އެޕްރީލް 22، 2023: ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމުގެ ގޮތުން، އެ ގައުމު ދޫކޮށް ނުކުތް އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގައި ޖިއްދާ އަށް އައި މީހުންގެ ތެރޭގައި ހިމެނޭ ތުއްތު ކުއްޖާ އުރާލައިގެން މަނަވަރުން ފޭބި މަންޒަރު އާންމުވެ، ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސައޫދީ އަރަބިއްޔާގެ އަންހެން ސިފައިންގެ މީހާ މަނަވަރުން ޖިއްދާގެ ބަނދަރަށް ފައިބަނީ. --އޭއެފްޕީ
26 އެޕްރީލް 2023 - 10:16
ޒަމާނުއްސުރެ ސައޫދީ އަރަބިއްޔާ މަޝްހޫރު ވެފައި އޮންނަނީ، ފަރުދާގެ ފުރަގަހުގައި ފޮރުވައިގެން އަންހެނުން ގެންގުޅޭ އަދި އެތައް ހައްގުތަކަކުން އަންހެނުން މަހުރޫމް ކޮށްފައި އޮންނަ ގައުމެއްގެ ގޮތުގަ އެވެ. ނަމަވެސް، ނިދާލާފައި އޮތް ތުއްތު ފިރިހެން ކުއްޖަކު އުރާލައިގެން ހިނގާފައި އަންނަ ސިފައިންގެ އަންހެނަކު ފެނި، ސައޫދީ އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުވާން ފަށައިފި އެވެ.
އަރަބި-އިސްލާމީ ގައުމުތަކުގައި ސޯޝަލް މީޑިއާގައި މިހާރު އެންމެ މަޝްހޫރު އެއް ފޮޓޯއަކީ، މިހާރު ސޫދާންގައި ފެށިފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުން ބޭރަށް ނުނުކުމެވި ތިބި އެކި ގައުމުތަކުގެ މީހުން ސޫދާނުން ބޭރަށް ގެންދިއުމުގައި ހަރަކާތްތެރިވާ ސައޫދީ ފައުޖުގައި ހިމެނޭ އަންހެން ސިފައިންގެ މީހެކެވެ.
A female soldier in the #Saudi Ministry of Defense holds a child upon his arrival in Jeddah as part of the Saudi evacuation from #Sudan pic.twitter.com/hzxCXkkFaQ
— عمار الموسى (@ammaralmusa4) April 25, 2023
ސާޖެންޓްގެ ރޭންކުގައި ހުރި އެ އަންހެން މީހާގެ ނަމެއް އަދި އިތުރު ވަނަވަރެއް މިހާތަނަށް އާންމުވެފައި ނެތް ނަމަވެސް، ޖިއްދާގެ ބަނދަރުގައި އޮތް ސައޫދީ މަނަވަރުން އޭނާ ފައިބައިގެން އަންނަ މަންޒަރުން އެތައް ވާހަކައެއް ބުނެދެ އެވެ. އެންމެ ފުރަތަމައީ، ސައޫދީ އަރަބިއްޔާގެ ގައުމީ ތަރައްގީގެ ތަފާތު މައިދާންތަކުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑަށް ފުޅާވެއްޖެ ކަމެވެ.
އަނެއް ކަމަކީ، ތަފާތު މައިދާންތަކުގައި ސައޫދީ އަންހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް، އެ ގައުމުގެ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ފައްޓަވާފައިވާ މަސައްކަތަށް، އެ ގައުމުގެ އަންހެނުން ދޭ ތަރުހީބެވެ. ސައޫދީ އަރަބިއްޔާގެ ސިފައިންގެ ޚިދުމަތަށް ތަމްރީން ކުރި އަންހެން ސިފައިންގެ ފުރަތަމަ ބެޗްގެ ސިފައިން ދަސްވެނިވެ ޚިދުމަތާ ގުޅުނީ، 2021 ވަނަ އަހަރު އެވެ.
