ރިޕޯޓް

ހުޅުމާލެ އިތުރަށް ހިއްކުން؛ ހެދޭނެ ބޮޑު ގޯހެއް؟

ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޑިޒައިނެއް: މި ޑިޒައިން އިން ފެންނަ ސަރަހައްދު ހިއްކަން މަޝްވަރާކުރާތީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އެބައޮތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ހުޅުމާލޭގެ ފަޅު އިތުރަށް ހިއްކުމާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެކަން ސިފަކުރެއްވީ، އެއީ މާލޭގެ މީހުންނާއި އެ ތަނުގައި ދިރިއުޅޭ އެހެން މީހުންނަށް ބޯހިޔާވަހިކަން ދިނުމާ ދެކޮޅު ހެދުމުގެ ނިޔަތުގައި ބަޔަކު ކުރާ ކަމެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ބޭއްވި ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްގެ މިއުވާން އެ ސުވާލު އުފެއްދެވި އެވެ.

ބިން ހިއްކުން ދިފާއު ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދު އިންތިހާ އަށް ތޮއްޖެހިފައި އޮތުމުން، ބޯހިޔާވަހިކަމުގެ ބޭނުން އަދިވެސް ވަރަށް ބޮޑެވެ. އެހެންވެ، ބޯހިޔާވަހިކަން ހަމަޖެއްސުމަށް ސަރުކާރުން ކުރިން އެކުލަވާލާފައިވާ ޕްލޭންތަކަށް ބަދަލު ގެނެސްގެން ވިޔަސް އެ މައްސަލައަށް ހައްލު ހޯދާނެ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި، ހުޅުމާލެ އިތުރަށް ހިއްކަން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް މާލޭގެ މީހުންނަށް ހިލޭ ގޯތި ދޭނެ ބިން ނެތިގެންނެވެ. އެކަމަކު، ސަރުކާރުން އެ ވާހަކަ ދޮގުކުރި އެވެ. ސަރުކާރުގެ ހައުސިން މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ހުޅުމާލޭގައި ބިން އެބަހުރި ކަމަށް ބުންޏެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި، ބިން ހިއްކުމާ އެމީހުން ދެކޮޅީކީ ނޫނެވެ. ގޯތި ދޭން ދެކޮޅު ހަދަނީއެއް ވެސް ނޫނެވެ. ހުޅުމާލެ އިތުރަށް ހިއްކައިގެން، އެ ތަނުން މީހުންނަށް ގޯތި ދޭން ވެއްޖެ ނަމަ އެ ތަން ވެސް ތޮއްޖެހޭނީ އެވެ. ހުޅުމާލެ ދެވަނަ މާލެއަކަށް ވާނީ އެވެ. މިހާރު ވެސް ދެ ފިޔަވައްސާ އެކު ހުޅުމާލޭގެ އާބާދީ ލައްކައަކަށް އަރަން ދަނީ އެވެ.

ހުޅުމާލެއިން އިތުރަށް ހިއްކަން އުޅެނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ. އެކަމަކު، އެ ސަރަހައްދު ހިއްކުމަކީ ހުޅުމާލޭގެ މާސްޓާޕްލޭނުގައި އޮތް ކަމެއް ނޫނެވެ.

ހުޅުމާލޭގެ މާސްޓަޕްލޭންގައިވާ ގޮތުން ކުރިން އެ ފަޅުގައި ހަދަން އުޅުނީ ދުނިޔޭގެ ފެންވަރު ކްރޫޒް ޓާމިނަލެކެވެ. އެ ޓާމިނަލް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމުން އެކަމުގެ ތަޖުރިބާ ހުރި ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ވެސް ފާޅުކުރި އެވެ.

"އޯޝަން ފްރޮންޓް" ލަގްޒަރީ އެޕާޓްމަންޓްތައް ވެސް ހަދަން ޕްލޭންކޮށްފައި އޮތީ އެ ސަރަހައްދުގަ އެވެ. އެ މަސައްކަތް މިދިޔަ އަހަރު ބަޔަކާ ހަވާލު ވެސް ކުރި އެވެ.

