ކޮންފަރެންސުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ދަނީ. -- ފޮޓޯ: އެމްއެސްއާރުއޯ
03 މެއި 2023 - 13:43
މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރްއޯ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް، "ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" އިއްޔެ ފަށައިފި އެވެ.
މިއީ ޒުވާނުންނަށް އަމާޒުކޮށްގެން ޖައްވީ ދާއިރާއަށް ޝައުގުވެރި ކުރުވައި، އެ ދާއިރާގެ ފުރުސަތުތަކާއި މަސައްކަތްތައް ހިއްސާކޮށް، ދާއިރާއާ ގުޅުން ހުރި މުހިންމު މަޝްވަރާތައް ބޭއްވުމަށް ބާއްވާ ތިން ދުވަހުގެ ކޮންފަރެންސެކެވެ.
ކޮންފަރެންސް އިންތިޒާމު ކުރި އެމްއެސްއާރުއޯއީގެ ރައީސް މާދިން މަސީހު ވިދާޅުވީ އުއްމީދަކީ ޒަމާނުއްސުރެ ދިވެހިން މިސްރާބު ބަލަމުން އަންނަ ތަރިތައް އަދި ޖައްވަށް އަލުން އުންމީދުގެ ނަޒަރަކުން އަދި ސައިންސުގެ ވިސްނުމަކުން ބަލައި ޖައްވީ ސިނާއަތަށް ދިވެހި އިލްމީ ޒުވާނުން ނުކުތުމުގެ ރޫހު އުފެއްދުންކަމަށެވެ. އަދި ޖައްވީ ޓެކްނޮލޮޖީން ރާއްޖެއަށް އީޖާދީ ހައްލުތައް ހޯދައި މޫސުމީ ރިޒެލިއެންސް ހަރުދަނާކޮށް އެ ދާއިރާއިން ނަފާ ހޯދޭނެ ގޮތް ފަހި ކޮށްދިނުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވި އެވެ.
އެ ކޮންފަރެންސްގައި ފަންނީ 30 މާހިރުންގެ ވާހަކަދައްކާނެ އެވެ. އަދި 10 ޕެނަލް ޑިސްކަޝަން އާއި ތިން ނެޓްވޯކިން ރިސެޕްޝަނާއި އޯޕަން ޓްރެކްތައް ކުރިއަށް ގެންދާނެ އެވެ.
އެ ކޮންފަރެންސަކީ އެ ސިނާއަތުގައި އުޅޭ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުންނާ ގުޅުވައިދިނުމެވެ. އަދި ރާއްޖޭގައި މި ދާއިރާއާ ގުޅުން ހުރި ޓެކްނޮލޮޖީ، ވިޔަފާރި އަދި ތައުލީމާއި ތަމްރީންގެ ފުރުސަތުތައް އިތުރަށް ފުޅާ ކުރުމެވެ.
"ސްޕޭސް ފޯ އައިލެންޑް ނޭޝަންސް ކޮންފަރެންސް" ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 100 މަންދޫބުންނާއި ފަންނީ މާހިރުން ބައިވެރިވި އެވެ.
މި ކޮންފަރެންސްގެ ހާއްސަ މެހެމާނުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކެތަރިން ހޭސްވެލް އާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހިމެނެ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު ފޯ ކްލައިމެޓް ޗޭންޖް ސަބްރާ ނޫރައްދީން ވެސް މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅު3
04 May 2023
މީ ކިހިނެއް ވާ ކަމެއްބާ؟
ނޫރުބާން
04 May 2023
ތީ މިއުޅޭ ކަނޑުގެލޮނުގަނޑު އުފުލާ ބައިގަނޑު. ނޯތުޕޯލު ގަނޑުފެން ވިރުވާ ތަޖުރިބާާކާރުން.
ނުވިސްނޭ
04 May 2023
މި އާޓިކަލް އައް ކޮމެންޓް ކޮއްފަތިބި އެންމެން ކަހަލަގޮތަކައް ސިކުޑީގެ ވަރައް ބޮޑު މައްސަލަ ތައް އުޅޭކަމައް ހީވޭ. ޖެލަސީ، ރުޅިވެރިކަން، ހަސަދަ، ތަންދޮރު އޮޅުން ނުފިލުން، އަދި ހަޔާތް ކެނޑިފަ ތިބިކަން ކޮމެންޓު ތައް ކިޔާލުމުން އިނގޭ. ރާއްޖޭގައި ޖައްވީ މަސައްކަތް ކުރުމައް ނިކުމެ ތިބި ބޭފުޅުން ނައް ހިތުގެ އެންމެ އަޑިން ޝުކުރުވެރިވެ ފަހި ކުރިއެރުން އިރާދަކުރެއްވިއްޔާ ހޯދޭނޭ ކަމާމެދު ސައްކު ނުކުރަން. ތިއީ ގައުމުގެ ނަމޫނާ ދަރިން ނަކީ.
