ތޮއްޑޫގެ ދަނޑެއް: ގަސްތަކަށް ޖެހޭ "ކަޅުކޫޑި ބަލި" އެންމެ ގިނައީ އުތުރުގައި ކަމަށް މިނިސްޓްރީން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު
02 މެއި 2023 - 12:49
ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން ގެނައި ރުއްތައް އަންނަ ހަފްތާ ބަހަން ފަށާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އިންދަން އިންޑިއާގެ ކެރެލާއިން ގެނައީ 5،000 ރުކެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސެއިން "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ބުރުގައި ގެނައި ރުއްތައް ބަހަން ނިންމާފައި ވަނީ 11 ރަށަކަށް ކަމަށެވެ. އެ ރަށްތަކަށް، އަންނަ ހަފްތާގެ ތެރޭގައި ރުއްތައް ފޮނުވަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މ. މުލީ
ހއ. އުތީމު
ހދ ނޭކުރެންދޫ
ރ. ހުޅުދުއްފާރު
ނ. ވެލިދޫ
ހދ. ވައިކަރަދޫ
ރ. ފައިނު
އދ. ދަނގެތި
ނ. މަނަދޫ
ނ. ކެނދިކުޅުދޫ
އއ. ތޮއްޑޫ
ނަސްރުﷲ ވިދާޅުވީ ރަށްރަށަށް ދޭ ރުކުގެ އަދަދު ކަނޑައަޅަނީ ރަށު ބިމުގެ ބޮޑުމިނަށް ބަލައިގެން ކަމަށެވެ.
ރުއްތަކަށް ޖެހުނު "ކަޅުކޫޑި ބަލި" އެންމެ ގިނައިން ފެތުރިފައި ވަނީ އުތުރުގަ އެވެ.
ރުއްތަކަށް ޖެހިފައިވާ ބަލިތަކަށް ހައްލެއް ހޯދަން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ.
އެ ރުއްތައް މި ވަގުތު ހުރީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހދ. ހަނިމާދޫގަ އެވެ. ރުއްތައް ބަހަން ފެށުމުގެ ކުރިން އެއްވެސް ބައްޔެއް ހުރިތޯ ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުސީ
03 May 2023
ވެލިދޫ އަކީ އިއްލަބެ ޒަމާނުގައި ނަމަ މާބައިދޫ
ކާއްޓޭ ނާއްޓޭ
03 May 2023
ކޮބާ ! ކ.ކާށިދޫ........... އެންމެ ގިނައިން ކުރުބަލާ ކާއްޓާ ގެންނަ ރަށައް އަޅާނުލަނީތޯ. ތިކަންވެސް ސިޔާސީ ވެ ދިޔައީ...................
ރުށް އުވެނީ
02 May 2023
ރާއްޖޭގެ ފަޅުރަށްރަށުގައި ރަނގަޅު މުޑުވައް ބޭނުންކޮށްގެން ރުއް ދަނޑުތައް ހައްދާ އުޅުނީ ވަރަށް ކުރިން. އެކަން އިހުމާލު ކޮށްލިފަހުން އެތައް ޒަމާނެއް ވެއްޖެ. ފަހުން ހެދިފައި އެހެރީ ކާންވެސް ކަމުނުދާ ކޮލިޓީގެ ގުރުކާށިން ވަލުތެރެ އަރިއަށް އެގޮތް މިގޮތަށް ހެދިފައިހުރި ރުށް.
ދަނބުރު
02 May 2023
ފުރަތަމަ ތި ރުއްތައް ދައްކާލަބަ ދިވެހި ރައްޔިތުންނަށް. ތީ ކީހާ ފެންވަރެއް ހުރި އެއްޗެއްކަންވެސް އަންދާޒާ ކޮށްލަން އެނގޭނީ އޭރުން. ފޮޓޯއެއް ނަމަވެސް މީޑިއާ ތަކުން ދައްކާލަންވީނު. އެވަރުކޮށް ނުލެވެންޏާ ސުވާލު އުފެދޭ. ސަރުކާރުގެ ކަންކަމުގައި އެހާބޮޑު އިތުބާރެއް ބޯވޭ މިހާރަކު.
ސިމްޕަލް
02 May 2023
ތިޔަ 11 ރަށަށް ރުއްތައް ބަހަން ނިންމެވީ ކޮން އުސޫލަކުންތޯ؟ އަޑު ގަދަ މީހާގެ ރުއް ގިނަވާނެއޭ ބުނެ އުޅޭ.
ސާބަސްކަލޯ
03 May 2023
ބަލާފައި ވަނީ ރުށް ޖަހާނެ ހުސް ބިން އޮތް، ރުށްމަދު، ރަށްރަށަށް އިސްކަން ދިނުމަށް.
ބޮޑުމީހާ
02 May 2023
ރާއްޖެއިން ބޭރުން ރުއް ގެނައީމާ މިގައުމުގެ ޕޮލިސީތަކާއި މެދު ހައިރާންވޭ! ރުކަކީ ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ހެދޭ އެއްޗެއް. ކިރިޔާވެސް ހަރުދަނީ ނިޒާމެއް އޮތްނަމަ ރުކުގެ އެއްވެސް އެއްޗެއް މިގައުމަށް އެތެރެ ކުރާކަށް ނުޖެހޭނެ
ނަގިލި ޝަކްތީ
02 May 2023
އައްޑޫ ބާކީކޮށްފި، މިކަމާ އައްޑޫމީހުން ވިސްނަންޖެހޭ
ވޯޓް ވިއްކި ގަމާރު
02 May 2023
ރުއް ގެނައީ ކޮން ގައުމަކުން ބާ؟ މިހެން މި ބުނެވުނީ އިންޑިޔާ ތައިލެންޑު ފަދަ ގައުމުތަކަކީ ވަރަށް ގިނަ ބަލިތަށް ރުކުގަ އުޅޭ ގައުމު ތައް އިތުރު ބައްޔެއް އަތުވެދާނެ.....
ސުނ1
02 May 2023
މީހަކަށް ދެރުށް ބަހާ
48343
02 May 2023
ރުއްތައް ބަހާން ކީއްވެބާ މުއިއްޒާ ހަވާލުނުކުރީ. އެއީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު.
ބަލާބަލަ
02 May 2023
މިސަރުކާރު މީހުން އިންޑިއާއާ ބެހޭ ހުރިހާ އެއްޗެއްވެސް ބަހާނީ. އެއީ ކެރެލާ ރުއް. ޕީޕީމީހަކު އެއާ ބެހުމުގެ ހުއްދައެއް ނޯންނާނެ.