ޚަބަރު / ރުވާންޑާ

ރުވާންޑާއިން ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެނީ

ރާއްޖެއިން ރުވާންޑާއާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއިކުރަނީ: ދެ ގައުމުން ވިސާ ލުއި ދިނުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި --- ފޮޓޯ/ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ރުވާންޑާއާ ދެމެދު އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާ އަށް ދަތުރުކުރާ ދިވެހިންނަށާއި އެ ގައުމުން ރާއްޖެ އަށް ދަތުރުކުރާ މީހުންނަށް ވިސާ ލުއި ދިނުމުގެ އެއްބަސްވުމެއްގައި އެ ގައުމުގެ އޮފިޝަލުންނާ އެކު އިއްޔެ ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ރުވާންޑާއާ ދެމެދު ގާތް ގުޅުމެއް އުފެދޭނެ ކަމަށް ޝާހިދުގެ ޓްވީޓެއްގައި ވެ އެވެ.

ރުވާންޑާއާ ދެމެދު އޮން އެރަވައިލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ކުރިއިރު މިހާރު ވެސް ގިނަ ގައުމުތަކަކުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެ އެވެ. އެހެންވެ، ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓް މި ވަގުތު އޮތް ގައުމެކެވެ.

ރާއްޖެ އަށް މިހާރު 100 އާ ގާތްކުރާ ގައުމުތަކުން އޮން އެރައިވަލް ވިސާ ދެ އެވެ.

35 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުމައިލް

07 May 2023

ކީކޭ ބުނާނީ.އަހަރުމެންނަށް ކީއް ނުދިނިއްޔާ.އޯކޭ ތިތަނަށް ދާތަނުން ދަންރުތައިގަ ޖެހިޔަސް.ތީ ދިވެހިން ދާ ތަނެއްވެސް ނުން.ނޫސްތަކުގެ ފަލަ ސުރުޙީން ޖާގަ ހޯދުމަށް ކާޕެޓް މިނިސްޓަރ ކަމެއް ކޮށްލީ ދޯ..މިއޮތީވާ ސަރުކާރެއް.މުޅިންވެސް ދެއްކުން ތެރިކަން.

The name is already taken The name is available. Register?

ޗ‫ުންބާ

07 May 2023

ދ‫ައުރު ނިމެނޫ ރުވާންޑާއަށް ފުރަން ރެޑީވޭ

The name is already taken The name is available. Register?

އަލި

07 May 2023

މިތަ މިހާރު ދިވެހިންގެ ފެވަރިޓް ދެސްޓިނޭޝަނަކީ؟.

The name is already taken The name is available. Register?

ހާމިދު ޝާހިދު

07 May 2023

ދިވެހިން އެބަ އުޅޭތަ ރުވަންޑާއަށް ނުދެވިގެން. އެފްރިކާ ގެ ގައުމުތަކާ ގުޅުން ބަދަހި މިކުރަނީ މޮރިޝަސްއަށް ރާއްޖޭން ބައެއް ވިއްކާލުމަށްފަހު. އަހަރުމެންނަށް އިނގޭ މިސަރުކާރުން ޖަހާ ސަކަރާތް...

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

06 May 2023

ފުރަތަމަކަމަކަށް އަހަރެއްގެތެރޭ ރުވާންޑާއަށްދަނީ ކިތައް ދިވެހިންތޯ ފޮރިންގް މިނިސްޓްރީން ހާމަކޮށްދީމަބަލަ. މަށަށް އެގިގެން މިވީފަސްއަހަރު ތެރޭވެސް ތިބުނާގައުމަކަށް ދިޔަހަމައެކަނި މީހަކީ އަބުދުއްﷲ ޝާހިދު.

The name is already taken The name is available. Register?

‫ތުއްތޮންބެ

06 May 2023

‫އަލުގަނޑުމެން ބޭނުމީ ވިސާއާނުލާ އުތުރު ކޮރެއާ، ކިއުބާ، ހެއިޓީ، އަފުގާނިސްތާން، ޒިމްބާބުވޭ، ސައުތުސޫދާން، ތަޖިކިސްތާން، މޮޒަމްބީކު އަދި ސިއެރަލިއޯންފަދަ ގައުމުތަކައްދާން ދިވެހިން އެންމެބޭނުމީ މިހާރު.

The name is already taken The name is available. Register?

ރުވާންޑަން

06 May 2023

މީކީ ކޮންމެހެން ޝާހިދުގެ މޮޅުކަމުން ލިބުނު އެއްޗެއް ނޫން.. އެ ގައުމަށް މީހުން ޒިޔާރަތް ކުރަން ހިތްވަރުދޭން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އޮންއެރައިވަލް ވިސާ ދޭގޮތަށް އޮތީ... Citizens of all countries are allowed to get visa upon arrival without prior application. Citizens of country members to the African Union, Commonwealth and La Francophonie can get free visas upon arrival in Rwanda for a visit of 30 days.

The name is already taken The name is available. Register?

އެކްސިް

06 May 2023

އާނ ރުވާންޑާއަށް ނުދެވިގެން ދިވެހިން މިގޮވަނީ :ޕ

The name is already taken The name is available. Register?

ވަލިބަލީ

06 May 2023

ދިވެހިން އެއްމެ ގިނައިން ދާ އެއް ގައުމު.. ޝުކުރު ހައްގު ޝާހިދަށް

The name is already taken The name is available. Register?

ހުސޭނިކުބެ

06 May 2023

ރަގަޅުކަމެއް! އެކަމަކު މިއަށްވުރެން ކުރިން މަސައްކަތްކޮށް ވިސާ ފަސޭހަ ކުރަންޖެހޭ މާބޮޑަށް މުހިއްމު ގައުމުތައް އެބަހުރި. ރާއްޖޭގެ ޓުއަރިޒަމާއި އެހެނިއެހެން ވިޔަފާރީގެ ގޮތުން ގިނައިން ދަތުރުކުރަން ޖެހޭގައުމުތައް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454