އެޕްރީލް 22، 2023: ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމުގެ ގޮތުން، އެ ގައުމު ދޫކޮށް ނުކުތް އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގައި ޖިއްދާ އަށް އައި މީހުންގެ ތެރޭގައި ހިމެނޭ ތުއްތު ކުއްޖާ އުރާލައިގެން މަނަވަރުން ފޭބި މަންޒަރު އާންމުވެ، ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސައޫދީ އަރަބިއްޔާގެ އަންހެން ސިފައިންގެ މީހާ މަނަވަރުން ޖިއްދާގެ ބަނދަރަށް ފައިބަނީ. --އޭއެފްޕީ
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އޮތް "ޔަންބޫއު" ކިޔާ މަނަވަރުން ފައިބައިގެން އަންނަ އަންހެން ސިފައިންގެ މީހާ އުރާލައިގެން ހުރި ތުއްތު ފިރިހެން ކުއްޖަކީ އޭނާއާ އާއިލީ އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫނެވެ. ނަމަވެސް އެ ސިފައިންގެ މީހާގެ މޭމަތީގައި އެ ކުއްޖާ ނިދާލާފައި އޮތްލެއް އަރާމުކަމުންނާއި އެ އަންހެން މީހާ އޭނާގެ ގަޔާލައި އެ ކުއްޖާ ބޮނޑިކޮށްލާފައި އޮތް ގޮތުން، އެ ދެމެދުގައި މައިވަންތަ ކުލުނާއި ލޯބި ނެތޭ ބުނާނެ ޖާގައެއް ނެތެވެ.
"އެ ސިފައިންގެ މީހާ، އެ ކުއްޖާގެ މަންމަ ފަދައިން، އޯގާވެރިކަމާއި ކުލުނާއެކު އެ ކުއްޖާގެ ގައިގައި ބައްދާލާފައިވާ ގޮތް ނިކަން ދެކިބަލަ،" ޓުވިޓާގައި އެކަކު ލިޔެފައިވެ އެވެ.
އެ މަންޒަރު ޓުވިޓާގައި އާންމުވިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި، އެތައް ހާސް ލައިކެއް އެ ފޮޓޯ އަށް ލިބުނެވެ. އެތައް ހާސް ބަޔަކު އެ ފޮޓޯ ރީޓުވީޓްކޮށް، ޝެއާ ވެސް ކުރި އެވެ. ގިނަ ބަޔަކު އަންނަނީ އެ އަންހެންމީހާގެ ފަރާތުން ފެންނަ އޯގާތެރިކަމާއި އަޅާލުމަށް ތައުރީފުކޮށް ޝުކުރު އަދާކުރަމުންނެވެ.
އެޕްރީލް 22، 2023: ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމުގެ ގޮތުން، އެ ގައުމު ދޫކޮށް ނުކުތް އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގައި ޖިއްދާ އަށް އައި މީހުންގެ ތެރޭގައި ހިމެނޭ ތުއްތު ކުއްޖާ އުރާލައިގެން މަނަވަރުން ފޭބި މަންޒަރު އާންމުވެ، ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސައޫދީ އަރަބިއްޔާގެ އަންހެން ސިފައިންގެ މީހާ މަނަވަރުން ޖިއްދާގެ ބަނދަރަށް ފައިބަނީ. --އޭއެފްޕީ
ސޫދާންގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން، އެ ގައުމުން ބޭރަށް ނުދެވި، އެކި ގައުމުތަކުގެ އެތައް ހާސް ބަޔަކު ސޫދާންގެ ވެރިރަށް ޚަރްތޫމުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިއްޔާގެ މީހުން އަނބުރާ ގެނައުމަށް، ސައޫދީ ސަރުކާރުން ވަނީ އަސްކަރީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.
