ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު: އޭނާ މިއަދު ވިދާޅުވީ އިޓޮލްސްގެ ނިންމުމާ އެކު ކުރިން ރާއްޖެއިން ވަކާލާތު ކުރަމުން އައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައެއް މިހާރު ގެއްލިފައިވާ ކަމަށް --- ފޮޓޯ: ނިޝާން އަލީ މިހާރު
03 މެއި 2023 - 20:07
ޗާގޮސްއަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެހެންވެ ދުވަހަކު ވެސް އެކަމަށް ވަކާލާތު ކޮށްފައި ނެތް ކަމަށާއި ވަކާލަތު ކުރަމުން އައީ 200 މޭލުގެ ކަނޑުގެ ސަރަހައްދަކަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ބަލައިގަނެ، މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ބަހާލައިފަ އެވެ. އިދިކޮޅު ފަރާތްތަކުން މިކަމުގައި ބުނަމުން ދަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެތަން އެހެން ބަޔަކާ ހިއްސާކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
މިކަމާ ގުޅުވައިގެން، ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރާ އެހެން ޕާޓީތަކާ އެކު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ "ދިމްޔާތު ސްޓޭ" ގައި މިއަދު ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ނޫސްކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ އޭނާ ބަންޑާރަ ނައިބަކަށް ހުންނެވި އިރު އެކުލަވާލި ކަނޑުގެ ގާނޫނުގައި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ ސަރަހައްދު ކަމަށް އޭރު ވަކާލާތުކުރި ކޮންޓިނެންޓަލް ޝެލްފް ދޫވެގެން ހިނގައްޖެ ކަމަށެވެ.
"ތިބޭފުޅާ [ނޫސްވެރިޔާ] ގެ މައިގަނޑުގެ ވާހަކަ އަކީ ކަލޭ [މުނައްވަރު] ބަންޑާރަނައިބަކަށް ހުންނެވި އިރު ތި ޗާގޯސް އިން ފެށިގެން ކީއްވެހޭ [ރާއްޖޭގެ ސަރަހައްދު ކަމަށް] ކްލެއިމް ނުކުރީ. އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ. އޭރުގައި އޮތް ވާޖިބަކީ އެއީ،" ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު، ޗާގޮސް މައްސަލައިގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: ނިޗާން އަލީ | މިހާރު
ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމަށް ބުނެ ވާހަކަ ދައްކާއިރު، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި މާ ދުރުގައި އޮތް މޮރިޝަސް އަށް ޗާގޮސް ލިބުނީ ސަރުކާރުގެ އިހުމާލުން ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ. އެކަމަކު އިޓްލޮސް އަށް މޮރިޝަސް އިން މައްސަލަ ހުށަހަޅައި އިން ވަކިކޮށްދޭން އެދުނީ ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރުމުންނެވެ. އިޓްލޮސްގައި ރާއްޖޭން ވެސް ފުރަތަމަ ބުނީ މޮރިޝަސް އަށް ޗާގޮސްގެ ސިޔާދަތީ ބާރު އޮންނާނެކަމާ މެދު ގާނޫނީ ސުވާލެއް އެބަ އޮތް ކަމަށާއި އެހެންވެ މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ނިންމީ އައިސީޖޭގެ ލަފަޔާ އެއްގޮތަށެވެ.
ޗާގޮސް އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ ޑރ. މުނައްވަރު" - ކުރީގެ ބަންޑާރަނައިބު
އެކަމަކު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އެހެން ގައުމަކާ ފުށުއަރާ ކަނޑުގެ ސަރަހައްދެއް ނެތް ކަމަށާއި ފުށުއަރަނީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ކަނޑުން ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އޭނާގެ ބަންޑާރަ ނައިބު ކަމުގައި ކަނޑުގެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަމަށް ލިޔުނީ ރާއްޖޭގެ އާކިޕެލޮޖިކް ސަރަހައްދުން ބޭސްލައިންގެ ގޮތުގައި 12 މޭލު އަދި ދެ ކަނޑު ގުޅުވައިދޭ ސަރަހައްދުން 24 މޭލުގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ އީއީޒެޑް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުށުއަރަނީ ހަމައެކަނި ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރުގެ އިސްނެންގެވުމުގެ މަތިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"[އެކަން ހައްލު ކުރުމަށްޓަކައި] އެއްވެސް ދައުލަތެއްގެ ސަރަހައްދަކާ ދިވެހިރާއްޖޭގެ ސަރަހައްދު ފުށުއަރާ ނަމަ އެ ގައުމަކާ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ދާކަށް މި ގާނޫނުން [ކަނޑުގެ ގާނޫނު] ހުރަހެއް ނާޅާ. އެއީ ދެކުނުގެ ވާހަކައެއް ނޫން. ސަބަބަކީ ދެކުނުގެ 200 މޭލު ދަމާފައި އެ މާއްދާ ލަނީ އުތުރަށް،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުން އެއްވެސް ގައުމަކަށް ނިސްބަތްވާ ތަނަކާ ފުށުއެރުމެއް ނާންނަ ކަމަށެވެ. ރާއްޖޭގެ އުތުރުން ފުށުއަރާ ސަރަހައްދާ މެދު ލަންކާ އާއި އިންޑިއާއާ އެކު އެއްބަސްވުން ހަދާފައިވާކަން މުނައްވަރު ފާހަގަކުރެއްވި އެވެ.