ހުޅުމާލެ ފަޅުން ހިއްކަން ޕްލޭންކުރާ ސަރަހައްދު: އެ ސަރަހައްދު ހިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވި ގޮތުގައި، ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުންޏާއި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

"އެކަމަކު، އެކަމުގައި ވަކި ގޮތެއް އަދި ނުނިންމާ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ އިތުރަށް ހިއްކުމާ މެދު އާންމުންގެ މެދުގައި ވެސް ހިޔާލު ތަފާތެވެ. އަދި ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުންގެ ވިސްނުން މިކަމާ ދެކޮޅެވެ.

މާސްޓަޕްލޭނަށް ބަދަލު ގެނެސް، ހުޅުމާލެ އިތުރަށް ހިއްކުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް، އެޗްޑީސީ އަދި މިހާރުގެ އާބަންކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ގަބޫލުކުރައްވަ އެވެ.

އަޅުގަނޑު ދެކޭ ގޮތުގައި މާލެ ސަރަހައްދަށް މާ މީހުން ގިނަވޭ އެބަ. އެހެންވީމަ ޕޯކަސް ކުރަންވީ، އަޅުގަނޑަށް ހީވާ ގޮތުން، އެހެން ދިމަދިމާ އާބާދުކުރަންހެން، މާލެއަށް މީހުން ގިނަކުރުމަށް ވުރެ: ސުހެއިލް، އެޗްޑީސީގެ ކުރީގެ އެމްޑީ

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ވަރަށް ބޮޑަށް ވިސްނާފައި ކުރަން ޖެހޭނެ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ އެ ސަރަހައްދު ހިއްކާ ނަމަ ސަރުކާރުން ވަރަށް ރަނގަޅަށް އެކަން ޕްލޭން ކުރަން ޖެހޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މިހާރު އިތުރަށް ހިއްކަން ޕްލޭންކުރާ ސަރަހައްދުގައި ހަދަން ނިންމާފައި އޮތް ޕްރިމިއަމް ވިލާތަކުގެ ޑިޒައިނެއް.-- ފޮޓޯ: އެޗްޑީސީ

"އަޅުގަނޑު ދެކޭ ގޮތުގައި މާލެ ސަރަހައްދަށް މާ މީހުން ގިނަވޭ އެބަ. އެހެންވީމާ ޕޯކަސް ކުރަންވީ، އަޅުގަނޑަށް ހީވާ ގޮތުން، އެހެން ދިމަދިމާ އާބާދުކުރަންހެން، މާލެ އަށް މީހުން ގިނަކުރުމަށް ވުރެ،" އޭނާ ވިދާޅުވި އެވެ.

"ކުރިން ވެސް ވަރަށް ބައިވަރު ޕްލޭންތަކާ އެއްޗެހި ކުރެވިގެން، ވަރަށް ލޯންގް ޓާމް ޕްރޮސެސްއަކުން ހެދިފައި އޮތް މާސްޓަޕްލޭނެއް މިއީ. މާސްޓަޕްލޭންގައި ހަމަ ސޯޝަލް އިމްޕެކްޓަށް ވިސްނާފައި [ހަދާފައި އޮތީ]. މިސާލަކަށް މިހާ އާބާދީއެއްގެ މީހުން އުޅޭއިރުގައި އެ މީހުންނަށް އާމްދަނީ ލިބޭނެ ގޮތްތައް ވެސް އެބަޖެހޭ ހުންނަން. އެކިއެކި ކޮމާޝަލް ކަންތައްތައް."

މިހާރު އަޑުއިވިފައި އޮތް ގޮތުން ނަމަ، އުޅެނީ އެ ސަރަހައްދު ހިއްކައިގެން ގޯތި ދޭން ކަމަށް ސުހައިލް ވިދާޅުވި އެވެ. އެހެން ވެއްޖެ ނަމަ، އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ހުޅުމާލެ އިން ނުކުމެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ އިޝާރާތްކުރެއްވި އެވެ.

