އެމްއާރުއެމް އާއި އެމްޑީޕީގެ ބައްދަލުވުމުގައި ދެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަަވަނީ. -- ފޮޓޯ | އެމްއާރުއެމް
02 މެއި 2023 - 14:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އެމްއާރުއެމަށް ދީފައިވާ ދައުވަތާ ގުޅިގެން ބޭއްވި ދެ ވަނަ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަމާ އެކު ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.
ކޯލިޝަން ހެދުމުގެ ފުރަތަމަ ބައްދަލުވުން އެމްއާރުއެމުން ބޭއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ. ދެވަނަ ބައްދަލުވުން އެމްއާރުއެމްގެ އޮފީހުގައި ރޭ ބޭއްވީ، ރައީސް އޮފީހުގައި ބޭއްވެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރިއަށް ގެންދަން ނިންމުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް އާއި ޕާޓީގެ ލީޑަޝިޕް ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އެމްއާރުއެމް އިން ހުށަހެޅީ ކޯލިޝަން ނިންމުމުގެ ކުރިން ސާފުކުރަން ބޭނުންވާ ކަންކަމެވެ.
އެމްއާރުއެމުން އެ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ޕާޓީގެ ރައީސް ފާރިސް މައުމޫނެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާކުރަން އެމްއާރުއެމުން އޮތީ ނިންމައިފަ އެވެ. އެ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ކޯލިޝަނަކަށް އެއްބަސްވާން ނިންމަން އޮތީ މި ބައްދަލުވުންތަކަށް ފަހު އެވެ.
● ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތު ދިނުން.
● ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރުއެމްގެ އުސޫލްތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކޮށްދިނުން.
● ކޯލިޝަން އެއްބަސްވުމަށް އިހްތިރާމްކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
● ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
● ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން.
މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮތް، އެމްއާރުއެމުން އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ. ކޯލިޝަން ދެމެހެއްޓުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހުނީ އެއްބަސްވި ގޮތަށް ކަންކަން ކުރިއަށް ނުދާތީ ކަމަށް އެމްއާރުއެމުން ބުނެފައިވެ އެވެ.
މި ވެރިކަން އެކުލަވާލަން 2018 ގައި ހެދި އެއްބަސްވުމުގައި އެމްޑީޕީ އަށް ދޭން ނިންމާފައި ވަނީ ސަރުކާރުގެ 40 ޕަސެންޓެވެ. ސަރުކާރުގައި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް ދޭން ނިންމި އެވެ. އެކަމަކު މިގޮތަށް ކަންކަން ނުދާތީ، ކޯލިޝަންގައި ދެމިތިބި ނަމަވެސް ޕާޓިތަކުގެ ހިތްހަމަނުޖެހުން އޮތެވެ.
ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ކޯލިޝަން ޕާޓީތަކުގެ ތެރެއިން ގަބޫލުކުރީ އަދާލަތުން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކްރޯޑް
02 May 2023
މިހާރުވެސް އަންނި ގާސިމަށް ހުށައަޅައިފި ފާޑެއްގެ ނިޒާމެއް އެނިޒާމަށް ކިޔަންޖެހެނީ އަންނި ނިޒާމް އޭގައި އެކުލެވިގެން ވަނީ ފުރިހަމަ ބަރުލަމާނީއއްގެ ހުރިހާ ސިފައެއްއެކަމަކު އެއަށް ބަރުލަމާނީ ނުކިޔާ އެހެން ނަމެއް ކިޔަން ޖެހެނީ ރައްޔިތުންނަށް އޮޅުވާލަން
އެމް އާރު
02 May 2023
އަހަރަމެންނަކީ އަޚުންނާއި އުޚުތުން
ފައްޔާ ޒު
02 May 2023
ތި މީހުންނަށް ކުޑަ މަޤާމު ކޮޅެއްް ދެވިދާނެ! ދެން ނިޒާމު ބެހެއްޓި ދާނެ ގޭގައި!
އެޗް އެމް
02 May 2023
މައުމޫނު ރިފޯރމް މޫވްމެންޓްތަ؟ ތިޔަ ޕާޓީ ހާއްސަވަނީ ހަމަ އެކަނި ރަމަޞާންމަހާއި ފިތުރު އީދުގެ ހަނދުބެލެހެއްޓުމަށް. އެހަނދަކީ ފްލާވަރމޫން.
އައްޔަ ބޮޑޭ
02 May 2023
ބަސްބުނާއިރުހީވަނީ މީހީވަނީ މާބޮޑުޕާޓީއެއް ހެން 2ކިލޯހަމަނުވާ ޕާޓީއެކެވެ އެކަމަކު ކޭކުގެ ބޮޑުބައި ނުލިބި ދާނެތީ ދައުވާކުރަނި
ތުނޑު ހަސަނު
02 May 2023
ޖުމްހޫރީ ޕާޓީއާ މިހާރު ގުޅިފައިވާ ބަރުލަމާނީ މޮޔަވެފައިވާ ފަރާތްތައް އެކުގައި ތިއްބައި ޖުމްހޫރީ ޕާޓީއާ ކޯލިޝަން ހެދުމަކީ ބަރުލަމާނީއަށް ތާއީދުކުރުމެވެ. އަދި އެކޯލިޝަނަށް ދެވޭ ވޯޓަކީވެސް ބަރުލަމާނީގެންނަން ދެވޭ ވޯޓަކަށްނޫނީ ނުވާނެއެވެ. އެހެންކަމުން ކިތަންމެ ގިނަ ބަޔަކު އެއްކޮޅަށް އެރިޔަސް ބަރުލަމާނީއަށް ތާއީދު ނުކުރާ މީހުން އެކޯލިޝަނަށް ވޯޓުދިނުން ހެޔޮނުވާނެއެވެ.
އަންދަލޫސިޔާ
02 May 2023
ތިޔައީ 3000 މީހުން ހަމަނުވާ ޕާރޓީއެއް. މަޖުލިސް އިންތިޚާބުގަ ލިބުނީ ބަރާބަރު ބޮޑު ސުމެއް. %20 ދިން ސަބަބެއް ނުވެސް ވިސްނޭ! ކޯލިޝަނުން ބޭރުކުރަންވީ! އަމިއްލައަށް ނުކުތަސް 3000 ވޯޓް ވެސް ނުލިބޭނެ!
ކައުންސެލަރު
02 May 2023
މިވެސް ވެރިކަމާހެދި ހޭދެބައިވެފަ ތިބިބައެއް
މަ ބުނީ
02 May 2023
މަ ބުނީ އޭރުން ދޯ މަޖިލީހުން ގޮނޑި އެއްގެ ފަޅިވަރެއް ވެސް ނުލިބުނެއްކަމަކު ދަޢުލައި ބާހާލެވޭނީ ރަނގަޅު ރަނގަޅު ވިސްބުމެއް ވިސްނާނެ ނަމަ ފާރިޝް ހާދަޒރަނގަޅު ވީހޭ ދޯ!!!!!!!!
ގެޖއގއ
02 May 2023
އަންނި އަށް ބޮޑުވަޒީރުކަން ނުލިބުން އެމްއާރުއެމް ބޭނުންވަނީ. ގައުމަށްޓަކައި، ދީނަށްޓަކައި.