"ކުރިން ހަދާފައިވާ ޓްރައިޕާޓީ ޓްރިޓީ އަށް ބާރު ދިނުމަށްޓަކައި އެ މާއްދާ ލިޔުނީ. އެހެން އެއްވެސް ކަމަކާ ނޫން. ލިޔުނު މީހާ މަގުސަދު މި ދަންނަވަނީ. އެ މާއްދާ ލިޔުނީ އިންޑިއާ އާއި ލަންކާއާ އެކު ހެދިފައިވާ މި ދެންނެވި އެގްރިމެންޓަށް ބާރު ދިނުމަށްޓަކައި،" މުނައްވަރު ވިދާޅުވި އެވެ.
މިއަދު ވެސް މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރަމުން ދިޔަ ސަރަހައްދުން ބައެއް މިހާރުގެ ސަރުކާރުން ދޫކޮށްލީ ކަމަށެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ބަހާލަންޖެހޭ ސަރަހައްދެއްގެ އިން ވަކިކުރީ ކަމަށާއި އެކަން ނިމުނީ ވެސް ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް ކަމަށެވެ. މިކަމުގައި ނުރަނގަޅު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާގޯސް
05 May 2023
މުނައްވަރު ނުނިދާާ ހުރިކަން ނަސީބު، މުނައްވަރު ނިދާފަ އޮތްނަމަ، ބޮޑު ތިލަދުންމަތިން އައްޑޫއަށް ރާއްޖެ ވިއްކާާލާނެ ، ދިވެހި ރައްޔިތުން އެދެނީ މުނައްވަރު ވީހާވެސް ގިނައިން ދަންވަރަށް ހޭލައި އުޅުން
ލިބުމާ ނުލިބުން ބާއްވާ
05 May 2023
ދިވެހިރާއްޖޭން އެއޮތީ ދުނިޔޭގެ ސަރަހައްދާ ބެހޭ ގާނޫނާ ފުށުއެރުމެއް ނެތި ރާއްޖޭގެ ދެކުނުން އެއްވެސް ގައުމެއްގެ ސަރަހައްދަކާ ބައިވެރިނުވާކަން ބުނެދީ އުސޫލާ އެއްގޮތަށް ސަރަހައްދީ އިން ގާނޫނުން ބުނެދީފައި. އެއާ ގުޅިގެން އެއްވެސް ގައުމަކުން ދެކޮޅުހަދާ ފައެއް ނެތް. އަލަށް އެހެން ބައެއްގެ ސަރަހައްދެއްގެ ގޮތުގައި އެހެންގައުމެއްގެ އިން ކަނޑާފައި ފްރީ ޒޯނެއްގެން ދެވިގެން ނުވާނެ. ޑރ. އެވިދާޅުވަނީ އެކަމާ ވަކާލާތު ކުރަންވާނެއޭ. ޖާހިލުވިއަސް ގައުމާ ދެކޮޅަށް؟؟
ޑަރޯގާ
04 May 2023
މުނައްވަރު ތިއީ ރާއްޖޭގަ ސިޔާސީ ޕާޓީންހިންގޭނެ މަގެއް ގާނޫނު އަސާސީއިން ނުފެނު މީހެއް. ހަމަ އެގާނޫނު އަސާސީގެ ދަށުން އެކަން ކުރުމަށް ހުރަހެއް ނެތްކަމަަށް ފަހުން ވަކާލާތު ކޮށް ފުރަތަމަ ސިޔާސީ ޕާޓީގެ ރައީސްކަންވެސް ކުރި މީހެއް. މާދަމާ އެހެން ގާނޫނީ ހަމައެއްދައްކާ ޗާގޯސް އަކީ ރާއްޖޭގެ ތަނެކޭ ބުނެފާނެ. ދެން އެއިނީ ޔާމީނަށް ދައުލަތް ދަވާލުމަށް ގާނޫނީ އެހީތެރިކަމާ ލަފާ އަރުވަން އިން މީހާ. ކިހިނެތް މި މީހުންގެ ބަހެެއް ގަބޫލު ކުރެވޭނީ.
ކަހެރުވައް
04 May 2023
ތީގެ އިދިިކޮޅު. ސިޔާސީ ޕާޓީގެ ނަންގަނެވިފައި ނުވާ ނޫ ގާނޫނުއަސާސީން ސިޔާސީ ޕާޓީތައް އުފައްދައި ހިންގޭނެކަމަށް މައުމޫނު އަބްދުލްގައްޔޫމަށް ލަފާދިން މީހެއް ޑރ ހަސަން ސައީދަކީވެސް.....