"އިތުރުވާ މީހުން، އެ މީހުންގެ ޖޮބް އޮޕޮޗުނިޓީސްތައް، ކުރިން ހުރި ފުރުސަތުތައް ވެސް އެ ގެއްލެނީ. މެރީނާއާ ތަންތަނަކީ ޖޮބް އޮޕޮޗުނިޓީސްތައް، އެ ފުރުސަތު ބަންދުވެފައި އަނެއްކާވެސް މީހުން މި ގިނަވަނީ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ މާސްޓަޕްލޭން ހެދުމުގައި ފަންނީ ގޮތުން އުޅުއްވި ބޭފުޅަކު ވެސް ވިދާޅުވި ގޮތުގައި، މިއީ ހިތި ނަތީޖާއެއް ތަޖުރިބާކުރަން ޖެހިދާނެ ކަމެކެވެ. ހުޅުމާލެ ފުރަތަމަ ހިއްކީ ވެސް މާލެ އަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރަން ކަމަށް ވިޔަސް، އޭގެ ނަތީޖާ އަދި އަދަށް ދާންދެން ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ޑިޒައިނެއް: މި ޑިޒައިން އިން ފެންނަ ސަރަހައްދު ހިއްކަން މަޝްވަރާކުރާތީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އެބައޮތް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހެން، އެކަން ވަމުންދަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ކުރެވޭ ޕްލޭންތަކާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދާތީ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ ދެ ފިޔަވަހީގެ މާސްޓަޕްލޭން ހަދާފައި އޮތީ މާލެ ސަރަހައްދަށް އިތުރުވާ އާބާދީ އާއި ވިޔަފާރިތަކާއި އިންޑަސްޓްރިއަލް މަސައްކަތްތަކާ އަދިވެސް އިތުރު ކަންކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހިމަނައިގެން ކަމަށެވެ. އެ މާސްޓަޕްލޭން ހެދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާ ހޯދި އެވެ.

"އެކަމަކު ބައްލަވާ މާލެ އިން ހައުސިން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ގެއްލިފައި މި އޮތީ. ވިޔަފާރި އުސޫލުން ބޮޑެތި ބިންތައް މި ދިނީ މާލެ އާއި ރަށްރަށުގައި ބޮޑެތި ބިންތައް ހުރި މީހުންނަށް. އޭގެ ނަތީޖާއަކަށް މިވީ މާލެ އިން އެންމެ ބޮޑަށް ގެދޮރު ބޭނުންވެފައި ތިބި މީހުން ބާކީވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވިސްނަންވީ ހުޅުމާލެ އިތުރަށް ހިއްކުމުގެ ބަދަލުގައި ނުވަތަ މާސްޓަޕްލޭންގައި އޮތް ގޮތަށް އެތަނުގައި ކްރޫޒް ޓާމިނަލެއް ހެދުމަށް ވުރެ ވެސް ބޮޑަށް އާންމުންނަށް ފައިދާ ހުރި ބަދަލެއް ގެންނާށެވެ. މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މާލޭގެ ބަނދަރުގެ ދަތިކަމެވެ.

"ތިބޭފުޅުންނަށް ފެންނާނެ މާލޭގެ ބަނދަރުތައް، ނޯތު ހާބަރާއި ދެކުނު ހާބަރާއި ޓީޖެޓީ އޮތް ހާލަތު. އެ ތަންތަން އެ އޮންނަނީ ފިތިބާރުވެފައި،" އޭނާ ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލެ ގުޅުވާލާ ބްރިޖު ވެސް މިހާރު މި އޮންނަނީ ޓްރެފިކް ތޮއްޖެހިފައި. އަދި ފޭސް ޓޫ ހުޅުވާލިމަ މާ ބޮޑުވެއްޖެ އެކަން. އެހެންވީމަ، އަޅުގަނޑުމެން އެބަޖެހޭ ކްރޫޒް ޓާމިނަލަކަށް ވުރެ ވެސް ދުރަށް ވިސްނަން މި ބޮޑު އާބާދީއަށް ބޭނުންވާ ކަންކަން ހަމަޖައްސަން: ތަޖުރިބާކާރު

ހުޅުމާލެ ފަޅުން ހިއްކަން ޕްލޭންކުރާ ސަރަހައްދު: އެ ސަރަހައްދު ހިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވީ، މާލެ ސަރަހައްދަށް މި އިތުރުވާ ބޮޑު އާބާދީއަށް މުދަލާއި އެ ނޫން ވެސް އެއްޗެހި އެތެރެކުރަން މި ބަނދަރުތަކަށް އިތުރު ޖާގަ ބޭނުންވާ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ މާލެއިން މިހާރު އެ ޖާގަ ލިބެން ނެތް ކަމަށެވެ.

