ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމަނިކުފާނުގެ ވެރިކަމުގައި 2011 ވަނަ އަހަރު މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅުގައި މޮރިޝަސްގެ ރައީސް އެނެރޫދް ޖުގްނޫދުއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
15 މެއި 2023 - 11:32
ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލަ އާއި ޗާގޯސްގެ ސިޔާދަތީ ބާރު ދޭންވީ ކޮން ބައެއްކަން ކަނޑައެޅުމާ ބެހޭ ގޮތުން ރާއްޖޭން ވާހަކަ ދައްކަންވީ އިނގިރޭސި ވިލާތާ އެކުގައި ކަމަށް ވިދާޅުވެ އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިން ކަމަކަށް ވަކާލާތުކުރެއްވުމަށް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސްގެ ހަތް އަތޮޅަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބިއޮޓް) ގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ އެތަނުގެ ސިޔާދަތީ ބާރު އޮންނާނީ އިނގިރޭސި ވިލާތަށް ކަމަށެވެ.
"ޔޫކޭ އެތަނުން ފައިބާއިރު އެތަން ހަވާލުކުރުން އެންމެ ރަނގަޅު ބައެއް އަލުން ދެނެގަތުމަށް ޔޫކޭ ކިބައިން،" ނަޝީދުގެ މެސެޖުގައިވެ އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފައެއްގައި، ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބުނެފައި ވާތީ އދ.ގެ އާންމު މަޖިލީހުން ވަނީ އެ ލަފާ ތަންފީޒުކުރަން ގޮވާލައި ގަރާރު ފާސްކޮށްފަ އެވެ. މި ނިންމުންތަކާ އެކު ޔޫކޭ އަށް ފާޑުކިޔުން އަމާޒުވެ މިހާރު ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް ފަށައިފަ އެވެ.
ނަޝީދު ދެން އެދިވަޑައިގަތީ އިނގިރޭސިން ޗާގޯސްގައި ތިބޭއިރު ކުރިން ވެސް އޮތް ގޮތަށް ރާއްޖޭގެ ބޯޑަރު ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަށް ޔޫކޭގައި އެދުމަށާއި ޔޫކޭގެ ބާރު ޗާގޯސްގައި އޮންނަހާ ހިނދަކު އެތަނުގެ ކަނޑުގެ ސަރަހައްދަކީ މަސްވެރިކަން ކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ވަކާލާތު ކުރުމަށެވެ.
ޗާގޯސް އަށް އޮންނާނީ މޮރިޝަސްގެ ސިޔާދަތީ ބާރު ކަމަށް ނެރުނު ލަފާގެ މައްޗަށް ބިނާކޮށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ކަނޑުގެ ސަރަހައްދުން މޮރިޝަސް އާއި ރާއްޖޭން ފުށުއަރާ ބައި ބަހާލައިފަ އެވެ. ނަޝީދު ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ މި ނިންމުން ބަލައިނުގަތުން ކަމަށެވެ. އަދި އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ގޮތުން ރާއްޖެއަށް ގެއްލުންވީ ކަމަށްބުނެ ނަޝީދު އާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑުކިޔައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރަ
16 May 2023
ޗާގޯސް ހޯދަން ވާހަކަ ދައްކަން ޖެހޭނީ މުނަންވަރާ އާޒިމާއަށް ނަސީދު މޮޔަފުޅު ވީތޯ . ދިވެހިންގެ ތަނެއް ހޯދަން އިގިރޭސިންނާ ވާހަކަ ދައްކަން ޖެހެނީ ކީއްވެތޯ . ޢާޒިމާ ގެ ތަޖުރިބާ ހުންނާނެ ޖީއެމްއާރު އެގްރިމެންޓް ވެސް އެއީ އުފެދުނު އިރުވެސް ބާތިލު އެއްޗެއް އެހެންވެ ބަދަލެއްވެސް ދޭކަށް ނުޖެހުނެއްނު ދޯ އާޒިމާ ދޫނީ
ޗަކޯސް
15 May 2023
އިންޑިއާ އައުޓު ކެމްޕެއިިނަށް ވީވަރު ވާނީ. ތަސައްރަފު ފުދިފަ ތިބި ދިވެހިންގެ މެޖޯރިޓީ އަށް ތިޔަތަނަކީ ރާއްޖެ ތަނެއް ނޫންކަން އެގިފަ ތިބީ. ކަލޭމެން ކެމްޕެއިން ސްލޯގަން އަކަށް ތިޔަކަން ނަގައި ތި ޗާގޯސް ވަށައި ކެމްޕެއިން ކުރީމަ ވަކިން ސަޕޯޓު އިތުރެއް ވާނެހެނެއް ހިޔެއް ނުވޭ.
