އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު: ހައްޖު ކޯޓާގެ ބާކީ 130 ކޯޓާ އާ މެދު އަމަލު ކުރި ގޮތުގެ ތަފްސީލު އެ މިނިސްޓްރީން ލިބޭ ގޮތެއް ނުވި --- ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
10 މެއި 2023 - 12:43
ސައުދީ ސަރުކާރުން މި އަހަރު ރާއްޖެ އަށް ދިން ހައްޖު ކޯޓާގެ 1،000 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކަށް ކޯޓާ ކަނޑައެޅުމަށް ފަހު ބާކީވާ 130 ޖާގާ ބޭނުންކުރާނެ ގޮތުގެ ތަފްސީލު ދޭން އިސްލާމިކް މިނިސްޓްރީން މިއަދު އިންކާރުކޮށްފި އެވެ.
ރާއްޖެ އަށް ލިބުނު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ތިން ގުރޫޕަށް 870 ޖާގަ ވަނީ ދީފަ އެވެ. އެންމެ ގިނައިން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އެއީ 600 ޖާގަ އެވެ.
މި އަހަރު ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދިން އަމިއްލަ ތިން ކުންފުންޏަކީ އަލް މަނާސިކް، ސިސިލްފަރު އަދި އަލް ހަރަމައިން އަށެވެ. އެ އިން ކޮންމެ ގްރޫޕަކަށް ދިނީ 90 ކޯޓާ އެވެ. މި ތިން ކުންފުންޏަށް ޖުމްލަ 270 ޖާގަ ދިނީ ޑޮކްޓަރުންނާއި އެހީތެރިން ވެސް ހިމެނޭ ގޮތަށެވެ. މި ކޯޓާތައް ކަނޑައެޅުމަށް ފަހު ބާކީވާ 130 ޖާގަ ބޭނުންކުރާނީ ކޮން ގޮތަކަށްތޯ އެހުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަމުގެ ތަފްސީލެއް އަދި ނެތް ކަމަށެވެ. އެ 130 ކޯޓާ އާ މެދު ގޮތެއް ކަނޑައެޅި ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވި އެވެ.
ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: ހައްޖު ކޯޓާގެ 870 ޖާގަ ބެހީ ހައްޖު ކޯޕަރޭޝަނާއި ޕްރައިވެޓް ތިން ކުންފުންޏަށް --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދަން އަމިއްލަ ތިން ގުރޫޕެއް ހޮވީ އިސްލާމިކް މިނިސްޓްރީން ބޭނުންވި ގޮތަށް އެންމެ ކުޑަ އަގެއް ހުށަހެޅީ ތިން ކުންފުންޏަށް ވާތީ އެވެ.
- ލިބުނީ 1،000 ކޯޓާ. - ހައްޖު ކޯޕަރޭޝަނަށް 600 ކޯޓާ.
- އަމިއްލަ ތިން ކުންފުންޏަށް 270 ކޯޓާ (ކޮންމެ ކުންފުންޏަކަށް 90)
- ބާކީ 130 ޖާގަ ބަހާ ގޮތެއް އަދި ނޭނގޭ.
ހައްޖުގެ އަޅުކަމަށް، މީގެ ކުރިން ރާއްޖޭގެ ހައްޖުވެރިން ކުރި ދަތުރެއްގެ ތެރެއިން: ބިޑް ކާމިޔާބު ކުރުމަށް ކުޑަ އަގެއް ހުށަހެޅި ނަމަވެސް ކުންފުނިތަކުން ދަނީ ބޮޑު އަގެއް ހުށަހަޅައިގެން --- ފޮޓޯ: ހައްޖު ކޯޕަރޭޝަން
- އަލްހަރަމައިން 75،250ރ
- ސިސިލްފަރު 75،465ރ.
- އަލްމަނާސިކް 75،000ރ.
ނަމަވެސް، ހުށަހެޅި އަގަށް ވުރެ ބޮޑު އަގެއް ބައެއް ގުރޫޕުން ނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ކޮންމެ ބޮލަކަށް 123،360ރ އެ ގުރޫޕްތަކުން ކިޔާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. ބައެއް މީހުންގެ އަތުން އެ އަށް ވުރެ ބޮޑު އަގެއް ވެސް ނަގާ ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަނބަރޭ
11 July 2023
ބާކީ ބާ އެއީ ސޯލިހައް ވެރިކަން ހޯދާދޭން ދުވާކުރަން އަދާލަތު ޕާރޓީން ފޮނުވި ގުރޫޕައްވީބައި ލޮލް
ސަންތި މަރީ
11 May 2023
ހުރިހާ ކަމަކުން ފޮރުވުން، ސިއްރުކުރުން އާންމު ވެއްޖެ. މީ ރަސްކަމުގެ ނިޒާމެއްތޯ ނޫނީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމެއްތޯ؟.
ޕޫރުބެ
10 May 2023
މި މީހުންގެ އަމަލުތަކާހުރެ އަގުވެއްޓެނީ! ކިހާ ބޮޑު ކަމެއް!