"މާލެ އާއި ހުޅުމާލެ ގުޅުވާލާ ބްރިޖު ވެސް މިހާރު މި އޮންނަނީ ޓްރެފިކް ތޮއްޖެހިފައި. އަދި ފޭސް ޓޫ ހުޅުވާލީމާ މާ ބޮޑުވެއްޖެ އެކަން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ ކްރޫޒް ޓާމިނަލަކަށް ވުރެ ވެސް ދުރަށް ވިސްނަން މި ބޮޑު އާބާދީ އަށް ބޭނުންވާ ކަންކަން ހަމަޖައްސަން،" އޭނާ ވިދާޅުވި އެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން ހުޅުމާލެ ހިއްކަން ފެށުމާ އެކު، ވަރަށް ރަނގަޅު މާސްޓަ ޕްލޭނެއް އޭރު ތިއްބެވި އިސްވެރިން ހެއްދެވި އެވެ. އެއާ އެއްގޮތަށް ވަރަށް ގިނަ ކަންކަން ކުރި އެވެ. މިއަދު މި ހިސާބަށް އައީ އެ މާސްޓަޕްލޭނަށް ރަނގަޅަށް އަމަލު ކުރުމުންނެވެ. އެކަމަކު، ވެރިކަންތަކަށް އައި ބަދަލާއި ހާލަތަށް ފައްތައިގެން މާސްޓަޕްލޭން ބަދަލު ކުރުމާއި އެ އަށް އަމަލު ނުކުރެވުމުގެ ނަތީޖާ ފެންނަނީ ރަނގަޅަށް ނޫން ކަމަށް ފަންނީ މީހުން ވެސް ބުނެ އެވެ. ހާއްސަކޮށް ބޮޑު ސިންގާ އާބާދީއެއް އިތުރުވާއިރު، އެ އާބާދީ މެނޭޖު ނުކުރެވުމުން ދިމާވާ އެތައް ކަމެއް މިއަދު ވެސް އެބަ ފެނެ އެވެ.

މި ރިޕޯޓަށް ކުރިން ވާހަކަ ދެއްކި ތަޖުރިބާކާރުގެ ހިޔާލަކީ ހިއްކަން އުޅޭ ސަރަހައްދުގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހެދުމެވެ. އޭރުން މާލެ އަށް ވެސް އެއްކަމަކުން ބާރު ކުޑަވީ އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ ހުޅުމާލޭގެ އުތުރުން މިހާރު ހިއްކާފައި އޮތް ބިމުން 26 ހެކްޓަރު ހައި އެންޑް ޓޫރިޒަމަށް ހާއްސަކޮށްފައި އޮތް އޮތުމެވެ. ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ކެޕޭސިޓީގެ 32 ޕަސެންޓް މިހާރު ވެސް މާލެ ސަރަހައްދުން ކަވަރުކުރާތީ، އެ ޕްލޭނަށް ބަދަލު ގެނެސް، ހައުސިންއަށް ބޭނުންވާ ބިން އެ ސަރަހައްދުގައި ހަމަޖެއްސުން މާ ރަނގަޅުވާނެ އެވެ. އޭރުން އިތުރަށް ބިން ނުހިއްކާ ވެސް ވާނެ އެވެ.

ހުޅުމާލެއަކީ ވަކި ބޭނުމަކަށް ހިއްކި ތަނަކަށް ވިޔަސް މުޅި ރާއްޖޭގެ ހައުސިންގެ މައި ނާރެހަކީ އެއީ ކަމަށް ބަލައިގެން އުޅެން ވެއްޖެ ނަމަ ނަތީޖާ ގޯސްވެދާނެ ކަމުގެ އިންޒާރު ފެންނަ މިހާރު މަންޒަރުތަކުން އެކަނި ވެސް ލިބެ އެވެ. އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ތަން ބަދަލުވާ ތަން އެބަ ފެނެ އެވެ. މީހުންގެ ފުރާނަ ސަލާމަތް ނުކުރެވޭ ވަރުގެ ބޮޑެތި އެކްސިޑެންޓްތަކެވެ. ކުރުކޮށް ބުނާ ނަމަ އާބާދީ އިތުރު ކުރަމުން ގޮސް މި މާލެއެކޭ އެއްގޮތަށް ހުޅުމާލެ ބަދަލުވުމުގެ މަންޒަރު ފެންނަން މާ ގިނަ ދުވަހެއް ނެތެވެ.