ސައޫދީ ކަނޑުގެ ސިފައިންގެ މަނަވަރު ޔަންބޫޢު، ސޫދާންގެ ޕޯޓް ސޫދާނަށް ގޮސް، ޚަރްތޫމުގައި ތިބި ސައޫދީ ރައްޔިތުން އަނބުރާ ސައޫދީ އަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި، ސައޫދީގެ އަންހެން ސިފައިން ވެސް ބައިވެރިވެ އެވެ. އަންހެން ސިފައިންގެ ޒިންމާއަކީ، މަނަވަރުގައި ގެންނަ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެޕްރީލް 22، 2023: ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމުގެ ގޮތުން، އެ ގައުމު ދޫކޮށް ނުކުތް އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގައި ޖިއްދާ އަށް އައި މީހުންނަށް، ސައޫދީ އަރަބިއްޔާގެ އަންހެން ސިފައިންގެ މީހަކު ޖިއްދާގެ ބަނދަރުގައި ހަދިޔާ ބަހަނީ. --އޭއެފްޕީ
ސައޫދީ މަނަވަރު ޔަންބޫއުގައި ސޫދާނުން ޖިއްދާ އަށް އެންމެ ފުރަތަމަ ގެންދިޔައީ ޖުމްލަ 199 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސައޫދީގެ 10 މީހަކާއި އަރަބި އަދި އެހެން ގައުމުތަކުގެ 189 މީހުންނެވެ. މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ހަނގުރާމަ ފެށުނު ފަހުން، ސައޫދީގެ މަނަވަރުތަކުގައި ތަފާތު 26 ގައުމެއްގެ 356 މީހަކު މިހާރު ވަނީ ސޫދާނުން ޖިއްދާ އަށް ގެންގޮސްފަ އެވެ.
ސޫދާންގައި މިހާރު ކުރިއަށް ގެންދާ ހަނގުރާމަ ފެށުނީ، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)ގެ ކޮމާންޑަރުކަމުގެ ދަށުގައި އޮންނަ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، މި މަހުގެ 15 ވަނަ ދުވަހު ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ. އެ ލަޝްކަރުގެ ބޭނުމަކީ، ސިފައިންގެ މައި މަރުކަޒާއި ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައި، ގައުމު އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.
އެޕްރީލް 22، 2023: ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމުގެ ގޮތުން، އެ ގައުމު ދޫކޮށް ނުކުތް އެކި ގައުމުތަކުގެ މީހުންގެ ތެރެއިން، ސައޫދީ އަރަބިއްޔާގެ މަނަވަރެއްގައި ޖިއްދާ އަށް އައި މީހުންނަށް، ސައޫދީ އަރަބިއްޔާގެ އަންހެން ސިފައިންގެ މީހަކު ޖިއްދާގެ ބަނދަރުގައި ހަދިޔާ ބަހަނީ. --އޭއެފްޕީ
އެ ހަނގުރާމައިގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން ދަނީ ވެރިރަށް ޚަރްތޫމްގަ އެވެ. އެ ސަހަރުގެ މަގުތަކުގައި ދެ ފަރާތުގެ ސިފައިން ހަމަލާތައް ބަދަލުކުރަމުން ދާއިރު، ދެ ފަރާތުން ދޭ ބަޑީގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވަމުން ދަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. ކައިރި ކުރިމަގެއްގައި މި ހަނގުރާމަ ހުއްޓިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމާއެކު، ސޫދާންގައި ތިބި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް އެ ގައުމުތަކުން މިހާރު ވަނީ ފަށައިފަ އެވެ.
ވެރިރަށް ޚަރްތޫމްގަޔާއި އެހެން ބައެއް ސަރަހައްދުތަކުގައި ހަނގުރާމަ ފުޅާވަމުން ދާތީ، ސޫދާންގެ އާންމު ރައްޔިތުންނާއި ސޫދާންގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ގޮތުން، އެތައް ހާސް ބަޔަކު މިހާރު ވަނީ، ރެފިއުޖީންގެ ގޮތުގައި ނުކުމެ އަވައްޓެރި ގައުމުތަކަށް ވަދެފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިޔައީ ސޫދާންގެ ހުޅަނގުން އޮންނަ ޗާޑް އަށެވެ.
