18 މެއި 2023 - 09:43
އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތަށް ރައްޔިތުންގެ މަޖިލިހުން ނޯޓިސް ދީފި އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފައްޓަވަމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މިދިިޔަ ބުރާސްފަތި ދުވަހު މަޖިލިހުގެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް އެ މައްސަލާގައި ބަހުސް ކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މިދިޔަ އަންގާރަ ދުވަހު ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލަ އެޖެންޑާ ކުރާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކި ކުރި މައްސަލާގައި ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި އެމްޑީޕީން ވަކިކޮށްފައިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގުޅިގެންނެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. އެކަމަކު، ރިފްއަތާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި މެމްބަރުންނަށް އަދި ވޯޓު ހަމައެއް ނުކުރެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫރުބެ
18 May 2023
ކޮބާ ރިފްއަތާއި ހިސާނު ވަރަށް ގިނަ ބައެއްގެ ހައްގު ފޭރި ބިރު ދައްކައިފި، މިއަދު އެގޮޅިއަށް ތިވަންނަނީ.