53 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 48%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބެ

23 May 2023

ރާޢްޖޭގެ އިގްތިސޯދު ކުރިއަރާނީ އެއްތަނެއްގައ ގިނަމީހުން އުޅެގެން. ޑިމާންޑްއޮތް ރަށަކީ ހުޅުމާލެ. މިތާނގަ ފުލެޓް އަޅާނެ އަދަދުގެ ސީލިންގ އެއް ކަނޑައެޅުން. މާލެފުރުމުން ސަރުކާރު ހިންގާނެ ދެވަނަ ރަށެއް ފައިނަލް ކުރުން. އާބާދީ ކުޑަކަމުން މެކްޑޮނަލްޑްވެސް ނުހިންގޭ. އޯލްޑް މާލޭގައި ވިޔަފާރި ހުއްދަ ލިމިޓްކުރޭ. ސަރުކާރު އޮފީސްތައް ހުޅުމާލެއަށް ބަދަލުކޮށް ސާރވިސްތައް ލިންކްރޯޑަން ޝިފްޓްކުރޭ. ހުޅުމާލެއަކީ ދިވެހިރާއްޖެ ކަމަށްދެކިގެން މިކަންވާނީ.

The name is already taken The name is available. Register?

ބެލެނިވެރިޔާ

20 May 2023

މާލޭ ރައްޔިތުންނަށް 1000ގޯތި ހިލޭދިނުމަށްވުރެ 3 ކޮޓަރީގެ1000 ފުލެޓް ނުވަތަ 5000 ފްލެޓް ދިނުމުން މާލޭގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަިކަން ދެވި އެމައްސަލަ ހައްލުވީ. 1000ގޯތި ހިލޭ ދިނުމުން ކޮންމެގެއެއް 10 ބަުރިއަށް ހެދުމުން ތޮއްޖެހުން އިތުރުވާނެކަމަށް ބެލެވޭ. މާލެ ރައްޔިތުންނަށް ފްލެޓް ހިލޭ ދޭނެވަރަށް ހުޅުމާލެ ފޭސް 2ގައި ބިން އެބައޮތް. އިތުރަށް ހިއްކާކަށް ނުޖެހޭނެ. މާލޭގެ ދަތިހާލުގައި އުޅުމާއި ތޮއްޖެހުމަށްވެސް ޙައްލުލިބުނީއެވެ.

The name is already taken The name is available. Register?

ހާލަތު

19 May 2023

މާލެ ތޮއްޖެހުން ނުފިލަނީ މާލޭމީހުންގެ އަމިއްލަ އެދުން ބޮޑުކަމުން ހުޅުމާލޭން އެޕާޓްމެންޓް ގަނެލާފަ މާލޭގަ ހުންނަ ބާ ގެ މިދެނީ މިތަނަށް ނުގަވައިދުން އެތެރެވާ ބިދޭސީންނާށް ނޫނީ ރާއްޖެތެރެމީހުންނަށް ކުއްޔަށް ދެން ކިހިނެތް މާލެ ތޮއްޖެހުން ހުއްޓުވާނީ.

The name is already taken The name is available. Register?

LaamuonlineDOTcom

19 May 2023

މިތަނަކުނެތޭ އެއްވެސް ހަމައެއްލަމައެއް، ގާނޫނޭ މިނިވަންމުއައްސަސާއޭ ބާރުތަކޭ ކިޔަނީ ބޭރުދުނިޔެއަށް ދަށްކަން އޭރުންތާ ސަލާންޖަހައިގެން ޖީބަށްއަޅާނެ އެހީކޮޅުކޮޅާ ބޮޑެތިލޯނުތައް ލިބޭނީ!! ވެރިޔަކަށް ހުންނަމީހާ ކެންޕޭންކުރަން ދިވެހިރާއްޖޭގެ ރިސޯސްތައް ބޭނުންކުރަނީ ކޮން ގާނޫނަކުންތޯ؟ ކުރުކޮށް ބުނެވޭނީ މިރާއްޖެ ދުށް އެންމެ ވިޔާނުދާ ރައީސަކީ ސޯލިހުއެވެ. ދެވަނައަށް ނަޝީދު. މިދެމީހުންކުރެ އެކަކުވެސް ދެން ހޮވޭނެކަމަކަށް ނުދައްކާ!

The name is already taken The name is available. Register?

