ޚަބަރު / ހައްޖު ގްރޫޕްތައް

ގްރޫޕްތަކުން މީހުން ހައްޖަށް ގެންދިއުމަށް ބޮޑު އަގު ކިޔަނީ!

ހައްޖަށް މީހުން ފުރަން އެއާޕޯޓުގައި: ގްރޫޕްތަކުން މީހުން ހައްޖަށް ގެންދިއުމަށް ބޮޑު އަގު ކިޔާ ކަމުގެ ޝަކުވާ ބޮޑު.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކި ގްރޫޕްތަކުގެ ހަވާލުގައި މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑުކޮށް އަގު ކިޔާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

މި އަހަރު ރާއްޖެ އިން، އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދިއުމަށް ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ. އެއީ؛

• އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ.)

• ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.)

• އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.)

ރާއްޖެއަށް 1،000 ހައްޖު ކޯޓާ ކަށަވަރުވެފައި އޮތަސް، އެ އިން ކޮންމެ ކުންފުންޏަކަށް ދޫކުރީ 90 ޖާގަ އެވެ. ބާކީ ޖާގަތައް ދޫކުރަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނަށެވެ.

ބައެއް މީހުން "މިހާރު" އަށް ބުނި ގޮތުގައި، ގްރޫޕުތަކަށް ގުޅުމުން މިހާރު ޖާގަ ފުލް ކަމަށް ބުނެ އެވެ. އަދި އިތުރު އެއްވެސް ގޮތެއް އޮތްތޯ އެހުމުން ބޮޑު އަގެއް ކިޔަ އެވެ. ބައެއް ގްރޫޕުތަކުން 100،000 އަށް ވުރެ ބޮޑެތި އަގުތައް ކިޔާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

"އަޅުގަނޑު އެ ތަނުން ގުރޫޕަކަށް ގުޅީމާ ބުނީ ސަރުކާރުން ހުއްދަ ދިން އަގަކަށް ނުގެންދެވޭނެއޭ. އެއްލައްކަ އަށް ވުރެ މަތި ވާނެއޭ އަގު. އެ އަގަށް އޯކޭ ނަމަ ފައިސާ ދައްކަންވީއޭ،" ހައްޖަށް މީހަކު ގެންދަން ވެގެން ގުރޫޕަކަށް ގުޅި މީހަކު "މިހާރު" އަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ގުރޫޕުން ނަން ނޯޓް ކޮށްދެނީ ވެސް 1،00،000ރ. އަށް ވުރެ މަތިން ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ.

މި ގޮތަށް ބައެއް މީހުންނަށް ދިމާވެފައިވާ ކަމުގެ ވާހަކަތައް އާންމުކޮށް މިހާރު ދެއްކެވެ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވެސް އެ މައްސަލަ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މޭޒު ދަށުން ބައެއް ހައްޖު ގުރޫޕްތަކުން 150،00ރ. ނަގާ ކަމުގެ ވާހަކަ އަޑުއައްސަވާފައިވާ ކަމަށެވެ.

"މި ފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބު ކުރާކަށް މަޖުބޫރު ކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތި ނުލާނީ. ދޮގު ހަދާކަށް ނުޖެހޭ،" އަދާލަތު ޕާޓީގެ ކުރީގެ މެމްބަރު ޒައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވޭނީ ހައްޖުވެރިން ނަން ނޯޓު ކުރުމާއި ފައިސާ ބަލައިގަތުން އިސްލާމިކް މިނިސްޓްރީގެ ދަަށަށް ބަދަލު ކޮށްގެން ކަމަށެވެ.

"މިނިސްޓްރީ ތްރޫކޮށް، ގްރޫޕްތަކަށް ޕޭ ކުރެވޭނެ ނިޒާމެއް ގާއިމް ވެގެން. އޭރުން މިނިސްޓްރީ އިން ގްރޫޕްތަކަށް މިހުން ހަވާލްކުރާނީ،" ޒައިދު ވިދާޅުވި އެވެ.

"މިހާރު" އިން ގްރޫޕްތަކަށް ގުޅުމުން ބުނީ މިހާރު ޖާގަތައް އެއްކޮށް ފުލްވެފައިވާ ކަމަށެވެ. ޖާގަތައް ދެނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ކަމަށާއި ޖާގަ ބޭނުންވެގެން ކިއުގައި ވެސް ގިނަ ބަޔަކު އެބަތިބި ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ގްރޫޕުތަކުން ނަގާ ކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.

