ހުޅުމާލެއިން ޔޫތު މިނިސްޓްރީއަށް ދިން ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް އާއި އާބަންކޯގެ އެމްޑީ އާތިފް.-- ފޮޓޯ: އާބަންކޯ
25 އެޕްރީލް 2023 - 11:14
ހުޅުމާލެ ދެވަނަ ފިޔަވަހިން ޔޫތު މިނިސްޓްރީއަށް ބޮޑު ބިމެއް އިއްޔެ ދީފި އެވެ.
އާބަންކޯ އިން ބުނި ގޮތުގައި، އެއީ ހުޅުމާލޭގައި މުނިފޫހިފިލުވުމަށާއި އެކިއެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީއަށް ދިން ބިމެކެވެ. އެކިއެކި ރެކްރިއޭޝަނަލް ވަސީލަތްތައް ތަރައްގީކުރަން ދިން އެ ބިމަކީ 54،307.32 އަކަފޫޓުގެ ބޮޑު ބިމެކެވެ.
އެ ބިން ހަވާލުކުރުމަށް އިއްޔެ އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.
We believe in investing in our community and that’s why, today we have signed an agreement with the @MoYSCEmv for the development of lands purposed towards recreational usage.#WithUrbanco#urbancomv pic.twitter.com/FMhG3nwZBm
— Urbanco (@hdcmaldives) April 24, 2023
ޔޫތު މިނިސްޓްރީގެ ބަހެއް ނުލިބޭތީ މި ބިމުގައި ކުރަނީ ސީދާ ކޮން ބޭނުމެއް ކަމެއް ސާފުވާ ގޮތެއް އަދި ނުވެ އެވެ.
އާބަންކޯ އިން އަންނަނީ ހުޅުމާލޭގައި އެކިއެކި ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖައްސަވަމުންނެވެ.
ހުޅުމާލޭގައި އިންޑޯ އަދި އައުޓްޑޯ ކުޅިވަރު ކޯޓްތަކާއި ސްކޭޓް ޕާކުތައް ހެދުމާއި މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމު ވެސް އާބަންކޯ އިން އަންނަނީ ހަމަޖައްސަމުންނެވެ. އަދި އެކި އުމުރުފުރައިގެ މީހުން މުނިފޫހިފިލުވުމަށާއި ހިތްހަމަޖައްސާލަން ނުކުމެލާނެ ޕާކުތަކާއި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ޕާކުތައް ވެސް ހުޅުމާލޭގެ އެކި ތަންތަނުގައި އަންނަނީ ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޑަހަންޖާ
26 April 2023
ހަމަ މިވަރުތަނެއް ސަރުކާރަށް އިހައްދުވަހު ގަތީ ތިޔަ ކުންފުންޏަށް 800 މިލިއަން ދީފަނޫންތޯ. އޭރުވެސް އަހަރެމެން އެބަކިޔަން ވިޔަފާރިކުރަނީކީނޫނޭ، ދައުލަތުގެ މާލިއްޔާ ވަކިތަނަކަށް އަޅަން ކުންފުނިގަނޑެއް ދޭތެރެއަށް ވައްދައިގެން ހިންގާ ބޮޑު ގޭސްގަނޑެކޭ ތިއީ. ތިކުންފުނި އުވާފަ ސިޓީކައުންސިލެއް ހަދާފަ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތްކުރަންޖެހޭ ތިތަން.
ބޮޑުމީހާ
25 April 2023
މާލެ ހުޅުމާލެ އާބާދީ 2 ލައްކައަށްވުރެ މަތި. މިތާގަ ކުޅިވަރުކުޅެލާނެ ފުރުސަތެއް ހޯދަންޖެހޭނީ ޑިއުޓީއަށް ތިބެގެން. ކުދި އާބާދީތަކުގައި ދުވަހަކު ބަޔަކު ކުޅިވަރުކުޅުނަސް ނުކުޅުނަސް ކުޅިވަރު ކުޅޭނެ ވޮލީ، ފުޓްސަލް ދަނޑު ގާއިމުކުރެވޭ. ނުވިތާކަށް މާލެ ސަރަހައްދުގައި އޮތްހާ ތަނެއްވަނީ ގޭންގުތަކުގެ މިލްކިއްޔާތަށް ހަދައި އެފަރާތްތަކަށް ޖިޒީ ދައްކައިގެން ބޭނުންކުރެވޭ ގޮތްހަދައިފައި
އާތިފް އަނީމް
25 April 2023
ރައްޔިތުންގެ ފައިސާއިން ބިންހިއްކާފަ ބޮޑު އަގުގަ ބިންތަން ވިކަމުންދާ އާބަންކޯއިން ލަދެއްނުގަނެތަ.ސަރުކާން ރައްޔިތުންނަށް އަގުހެޔެކޮންދޭންއެޅި ހިޔާ ވިނަރެސް ފުލެޓް ބޮޑު އަގުގަދީފަ.ދައުރުނިމެނި ފޭސް 2 މިސްކިތެއް ނޭނި.
ޖާނޭ
25 April 2023
އެފްއޭއެމް އަށް ހިލޭދީ.
22280
25 April 2023
ފޭސް 1 ގަ އަޅާފަ އޮތްކަހަލަ ވޯޓަރ ޕާރަކެއް ވެސް އަޅާން ބިމެއް ފޭސް 2 އިން ވެސް އަވަހަށް ބަޔަކަށް ދޭން ފެނޭ. ފޭސް1 ގަ އޮތް ޕާރކް މިހާރު މާ ބޮޑަށް ބާވެއްޖެ . ޝުކުރިއްޔާ އެޗްޑީސީ#އާރބަންކޯ#
ޛުހާ
25 April 2023
ބަޔަކައް ދިގުމުއްދަތައް ދީ އަވަހައް ކަޓެއްލިބޭނި އޭރުން. ޢެއްވެސް ޕުލޭނެއްނެތި ހުޅުމާލެ ބޮއްސުން ލައިފި
ހުސެންބެ23
25 April 2023
ގޮނޱު ނުކުރާތި. މިހާރުވެސް ތި ރެހެންދި ސުކޫލުކައިރީ އެ އޮންނަދަނޑު އެއީ ކާރު ޕާކުކުރުމާ ކުޅިވަރު ކުޅޭމީހުންގެ ކުނި ޖަމާކުރާތަނެއް. ޕްލާސްޓިކު ފުޅިން ތަން ބަލާލަން ނުކެރެ.
ޖިލް
25 April 2023
ތަރައްގީކޮށްފަ ކޮންމެސއ ގޭންގަކަށް ހަވާލުކުރޭ އެވެރިން ފައިސާ ހޯދަން.