ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ސަރުކާރުގެ ސިޔާސަތަކީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން: ރައީސް

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާރޓް ފެސްޓިވަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ފަރުމާ އިންޓަނޭޝަނަލް ޔޫތު ފެސްޓިވަލް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ.

ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފަރުމާ އާޓް ފެސްޓިވަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެތަނުގެ ސަބަބުން ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

އަދި އެ ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް އެ މަނިކުފާން ފާހަގަ ކުރެއްވި އެވެ. ފަރުމާ އާޓް ފެސްޓިވަލް 2023ގައި، އަށް ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެ އެވެ.

މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ސޯޝަލް ސެންޓަރުގަ އެވެ.

28 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޞިފް

10 May 2023

މިވަތަންގެ ހަަޔާތުގައި އުތީމު ތަކުރުފާނަށް ފަހު ގައުމު ދުށް އެންމެ ވަރުގަދަ ދެ ފަހުލަވާނުންގެ ތެރޭގައި ހިމެނޭ މަރްހޫމް ރައީސް ނާސިރު ދެން ރައީސް ޔާމީން މިވަތަނަށް ކޮށްދިން ޚިދްމަތް ތަަކަކީ އެއީ ވަތަންގެ ދިދަވެސް އެދެ ރައީސުން ފެނުމުން ބޯތިރިކޮށްލާނޭ ކަމެކޭ އެކަމަކު އެފަކީރު ބޮލުގައި ވަގުބަދުނާމު އަޅުވައިގެން މުޝްރިކުން އަޑީގައި ތިބެގެން މިކުރާ ގޯނާ ދެކެދެނެވޮޑިގެންވާ ފަރާތެއް ވެއޭ ހައްގަށް ނަސްރުލިބޭ ދުވަސްގާތްވަނީ ގާތްވަނީއޭ

The name is already taken The name is available. Register?

ޒުވާން ހިޔާލު

09 May 2023

އުފެއްދުއްތެރި ޒުވާނުންނަށް މިތާ ފުރުސަތެއް ނެތް.

The name is already taken The name is available. Register?

އިސްމާލި

09 May 2023

ހަލޯ ރައީސް. ފަންނުވެރި ޒުވާނުން އުފައްދަނީ ކީއްކުރަންތޯ މިޒަމާނުގައި ސިޔާސީ އެކްޓިވިސްޓަކަށް ވެގެން ތިޔަ ބުނާ ފަންނުވެރި ޒުވާނަކަށްވުރެ މާ ގިނައިން އާމްދަނީ ލިބޭއިރު. ނޫނީ "ފަންނުވެރި ޒުވާނުން" ތިޔަ މާނަކުރައްވަނީ ކަނޑިގެންގުޅުމާއި ކަނޑީގެ ހެވިކަމުގެ ފަންނުވެރިން ނަށްތޯ؟

The name is already taken The name is available. Register?

ކަނޑި ޗިކާ

09 May 2023

އުފެއްދުންތެރި ޒުވާނާ އެހުރީ ވަޒީފާއެއް ނެތި. ކެމްޕޭންތަކުގައި އުޅުނު މީހުން އެތިބީ އޮފީސްތައް ހިންގަން.

The name is already taken The name is available. Register?

ތަސްދީގުކޮށް ޢަމަލްކުރުމެއް ނެތް

09 May 2023

މިކަމަށް ކުރާއރއްވެސް ކަމެއްނެތި އަނގަ ތަޅަނި

The name is already taken The name is available. Register?

ހިނނވރ

09 May 2023

ކޯލިޝަންގެ ސަރުކާރެއްގައި ނައިފަރާއި ހިންނަވަރު ގުޅާލާނަން - އިބޫ 2018 ގައި ކީ ފަރިހި ހަނދާން އެބަހުރިބާ

The name is already taken The name is available. Register?