ޖަޑޮޓު
04 May 2023
ނޫސްކޮންފަރެންސް އަތަށް ގޮވީ! ކީހާޅެން ފަރިއްސަށްވީ!
ބޮލްބި
04 May 2023
މީނަ އުޅޭނީ ބައިކޮޅައް ގޯލު ޖަހަންކަން ޝިޔާމު މެން އާޒިމާ މެނައް ކުރިން އެނގިފައޮތް ހެނެއް ހިޔެއްނުވޭ. ޑޮކް ތި އުމުރުގަ ކީއްކުރަން ބައިކޮޅައް ގޯލު ތިޖެހީ... ލާރި މަދު މީހެއް ނޫން. މުއްސަނދި ބޭފުޅެއް. މާލެ ގެދޮރު އެބަހުރި. ދެން ކޯޗެއް ނުލިބިގެން ކުރި ކަމެއްތަ
ހޯހޯ
04 May 2023
މުނައްވަރު އިޝްތިހާރުވާން ޖެއްސި ގޭމެއްތީ. ރިޔާސީ އިންތިހާބުގެ ކެންޕޭނެއްމީ. ދެން މިތަނަށް ގޮސްތިބި "ސިޔާސީ " މީހުނަށް މިކަން ރޭކާނުލާ!
ބޯބޮ
04 May 2023
ބައިކޮޅައް ގޯލު ޖަހައިގެން ލިބޭނެ ވޯޓެއް ނޯއްނާނެ... ލާރި ލިބިދާނެބޯކޮއް
ހަސަނު
04 May 2023
އެގުނު އެއްޗަކީ މި ސިޔާސީ މީހުން ކޮންމެ ފަދަ ކޮސް ވާހަކަ އެއްވެސް ދައްކަފާނެކަން ނުބައި މަގްސަދުގަ.. އަދި މި ވެރިން ދައްކާ ކޮންމެ ފަދަ ކޮސް ވާހަކައެއްވެސް އަޑުއަހާ ގަބޫލު ކުރާ ގިނަ އަދަދެއްގެ ރޯނު އެދުރުން މިރާއްޖޭގާ އުޅޭކަން.. އެ ސަބަބާ ހެރި މުޅި ގައުމު ކޮޅާލި ވަގެއްގެ މިނިވަން ުވެގެން މަގު މަތީ ދުއްޕާން ކުރަން އެއުޅެނީ...
200 މޭލު
04 May 2023
200 މޭލު ލިބޭނެ ރާއްޖެއާ ޗާގޮސް ދުރުކޮށްލަނިކޮށް. މާބޮޑަށް ކާރިވީމަ 200 ނުލިބެނީ.
ސުލައިމާނު
04 May 2023
މުނައްވަރު މި ބުނަނީ ރަށަކީ ތިމަންނަމެން ތަނެއް ނޫނޭ އެކަމަކު އެރަށު ފަޅާ ކަނޑުގެ ބޮޑުބައި އެއީ އަހަރެމެންގެ ތަނެކޭ. ނޫސް ކޮންފަރެންސް ދަންވަރު 3 ގަ ބޭއްވިނަމަ އޭނާ ހަމައިގަ ހުރީސް. އެންމެން ހޭލާ އުޅޭއިރު ނިދީމައި ދުނިޔޭގައި ވާނުވާއެއް ހަމަލޮލަކަށް ނުފެންނާނެ!
ބަރަބޯ
04 May 2023
މިކަމަށް ރަގަޅު ލަވައެއް ކިޔާފަ އޮންނާ ނައިފަރު ދޮހޮއްކޮބޭ . ނޭންގުނޭ ތިޔަ ބުނާ އެއްޗެއްގެ މާނައެއް ..................! ޗާގޯސް ހޯދަނަމޭ ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލައިފިއޭ ގޮވާނެގި މީހުންތައް ކައިރީ ބައިތިރއްބައިގެން މުނައްވަރު މި ބުނަނީ އެއްވެސް އިރެއްގައި ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫނޭ އެތަން ހޯދާކަށް އެއްވެސް އިރަކު އުޅެފައެއް ނުވެއޭ ކަލޭމެން ކީކޭހޭ ތިކިޔަނީ! މޮޔަނުގޮވާ ތިބޭށޭ. ފިކުރުބެއަށާއި އަދުރޭބޭއަށް ރަގަޅު ފިލާވަޅެއް މިދިނީ.
ސަންތި ކަމަނަ
05 May 2023
ހުވާ ތެދެއްވާ ތިބުނީ. ޑޮކް ބުނިއެތި ކުރު ހުލާސާ: ވާ އެއް ނުވާއެއް އެގަހު ކޭލެއް މިގަހު ކޭލެއް ކަޅެއް ދޮނެއް އަކުރެއް ބަކުރެއް ދޮންކޭލެއް ބަނބުކޭލެއް ދޮންބެކޭލެއް އެކޮއި މިކޮއި ޗޮސް ޗޮސް ޗާވޮސް ގޮސް ގޮސް ޗާގޮސް ޕޮއް...