ސްޓެލްކޯ އިމާރާތް: މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލު ނުހަދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދޭ.-- ފޮޓޯ: މިހާރު
03 މެއި 2023 - 12:45
މީޓަރު ރީޑިން ނުނަގައި ކަރަންޓް ބިލުތައް ބޮޑުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށް، އެގޮތަށް ކަންތައް ނުކުރާނެ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފި އެވެ.
ސްޓެލްކޯ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ. އެ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއް ކަމަށް ބުންޏެވެ.
"މި ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށެވެ. މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށް ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.
ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމްލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު ފެންނަން ހުންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އެ ކުންފުނިން އަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރު ވެސް ރީޑިން ނަގާ ކަމަށް ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ސްޓެލްކޯއިން ތުހުމަތުކުރެ އެވެ.
ރާއްޖޭގެ ފިނިހޫނުމިން ފެބްރުއަރީ އިން ފެށިގެން މެއި މަހާ ހަމައަށް މައްޗަށް ދާކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށާއި އެކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހޫނު މޫސުމުގައި އާންމުން ހޭލުންތެރިކުރުވައި ތަކުރާރުކޮށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ދުވަސްވަރު ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބިލު ބޮޑުވުން އެކަށީގެންވެ އެވެ. އަދި މިދިޔަ މަހު ބިލުތަކަށް، ކޮންމެ ބިލަކަށް 500ރ. އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްބޭ
04 May 2023
އަހަރެންގެ ގޭ ބިލަށް އަބަދުވެސް އަރަނީ 700 ރުފިޔާ. އެކަމަކު މާޗްމަހާއި އެޕްރީލްމަހު އެބައޮތް 13 ސަތޭކަ އަރާފައި. އެއްވެސް އިތުރު އެއްޗެއް ބޭނުމެއް ނުކުރޭ. އިތުރު މީހަކު ނާދޭ. ދެން ކިހިނަކުންވާ ކަމަކީތަ މިއީ.
ދޮންކަބިލި
05 May 2023
އެއާކޯންގެ އައުޓްޑޯ ޖެހިފަހުންނައިރު ގިނަވާނަަމަ ބިލް ބޮޑުވާނެ - ހޫނުގަދަ ދުވަސްވަރު އައުޓްޑޯ ހެހިފައިންހުންނައިރު ގިނަވާނެ.
އޭއެން
03 May 2023
ބިލް ތައްޔާރުކުރުމުގައި އެހެންމަސްތަކާ ހިލާފަށް ދަށުން ޗާރޖު ކުރާ ބޭންޑުން ބޭނުން ކުރެވުނު ކަރަންޓް މަދުކޮށްފައިވާ ސަބަބު އެގެންޖެހޭ. ފުރަތަމަ 0 - 100 ޔުނިޓް ބޭންޑުން 100 ޔުނިޓް ޗާރޖް ކުރުމުގެ ބަދަލުގައި 93 ޔުނިޓް ޗާރޖް ކޮށް އެންމެ ބޮޑުކޮށް ޗާރޖް ކުރާބޭންޑަށް ބާކީ ބައި ގެންގޮއްސަހުރިކަން ފާހަގަވޭ.
ސުން
03 May 2023
ކޮންމެ ވާހަކަޔެއް ދެއްކިޔަސް ކަލޭމެން މަކަރު ނަހަދާކަމަކަށް ނުވާނެ.އަނެއްކާ މިހާރު ސްޓެލްކޯގެ ވެރިޔަކަށް އެހެރީ އޮޅުވާލުމާ މަކަރާ ހީލަތުން ޕީއެޗްޑީ ހަދާފަ ހުރިމީހެއް.ދިވެހި ރައްޔިތުން ސިއްރުން ލިވޯޓް އޮޅުވާލިގޮތަށް ވިސްނާލިޔަސް އެކަން ވަރަށް ސާފު. ދެން މިހާރު ހުދު ފޮތިކޮޅަކަށް ވާން އުޅުނަސް އެކަމެއް ނުވާނެ ނުން. މިހާރު ހުރި މަގާމަށް އޭނަޔަށް އާދެވިފަ އެހެރީ އެއިރު ހެދި ޑީލުގެ ސަބަބުން.އޮޅުވާލަން ނޫޅޭ.
އިހްސާސް
03 May 2023
މަށަށް އެނގޭކަމަކީ އެޕްރީލްމަހު ވެސް އަދި އޭގެ ކުރިންވެސް މިގޭގައި 24 ގަޑިއިރު 25 ގަ އޭސީ ޖެއްސިކަން އަދި އިތުރު ކަރަންޓު އެއްޗެއް އެހެން މަސްމަހާ ހިލާފަށް ގިނައި ބޭނުން ނުކުރާކަން. އެކަމަކު އެހެން މަސްމަހަށްވުރެ ކަރަންޓު ބިލު އިންތިހާއަށް އެޕްރީލް މަހު ބޮޑުކަން. ކަލޭމެން ކަރަންޓު މީޓަރުން ވައްކަން ކުރިޔަސް އަހަރުމެނަކަށް ނޭންގޭނެ. އެގުޅަނީވެސް ކަލޭމެން އަމިއްލައަށް.
ސުން
03 May 2023
އަންނަ އިންތިހާބަށް ރުފިޔާ ހޯދަނީ.ހުރިހާ ކުންފުނިތަކަށް އޮތީ އަންގާފަ ހޯދުނު ގޮތަކަށް ހޯދަން.ފޭރިގެން ނަމަވެސް.މީވެސް ފޭރުމެއް ޒާތެއްގެ.