ފެލާލައިފި

09 May 2023

ސިޔާސަތަކީ ކޮތަޅުން ޓެކްސް ނެގުން އެކަން ބާރަށް ކުރިއަށް އެބަދޭ ޒުވާނުންނޭ ސަރުކާރުން ކޮތަޅު ޓެކްސް ތިން ގުނަ ބޮޑުކޮށް ދަނީ ނަގާ މީރާއިން ދަނީ ރައްޔިތުން ފެލަމުންނޭ މީއޭ ސިޔާސަތަކީ ޒުވާނުން ފެލާ ސިޔާސަތޭ މިސަރުކާރުން ހާކިމާ ގެންގުޅެނީ ކޮތަޅޭ ކޮތަޅު ޓެކުހޭ މީ ދެން އަނެއް ކޮޅުން ވެމްކޯއިން 1000 ޕަރސެންޓް ބޮޑުކޮށޭ މިހާރު ވިޔަފާރި ތަކުން އުކާލާ ކުނިން ފީނަގަނީ މީ ޒުވާން ވިޔާފާރިވެރިން ދަންނަން ޖެހޭނެ ކަމެކޭ މިގޮތަށް މިގައުމު ނުހިންގޭނެއޭ ފެލަނީއޭ

The name is already taken The name is available. Register?

މަގު ޗާޓު

09 May 2023

ޒުވާނުންނަށް ސަރުކާރުން ދައްކަނީ ކުޅިވަރާ މަޖާ... އަދިވެސް ރޭކާނުލާ ރާއްޖެ މިދާ މިސްރާބެއް...

The name is already taken The name is available. Register?

ބުރުއްސާލި

10 May 2023

ބަލަ ސަރުކާރުގައި މަތީ ފަނޑީގައި ތިބީ ތިކިޔާ ކުޅިވަރާއި މަޖާ ނެގުމުގައި ބިރު ފަހަނަޅައިގޮސްފައިވާ ޒުވާނުންނެވެ. އެމީހުންނަކީ އަބަދުވެސް ޗާޓުން ބޭރުގައި މަސައްކަތް ކުރާ ހިތްވާ މީހުން. އެހެންވީމާ، ރާއްޖެ އަދި ޗާޓުން ބޭރަށް ދިޔަޔަސް އެމީހުންނަށް ވާނުވާ އެގޭނެހެން ހިއެއް ނުވޭ.

The name is already taken The name is available. Register?

ހަރުގަނޑު2023

09 May 2023

ލިޔެލާފަދޭ މޮޅު ސްޕީޗަކުން ކަންކަން ނިމޭނަމަ، މި ގައުމު އޮންނާނީ ސިންގަޕޫރަށްވުރެ ކުރީގަ.. އެހެނަސް ބަހާ ޢަމަލު ދިމާ ނުވާތީ ދިވެހިންނަށް މިފަދަ ބަސްތަކަކީ "ކަނޑުގަ އަޅާލާ ރޮގަކަށް" ވެއްޖެ. 1. ޔޫތު އެމްޕަވަރގެ މާނައަކީ: ފުޓްސަލް ދަނޑު. 2. ޒުވާނުން ބިނާކުރުމަކީ: ކުޅިވަރު މުބާރާތް ބޭއްވުން.. 3. ފަންނަކީ: ސިޔާސީ ހަތިޔާރު.. ކިޔަވައިގެން ތިބި ޒުވާނުން ބޭކާރުވެ، ސިޔާސީ ވެރިންގެ ބާރު ސީ.ވީ ތަކަށް ވަނީމަ ވާނެގޮތް ރައީސަށް އެނގޭތޯ؟؟

The name is already taken The name is available. Register?

މިއު

09 May 2023

ފުޓްސެލް ދަނޑަކީވެސް އެމީހުން އެގަބޫލު ކުރާ ގައުމީ ޒުވާނުންނަށް ދޭއެއްޗެއް. ގޭންގުތަކަށް ފައިނޭންސިން މޮޑެލެއް ހޯދުން ބޭނުމަކީ. އެހެން ނޫންނަމަ ތިކަމެއް ވެސް ނުކުރާނެ

The name is already taken The name is available. Register?

ރަންނަ

09 May 2023

ސިޔާސަތަކީ އަޅުވެތި ޒުވާނާ ބިނާކޮށް ނުފޫޒުން އެމީހުންގެ ވޯޓް ހޯދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454