އެއް އަހަރަށް ހުއްދަ ދޫކުރި މި ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކެއް އެބަހުއްޓެވެ. ހުއްދަ ދީފައިވާ އަގަށް ވުރެން އިތުރަށް ފައިސާ ނެގުމާއި ކުންފުނިތަކަށް ފައިސާ ދެއްކުމާއި ހުއްދަ ދީފައިވާ ކޯޓާއަށް ވުރެން އިތުރަށް މީހުން ގެންދަން ފައިސާ ނެގުމަކީ ވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ކުރިން ހުޅުވާލިއިރު އިސްލާމިކް މިނިސްޓްރީން ވަކި އަގެއް ކަނޑައެއް ނާޅަ އެވެ. އެކަމަކު ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި ހުށަހެޅޭނީ 75،000-95،000ރ.އާ ދެމެދުގެ އަގެއް ކަމަށް އިއުލާނުގައި ވެ އެވެ.

ރާއްޖެ އަށް މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު، 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ.

47 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 31%
icon angry icon angry 63%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދ

28 April 2023

މީގެ ކުރިންވެސް މިކަން ކުރަނީ މިހެން. 70 ހާސް އެއީ މޫނުމަތީ އަގު. އެހެން ނަންނަމުގަ ނަގާ އަގުތައް ލައިގެން 1 ލައްކަ 50 ހާސް ވަރު ނާރާ ހައްޖަށް ދެވިފަ ހުރި މީހެއް މިފަހަކަށް އައިސް ހައްޖަށް ދެވިފަހުރި މީހެއް ހިޔެއްނުވޭ ހުންނާނެހެނެއް. މިނިސްޓްރީއިންވެސް ނޭންގޭ ކަމަށް ހަދައިގެން ތިބެނީ ބޮޑުރޭޓުގަ ޑޮލަރު ވިއްކާކަން ނޭންގޭކަމަށް ހަދައިގެން އެމްއެމްއޭއިން ތިބޭހެން.

The name is already taken The name is available. Register?

ޢައްޔުފް

28 April 2023

ތިން ގުރޫޕުން އަގު ބެލީމަވެސް ކިޔަނީ 000‘150. އެހެން ވީރު އަގު ހުށައެޅި އިރު ކުޑަ އަގެއް ކިޔާފަ. ބޮޑު އަގު ނަގާއިރު. މިނިސްޓްރީ އިން މިކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ.

The name is already taken The name is available. Register?

ރަނާ

28 April 2023

ގްރޫޕް ތަކުގެ ވެރިންނަށް ތިބެނީ ތިބީ ޝައިޚުންނެއް ނޫން އަދި ދެގްރޫޕެއްގެ އިސްވެތިންގެ ތުނބުޅިވެސް ނެތް. ކީއްވެތަ ތނބުޅީގަ އަޅައި ގަންނަނީ އަދި ކޮންމެ ކަމެއްގަ ޝައިޚުން ބަދިނާމް ކުރަން މަސައްކަތް ކުރަނީ

The name is already taken The name is available. Register?

ކްރޯޑް

28 April 2023

ވިޔަފާރީގަވެސް ދެފަރާތުން އެއްބަސްވާނަމަ ރަގަޅުކަމަށްވަނީ އެހެންވީމަ ގްރޫޕްތަކުން ކިޔާ އަގު ބޭނުންވާ މީހާ ގަބޫލުކުރާނަމަ މަ ހިތުން ރަގަޅުވާނެ އިސްލާމް މިނިސްޓްރީން ގްރޫޕް ތަކުގަ ތަޅު އަޅުވަނީ އަގު އޮންނަންވާނީ ވަކި ވަރަކަށް ކަމަށް ބުނެ. މިފަހަރަކު ނޫން މިފަހުން އަބަދުވެސް ކުރާ ކަމެއް ތިޔައީ 2015 ގައި މަމެން ދިޔައިރުވެސް ބައެއް ގްރޫޕްތަކުން ބައެއް މީހުން އަތުން 65000 ގެ ބަދަލުގަ 850000 އަދި ހަމަ އެގްރޫޕުން ބައެއްމީހުން އަތުން އެއްލައްކަ ރުފިޔާވެސް ނެގި މަހިތުން ކޮންމެ އަހަރަކުވެސް ޚިދުމަތުގެ އަގާ ތަކެތީގެ އަގުތައް މައްޗަށް ދާއިރު ހައްޖަށް ގެންދިއުމުގެ އަގު ތިން ހަތަރުއަހަރު އެއް އަގެެއްގައި ހިފެހއްޓެންވީ ސަބަބެއް ނުވިސްނޭ. މިނިސްޓްރީއިން ގިނަބަޔަކު ގެންދާނަމަ ޚަރަދު ދެކޮޅުޖެއްސޭނެފައިދާ ކޮންމެހެން ބޭނުމެއް ނުވާނެ.އެކަމަކު އާއްމު މީހާ ކުރާ ވިޔަފާރިއެއް ފައިދާވެސް ލިބެން ޖެހޭނެތާ

