ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް: އޭނާ ވިދާޅުވީ ސަރުކާރުން ހަދައިފައިވާ އުސޫލާ ހިލާފަށް އެއް ވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް --- ފޮޓޯ: މޖިލިސް
26 އެޕްރީލް 2023 - 14:33
ސޯޝަލް ހައުންސިން ފޯރުކޮށްދޭން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުުޅުމާލޭގެ ކަންކަން ހިންގައި ބަލަހައްޓާ ކުންފުނީގެ ބައެއް ވެރިންނަށާއި ބައެއް މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ފްލެޓްތަކެއް ދިން މައްސަލަ ފެންމަތި ވެފައި ވަނިކޮށް، އެކަމާ ބެހޭގޮތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ، އާބަންކޯ އަށް ވެސް އެ އުސޫލު ހިއްސާކޮށް، އެ ގަވާއިދުގެ ތެރެއިން ނުނީ ނުދެވޭނެކަން އަންގާފައިވާނެ ކަމަށެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް
"ކުންފުނިތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކުރާ ފްލެޓްތައް ކަމަށް ވިޔަސް އެ ކްރައިޓީރިއާތަކަށް ފެތެން ޖެހޭނެ. އަޅުގަނޑަށް މައްސަލައެއް ނެތް ކުންފުންޏެއްގެ ހަރަދުގައި އަޅާ އިމާރާތެއްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ކުރުމުގައެއް. އެ ކްރައިޓީރިއާ އަށް ފެތެންޖެހޭނެ،"އަސްލަމް ވިދާޅުވި އެވެ.
"ކުންފުނީގެ މުވައްޒަފަކަށް ވިޔަސް ސޯޝަލް ހައުސިން ކެޓަގަރީ އަށް ފެތޭ މީހަކަށް ސޯޝަލް ހައުސިން ކެޓަގަރީން ދޭން ޖެހޭނީ. އަދި ފްލެޓެއް ހުރި މީހަކަށް ވެސް ފްލެޓެއް ލިބިގެން ނުވާނެ."
އަސްލަމް ވިދާޅުވިގޮތުގައި، އެކަން ވަރަށް ސާފުކޮށް ކުންފުނިތަކަށް އަން ވާނެ އެވެ. އެއާ ހިލާފަށް ބަޔަކު ކަމެއް ކުރީމާ ބަލަން ޖެހޭ ބެލުންތައް ބަލައި ފިޔަވަޅު ވެސް އަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ މިހާރު ތިޔަ ޒާތުގެ ކަމެއް ފެންމަތިވެގެން އުޅޭކަން،" އެޗްޑީސީގެ މައްސަލަ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމުން އެކަމަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވި އެވެ.
"ފުރަތަމަ އެ މައްސަލަ ޖެހުނީމާ ވެސް އަޅުގަނޑު ދެންނެވި ނޫނެކޭ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް އުސޫލާ އެއްގޮތަށޭ ކުރިއަށް ގެންދާން ވާނީ. އެ ގޮތަށޭ ދޭން ޖެހޭނީ."
އާބަންކޯ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކުރާ ފްލެޓުތަކުގެ ތެރެއިން 34 ފްލެޓެއް ބައެއް ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ ހަގީގަތެއް ނެތް އެއްޗެއް ކަމަށް އެ ކުންފުނިން ވަނީ ކުރިން ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންމަ، ބައްޕަގެ ގެއިން އަދި ފުލެޓުންވެސް ކުލި
28 April 2023
އެމީހުން ދިރިއުޅެނީ ރަށުގަ ގިނަމީހުންގެ މަންމަގެ ގެ ބައްޕަގެ ގެ އަދި އަމިއްލަ ގެ ރަށުގަ ހުރޭ، މިފަދަ ރައްރަށުގެ ސްޓެލްކޯ މަގާމުތަކުގަ އުޅޭ މީހުނަށް ސޮޓެލްކޯއިން މާލޭގަ އެޅި ފުލެޓު ދިނުމަކީ އިންތިހާއަށް ބޭއިންސާފް،،، މާލޭގަ 15،، 20 އަހަރު ކުލިދައްކަންޖެހޭމީހުން ހަމަ އެގޮތުގަ،،
ޝަރުތު
28 April 2023
އުސޫލާ ޚިލާފަށް ނުދޭ ވާހަކަ ބުނާއިރު ވޭތުވެދިޔަ 15، 20 އަހަރު އަތޮޅެތެރޭގައި ދިރިއުޅޭ ބައެއްފަރާތްތަކަށް ވިނަރެސް ފުލެޓުންވެސް އެއޮތީ ދޭންނިންމާފަ. އިބޫއަށް ސަނާ ކީމަ އެއޮތީ ޝަރުތު ފުރިހަމަވެފަ
ހޭޅި
28 April 2023
އުސޫލު ތެރެއިން ނުވާ ކޮންމެކަމެއް މެމްބަރާ ގުޅާލާއިރަށް ހަމަޖެހޭނެ. ނޫނީ ދަންނަ ބޮޑުމިހަކަ ގުޅާއިރަށް ހަމަޖެހޭނެ. ޖޫރިމަނާވެސް މާފުކޮށްދޭނެ..ނުލިބުނު އާސަންދަވެސް ލިބޭނެ. ސޭމް ޝިޓް.... އުސޫލުން ބޭރުން ކަންތައް ނުކުރަން ތިބޭ މީހުން ރޯލަރޯލާ ތިބޭނީ.. ނުވަތަ ކެތްތެރިކަމާއި، ސާބިތުކަމާއި އެކުތިބޭނީ.
