މަޖިލީހުގެ ރައީސް ނަޝީދު: އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުން ޕާޓީއެއް އުފައްދައި، އިންތިހާބަށް ނިކުންނާނެ ކަން ވަނީ އިއުލާން ކޮށްފައި --- ފޮޓޯ/މިހާރު
17 މެއި 2023 - 17:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ދެންމެ އިއުލާންކޮށްފި އެވެ.
ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން މިއަދު ވަކިވެ ވަޑައިގަތުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފެކްޝަނަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އާ ޕާޓީއެއް އުފައްދަން ނިންމައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކަމަށެވެ.
ފިކުރެއްގެ ދިރުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---- މިހާރު ފޮޓޯ/ނިޝާން އަލީ
ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން އެ ބޭފުޅުން އަދި ހާމައެއް ނުކުރައްވަ އެވެ. އިންތިހާބުގައި ނަޝީދު ވާދަ ކުރައްވާނެތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރިޔަސް، އެ އަށް ވަކި ޖަވާބެއް އެ ބޭފުޅުން ނުދެއްވަ އެވެ. އަދި ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ބޭނުމަކަށް އިއްތިހާދު ވާން ޖެހޭ ބަޔަކާ އެކު ކުރިއަށް ދާން "ފިކުރެއްގެ ދިރުން" އޮތީ ތައްޔާރަށް ކަމަށެވެ.
ފިކުރެއްގެ ދިރުމުގައި ހަރަކާތްތެރިވާ އެންމެ އިސް ޓީމުގެ ހުރިހާ މެމްބަރުން އެކުގައި ބޭއްވެވި ނިއުސް ކޮންފަރެންސަކުން ނަޝީދެއް ނުފެނުނެވެ. އެ ހުރިހާ މެމްބަރުން މިއަދު އެމްޑީޕީ ދޫކުރެއްވިޔަސް ނަޝީދު އަދި ހުންނެވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަންނި
19 May 2023
އަންނިގެ މައްސަލަ ބައިވަރު. ތާއީދު ދަނީ ދަށަށް. ރަނގަޅު ދަނޑިވަޅު ބަލާފަ ކަންކަން ކުރުމުގެ ޤާބިލްކަން ނެތްކަމަށް ފެންނަނީ. ވެރިކަމެއް ދިނީމަވެސް 3 އަހަރު ކުރެވުނީ. ވިސްނުމާއި ރަނގަޅު ޚިޔާލުން ކަންކަންވެސް ކޮށްފައިވަނީ. އެކަމަކު ރައްޔިތުން ނޫނެކޭ ބުނީމަ ދެން އެއަށް އިޙްތިރާމް ކުރަންވީ. ދެންއޮތީ އިބޫ، ކުރެވުނު ކަމެއް ނެތް. އެކަމަކު އިބޫއަށް ޗާންސް ބޮޑު މިހާރު އަދިވެސް. އަންނިގެ ތާއީދު ދަނީ އަންނި އުޅޭ ގޮތުން. އަދާލަތަށްވެސް ވީ ހަމަ އެހެން.
ޓީޖެޓީ
18 May 2023
ކުރިންވެސް ބުނީމެއްނު ތިހެން ހަދާށޭ. ގަބޫލުނޫނިއްޔާ ޕާޓީތެރެ ފަނިކުރަން ނޫޅެ ކެނޑިގެން ގޮސް އާޕާޓީ ހަދައިގެން ނިކުމެ ވާދަކުރޭ. އޭރުން އެނގިދާނެތަ ސަޕޯޓް ލިބޭ ވަރެއް . މިހާރު އެބަ ރަނގަޅުވޭ
މޮޔަވެއްޖެ
18 May 2023
ވާދަކުރެވީދާނެ ނަތީޖާ މުހިއްމީ. ވެރިކަމާހެދި ބޫތުކެޔަސް ބޮޑުވަރު.
އަސްލާ
18 May 2023
ނަޝީދުއަށް ވޯޓްދޭންވީ ސަބަބު ބައިވަރެވެ. ދިވެހިން ބޭނުންވަނީ ވައްކަމާއި ފަސާދައިގައި ބަނދެވި ވަޒީފާގެ ބިރުން ސަލާމަތް ހޯދަން ކަމަށްވާ ނަމަ ވޯޓްދޭންވީ ނަޝީދުއަށެވެ.