The name is already taken The name is available. Register?

ސްމޭޝް ފވމ

28 April 2023

އަމިއްލަ ގްރޫޕްތަކއް މެދުވެރިކޮސް ވެސް ހައްޖަށް ދިއުމަށް ނަން ނޯޓުކުރުމާއި ފައިސާ ދެއްކުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުން މުހުންމު ކަމަށް ފެނޭ! މިހާރު ކަންތައް ދާގޮތުން އެ90 ކޯޓާ އެމީހުން ބޭނުން ބަޔަކަށް ތަރުތީބެއް ނެތި ދެމުން ދަނީ ނާޖާއިޒު ފައިދާތަކާއެކު. މިކަންކަން ބެލޭނެ އިންތިޒާމެއް ގާއިމުކުރަން ޖެހޭ!

The name is already taken The name is available. Register?

ރާއްޖެ

27 April 2023

ސަރުކާރުން ވެސް ރައްޔިތުން ފެލަނީ. ރައްޔިތުން ވެސް ރައްޔިތުން ފެލަނީ. ށުކުރިއްޔާ ދިވެހިން.

The name is already taken The name is available. Register?

އިބްރާހީމް ކަމލ

27 April 2023

ޙަރަމައިން ގްރޫޕުން ބުނީ 150000 ރފޔ ދނމ ޖގ ލބނޔ. މވރނ މބއމހނ ގ ނބއކނ ދކބލ. ސރކރށ ނގ މކނ ނހނގނ.

The name is already taken The name is available. Register?

ދޮން ހަސަނު

27 April 2023

ތިކަހަލަ ސަކަރާތް ޖަހާތީ ބޮޑުއަގުދީފައި ހައްޖަށްދާއިރު ހައްޖު ޤަބޫލު ނުވެދާނެތީވެ ތިކަމާނޫލެންވެސް މިހުންނަނީ. ނާއެހެންނާފަހެ އެންމެ ރިޝްވަތާއި ކަރަޕްޝަނަށް ގޮސް ހުސްވެފަ. އެއީ ދީނުގައި ނުހަނު ނަހީކުރައްވާފައިވާ ކަންތައްތައް. ދެން މިވަރު ވާއިރު އިސްލާމިކް މިނިސްޓަރ މިބުނަނީ ނޭގެއޭ. އަރަތެއްނުން.

The name is already taken The name is available. Register?

ހައްލު އެ1

27 April 2023

ކޯޓާ ދިން ކުއްފުނި ތަކަށް ފައިސާ ދިނުމަށް ޓަކައި އިސްލާމިކް މިނިސްޓްރީ އަށް ފައިސާ ހަވާލު ކުރަށް ނިންމަވާ އޭރުން ހައްލުވީ.

The name is already taken The name is available. Register?

ޢަރުތަ

27 April 2023

ބޮޑުއަގުނެގި ކަން ޔަގީން ކޮށްދޭން، ފައިސާ ދައްކާފަ ފައިސާގެރަސީދު ގުރޫޕްތަކުގައާ އިސްލާމިކް މިނިސްޓްރީއަށް ހިއްސާކޮށްލަން ފެނޭ.

The name is already taken The name is available. Register?

ކާސިމު

28 April 2023

އެބަޔައް ރަސީދެއް ނުދޭނެ ބުނަނީ އެއީ ރެޖިސްޓްރޭސަން ފީ އެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454