކަންނޭނގެ” މިއީ އެއްޗެއް އެނގޭބަޔަކު ދައްކާނެ ވާހަކައެއްނޫން ފާާޑުފާޑުގެ ރިސާޗްސެންޓަރު ހަދައިގެންތިބެ.
ހުމިއްޓޭ
24 April 2023
އެއީ އެންމެ އެނގޭ ތައުލީމީ މީހުންގެ ވާހަކަ ހުންނަންވާނެ ގޮތް. އެންމެ އެނގޭ މީހުން ދަންނާނެ ދުނިޔޭގެ ކަންކަމުގަ ތިމަންނާމެންނަށް އަދި ހުރިހާ އެއްޗެއް ނޭނގޭކަން. ސައިންސުން މިހާތަނަށް އެނގޭ އެތައް މައުލޫމާތަކީ މާދަމާވެސް ބަދަލުވެދާނެ އެއްޗެއްކަން. ހުރިހާ ކަމެއް އެނގޭ ކަމަށް ހެދިގެން ވާހަކަ ދައްކާނީ ހަގީގީ އިލްމީކަމެއް ނެތް މީހުން.
އަހްމަދު ގގ
25 April 2023
މަރުމޯލީ ކާކުތަ؟ ތިހާ ޔަގީންކޮށް ޢިލްމީ ކަންކަމުގަ ވާހަކަ ދައްކާނީ މަރމޯލުން. އިންސާނުންގެ ގިނަ އެންގުންތައް ބިނާވާނީ ޕްރޮބެބިލިޓީ އަށް. ހުރިހާ މައުލޫމާތު ކީއްކުރަން ގިނަ މައުލޫމާތަކީ ތިހާ ޔަގީނީ އިލްމެއް ނޫން. އެއީ އިންސާނުންގެ ދަރަޖައެއް ނޫން.
ކުޑަ ހަސަނު
24 April 2023
މީގެ 2 އަހަރެއްހާ ދުވަސް ކުރިން ހަމަ ތިޔަގޮތައް ކަކުނި ލައްގާފަ ހުރި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް. އެއީވެސް ހަމަ އިރުވައި މޫސުންނިމި ހުޅަނގު މޫސް ފެށުނު ދުވަސް ވަރެއް. މުސްކުޅި އުމުރުގެ މީހުން ބުނަނީ އެއީ ހުޅަނގުމޫސުމުގެ އެންވެރިކަން ކައިރިވާތީ ވާކަމަކަށް ވެދާނެކަމަށް. އެއްކަލަ ރެދަން އިތުރު ވުމަކީވެސް މިޒާތުގެ ކަނޑުގެ ދިރުން އިތުރުވުމާ ގުޅިފައި ހުންނަ ކަންކަން ކަމަށް.