ހުސް އިލްޒާމު ނާޅުވާ
03 May 2023
ބޭފުޅާ ތިޔަހާ ވަރަށް މީހުންގެ ބޮލުގައި އިލްޒާމު އަޅުވަންވާނީ ލޮލުގެ ކުރިމަތީ ބަހައްޓާފައި ހުންނަ ކަރަންޓް މީޓަރުގެ ހިސާބުވެސް ބަލާލާފައި. ބޮޑުކަމަކަށް ނުހަދައި މިއަދު އިން އަދަދު ނޯޓް ކޮށްލާފަ ބައިނދާނީ. މާދަމާ އަނެއްކާވެސް އެމީޓަރުގައި އިން އަދަދު ނަގާފަ ހިސާބު ހަދާގޮތަށް ކަނޑާލާނީ. އެދުވަހު ބޭނުން ކުރި ޔުނިޓް އެއޮތީ ފެންނަން. ކޮންމެ ދުވަހަކުވެސް މިހިސާބު ހަދާލަ ބަލަ. ގޯސް ހަދާ މީހަކީ ކާކުކަން ވަޒަން ކޮށްލެވޭނެ.
ވާގޮތް
03 May 2023
ޖައްވު ހޫނުވާ ވަރަކަށް 25 ގަ އޭސީ ބަހައްޓަން ކަރަންޓު ހަކަތަ ބޭނުންވާ މިންވަރު އިތުރުވާނެ
ކޮރަލް
03 May 2023
އިލެކްޝަން ޝަރީފް އެއީ އިތުބާރު ގެއްލިފަ ހުރި މީހެކެވެ.
ޖުހާގެ އިބޫ
03 May 2023
ސައްކާ ވަސްވާހަށް ހެއްލި އަމިއްލައަށް ހަލާކުނުވޭ ، މިއަހަރުގެ ޖެނުއަރީ ، ފެބުރުއަރީ ، މާޗު މަހު ގޭގޭ މީޓަރު ތަކުން ރީޑިންގ ނަގައިގެން ބިލް ހަދާފައި ، އޭޕްރިލް މަހު ރީޑިންގ ނުނަގާ ސްޓެލްކޯއިން ބިލް ހަދަންޖެހުނީ ކީއްވެބާ ރީޑިންގ ނަގާ ހުރިހާ މުވައްޒަފުން ކުއްލިއަކަށް އެއްފަހަރާ މަރުވިތާ ؟ މިމަހުވެސް 16 މުވައްޒަފުން މާލޭގެ ގޭގެއިން ރީޑިންގ ނެގުމުގެ މަސައްކަތް ކުރި ، ރީޑިންގ ނުނެގޭ ތަންތަން ހުއްނަނީ ބިލްނުކޮށް ދެމަސް ތިންމަސް ވިޔަސް
މުހައްމަދ
03 May 2023
އެޕްރީލް 16 ވަނަ ދުވަހުން ފެށިގެން މިއޮތީ ހޮސްޕިޓަލުގަ އަދި އެޕާޓްމެންޓް ހުރީ ހުހަށް އެކަމަކު ކުރީމަހަށްވުރެ 200ރ ބޮޑު ވެއްޖެއެވެ. މިހާރު އެޕާރޓްމެންޓް ބޭނުން ކުރެވެނީ ދުވާލަކު 2 ނުވަތަ 3 ގަޑިއިރެވެ. މީކޮންފަދަ ބިޑު އަރަތެއް ތޯއެވެ.
ހަނދު 1
03 May 2023
މީޓަރު ރީޑިންގ ނަގާފަ އިނީ ކޮން ތާރީޚަކާ ހަމަޔަށްތޯ ބަލައިލުން ރަނގަޅު. މަގޭ ބިލުގަ އިނީ އޭޕްރީލް 12
ކިރު ސައި
03 May 2023
މޮހަދޭ ބިލްކުރި މުއްދަތުބަލާފަ އަނގަ ފުޅާކޮށްބަލަ.
ހަމްލާސް
03 May 2023
އަފްތާއެއް ނުވެ ހޫނު މަޑުވުމުންވެސް 2000ރފ އިތުރު ވެއްޖެ.ގިނަ ގެތަކުގެ ބިލް ރެކޯޑް އަދަދުތަކެއް ހުރީ..
ޖާދު
03 May 2023
ރީޑިންގ ކޮންތާކުން ނަގައިގެން ތި ހަދަނީ ކަރަންޓްބިލް ބޮޑު ތިކުރަނީ މަކަރާ ހީލަތުން ފައިސާ ހޯދަން ވިސްނާތި ފަހުން ތި ނަގާ ވަގު ފައިސާއަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެ ތައްޔާރުވެގެން ތިބޭ މިއަދު ތިހެން ޖީބަށް އަތްޖަހާލައިގެން މޭޒުދަށުން ފައިސާ ނަގާ ޖީބަށް ލެވިދާނެ. ތިދުވަސް ވެސް މާތް ﷲ ހެޔޮ ރަޙްމަތުން ނިމިގެންދާނެ ދުވަސް ކައިރިވެއްޖެ.
ވިލާނީ
03 May 2023
ދުވަހަކު ބިލް ބޮޑުނުވާވަރަށް ބޮޑުކޮށްފި..