ވެމްކޯގެ މުވައްޒަފުންތަކެއް ކޮތަޅު ޑެލިވަރީ ކުރަނީ. ކުނި އަޅަން ހާއްސަ ކޮތަޅު މިއަދުން ފެށިގެން ވެމްކޯއިން ވިއްކާނެ-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
27 އެޕްރީލް 2023 - 11:36
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ކޮތަޅުގެ އަގު ބޮޑުވެ ކުނި އަޅާ ކޮތަޅުގެ އަގު ވެސް އުފުލިގެން ދިއުމުން އެކަން ހައްލު ކުރުމަށް ވެމްކޯ އިން ވިއްކާ ކޮތަޅު ހިލޭ ޑެލިވަކޮށްދޭނީ ގިނައިން ގަންނަ މީހުންނަށް ކަމަށް އެ ކޯޕަރޭޝުން ބުނެފި އެވެ.
ވެމްކޯއިން ވިއްކާ ކޮތަޅު ޕްރީ-އޯޑާ ކުރުމުން ޑެލިވަރީ ހިދުމަތް ދޭން ނިންމައި އެކަން އިއުލާނުކުރުމާ އެކު އާންމުން ގެންދަނީ އެއްފަހަރާ 24 ބޮނޑި ކޮތަޅު ގަންނަން ޖެހެނީ ކަމަށް ބުނެ ޝަކުވާކުރަމުންނެވެ.
ވެމްކޯއިން ބުނީ 24 ބޮނޑި ކޮތަޅު އެއީ ހިލޭ ޑެލިވަރީ ލިބޭ އަދަދު ކަމަށާއި އެއީ ވިޔަފާރިތަކަށް ހާއްސަކޮށް އަގު ހެޔޮކޮށް ލިބޭނެ ގޮތަށް ވިއްކާ ކޮތަޅު ކަމަށެވެ. މިގޮތަށް އޯޑަރުކުރުމުން ޑިސްކައުންޓް ލިބި ކޮތަޅު އަގު ހެޔޮވާނެ ކަމަށާއި އެއީ ފިހާރަތަކުން ހެޔޮ އަގުގައި އާންމުންނަށް ލިބޭނެ ގޮތް ހަދަން ކަމަށް އެތަނުން ބުންޏެވެ.
ގިނައިން ކޮތަޅު ގަތުމުން ތިން ދުވަސް ތެރޭ ޑެލިވަކޮށްދޭން ފަށާފައި ވާއިރު، ހެނދުނު 11:00 އިން މެންދުރު ފަހު 3:00 އަށް ވެމްކޯގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމަ ފްރޮންޓް އޮފީސްތަކުން އާންމުންނަށް ވެސް ކޮތަޅު ވިއްކަން ވަނީ ފަށައިފަ އެވެ.
ވެމްކޯއިން ވިއްކާ ކޮތަޅު ބޮނޑިއެއް.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
ވެމްކޯއިން އަންނަނީ ދެ ވައްތަރެއްގެ ކޮތަޅު ވިއްކަމުންނެވެ. އެއީ ކުނިވާޒާތުގެ ބާތްތައް އެޅުމަށް ހާއްސަ ފެހި ކޮތަޅާއި އެހެނިހެން ބާވަތްތައް އެޅުމަށް ކަޅު ކޮތަޅެވެ. ކުނި އެޅުމަށް ހާއްސަ ތިން ސައިޒެއްގެ ކޮތަޅު އެ ކޯޕަރޭޝަނުން ވިއްކަ އެވެ. އާއްމު ސައިޒު ނުވަތަ L ސައިޒު [17 އިންޗީ ދިގު] ގެ ބޮނޑިއެއްގައި 100 ކޮތަޅު އޮންނާނެ އެވެ. އޭގެ އަގަކީ 35ރ. އެވެ. ސައިޒު XXL [27 އިންޗި ދިގު]ގެ 100 ކޮތަޅުގެ ބޮނޑިއެއް 165ރ. އަދި XXXL [48 އިންޗީގެ] ގެ 50 ކޮތަޅު ބޮނޑިއެއް ވެސް ވިއްކަން ހަމަޖައްސާފައިވަނީ 165ރ. އަށެވެ.
ކޮތަޅުގެ މައްސަލަ ބޮޑުވީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުންނެވެ. ކުނި އުކަން ބޭނުންކުރާ ކޮތަޅުން މި ފީ އިސްތިސްނާ ވިޔަސް ޖުމްލަކޮށް ކޮތަޅުގެ އަގު އުފުލިގެން ދިއުމުން ކޮތަޅަށް ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ބޮޑުވެގެން ދިޔައީ އެވެ. މިއީ ގާނޫނުގެ އޮތް ގޮތުން ދިމާވި މައްސަލައެއް ކަމަށް ވާތީ އެކަން އިސްލާހުކުރަން ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެހިކޮތަޅު
27 April 2023
ވެމްކޯއިން އެ ވިއްކަނީ ތިމާވެއްޓާ ރައްޓެހި ޕްލާސްޓިކް ކޮތަޅުތަ؟ އެހެންނޫންނަމަ ތިމާވެއްޓަށް ކޮން ފައިދާއެއްވާން އޮތީ؟ ދެން އެންމެން ތިޔަ ކޮތަޅުތައް ބޭނުންކުރާނީ.