ބޮޑުރިޔާ
18 May 2023
އަނި ނޫންނޫން މީހަކު ނަމަނަމަ ނުދައްކާތި އެހެންމީހަކު ދައްކާއިރައް އަނެއްކާ އަނެއް ފިކުރުގެ ދިރުން އުފައްދާނެ ތިޔައީ ޑިކްޓޭޓަރުން ވެރިކަމުގެ މަސްތުގާ ދީވާނާވެފާތިބި ބަޔެއް ނަމުން ޑިމޮކުރަސީ ކަމުން ކިމް ޖޮން އުން ފަދަ މީހުން
ފަކުރުގެގަންޖާ
18 May 2023
ބަލަ ދެން ޤާސިމް އިބްރާހިމް އޯ؟ ޤާސިމަށްވެސް ހަމަ ލަނޑުދިނީ ދޯ؟ އަހަރަމެން އަބަދުވެސް އެބަބުނަމެއްނުން ތި ފަކުރުން ޤާސިމް ހިތުން ނުފިލާނެވަރުގެ ލަނޑެއްދޭނެއޭ
ނޮޓްއެލެކްސް
18 May 2023
ފިކުރެއްގެ ދިރުން (ފކރ) ނިކުންނާންވީ މަހަށް. ކަލޭމެނަށް ކުރެވޭކަމަކީ ތަންތަން ގަޑުބަޑުކޮށް، ހައިޖާނު އުފެއްދުން. މައުމޫން، ޔާމީން އަދި ސޯލިހުގެ ރައީސްކަމުގެ ދައުރުގައިވެސް ކަލޭމެނަށްކުރެވުނީ އެކަން. ތިޔައީ ކަލްޓެއްހެންވެސް ހީވާންފަށައިފި. ނަޝީދު ޑިމޮކުރަސީ ގެނަޔަސް، އޭނާގެ އަމަލުތައް މިހާރުހުރީ ޑިކުޓޭޓަރެއް ގޮތަށް.
ޝެލަރީ
18 May 2023
ހަޖަމުގެ މާނަ އޮޅުވާލާ ނަގޫއަމިއްލައައް ގޮއްޖެހީތީވެސް ފިކުރަކައް މަށެއް ވޯޓެއް ނުދޭނަން
ސަލީމު އިދުރީސް
18 May 2023
މަމީ ނަސީދައް ވަރައް ބޮޑައް ތާއީދު ކުރިމީހެއް އެކަމަކު ނަސީދުގެ ވެރިކައް ވައްޓާލި މީހުން ފަހަތުން ދުވާޡި މިހާރު ގައުމުދެކެ ލޯބިވެގެން އުޅޭ މިހެއްހެން ހިޔެއްނުވޭ! މަގޭ ބަސްވިކޭ މީހަކު ވޯޓު ނުހޯދޭނެ! އަދި ދައްނަވަން ސަލީމްބެމެން ކަލަމީހުންގެ ތާއީދު ބޮޑުވީމަ ކުރިން ނަސީދައް ވެރިކަން ލިބުނީ މިހާރު އެތާއީދު ނެއްތައް ފެނިގެން ދިއައީމަ ނަސީދުގެ ސިޔާސީ ހަޔާޡް ނިމުމަކީވެސް އެކަށީގެން ވާކަމެއް
1828
18 May 2023
'ނަސީދު'ގެ ވެރިކަން ވައްޓާލީއެއް ނޫނެވެ. އަމިއްލައަށް އިސްތިއުފާ ދިނުމުން ވެއްޓުނީއެވެ.
ބީރުބޮލުވަޒީރު
18 May 2023
މަށާ ރަދީފު ވެސް ތިކަމަށް ތާއީދު. ނަޝީދުގެ ސިޔާސީ ހަޔާތް ނިމިއްޖެ. މަވެސް، މަ ބާރުހިނގާ މީހެއްވެސް ދެން ނަޝީދަކަށް ވޯޓެއްނުލާނެ.
މުހައްމަދު ރައްޔިތު ރައްޔަ
18 May 2023
ކަލޭމެނައް މިހާރު އެބަ ވިސްނޭތަ .މައުމޫނުގެ ހިކްމަތްތެރިކަމާ ހިދްމަތްްތެރިކަން. މައުމޫނުވެސް ވެރިކަ ހުއްޓާ ނެގި ވޯޓުން މިގޮތައް ބޮޑާ ހާކާ ނަތީޖާ ގަބޫލު ނުކުރި ނަމަ ޑިމޮކުރަސީ އެއް ނައީސް 2008 ގަ. ދިމިގުރާތީ ގެ އަސްލު ބައްޕަ މައުމޫނު