މުޑަހަންޖާ

18 May 2023

ކުރީގައި ކުދިކުދި ގޮޅިގޮޅީގައި ކުލީވިޔަފާރި ހިންގި ރާއްޖޭއެތެރޭގެ ކ.މާލޭގެ އެކި ގަބީލާތަކުގެ އައުލާދުންގެ ދަރިން ބޮޑެތިވެގެން އެސޮރުމެން އެހަދާގޮތަކީ އަތޮޅުގެތެރޭހުރި ފުންދިމަދިމާ ސަރުކާރަށް ދައްކާފަ މިއަންގަނީ އެތަންތާ ކުލީވިޔަފާރި ކުރެވޭނެގޮތް ހަދާދޭށޭ. މީގައި ސަރުކާރުން ވަކި ކީއްކުރާނީ.

The name is already taken The name is available. Register?

އަހުމަދުއާ

18 May 2023

ހުޅުމާލެ މާސްޓަރ ޕުލޭން އޮންނަނީ އޮންނަތަނުގަ.25 ބުރިއަށް ފުލެޓްއަޅާކަށް 6 ބުރިއަށް ގެދޮރު އިމާރާތްކުރަން މާސްޓަރ ޕުލޭންގައި ނެތް.މާސްޓަރ ޕުލޭނޭ ނުކިޔާ މިނިސްޓަރ ޕުލޭން ކިޔަންވީ

The name is already taken The name is available. Register?

ބޮޑުމީހާ

18 May 2023

މިރާއްޖެ ތަރައްގީ ކުރެވޭނީ އެއްފަސްކޮށްގެން. އިޖްތިމާއި ހަމަޖެހުން ގެނެސްގެން. އެ ވިޝަން ދައްކަނީ އުމަރު ނަސީރު. އެހެނަސް ދިވެހިން ވޯޓް ދޭނީ ތިލަފަތާއި ރުކަށް. އޭރުންތާ ސިޔާސީ މީހުންގެ ތައްޕާހުން އުޅެވޭނީ. އެންމެންވެސް ބޭނުންވަނީ ކޮަންމެވެސް ނާޖާއިޒްގޮތުގައި އެއްޗެއް ހޯދައިގެން އަތުންފައިން މަސައްކަތްނުކޮށް އުޅެން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 May 2023

ރާއްޖެއަކީ ހަމައެކަނި ކ.އަތޮޅު މާލެއެއްނޫން. ޕްރިމިއަމް ވިލާތަކާއި، ޔޮޓްމެރީނާ، ކުރޫޒްލައިނަރ ޓާމިނަލް ހަދާނަމަ އުލިގަމު، ހަނިމާދޫ ނުވަތަ އައްޑޫ ހުޅުމީދޫފަދަ ރަށްތަކުގައި އެކަންކުރާން މާލޭސަރުކާރު ދެކޮޅުހަދަނީ މިރަށްތައް ދިވެހިދައުލަތުގެދަށުގައި ނެތްތަންތަން ނުވަތަ އަވަސް މުސްތަޤުބަލެއްގައި ބީވެދާނެތަންތަންކަމަށް ދެކޭތީތޯ. ކ.އަތޮޅު މާލެއާއި ހުޅުމާލެފަދަ ސްލަމް އެއްގައި މިކަންކަންކުރުމަށްވުރެން މިދެންނެވިރަށްތައް މިކަންކަމަށް މާބޮޑަށްވެސް ރަނގަޅު.

The name is already taken The name is available. Register?

މަށޭ

18 May 2023

ކޮބާ ގތިޔަ ހިއްކާ ގިރާވަރަކާއި ތިލަފަޅާއި ގުޅީފަޅާއި ތަންތަން. ފުރަތަމަ އެތަންތަން ހިއްކަބަލަ. މިތާނގަ ބަޔަކު ކޮށްފަ އޮތް ރީތި ޕުލޭނެއް ސުންނާފަތިކުރަން ނޫޅެ.

The name is already taken The name is available. Register?

އުދުހޭ

18 May 2023

ފްލެޓް އެޅީމާ ބުނެވޭވަރުގެ ކަމެއް ނުކުރުނީމާ ދެން މިއުޅެނީ ބިން ބަހާލަން. އެއީ އެއްޗެސް ކަމެއް ނުކޮށް ސިޓީއެއްގަ ސޮއިކޮށްލައިގެން ނުރެވެން އޮތް ކަމެއް. އެކަމަކު އެކަން ކުރީމާ ދެންއަންނަ ސަރުކާރަކުން ފްލެޓް އަޅާނެ ބިމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454