ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
24 މާޗް 2023 - 13:26
މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ދޫކުރައްވައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވަކިން ކެމްޕެއިން ކުރެއްވުމުގެ ތައްޔާރީތައް ފައްޓަވައިފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކަންކަން ކުރަން ފެއްޓެވިކަން ގާސިމް އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބާ ގުޅުން ހުރި މަސައްކަތްތައް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ މިހާރު ހަވާލު ކޮށްފައިވާތީ އެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލާއި ސެކްރެޓޭރިއޭޓްގެ މީހުންގެ އެއްބާރުލުން އަމީނަށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި، އިންތިހާބު ކާމިޔާބު ކުރެވޭނީ އެ ހުރިހާ އެންމެންގެ އެއްބާރުލުމާއެކުގަ އެވެ.
"އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް މި ކެމްޕެއިންގައި މުހިންމު ދައުރެއް އޮތް ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އަމަލީ މަސައްކަތްތައް ފަށަން ގާސިމް ތައްޔާރުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދިވެސް ހުންނެވީ ގާސިމްގެ ޖަވާބެއްގެ އިންތިޒާރުގައި ކަމަށް މިދިޔަ އަންގާރަ ދުވަހު މީޑިއާގައި ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބަށް ރައީސާއި އެމްޑީޕީއާއެކު މިހާތަނަށް ކޯލިޝަން ހަދަން ނިންމި އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު މުލީއާގޭގައި އޮތް ބައްދަލުވުމަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަދިވެސް ހުންނެވީ ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަށް ދެއްވި ދައުވަތުގެ އިންތިޒާރުގައި ކަަމަށެވެ.
"ގަބޫލު ކުރަންވާނެ ހިޔާލު ތަފާތުވާ ބައެއް ޑިސިޝަންތަކެއް ނަގާއިރު ތިބޭކަމަށް ވާ ނަމަ އެ ކަމެއް އެގޮތަކަށް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ޖޭޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކެންޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. ބެލެވޭ ގޮތުގައި އެ ކަމަށް ކުރިމަތިލައްވާނީ ގާސިމް އެކަންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ވަކިން ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ކޯލިޝަނެއް ހެދުމަށް ކޮންގްރެސް އިން ވަނީ ފާސްކޮށްފަ އެވެ. އަދި ކޯލިޝަން ހަދާ ނަމަ އެ ކަމުގެ މަޝްވަރާތައް ކުރުމުގެ ބާރު ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ. އެހެންވެ. އޭނާ މިހާތަނަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި ސަލަފް ޖަމިއްޔާއާ ބައްދަލުކުރައްވައިފަ އެވެ. އެ ދެ ޕާޓީއާއެކު ބޭއްވި ބައްދަލުވުމުގައި ކުރިއެރުންތަކެއް އަދި ލިބިފައި ނެތަސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އާ އެކު ޖޭޕީން ވަނީ އިތުރު މަރުހަލާއަކަށް ގޮސްފަ އެވެ. އެއީ މެނިފެސްޓޯ އެކުލައިލުމެވެ.
ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖޭޕީގެ އިސް ވަފުދަކުން މިދިޔަ ބުދަ ދުވަހުގެ ރޭ ނަޝީދުގެ ޓީމަކާ ބައްދަލުކޮށް ވަނީ ދެ ފަރާތް ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމުގެ މަޝްވަރާ ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން ވިދާޅުވީ، އެއީ ފެށުމެއް ކަމަށެވެ. ނަޝީދުގެ މަންދޫބު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، އަންނަ ހަފުތާގައި ވެސް ކޯލިޝަނާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ މޭޒު
26 March 2023
މަށަކަށް ނުފެނޭ ޤާސިމުގެ ކިބަޔަކުން ދައުލަތުގެ ވެރިއެއްގެ ބަލާޣާތްތެރިކަމެއް އަދި ފަސާޚަތް ތެރިކަމެއް. އަންނި، އިބޫ، ޤާސިމު 3 މީހުން ވާދަކުރާނަމަ މަގޭވޯޓު×
ބަޑިތަކުރު
26 March 2023
ބޮއްކުރާ ދޮށަށް އޮޑިކަނބަން ވިޔަސް ފަސްނުޖެހޭ ހިސާބަށް މިދަނީ އަޅެފަހެ ވެރިކަމަކީވާ ލައްޒަތެއް ހުރިކަމެއްތާއެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އުޅެއުޅެވެސް އެކަމުގެ ލައްޒަތު ބޭނުންވީ މިންވަރަށް ނުލިބިގެން ޝަކުވާ ކުރާ މީހާއަށް ދެން އެލައްތަޒު ލިބުނީމާ ބަގުޑި ބައްދާނެ މިންވަރު ހިތަށް އަރައެވެ.
ހަންޑި ތަކުރު
26 March 2023
ބަޑިތަކުރާ ތިޔަ ކޮމެންޓް ހަމަ ހުރިހާ ކުނޑިޑޭޓުންނަށް ވެސް ހެޔޮވަރު! މިނިވަނުންނާ ގައިދީންނާ މަހުޖަނުންނާ ސިކުނޑިކާއިން ވެސް ޝާމިލު!
