14 މެއި 2023 - 23:57
އަންކާރާ (މެއި 14) - ތުރުކީގައި މިއަދު ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނައި ނިމިފައިވާ ވޯޓްތަކުން، މިހާރުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ކުރި ހޯއްދަވައިފި އެވެ.
އިންތިހާބުގައި އުރުދުޣާން އާ އެންމެ ގާތުން ވާދަކުރައްވަނީ އިދިކޮޅު ސީއެޗްޕީގެ ލީޑަރު ކަމާލް ކިލިޗްޑަރޮގްލޫ އެވެ. މިހާތަނަށް ގުނައި ނިމުނު 70 ޕަސްންޓް ވޯޓްގެ ނަތީޖާ ދައްކާ ގޮތުން އުރުދުޣާން ކުރީގައި އުޅުއްވަނީ 50.67 ޕަސަންޓް ވޯޓުންނެވެ. ކިލިޗްޑަރޮގްލޫ އަށް ލިބިވަޑައިގެންނެވީ މިހާތަނަށް 43.60 ޕަސަންޓް ވޯޓެވެ.
ރައީސް ކަމުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ އިތުރަށް ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓް ހޯދި ދެ ކެންޑިޑޭޓްގެ ދެމެދުގައި ދެވަނަ ބުރެއް ބާއްވާނެ އެވެ. މިއަދު ރައީސް އަކު ހޮވުމަށް ވޯޓް ނެގުމުގެ އިތުރަށް ކުރިއަށް އޮތް ފަސް އަހަރަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވެސް މެންބަރުން ހޮވުމުގެ އިންތިހާބު ބޭއްވި އެވެ.
އުރުދުޣާންގެ އޭކާ ޕާޓީން ވަނީ މިހާތަނަށް ގުނި ވޯޓްގައި 273 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސީއެޗްޕީ އަށް ކާމިޔާބު ކުރެވުނީ 166 ގޮނޑި ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ތުރުކީގެ ދެކުނަށް އައި ބާރުގަދަ ދެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ތިން މަސް ފަހުން ބޭއްވި އިންތިހާބުގައި، ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުން ވެސް އުރުދުޣާން ވަނީ ކުރި ހޯއްދަވައިފަ އެވެ.
ތުރުކީގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލުގައި އުރުދުޣާން އާއި ކިލިޗްޑަރޮގްލޫ ދިޔައީ ވަރަށް ވާން ކޮށެވެ. އެ ސިޓީން ދެ ކެނޑިޑޭޓުން ވެސް ވަނީ 47 ޕަސަންޓް ވޯޓް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
15 May 2023
އަންނި ތުންފިއްތާނެ ކަމެއްތިވެސް. ބުނާނެ ޑިމޮކްރަސީ ކުރޮޑިއޭ.
ފޫހި
15 May 2023
އަލްހަމްދުލިއްލާހި. މުޅި އިސްލާމީ އުއްމަތް އުފާވާނެ.
ޖަލީލީ
15 May 2023
މި ވޯޓަކީ ސެކިއުލަރިޒަމް އާއި އިސްލާމްދީނާއި ދެމެދު ލެވޭ ވޯޓެއް. ސާބަހޭ އުރުދޭ
އިބުރާހިމް
15 May 2023
ރައްޔަތުނނައްޓަކާ ވެރިކަން ވެރިކަން ކުރާވެންނައް ކާމިޔާބު ދެއްވާނެ
1206
15 May 2023
ٱلْحَمْدُ لِلَّٰهِ. އުރްދޮޣާން އާއި ތުރުކީ މުސްލިމު އަޚުންނާއި އުޚުތުން މާތް ﷲގެ މަގުގައި ސާބިތުކަމުގައި ލަހައްޓަވާށި. އާމީން. ޔަގީނުން ވެސް މި ނަތީޖާއަކީ އެމެރިކާ ސަރުކާރަށް ބަލައިގަންނަން އުނދަގޫ ނަތީޖާއަކަށް ވާނެ. ލުހާންސްކް މުއާހަދާ ނިމެންދާ އިރު އެމެރިކާއާއި ހުޅަނގުގެ ފިކުރާއި ބާރު ނުހިނގާ ވެރިޔަކު ތުރުކީގެ ވެރިކަމުގައި ހުރުމަކީ އެމީހުން ލަގޮނޑިއަށް ކެތް ވާނެ ކަމެއް ނޫން. މި ބުނި މުއާހަދާއަކީ އެތައް ގޮތަކުން ތުރުކީގެ އަތް ބަދެލި އެއްޗެއް.