ގާސިމް އިބްރާހިމް: ޖޭޕީން ރިޔާސީ އިންތިހާބަށް ދެ ކެމްޕެއިން މެނޭޖަރުން ވަނީ މިއަދު އައްޔަންކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މެއި 2023 - 20:52
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަން ކުރައްވައިފި އެވެ.
ގާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރާއްޖެ ދެބަޔަކަށް ބަހާލައި އުތުރާއި ދެކުނަށް، ކެމްޕެއިން މެނޭޖަރުން ހަމަޖެއްސީ މިއަދު ކަމަށެވެ.
ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދެވެ. އެއީ އުތުރަށް އަމީން އަދި ދެކުނަށް އިލްހާމެވެ.
މިއަދު ޖޭޕީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހީމް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންފެށުމަށް ރާއްޖެ ދެބައަކަށް ބަހާލައި އުތުރާއި ދެކުނަށް ކެމްޕޭން މެނޭޖަރުން އައްޔަން ކުރައްވާފަ އެގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވީ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމެއެެވެ. އަދި… pic.twitter.com/xfmlZ6XTro
— Riyaz Rasheed (@riyaz_rasheed) May 14, 2023
އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލްހާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ ކެމްޕެއިން މެނޭޖަރަކަށް އޭނާ ހަމަޖެއްސެވުމުން ގާސިމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާސިމް ވެރިކަމަށް ގެނައުމުގެ ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކެމްޕެއިން ފެށުމަށް ތައްޔާރުވެފައިވާއިރު އެ ޕާޓީން އަންނަނީ އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު ވެސް މި މަޝްވަރާތައް ކުރިއަށް ގެންދެ އެވެ.
އެކަމަކު އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ވެސް ބުނެފައި ވަނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރަން ބޭނުންނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
16 May 2023
ގާސިމް ހޮވަން ނުޖެހޭ ސަބަބުތައް. 1. ޓެކުހަށް މަކަރު ހަދާ ކަމުގެ ތުހުމަތު. 2. މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމުގެ ތުހުމަތު
ރިއަލިޓީމި
15 May 2023
އިލްހާމް މެން ލައިގެން ތިކަން ނުވާނެ.
ތަމެންދޯ
15 May 2023
ގާސިމް ކިއެއްވެތޭ ކަނޑުވިއްކާ މެންނާއި ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރިގެން ތިޔާ އުޅެނީ...
78.30
15 May 2023
އޭ މަވެސް ބޭނުން ކެމްޕެއިން މެނޭޖަރަކަށް ވާން. އޭރުން މަށާ މަގޭ މަންމަގެ ވޯޓު ލިބޭނެ
މުޙަންމަދު 2
15 May 2023
އިރާދަކުރެއްވިއްޔާ މި މީހުން ބޮޑުތަނުން ފެއިލް ވާނެ!!
އަންނަނީއަންނަނީ
15 May 2023
ގާސިމް ގެ ކެމްޕެއިން ވެސް އެއީ އަމީނީމަގުގައި ތާރު އެޅުމާއި އެއްގޮތް ކަމެކޭ ޖޭޕީން ބުނަނީ ކެމްޕެއިން ފެށެން ގާތްވެ ކެމްޕެއިން ކުރަން ތައްޔާރުވާން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އެގޮތަށް އަމީނީމަގު ތާރުވެސް އަންނަނީ އަޅަން ޖެހޭ ހޮޅި ލައިން އުފައްދައިގެން އަންނަނީ އަންނަނީ އަންނަނީ ހުޅުމާލޭން ގޯތި ދިނުން އަންނަނީ އަންނަނީ އަންނަނީ ގިރާވަރު ފަޅުން ގޯތިދޭން ދެޔޯއެއް ގިރާވަރުފަޅުން އަރައިގެން އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ
ބަޑިތަކުރު
15 May 2023
ތިޔަ ކޯލިޝަނަށް ވޯޓްދިނުމަކީ އޮޅުވާލުމެއްގެ ތެރެއިން ބަރުލަމާނީގެ ސިފަތައް ދައުލަތުގައި ޖައްސައި ތިންބާރު އެއްކޮށްލައި ފައިސާގެ ނުފޫޒު ހުރިމީހަކަށް އުމުރަށްވެސް ވެރިކަމުގައި ދެމިހުރުމަށް ދެވޭ ފުރުޞަތެއް. ރައްޔިތުން މާކުރިން ނިންމައިގެންތިބި ކަމެއް ރައްޔިތުންގާތު ހޭވެސް ނާހައި އޮޅުވާލުމެއްގެ ތެރެއިން ކުރަން ރާވާ ރޭވުމާމެދު ކޮންމެމީހަކުވެސް ހޭލާ ތިބެންޖެހޭ. އެންމެ ފުރުޞަތު ބޮޑުކަމަށް ހީވާތީ މަގާމާއި އެހެންވެސް ފައިދާގެ އެދުމުގައި އުޅޭބަޔަކުޖަހާ މަޅ
އިސްލާހު
15 May 2023
ގާސިމްމެންގެ ޚަބަރު ތައް ވަރަށް ގިނައިން އަޑުއިވެއެވެ. އެ ޚަބަރު ތައް ދިރާސާކޮއްލާ އިރު ގާސިމަކީ ވެރިކަން ކުރުމަށް ވުރެ ހިތްނުފުރޭ ތިމާގެ އަންބޮޑި ބޮޑުކުރަން އުޅޭ މީހެއްކަން އެނގެއެވެ. ކޮވިޑް ގައިވެސް އެންމެ އަވަހަށް "ފަގީރު" ވެ ގޮތްހުސްވެގެން ތެޅިގަތީ ގާސިމް ނޫންހެއްޔެވެ. ހަމަ އެ ގާސިމް ތިޔަ ނުކުންނަނީ ރިޔާސީ ރޭހަށެވެ. ރައްޔިތުން ބަލައިގަންނާނެ ހެއްޔެވެ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ބޮޑުމީހާ
14 May 2023
މި ނޫން ސިޔާސީ ބަޔަކަށް މިގައުުމުގެ ސިޔާސީ މައިދާނުން ފުރުސަތު ދޭންޖެހިއްޖެ. އެމްޑީޕީއަކަސް ޕީޕީއަކަސް، ޖުމްހޫރީއަކަސް އެއްތާކު މިޖެހެނީ. ގައުމުގެ ހުރި މައްސަލަތައް ހައްލުވާތަނެއް ނާދޭ، ރައްޔިތުން ބިކަވަނީ ސިޔާސީ މީހުން މުއްސަދިވަނީ
ކިރު ސައި
15 May 2023
ތިކަންވާނީ މިނޫން ރައްޔިތުންނެއް ވޯޓްދޭ ދުވަހަކުން. މިހާރު މިތިބަ ކޮރަޕްޓް ރައްޔިތުންނަކަށް ނުވާނެ ތިކަމެއް
ރަކަރަކަ
15 May 2023
ނޫން. އައި. ކަލޭމެންނަށް ވާންޗޯވެގެން ވާނުވާގަތިބެ ޖަޒީރާ ވޯޓެއްދީ ބަދަލު ކުރީނު.
ސަންގުބެ
14 May 2023
ޓޯޓަލީ ފެއިލް ދެ މީހުން . ވަޓް އިސް ދިސް . މަމީ އުތުރު މީހެއް މަވާ ސަލާމް