ދެން އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިޔައީ، ސޫދާންގެ ދެކުނުން އިންވެގެން އޮންނަ ދެކުނު ސޫދާނަށެވެ. ދެކުނު ސޫދާނަކީ، ސޫދާނަށް ވުރެ ވެސް ފަގީރު ގައުމަކަށް ވިޔަސް، ހަނގުރާމައިގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެންމެ ފަސޭހައިން ދެވެން އޮތް އެއް ގައުމަކީ އެއީ އެވެ. ދެން އެންމެ ގިނަ ބަޔަކު ދިޔައީ ސޫދާންގެ އުތުރުން އިންވެގެން އޮތް މިސްރަށެވެ.
ސޫދާނުން ނުކުތުމަށް މިދިޔަ ހަފުތާ ބަންދުގައި، ބަސްތަކާއި ކާރުތަކާއި ޕިކަޕްތަކުގައި ދަތުރުކުރި ރެފިއުޖީ ގާފިލާތަކަށް ދެ ފަހަރެއްގެ މަތިން، ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވި އެވެ. އަދި ސޫދާނުން ބޭރަށް ދަތުރުކުރި ޑިޕްލޮމެޓުންނަށް ވެސް ބައެއް ހަމަލާތައް އަމާޒުވި އެވެ. މި ހަމަލާތަކުގައި، ސޫދާންގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަސް މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
28 April 2023
ދެޓްސް ދަ ބިއުޓީ އޮފް އިސްލާމް
އަބްޑޫޅް
28 April 2023
"ޒަމާނުއްސުރެ ސައޫދީ އަރަބިއްޔާ މަޝްހޫރު ވެފައި އޮންނަނީ، ފަރުދާގެ ފުރަގަހުގައި ފޮރުވައިގެން އަންހެނުން ގެންގުޅޭ އަދި އެތައް ހައްގުތަކަކުން އަންހެނުން މަހުރޫމް ކޮށްފައި އޮންނަ ގައުމެއްގެ ގޮތުގަ އެވެ." ހޫނ. އެކަމަކު މިހާރު، އަލި ދަތުރުކުރާ ދުވެލީގަ، އެ މަގާމަށް ތިޔަހަރަ އަންނަނީ ކަލޭމެން.
ދޮންކަމަނަ.
26 April 2023
ހުރިހާ ގައުމެއްގައިވެސް މިއުޅެނީ الله ގެ އަޅުން. އެމީހުންގެ އިހުސާސްތަކާއި ބޭނުންތަކަކީވެސް މައިގަނޑު ގޮތެއްގައި އެކައްޗެއް. މީސްތަކުން ބައިބައިކޮށް ޢަދާވާތްތެރިކުރުވަނީ ވެރިން ދީނުގެތެރެއަށް ވައްދާ ޝިރުކުގެ ޢިލްމުތަކެއްގެ ސަބަބުން. ސަޢުދީ އަންހެނުންވެސް މިއޮއްހުރިހާދުވަހު ހޮހަޅައިގާ ގެންގުޅުނީ އެތާގެ ވެރިން އެގޮތް ބޭނުންވެގެން. މިއަދު އެމީހުން ހޮހަޅައިން ނެރުނީވެސް ވެރިން ބޭނުންވެގެން. މި ފޮޓޯއިން ދައްކައިދެނީ އިންސާނުންނަކީ އަޚުވަންތަކަން. ލޯބި
ޟފހ5
26 April 2023
އެންޑް ޝީ އިޒް ސޯ ބިއުޓިފުލް!
1828
26 April 2023
ދެޓްސް ވައި ދިސް ޕިކްޗަރ ގޮޓް ވައިރަލް.
ބުންޔާމީން
26 April 2023
ސީއިޒް ނޮޓް އަ ވައިފް މެޓީރިއަލް
ނަހުޒާާ
26 April 2023
މަރުހަބާ ކިޔުންވެސް ވަރަށްފުރިހަމަކަމަށްވަނީ. ނަމޫނާ. ސައުދީ 10 މީހުން ތަފާތު ޤައުމު ތަކުގެ 180 އަށްވުރެ ގިނަމީހުން ފުރަތަމަ ބުރުގައިވެސް.