ކޮރޮކަލިި
15 May 2023
ނުވާނެ ކަމެއް ނަގައިގެން ވާހަކަ ދެއްކީމަތާ ވީހާވެސް ގިނަދުވަހު ތިމާގެ ނަން މީހުންގެ ކަންފަތަށް އިވޭނީ
މަޗަން
15 May 2023
ނަސީދު އާ ޔޫ އޯކޭ؟
ބަޑިތަކުރު
15 May 2023
ނިމިފައިވާ ކަންކަން ވެސް ބަދަލުކުރެވޭކަމަށްވާނަމަ ތިޔަތަނާއެކު މަލިކުވެސް ހޯދަންވީއެވެ. އެތާނގައި އުޅެނީވެސް ދިވެހިބަހުން ވާހަކަ ދައްކާ ހަމަ ދިވެހިންވިއްޔާއެވެ. އިންޑިޔާއަކީ ރާއްޖޭގެ އެންމެގާތް އަވަށްޓެރިޔާވީމާ ތިޔަބުނާ ތަން ހޯދުމަށްވުރެ ފަސޭހަވެސްވެދާނެ ތޯއްޗެކެވެ.
ބޮޑުރިޔާ
15 May 2023
ތިޔަތަނަށް މިހާރު ގާނޫނީގޮތުން އިގެރޭސިންގެ ބާރު ނުހިގާނެ އެކަމަކު ގޮއްމުށުގެ ބާރު އިނގެރޭސިންނަށް ހިންގިދާނެ 2019 ވަނަ އަހަރު ނެރުނު އިސްތިޝާރީ ލަފައެއްގައި، ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބުނެފައި ވާތީ އދ.ގެ އާންމު މަޖިލީހުން ވަނީ އެ ލަފާ ތަންފީޒުކުރަން ގޮވާލައި މިއީ ކަންހިނގާ ގޮސްފައިވާ މަގު ދެންގަމާރެއްވެސް ގާނޫނީ ގޮތުން މިތަންހޯދަން އިނގެރޭސިްނަނާވާހަކަނުދައްކާނެ
އަލިބެއްޔާގެ
15 May 2023
ކަލޯ މޮޔަފުޅު ވީ ތޯ.. ޗާގޯސް ބޭނުމިއްޔާ ވާހަ ކަ ދައް ކަން ޖެހޭނީ ޗާގޯސް ރައްޔިތުންނާއި. އެތަނުގެ ވަޒަންވެރިންގެ ބަހެއް ނެތި ޔޫ ކޭ އަ ކަށް އެތަން އެހެން ބަޔަ ކަށް ނުދެވޭނެ.
ދެބަންދިހާރުއެމްވީ
15 May 2023
ނަޝީދެވެ. އެތަނަކީ މިހާރު ޔޫކޭގެ ބާރު އޮތް ތަނެއް ނޫނެވެ. އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލު ކުރުމަށް އައިސީޖޭ އިން ދިން ލަފާ އަށް އަމަލުކުުރުމަށް އދ އިން ނިންމި ޤަރާރު ތަންފީޛްކުރުމުގެ ގޮތުން މިދިޔަ އަހަރު ލިޒް ޓްރަސްގެ ބޮޑުވަޒީރު ކަމުގައި މޮރިޝަސްއާ ވާހަކަތައް ފަށާފައި ވާއިރު މިއަދު ނަޝީދު ތިބުނާ ގޮތަށް އެދުނަކަސް ޔޫކޭއަށް ކުރެވޭނެއެއްކަމެއްވެސް ނޯންނާނެއެވެ. މަނިއްޕުޅުގެ ވެރިކަމުގައި ތިކަމާނޫޅެ މިހާރު ތި އުޅެނީ ފިތުނަ އުފައްދާށެވެ.
ޔޫކޭ
15 May 2023
ވައި ޔޫކޭ
އަނެއް ވައިޓޭ
15 May 2023
ޔެސް ޕްލީޒް އޮންލީ ޓޯކްޓު މައި ވައިޓް ބިރްޓިޝް ބެސްޓީޒް