ބަރަބޯ ފާތުމަ
04 May 2023
ޢެމްއޭސީއެލް އިން ސޭފްޓީ ރިސްކް އެސެސްމެންޓް ހަދާލީމާ ތި ޕޮރޮގުރާމް ހިންގާލަން ވަރަށް ފަސޭހަ ވާނެ.
އަހައްމަދޫ
03 May 2023
ފޮނިދައްކަން އުޅޭ ބަޔެއްމީ. އެއްވެސް ތަމްރީނެއް ތަޖުރިބާއެއްނެތް ޔޯޔޯބަޔެއް
ޢަބްދުލްސް
04 May 2023
މީގެ 300 އަހަރު ކުރިން ތިޔަހެން ޖޯކުޖަހައި އުޅުނު ހާދަހާ ގިނަކަމެއް މިއަދު އެބަ ކުރެވެޔޭ ދޯ؟ މިސާލަޖަށް ތި ކޮމެންޓުވެސް
ޑޮކްޓާރ. ބަނާނާ
03 May 2023
ދަތް ކޮށްޓާ އިލޮށި ކޮޅާއި ކަންފަތް ސާފުކުރާ ކަފަބުރު އެންމެ ކުޑަ މިނުން ނެހެދޭ ބަޔަކަށް ކޮންޖައްވީ ޓެކްނޮލަޖީ އެއްތޯ ؟ ބޯ ހަލާކު!
ޑޮކްޓަރ ބަނާނާ ތޮށި
03 May 2023
މީގެ 4000 އަހަރު ކުރިންވެސް ދިވެހިން ދަތް ކޮށްޓަން ބޭނުންކުރީ އިލޮށިކަން ޔަގީނެވެ.
ތިޔާއީދޯ
03 May 2023
ރާއްޖޭގެ ފުރަތަމަ ޖައްވީ ކޮންފަރެންސް ފެށިއިރު ރާއްޖޭގެ އިންޖިނިއަރިންގް ކޮމިއުނިޓީ އަށް ތިކަމެއް ނޭގޭ ރާއްޖޭގައި ތިބި ފިޒިކްސް އިލްމް ވެރިންނަށް ތިޔާ ކަން ނޭގޭ ދެން ދަ ކިއްލިތަޅާ ކިޔަވައިގެން ތިބި މީހުންނާއި ސްކޫލް ތައް ނިންމާފައި ތިބި ބްރޯކެން އިންގްލިޝް އާއި ދިވެހި އެއްކޮށްގެން ވާހަކަ ދައްކާ ކުދިން ގޮވައިގެން ޕްރޮޕެގެންޑާއޭ ތިޔާ ފަތުރަނީ ފުރަތަމަ ކަމަކީ ހެދި އެކްސްޕްރިމެންޓެއް ނެތް ލެބެެއް ނެތް އޮފީހެއް ނެތް ފެނަކަ ގޮތަށް ކައްޕަޅި ތަނެކޭ
ހިތާދޫ ފޮށާ
03 May 2023
ޖައްވާ ފަޒާއާ ފަލަކާ ގުޅޭކަމެއްގާ މައުމޫނު ބައިވެރިނުކުރުމީ ވަރަށް ޖާހިލުކަމާ އަގަލެއްނެތްކަން ހާމަކޮށްދޭ ވަރުގަދަ ދަލީލެއް.
ގެޓްއޮފް
03 May 2023
ތަމެންގެ ލެބް ކޮބާތޭ އެތަން ހުރީ ހަނދުގައިދޯ ފޭކް އޮފް ދަ ފޭކް ގެޓް ލޮސްޓް
ހާމަ333
03 May 2023
ކަނޑު ނުބެލެހެއްޓިގެން ލައިގެން ހުރި މުންޑުވިއްކާލާ ސަރުކާރަކަށް ކޮން ސްޕޭސް އެއް ބެލެހެއްޓޭނީ...