މާކަނާޝޯގަ އުޅޭ ޖާސިމް
26 March 2023
ހަރާމެއް ހަލާލެއް ނުބަލާ އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދާނީ މޮޔައެއް
ކޮކަޑިކޭ މީދާ
26 March 2023
ރައީސްއަށް ގާސިމް ޖަވާބު ދެއްވާނީ ނޮވެމްބަރ 11 ވަނަ ދުވަހު 10ޖަހާއިރު
ނިޔު ޝިޕްމަންޓް އޮފް ކޮކަޑި
26 March 2023
ތިގޮތަށް ބެލެވެނީ... އެކަމަކު ރައީސަށް ވެސް ގާސިމަށްވެސް ނޭނގެނީ ޖަވާބުގެ އޮންނާނެ އެތި!!! ހެހެހ
މަޖާ ހޮކި
26 March 2023
އެމްޑީޕިީ މިޖައްސަނީ އަންނި މެދުވެރިކޮއް ސަޅިގޭމެއް، އެއްވެސް އިންތިޚާބެއް އިންސާފުވެރިކަމާއެކު ބޭއްވިއްޖެނަމަ 65% ވުރެ މަތިން އެމްޑީޕީ ނަގާނެކަން މަޖިލިސް އިންތިޚާބުން ވަނީ ޔަގީންވެފަ. ޢިންތިޚާބުގެ ކުރިން ހުރިހާ ބާޣީން އެއްއޮޑިޔަށް އަމިއްލަޔަށް އަރަން އެގެންދަނީ ލަވަމުން .ޢެމްޑީޕީ އެކަނި ނިކުންނަންނިންމާ ކޯލޝަން ރޫޅާލާފިނަމަ މިވެރިންނަށް މިވާގޮތް ވިސްނި އިންތިޚާބުގެކުރިން އަނެއްކާ ބަޣާވާތްކޮއް ސަރުކާރު ވައްޓާލާ އިންތިޚާބު ބޭއްވިޔަވެސް ނުދޭނެ.
ވޯޓް ވަދޭ ވޯޓް ނުކުމޭ
26 March 2023
ގާސިމު ރިޔާސަތަށް ވާދަކުރުން ރަނގަޅު. އެކަމަކު ބޭންކްރަޕްޓް ވެފައި ހުރި ވެލިޔުއެއް ނެތް ފެއިލިޔަރަކާ އެއްބައިވީމާ ކަޑަ! އަދި ދެފަހަރު ގާސިމަށް ކެހިދީ ދަށުދަރަޖައިގެ ފުރައްސާރަ ކުރި މީހާގެ ސަޕޯޓް ހޯދަން ކަރާމާތް ފައިދަށުލީމާ ކަޑަ އުތުރެނީ! އެބޭ ނަގާކިޔާ ގްރޫޕަކަށް މަވާ ގައިގަދުރު! ކަމުދޭ ހިތާހިތުގެ ޕާޓީ 57ކިލޯއިން އެންމެ 17 ލިބުނު އިރު އިތުރު 17 ކިލޯ އަތުފުނާ އަޅާގެންވެސް ހޯދޭނެބާ؟ 15 އަހަރަކީ ވޯޓްގައި އާޖީލެއް. %50 ޝަފްލް ވާނެ! ފޮގެޓް ޕާސްޓް!
އަންދަލޫސިޔާ
25 March 2023
ޖޭޕީ ޓިކެޓް ދޭންވީ އަންނިއަށް. ރަނިންގމޭޓަކަށް ޤާސިމް ނަގަންވީ. އޭރުން ކޮންމެވެސް ވަރެއް ވެދާނެ!
ރޯޒަސް
25 March 2023
ގާސިމަކީ މިހާތަނަށް ސިޔާސީ ބޮނޑި ލިބުމުގައި ދެވަނައެއް ނުވާ ބޭފުޅެއް. ކޮންމެ ފަހަރަކުވެސް ކުރިމަތިލާނެ، ލައިގެން ކައިރީތިބި މީހުން އޮންނާނީ ކޮންމެވެސް ބޮނޑިއެއް ދީފައި. މިފަހަރު ތިއޮތީ އަންނިއާ ޖެހިފަ. ގާސިމަށް ޖެހޭނެ ހާލު ބަލާލަން އަހަރެއް މިހިރީ ކެތް މަދުވެފަ. ޓީވީ ސީރީޒަކަށް ވުރެ އެކްސައިޓްމަންޓް ބޮޑު. އަންނި ނާރާނެ މީހެއްގެ ފަހަތައް އޭނަ ވަރަށް ބޮޑު ރޭވުމެއް ރާވާފައި ނެތިއްޔާ.
ބޮޑުމީހާ
25 March 2023
އިބޫ މިހުރިހާ ދުވަހުކުރި ދައުލަތް ދަރަނިކޮށްގެން 1400 ސިޔާސީ މަގާމު ގާސިމާއި މައުމޫނަށް ދީގެން ހިންގި ވެރިކަންދެން މިނިމެނީ. ދެންެ ކޯލިޝަން ހަދަންވީ ބިދޭސީންނާ
އާންމުންނައް ވަރައް ގެއްލުން ވީ!
25 March 2023
ދެން ރއމސ ތެޅިފޮޅިގަންނާނީ ކޯލިޝަން ހަދާނެ ބައެއް ހޯދަން! ޖަލުޓީމް ވެސް އޯކޭ ކޮއްލާނެ. ގޭންގް ތަކާ ގުޅިގެން ބިރު ކެމްޕޭން ފަށާނެ! ދެން އިންޑިޔާ އައް އަރުތެރެވެސް ވިއްކާފަ، އެމީހުން އަތުން ފައިސާ ހޯދާނެ، ދިވެހި ބޫތުކައިފަ ހުރި ގްރޫޕްގެ ވޯޓު ހޯދަން.