ރާއްޖޭގެ ރަށްތަކެއް. ރިސޯޓު ހަދަން ހުޅުވާލި 13 ރަށުގެ ތެރެއިން ބިޑް ހުށަހެޅީ ދެ ރަށަކަށް އެކަނި--
02 މެއި 2023 - 14:20
ރިސޯޓު ހަދަން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި 13 ރަށުގެ ތެރެއިން ހއ. އަލިދުއްފަރު ފިނޮޅާއި ތ. އޮޅުފުއްޓަށް ފިޔަވައި އިތުރު ރަށަކަށް ބިޑް ހުށަނާޅާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިތުރު އެހެން ރަށަކަށް ބިޑު ހުށަހަޅާފައި ނެތް ނަމަވެސް، ބިޑް ހުށަހެޅި ދެ ރަށަށް އަށް ބިޑެއް ހުށަހަޅާފައި އެބަ އޮތް ކަމަށް ޓޫރިޒަމުން ބުންޏެވެ. އެއީ އަލިދުއްފަރުފިނޮޅަށް ފަސް ފަރާތަކުން ހުށަހެޅި ބިޑާއި އޮޅުފުއްޓަށް ތިން ފަރާތުން ހުށަހެޅި ބިޑެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ބިޑް ކާމިޔާބުކުރި ފަރާތްތަކަށް އިކުއިޒިޝަން ކޮސްޓް ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ، ބިޑަށް އުންމީދު ކުރިވަރުގެ ތަރުހީބެއް ނުލިބުނީ، މުއްދަތު ކުރުވެފައި، ދުނިޔޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވީ، ކ.ކާށިދޫ އާއި ފ. ނިލަންދޫގެ ފަޅުން 10 ހެކްޓަރުގެ ބިމެއް ދޫކުރި އަގު ބޮޑު ވުމަކީ ވެސް އެ ދެ ރަށަށް ބިޑް ހުށަނޭޅި ސަބަބަކަށް ވެދާނެ ކަމަށެވެ.
"އެކި ޕްލެޓްފޯމުތަކުގައި މި މައުލޫމާތު ދޭން މަސައްކަތް ކުރިން. އިންފޮމޭޝަން ސެޝަންތައް ވެސް ކުރިއަށް ގެންދިޔައިން. އެކަމަކު ވައިޑް އެކްސްޕޯޝާ ލިބޭ ވަރުގެ ހަރަކާތެއް ރަސްމީކޮށް ގެންދެވިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ އެ ދެ ރަށުގެ ފަޅުގެ ސަރަހައްދަށް އިކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި އެންމެ ދަށްވެގެން 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ދެ ހުރި އެއްވެސް ރަށެއްގައި ރިސޯޓު ހެދުމަށް ޝައުގުވެރިކަން ފާޅެއް ނުކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރ އަތޮޅު، ގއ އަދި ގދ. އަތޮޅުގެ ރަށްތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭރާއްޖެ
02 May 2023
މިހާރު ދެން އިތުރު ރިސޯޓު ހެދުން ހުއްޓާލާކަށް ނުވޭތަ؟ ކޮންމެ އަތޮޅަކަށް ރިސޯޓުތަކުގެ ކޯޓާއެއް ނޯވޭތަ ރާއްޖޭގަ؟ ނެތިއްޔާ ހަދަންވެސް ވެއްޖެ އެންނު. މިހާރު ދިވެއްސަކު ދަތުރަކު ގޮސްލާނެ ފަޅު ރަށެއްވެސް އޮންނަނީކީ ނޫން. ރިސޯޓުތަކަކީ އާންމު ދިވެހީންނަށް ދެވޭވަރު ތަންތަނެއް ނޫން. މަގޭ ރާއްޖެ މަށަކަށް ނޫން މިހާރު ?
އޮނަރަބްލް އަފީފު ދީދީ
02 May 2023
މިހާރުއޮތް ފަދަ "ގޮނޑި ކޮއްކޮ ސަރުކާރަކަށް" ރައްޔިތުން އިތުރަށް ފުރުސަތުދީފިނަމަ ދުނިޔޭގެ އެންމެ މަޤުބޫލު ޓްއަރިސްޓް ޑެސްޓިނޭޝަންގެ ގޮތުގައިއޮތް މިޤައުމަށް އަންނަ ޔޯރޮޕް އެމަރިކާ ޖެޕާން އޮސްޓްރޭލިއާ އަދި އިޤިރޭސިވިލާތުގެ ފަތުރުވެރިންވެސް މަދުވެ އަވަށްޓެރި ހިންދުސްތާނު ވިޔަފާރިވެރިންނޫން ބަޔަކު ރާއްޖޭގައި އިންވެސްޓް ކުރާން ޖެހިލުން ވުމަކީ ގާތްކަމެއް. އަމިއްސަ ސިޔާދަތީ ބާރުވެރިކަން ދަމަހައްޓާން ނޭގޭ ޤައުމުތަކުގައި އިންވެސްޓް ކުރާނެބަޔަކު ނުވާނެ.