ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ނިންމި ފަސް މެމްބަރުން.
16 މެއި 2023 - 11:20
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ޚިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.
މަޖިލީހުގައި ނަގާ ވޯޓުތަކަށް ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް ޚިލާފުވާ މައްސަލާގައި ފިޔަވަޅު އަޅައިދޭން އެދުނީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށެވެ.
ކޮމިޓީން މި މައްސަލަތައް ބެލުމަށް ފަހު ނިންމީ ޕާޓީ ވަކިކުރުމުގެ ކުރިން އެންމެ ފަހުގެ ފުރުސަތު ދޭން ކަމަށް ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއުލާންކުރެއްވި "ފިކުރެއްގެ ދިރުން" މެމްބަރުންތަކެއް ވިޕްލައިނާ ޚިލާފުވަމުންދާތީ، މީގެ ކުރިން ވެސް ވަނީ ނަސޭހަތްދީ ސިޓީ ފޮނުވައިފަ އެވެ. އޭގެތެރޭގައި އެ ފެކްޝަނުގައި ސަރުކާރަށް ފާޑުވިދާޅުވާ 13 މެމްބަރުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.
- ފުރަތަމަ ނަސޭހަތް ދިނުން.
- ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން.
- ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ.
- ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން.
- ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުން.
ހަތަރު މެމްބަރަކަށް ފަހު އިންޒާރު ދޭން ނިންމިއިރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިވެއްޖެ ކަަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އޭނާއަށް ކުރިއަށް އޮތް ފަސް އަހަރު ޕާޓީގެ އެއްވެސް މަގާމެއްގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެއް އަހަރު ވަންދެން ޕާޓީއާ ގުޅިވަޑައިނުގެންނެވޭނެ އެވެ. އަހަރެއްހާ ދުވަސް ފަހުން އަލުން ގުޅިވަޑައިގަންނަވާ ނަމަ ސައްހަ 100 މެމްބަރުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާޒިމް
16 May 2023
ތީކަމެއްކުރަން ކެރޭ ބައެއްނޫން.. ދެން ފަހަރަކުން ދެން ފަހަރަކުން ވަކިކުރާނަމޭ ކިޔާގެން ތިއްބާ މިވެރިކަން ނިމޭނީވެސް..
ބޮޑުމީހާ
16 May 2023
މަޖްލިސް އިންތިހާބުގައި ރައީސް ޕާޓީ ކެނޑިޑޭޓް ނޫން ކެންޑިޑޭޓުންނަށް ކެމްޕެއިންކޮށް، ޕާޓީގެ ކެނޑިޑޭޓުން ކަޓުވާލަން އެތައް މަސައްކަތެއް ކުރި. މިކަން ފެންނާނެ ވިލިގިލީ ދާއިރާއިން. އެމްޑީޕީގެ ކެނޑިޑޭޓެއް ހުއްޓާ ރައީސް ކެމްޕެއިންކުރީ ސައުދު ހުސައިންއަށް. އެޅުނު ފިޔަވަޅެއް ނެތް
އެހެންވީމައި ވަކިކުރީ ބޭރުން އައި ބާޒެއް ދޯ
16 May 2023
އަނެއްހެން ގޯހެއް ނޫނެވެ. އުފެދުމުގައި މޑޕ މެމްބަރުންގެ ގޮތުގައި ތިބި 4 މެމްބަރުންނަށް ދެވަނަ ފުރުޞަތެއް ދިނުން އެއީ ވަރަށް ބަރާބަރު ނިންމުމެކެވެ. ހަމަލާ ދޭންފެށުމުން ބޭރުން އައި ބާޒު ޓަސްލާފައި ކޮށިން ބޭރަށްނެރެ އެއްލާލުމަކީ ވަރަށްވެސް ބުއްދިވެރި ނިންމުމެކެވެ.
އެލެކޮސް
16 May 2023
އެލެކުސް ގެ ނުބައި ނުލަފާކަމުން މިމީހުންގެ ޕޮލިޓީކަލް ޙަޔާތްވެސް މިވަނީ ޖަނާޒާއަށް ތައްޔާރުވަމުން ދެން ދާނީ ފުން ވަޅުގަނޑެއް ކޮނެފައި ވަޅުލާ ދިނުޔެއިން މުޅީން އަލްވަދާޢް ކިޔުން. ޝުލުރިއްޔާ އެލެކޮސް
ޢިމްސާދު
16 May 2023
ކޮމިޓީގައި ހުރި ސާމިއު އަންވަރް އަކީ ވެސް ކުލަ ބަދަލު ކުރާ މީހެއް.
އަދަބުނުދެވޭނެއޭ
16 May 2023
ރައްޔިތުންގެ މަޖްލީހަށް މެމްބަރުން ހޮވާއިރު ޕާރޓީގެ ވިޕްލައިނާއި ޚިލާފުވާން ޖެހޭނެ ތޯ ނޫންތޭ އެއް ނުބަލާ ރައްޔިތުނަށް ރައްޔިތުންނަށް ދަތިވާ ކަންކަމުގައި މަޖްލީހުގެ މެމްބަރުން މަސައްކަތް ކޮށްދޭނެ ކަމަށް ހީކޮށޭ ވޯޓް ދެނީ ކޮތަޅު ޓެކްސް ސަރުކާރުން ކޮތަޅު ފީ ނަމުގައި ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދަށުން ނަގަމުންދާއިރު ކޮތަޅުން %2000 ކަސްޓަމްސް ޑިއުޓީ ވެސް ނަގައޭ ރައްޔިތުން ފެލަން މަޖްލީހުގެ މެމްބަރުން އެއްބަސްނުވުމުން ސަރުކާރަށް މެމްބަރުންނަށް
އޮނަރަބްލް އަފީފު ދީދީ
16 May 2023
އައްޑޫމީހެއްގެ ޙައިސީއްޔަތުން އިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބަށް ދަންނަވާލަން ބޭނުންވަނީ މައުމޫނުގެ 30 އަހަރުގެވެރިކަން ވައްޓާލުމަށް އައްޑޫގިނަބަޔަކު އިސް ޙަރަކާތްތެރިންގެގޮތުގައި ތިބެގެން (2008 ގެ ވެރިކަންލިބުމާއި ހަމައަށް ޕާޓީގެ 60 މެންބަރުންނަކީ ހުވަދޫ، ފުވައްމުލައް އަދި އައްޑޫމީހުން) އުފެއްދި "އެމްޑީޕީ އާއި އެޕާޓީގެ ވިސްނުމާއި އެ ފިކުރު ގެންގުޅޭޕާޓީއެއް މިހާރު އޮތްކަމަށް އައްޑޫރައްޔިތުން ޤަބޫލުނުކުރާތީ" ތިކަމުގައި ޖެހިލުން ނުވުމަށް.