ހައި ކޯޓް: މަންމަގެ ނުރުހުމުގައި ބައްޕަ ގެންދިޔަ ދެ ކުއްޖަކު މަންމައާ އަނބުރާ ހަވާލުކުރަން އެ ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
17 މެއި 2023 - 21:11
މަންމަގެ ނުރުހުމުގައި ބައްޕަގެ ބެލުމުގެ ދަށަށް ގެންދިޔަ 10 މަހުގެ ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަންމަ އަށް ނާންގައި ބައްޕަގެ ގެ އަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ ބައްދަލުކުރަން މަންމަ އަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން މަންމައާ ހަވާލުކުރުމުގެ ވަގުތީ އަމުރަކަށް މަންމަގެ ފަރާތުން އެދުނެވެ.
ނަމަވެސް ފެމިލީ ކޯޓުން ނިންމާފައި އޮތީ އަމުރު ނެރެ ނުދިނުމަށެވެ. އެއީ ވަރީގެ މައްސަލަ ކޯޓުގައި އޮތުމުން ކޯޓު މެދުވެރިކޮށް، ދެމަފިރިން ސުލްހަވުމުގެ ފުރުސަތު އޮއްވައި އޭގެ ތެރެއިން ވަކި މީހަކާ ދަރިން ހަވާލު ކުރުމަކީ ސުލްހަވުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެވެ.
އެކަމަކު، އެ މައްސަލަ މަންމަގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ދެ ކުދިން އުފަންވީއްސުރެ ފެށިގެން މަންމައާ އެކު އުޅެމުން ދަނިކޮށް އެ މާހައުލުން އެ ކުދިން ވަކިކުރުމުން ކުދިންގެ އުޅުމަށް އަންނާނެ ބަދަލަށް ވިސްނަން ޖެހޭނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ގާތުން ދޭންޖެހޭ ކުއްޖަކަށް ވާއިރު މަންމައާ ވަކިކުރުމުން އެ ކުއްޖާގެ ސިއްހަތަށް އައިސްފައިވާ ބަދަލަށް ވެސް ފެމިލީ ކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ދެ ވަނަ ކުއްޖާ ކުރިން ޕްރީ ސްކޫލަށް ފޮނުވިޔަސް، ބައްޕަގެ އާއިލާގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސްކޫލަށް ނުގެންދާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ކުދިންގެ މަސްލަހަތަށް ރިއާޔަތްކޮށް، މިއިން އެއްވެސް ކަމެއް ފެމިލީ ކޯޓުން ބަލާފައި ނުވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އެންގީ ފަސް ގަޑިއިރުގެ ތެރޭގައި އެ ދެ ކުދިން މަންމައާ ހަވާލު ކުރުމަށާއި ފުލުހުން މެދުވެރިކޮށް އެ އަމުރު ތަންފީޒު ކުރުމަށެވެ.
އެކަމަކު، ކުދިން މަންމައާ ކުދިން ހަވާލު ކުރިޔަސް، އެ ކުދިންނަށް ޒިޔާރަތް ކުރުމުގެ ހައްގު ބައްޕަ އަށް ދޭން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީޖެޓީ
18 May 2023
ފެމެލީ ކޯޓުން އެއޮތް ނެރުނު ހުކުމެއްދޯ؟ އަޖައިބުވެ އަންތަރީސްވާވަރުވޭ.
ޚައިރީ
17 May 2023
ދަރިން ހޯދުން އެކަނިތަ ތި ފިރިހެނުންނަށް އޮތީ
އުއްރަމަ
18 May 2023
ދަރިން ބަލަން ވެގެން ދޯ ފިރިހެން މީހާ ދަރިން ގެންދިޔައީ
ޕެހެލޭ
18 May 2023
ބައްޕަ ކުދިން ސްކޫލަށް ނުފޮނުވާ އެބެލެނީތަ.
ޕޫރުބެ
17 May 2023
ފެމެލީ ކޯޓް ކޯއްޗެއް ބަލައިގެން ސުލްހަކުރަން މިއުޅުނީ؟ ގާތުން ދިނުން މަރުހޫމް، ސްކޫލަށް ދިއުން މަރުހޫމުކޮށް ކޮން ސުލްހައެއް؟
ޢުޕްސް
18 May 2023
މަހުރޫމޭ ކިޔަނީ
ހާސިލް
17 May 2023
ޖެހުނުހާމީހަކާ އިދެ ދަރިންހޯދައިގެން ހުރިހާ ދެރައެއް ކުށެއްނެތް ޅަކުދިންނަށް.
ހުސެނ
17 May 2023
މިގައުމަށް ޖެހިފައިވާ ބޮޑު އިޖުތިމާއީ މައްސަލައެއްމީ.