ޚަބަރު / މެމްބަރު މުހައްމަދު އަސްލަމް (ހިތަދޫ އުތުރު)

މޮރިޝަސްއަށް ފޮނުވި ސިޓީ 241 ކޮމިޓީން ހޯދާނަން: އަސްލަމް

މަޖިލީހުގެ 241 ކޮމިޓީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްލަމް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މިހާރު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށު އަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހޯދަން ނިންމައިގެން ހުންނެވި ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސް އާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އެއީ އދ. ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

އިމުގެ މައްސަލަ ނިންމީ އެ ސިޓީއަށް ރިއާއަތްކޮށްގެން ކަމަށާއި އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި އެ ސިޓީ މަޖިލީހާ ވެސް ހިއްސާނުކުރާ ކަމަށާއި، އެ ސިޓީ ހާމަކުރުމަށް ވެސް އިދިކޮޅުން ދަނީ ގޮވާލަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނަޝީދު އިސްވެ ލަސްކުރަމުންދާތީ، މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި، މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީފުޅު ހޯދުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"...ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އޮތީ ވެސް 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑު ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަން ވެސް މިހުރީ ގަސްދުކޮށްގެން،" އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، ދާއިމީ ކޮމިޓީތައް އެކުލަވައި ނުލެވި ލަސްވަނީ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން އެހެން ޕާޓީތަކާއެކު މަޝްވަރާ ކުރަން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި އެކަމަކު، މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރަން އެމްޑީޕީގެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. "އެމްޑީޕީ މި ވަގުތު ތަމްސީލުކުރަނީ މަޖިލީހުގެ 64 ޕަސެންޓް. އެއީ ކޮމިޓީތަކުގެ 113 ސްލޮޓް. އެ 113 ސްލޮޓަށް އަޅުގަނޑުމެން މި ތިބީ އެއްބަސްވެގެން،" އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގައި މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތް ވެފައިވާ ގޮތް އެއީ ހަމައެއް ކަމުގައި ބަލައި، ކޮމިޓީ އެކުލަވާލާނީ އެ ހަމަ ތަމްސީލުވާ ގޮތަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ކަނޑައަޅައި، އެކަން މަޖިލީހުގެ ތަޅުމުން ފާސްކުރަންޖެހޭ ކަމަށެވެ. "މިއަދަކީ ވެސް އެ ކޮމްޕޮޒިޝަން ފާސްކުރެވޭނެ ދުވަހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެކަމަކު މިއަދު ވެސް އެކަން ނުކުރައްވާ އެ އޮތީ،" އޭނާ ވިދާޅުވި އެވެ. މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރިއިރު، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އީވާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ތާވަލް ކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހަށެވެ. މަޖިލީހުގެ މަސައްކަތްތައް ނަޝީދު އިސްވެ ހުއްޓުވާފައިވަނީ، އީވާގެ މައްސަލައަށް ހުރަސްއަޅަން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

3 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސްލު

06 June 2023

އަސްލަމު އެސިޓީ ހޯދާނޭ ކަމެއްނެތެވެ. ތިބުނާ އިޚުލަސްތެރި ތެދުވެރި ރައީސް ރައްޔިތުންނަ ދައްކަން ބޭނުންނުވި ސިޓީ އަސްލަމަށް ލިބޭނޭ އެއްވެސް ގޮތެއްނޯންނާނެއެވެ. ސަބަބަކީ މަޖުލިސްގެ ކޮންޓުރޯލް ރައީސް އަތްޕުޅުގައި އޮތް ބާރެންކަން ރައީސް ވިދާޅުވިއެވެ. ރައްޔިތުން ގަބޫލުކުރަނީ މަޖުލިސް ކޮންޓުރޯލް އޮތީ ރައީސް އޮފީހުގައެވެ. އަސްލަމުގެ މިސާލަކީ މަޖުލިސްގެ ގޮޑީގައި ކުޅޭކުޅޭ ބުދެއްގެ ގޮތުގައެވެ. ރައްޔިތުން ރައީސްއަށް އިތުބާރު ނުކުރެއެވެ.

The name is already taken The name is available. Register?

އެހެން

06 June 2023

ތީތި އޮންނާނީ ބޭނުންވާ ބަދަލު ގެނެއްސަ މިހާ ދުވަހު ހިފެހެއްޓީ ގޯހެއް އޮވެގެން

The name is already taken The name is available. Register?

އަސޭލ

06 June 2023

ދާދި ދެންމެޔަކުތޯ ތި ސިޓީ ހޯދަން ތިހަންދާންވީ. 241 ކޮމެޓީގެ މުގައްރަރަކައް ހުރެގެން ކީއްބާ ކުރަނީ. ޓޫލޭޓް. ކަންޑު އެއޮތީ ވިއްކާލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454