ބައިރަން
10 May 2023
ހައްޖު އަކީ ވަރަށް ކޮރަޕްށަން ބޮޑު ވިޔަފާރިއެއް
ގައިގާ ދުރު
10 May 2023
އެހެން ވެގެންނޭ ވަގު ސަރުކާރު ކިޔަނީ. ﷲ އަށް ކުރަން ބޭނުންވާ އަޅުކަންވެސް ވަގަކުން ދޮގަކުން ފޭރިގަނެގެންތަ ތިބެންވަނީ. ތިމާ ކުރަން އުޅޭކަމެއް އެކުރަން އުޅޭ ގޮތަކަށް ތެދުބަހުން ބުނީމާ ބަޔަކު ރުޅިއަޔަސް ﷲ ގެރުހުމާ ދަރުމަ ލިބޭނެއެއްނު. މިވަރުވެސް އަހަރެމެން ގަމާރުން ބުނީމާ ވާނީ ހަމަ ގަމާރުކަމަށްތަ؟
ކްރޫސް
10 May 2023
ބާކީ 130 ޖާގަ އަކީ އަޑީ ދައުލަތުން ބޭނުންވާ ބަޔަކަށް ދޭން ނިންމާފައޮތްް 130 ޖާގަ. ފައިސާ ދައްކާ ހަލާސްކޮށް މިއަހަރަށް ޖާގަ ކަށަވަރުވެފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުގެ ލިޔުންތަކުން އެނގެންތިބި އެތައް ބަޔަކު އެބަތިބބި އިންތިޒާރުގަ. އެހެން ތިއްބާ ކޮރަޕްޝަނުގެ ތެރެއިން 130 ޖާގަ ނަގާ ބޭނުންވާ ބަޔަަކަށް ބަހާލުމަަކީ ގަބޫލުކުރެވޭނެ ކަމެއްނޫން. ސަރުކާރުން ހިތުން ވޯޓު ހޯދަން ތިކަންް ކުރިޔަސް ތިކަމުގެ ސަބަބުން ވޯޓު ނުދޭނެ މީހުންވެސް ގިނަވާނެ....
ބުރުގާ
10 May 2023
މިހާރު ރާއްޖޭގެ އެއްވެސް ހައްޖު ގުރޫޕެއް މެދުވެރިކޮއް ހައްޖައްދާން ވަރައް ޖެހިލުންވޭ. ކުރީދުވަހަކުވެސް އެހުރިހާ ދުވަސްވީ ބޭފުޅުންތައް އެއާޕޯޓައް ގެންގޮސް އެތައްއިރަކު ބަހައްޓާފަ، ދެން މިބުނަނީ ކަލޭމެނަކައް ސައޫދީން ހައްޖު ކޯޓާއެއް ނުލިބުނޯލަ. ހަދަނީ ހުސް މަކަރާ ހީލަތާ އޮޅުވާލުން. އެންމެ ރަގަޅު ގޮތަކީ ކޮންމެސް އަވައްޓެރި ގައުމެއްގެ ހައްޖު ގުރޫޕެއް މެދުވެރިކޮއް ހައްޖައް ދިއުން.
ބޮޑުމީހާ
10 May 2023
ހައްޖު ކޯޓާއިން ކޮރަޕްޝަން ހިންގައިގެން، އެމީހަކަށް ހައްްގު ނޫން ފުރުސަތެއްގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ބޭނުމަކީ ދުނިޔެއަށް ދައްކަން ކުރެވޭ ކަމެއް. މިގޮތަށް ކުރެވޭ ހައްޖުގެ ސަވާބު ލިބޭނެ ކަމާއިމެދުވެސް ސުވާލު އުފެދޭ. މިކަންކަމާއި ހަވާލުވެ ތިބޭ މީހުންވެސް ﷲއަށް ބިރުވެތިވެ މިފަދަ މުންކަރާތްތަކުން ދުރުހެލިވާންޖެހޭ. ދުނިޔޭގެ ދިރިތިބީންނަށް ދެއްކެން ހައްޖެއް ކުރެވުނަސް، ހަގީގީ ދަރުމައާއި ސަވާބު ގުޅިފައިވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަން!
ކޫރޭ
10 May 2023
މިދިޔަފަހަރު 100 ޖާގަ ބަހާލިގޮތަށް އެވެސް ބަހާލާނީ. އަނދުންކޫރު ފަލަކޮށްލަން ބުނާނީ އިއުލާންކޮށްގެން ކުރިމަތިލީ މީހުންގެތެރެއިން ގުރުނެގީއޭ. ބޮޑުން ފުރާދުވަހަށް ބަސްހަމަޖައްސައި މަގުތައް ބަންދުކޮށް ޓްރެފިކް ރޫޓް ބަދަލުކޮށް އެއާޕޯޓަށްދިޔާމަ ފުރީ ކާކުކަންވެސް ނޭނގޭނެ. ބޮޑުވަރަކަށް ގޮވާލާނީ ހައްޖުވެރިން ފުރުވަން ނައިބުވަޑައިގެންނެވިޔޯ. ރައްޔިތުން ރަނގަޅަށް އަނދުނއަޅާކަން މޮޅީ.
އެޗް އެމް
10 May 2023
ތިޔަބައިމީހުންގެ މެދުގައި ހައްޖުޖާގަޔާ ހެދި ތަޅައިފޮޅައި ނުގަންނާށެވެ. ހައްޖައް ދިއުމުގެ އަޒުމުގައި ހުރެ އެފުރުސަތު ނުލިބުނުމީހާއީ ހައްޖު ލިބުނުފަދަ މީހެކެވެ.
ކަހެރުވައް
10 May 2023
ހިތުން ލައްކަމޮޅު ކޮމެންަޓެއް ތިކޮށްލީ. ކަލޭ ތިބުނާގޮތުން މަގޭ ގަޔަށްބޮލަށް އަރައި މަ ގަތުލުކޮށްލާއިރު ވެސް އަޅާނުލާ މަ ހުންނަންވީ.. އޭރަށް މަ ވާނީ ޝަހީދަކަަށް.. ކަލޭ ހައްޖަށް ދާން ހަމމައެކަނި ނިޔަތް ގަނެގެންް ހުރޭ. އޭރަށް ކަލެއަށް ހައްޖެއް ލިބުންފަދަ ވާނެ..