މިދިޔަ އަހަރު ބޭއްވި ކޮޕް26 ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިނގިރޭސި ރަަސްގެފާނު ޗާލްސްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: ގެޓީ އިމޭޖެސް
03 މެއި 2023 - 12:16
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންޑަނަށް ވަޑަައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރައީސް ލަންޑަނަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކަމީލާ އިނގިރޭސި ރަސްކަމުގެ ތަހުތުގައި ރަސްމީ ގޮތުން ވެޑުވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
"ރައީސްގެ މި ދަތުރުފުޅުގައި ކޮމަންވެލްތުގެ ލީޑަރުންގެ އިވެންޓާއި ފޮރިން ޑިގްނިޓަރީސް އަށް ބާއްވާ ރިސެޕްޝަނެއްގައި ބައިވެރިވެވަޑައިގަންނަވާނެ،" މިއުވާން ވިދާޅުވި އެވެ.
އިނގިރޭސި ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ލަންޑަނަށް ވަޑައިގެންނެވި އެވެ. ފަސް ދުވަހުގެ އެ ދަތުރުފުޅަށް ދައުލަތު ތިން މިލިއަނެއްހާ ރުފިޔާ ހަރަދުކުރުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލާގ
04 May 2023
ބޭކާރު ހަރަދު ރައްޔިތުން ދަތިހާލުގަ އުޅޭއިރުވެސް
ދޮންމަނިކު2
04 May 2023
މިއަހަރު މިހާތަނަށް ދިޔައިރު ބަޖެޓްގެ ޑެފިސިޓް ހުރީ 4.4 ބިލިއަން ރުފިޔާގަ، އަދިވެސް ދުރަށް ދަތުރުކުރޭ
އަބްޑޫޅް
04 May 2023
ރާއްޖެ މިއަދު މިއޮތީ ކޮމަންވެލްތުގެ ދަށުގަ. ރާއްޖޭގަ ހުންނަނީ އިގިރޭސި އެންބައްސީ އެއް ނޫން. ހައިކޮމިޝަނެއް. 3 ވަނަ ޗާލުސް ރަސްގެފާނަކީ ކޮމަންވެލްތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހީންގެވެސްް ވެރިޔާ. 1965 ވަނަ އަހަރާއި 1982 ވަނަ އަހަރާ ދެމެދު ރާއްޖެއަށް ކަނޑައަޅާފަ ހުރީ އިގިރޭސި އެންބެސެޑަރެއް. އޭރު ރާއްޖެ މިނިވަން. އިގިރޭސީންގެ އަތުން މިނިވަންކަން ލިބުނު، މިސުރު، ޔޫ.އޭ.އީ، ސޫދާނު، އަޔަރުލެންޑު މިފަދަ ތަންވެސް ކޮމްންވެލްތަކަށް ނުވަދޭ.
ހަސަންޑީ
04 May 2023
މިއީ ގައުމުތަޅުލައިގެން ދުނިޔެއާއި ގުޅުންކަޑާލައިގެން ތިބޭ ޒަމާނެއްނޫން، މިއަދުގެ ޙަގީގަތަކީ ދޭދޭ ގައުމުތަކާއި ފޭސްޓް ފޭސްކޮށް ބައްދަލުކޮށް އެއްގައުމު އަނެއްގައުމާއި ގުޅުން ބަދަހިކޮށް އެގައުމެއްގައި ހުންނަ ފުރުސަތުތައް އަނެއްގައުމަކާއެކު ބަދަލުކޮށް ގުޅުން ބަދަހިކުރުން، ޒަމާނަކީ ވަށާޖެހޭ ގުޅުމެއްގެ މައްޗައް އެކުލެވޭ ޑިޕްލޮޕްމެޓިކް ގުޅުން...
ހަސަނާޑީ
04 May 2023
މިފަދަ ދަތުރަކު ފޭސްޓުފޭސް ކޮށް ރަސްގެފާނަކާ ބައްދަލުވެ ގުޅުން ބަދަހިއެއް ނުކުރެވޭނެއޭ.
ދޮހޮއްތު
04 May 2023
ކޮތަޅުން ނާއި ޖސޓ އަދި ކަރަންޓު ބިލުބޮޑުކޮއް ރައްޔިތުންގެ ޖީބުފޫއްދުއްވާލާފަ އިނގިރޭސި ވިލާތައް
ނޯނީ
03 May 2023
ކޮމަންވެލްތުން ރާއްޖެ ވަކިވީމަ އެހާ ވަރެއް ދައްކާލީ އޭގަ ބައިވެރިވެގެން މިކަހަލަ ބޭކާރު ކަންތަކަށް ދައުލަތުގެ މާލިއްޔާއިން ދަތުރު އަޅަންތާ.
މުހައްމަދު
03 May 2023
ދެން އަނބުރާމިގައުމައް ނާދެވުމަކީ މި ގައުމުގެ ރައްޔިތުންގެ ހާދަހާވާ ބޮޑު ނަސީބެކެވެ. ހަމަ ކަށަވަރުން ﷲ ކަމަކައް އިރާދަ ކުރައްވައިފިނަމަ އެކަމެއް.ވެދެއެވެ.
ދެންފަހެ2
04 May 2023
ފަހެ މީހުންނަށް ބަދު ދުޢާކުރާ މީހުންގެ ހުރި ނުބައިކަމާއެވެ. ހަމަކަށަވަރުން އެފަދަ މީހުން ވަނީ އެންމެ ނުބައިވެގެންވާ މީހުންގެ ތެރެއިންނެވެ. ﷲ އީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އައް ރައީސުލް ސެލްފިއްޔާ
03 May 2023
މި ފަހަރު މި އޮތީ ސެލްފީ ނަގަން ލިބޭނެ ރަނުގެ ފުރުޞަތެއް! ތަޚުތާއި ވެޑުވުމާއި އެއްކޮށް ނެގޭތޯ ބަލާނަން!
ފޫހި
03 May 2023
ޙެޔޮނުވާނެ ރައްޔިތުންގެ ޓެކްސް ފައިސާ ތިޔަވަރަށް އިސްރާފުކިރަން.
ސޯފިޔާ
03 May 2023
ކޮންމެހެންވެސް ޢަލީ ޒާހިރު ގެންދަވަން ވަާނެ