ކޮރަލް
27 April 2023
ވެމްކޯ އަށް ކޮތަޅު ވިއްކާ ބަޔަކު މުއްސަނދި ވާނެ އެވެ. އަދި ބައި ލިބޭ ބަޔަކުވެސް މުއްސަނދި ވާނެ އެވެ.
ސަލީމު އިދުރީސް
27 April 2023
ކުރިއައް ވުރެވެސް ކޮތަޅު ގިނަވީ!އަޅުގަނޑު ހަމަ ބުނާނީ އެތަނެއްގަ ހުރި ގޮންޖެހުންތަކައް ބަލާފަ ފަސޭހަ ދިރިއުޅުމެއް ހޯދުމޭ ތަރައްގީއަކީ!މިޒަމާނުގަ އެބަ ދިރާސާ ކުރޭ ފާހާނަޔައް ބޮޑުކަމުދާ ނަޖިން ފުލެސްކުރާ ހަމައިން ހަކަތަކައް ބަދަލު ކުރެވޭނެ ގޮތްވެސް!ވީމަ ދަރިންނައް އަރަބިބަހުން ރީތިކޮއް ރާގުރާގައް ޅެންކިއަން ދަސްކޮއްދީ ކުދިންގެ ވަގުތުބޭކާރު ނުކޮއް ތި މާލޭގެ ކުނީގެމަސްލަ ހައްލު ކުރެވޭވަރު އިލުމެއް ދަރިންނައް އުނގަނައި ދިނުމަކީ ކުރަންވެއްޖެ ކަމެއް
އަދްރީސް އިދްރީސް
27 April 2023
ކަލޭއަށް ވެސް ކަލޭގެ ދަރިންނަށްވެސް އެބައޮތް ތިރާގު ރާގަށް ނުފުމެ އިލްމު ހޯދަން. އަރަބި ބަހަކީ މާތް ބަހެއް.
މައްސަލަ
27 April 2023
ތިޔަ ކިޔާ ފަސޭހަ ދިރިއުޅުން ހޯދަން އުޅެން ހަދައިގެން ދުނިޔޭގަ ކުނި ގިނަވަނީ. ރީޔޫޒް ކުރާ ކަހަލަ ފެންފުޅީގެ ބަދަލުގަ އުކާލާ ފުޅި އުފެއްދީ ފަސޭހަކުރަން. ސިންގަލް ޔޫޒް ޕްލާސްޓިކް އުފެއްދީ ދިރިއުޅުން ފަސޭހަކުރަން. އެހެން ގޮސް ދުނިޔޭގަ އެތައް އެތައް އީޖާދެއް ކޮށްފި ތަރައްގީގެ ނަމުގަ ދިރިއުޅުން ފަސޭހަކުރަން. އޭގެ ގިނަ ކަންކަމުން ދުނިޔެ މިދަނީ ހަލާކުވަމުން. އިންސާނުންގެ މޮޅުކަމުން އީޖާދުތައް ދަނީ ކުރަމުން. އެކަމުން ދުނިޔެއަށް ގިނަވަނީ ހަމަ ހުސް ކުނި.
ސަލީމު އިދުރީސް
28 April 2023
ހޭދޭ ގޯސްތައް ގޯހެއްކަން އެގުނީމަ ރަނގަޅު ކުރަން މަސަކަތް ކުރަންޖެހޭނެ! ދުނިއެ ދުވަހަކައް ވުރެދުވަހެއް ކުރިނޭރިނަމަ ކާއެއްޗެތި ރޯފިލުވައިގެން ކާކަން ނުޖެހުނީސް ކާއެއްޗެތި އަޅަން އެއްޗެއް ހޯދާކަންޖެހުނީސް! ދޫނީއޭގަ އެކި ބޭނުމައް އެކި ދުވަސްވަރު އެކިމައުދަން ބޭނުނުކުރި ވަޅިފަދަ ގޮތައް ބޭނުކުރި އެއްޗެތި ތޫނު ގާބޭނުންކޮގެން ފުދުނު! ދުނިއެ ދެމިއޮތްހާ ދުވަހު ދާނީ އާގޮތްތައް ފެންނަމުން އެހެންނަމަ ޖަމަލު މަތީ ދޫބާއީ ސައުދީފަދަ ތަންތާ އަދިވެސް އުޅުނީހީ
ޖުލައި2021
27 April 2023
މިއުޅެނީ ކޮތަޅު ކައްކާކާންތަ. އެހާ ބައިވަރު ކޮތަޅު ގަންނަނަނީ އެއްފަހަރާ. ރައްޔިތަކަށް ލުއި ގޮތެއްނުހަދާތީ
ކުނިކޮތަޅު
27 April 2023
ބޮޑު ޖޯކެއް.. ވަރަށް ސަލާމް ޝައުނާއަށް..
ރާއްޖެ
27 April 2023
ވައްކަން ކޮއްފަ މަތި ޖަހަން އުޅޭނެ ކަމެއް ނެތް.
ކޮތަޅު ބޮނޑި
27 April 2023
ކަލޭނޭ ކޮތަޅުގެ ޒަމާން މިއޮތީ އައިސްފަ...ދުވަސްކޮޅަކުން ކޮތާލުގެ މަތިން މީސްތަކުން ހަނދާން ނެތިދާނެ...
ނޫންބާ
27 April 2023
ކުރިން ވެމްކޯ އޮތީ ރައްޔިތުންގެ ދަށުގަ މިހާރު ވެމްކޯ އޮތީ ރައްޔިތުން މަތީ... ނުކުރެވޭނެ އެއްކަމެއްވެސް