ނަރީ
27 April 2023
ތި ފުލެޓް ތައް ދޭނީ ތިމީހުން ބޭނުންވާ މީހުނަށް...އަހަރުމެން މީ މާލޭގަ އުލޭތާ 16 އަހަރު ވެފަ ތިބި މީހުން .....އަހަރުމެން ޖެހޭނީ ބޮޑު ކުލި ދައްކާލާ ތިބެން..
ގޫ...
27 April 2023
ނުދެވޭނޭ ބުނަނީ، ކިތައް ފްލެޓްގެ ވާހަކަ ބުނަންވީ އުޞޫލާ ޚިލާފަށް ދީފަހުރި؟؟ އެއީ ނޭގިގެން ދީފަތޯ؟ އެހެންވިއްޔާ އެ އަތުލެވޭނެތޯ؟ އަނެއްކާ އެހެން ހުންނަ ފްލެޓްތައް އަތުލާ އުޞޫލެއް ނެތްތޯ؟؟ ދިވެހިން ދުފާ އެތީގެ ވާހަކަ ނުދައްކަވާ
ކަރަދުއިބްރާހީމް
27 April 2023
މީއަނެއްކާ އަނެއް ވަޒީރު ނާދީ ، ގާކޮށި ، އަރަބިއްޔާ ،އޯޑިއޯނު އިންޑިއާ ކުންފުނިތަކަށް ދިނީ ޤައުމަށް ކިހާފައިދާވާ ގޮތަކަށްތޯ މަޖިލީހުން ވަޒީރާ ސުވާލުކޮށްލަބަލަ ، ރެސޯޓެއްވެސްދީފަ މާލޭގެ އެންމެ ޕްރައިމް ހިސާބުތަކުން އިންޑިއާގެ ކުންފުނިތަކަށް ފްލެޓްއަޅާށޭކިޔާފަ ދިނީ މުޤާބިލުގަ ކިހާ އެއްޗެއް ނަންގަވާފަތޯ؟ އިންސާފުގެ ކުރިމައްޗަށް ގެންދަންޖެހޭ މިވަޒީރު ދެން އުސޫލޭ ދިވެހިންދުފާ އެއްޗޭ ކިޔަސް ކާކުއިތުބާރު ކުރާނީ ، އިޚްލާސްތެރިކަމެއްގެ ޒައްރެއްވެސް ނެތް
ވޯލް
27 April 2023
ގައުމީ ދިފާއި ބާރާ ފުލުހުން ނޫން ދެން އެއްވެސް މުއައްސަސާއަކަށްވެސް އަދި އެސްއޯއީ އަކަށްވެސް ދައުލަތުގެ ޚަރަދުގައި ފުލެޓް އަޅާފަ އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަނި ލިބޭ ގޮތައް ފުލެޓް ނުދެވޭނެ. އާއްމުކޮށް ހުޅުވާލައިގެން ދޭންޖެހޭނެ އަދި އެތަނެއްގެ މުވައްޒަފެއްގެ ގޮތުގައި ޚިދުމަތްކޮށްފަ އޮތް މުއްދަތަ ބަލާ އިތުރު ޕޮއިންޓް ދިނުމުގައި މައްސަލައެއް ނެތް. އެއެހެނީ އެމީހުންނަކީ އަބަދު އެތަންތަނުގެ ވަޒީފާގައި ތިބޭނެ ބައެއް ނޫން.
ވޯލް
27 April 2023
އެހެންވިއްޔާ ފުލެޓް ހުންނަންވާނީ މިކިޔާ "ސޯޝަލް ހައުސިންގ" ފެންވަރުގައި. ސޯޝަލް ހައުސިންގ އަކަށް ނުވާނެ ޕޭޓްހައުސް ހަދާފަ ދިނީމަކާ. އެއަރޕޯޓް، ސްޓެލްކޯ މިފަދަ ކުންފުނިތަކުގެ ފުލެޓްތައް ހުރީ މީޑީއަމް - ލަްގޒަރީ ފެންވަރުގައި. ކުންފުނީގެ އަމިއްލަ ފައިސާއެއް ނުހުންނާނެ. އެސްއޯއީ ތަކަކީ ދައުލަތުގެ % ހިއްސާ އޮންނަ ތަންތަން. އެމީހުން ލަގްޒަރީ ފުލެޓް އަޅާފަ މުވައްޒަފުންނަށް ދިނީމަ އެ ހިންގެނީ ކޮރަޕްޝަން ރައްޔިތުންގެ ފައިސާ އިސްރާފު ކުރެވެނީ.
ކަޅޭ.
27 April 2023
އެކުންފުނިތަކުން ފުލެޓް އަޅާފަ ކ.އަތޮޅު މާލޭ މީހުންނަށް ދިނީމަ އޯކޭދޯ.
ގައުމީދޫ001
27 April 2023
ޥަކި ކުންފުންޏެއްގެ މުވައްޒަފުންނަށް ކުރިމަތިލެވޭގޮތަށް އެކުންފުނި އެތެރޭގައި އެކަން ކުރުމަކީ އުސޫލުން ބޭރުވެއް ނޫންތަ؟’
ަހައުލާ.
27 April 2023
ދައުލަތުން ފުލެޓް އަޅާފައި ހަމައެކަނި ކ.އަތޮޅު މާލޭ މީހުންނަށް ދިނުމަކީވެސް އުސޫލާއި ހިލާފު ކަމެއް.
ގޯތި
27 April 2023
ކުރީންވެސް ދީފަތިބައިގަޑަ މިފަހަރުވެސް ފުލެޓްދޭނީ ތީދައްކާވާހަކައެއް....