ފުލުހުން ހޯދަމުން އަންނަ ގައްބަރޭ: އޭނާއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް.
18 މެއި 2023 - 12:04
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހޯދާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ ކުރިން ވެސް މާރާމާރީ އާއި ބޮޑެތި ކުށްތަކެއްގެ ގިނަ ރެކޯޑު އޮންނަ ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ. އޭނާ ހޯދަން ހޯމަ ދުވަހު ފުލުހުން އިއުލާނުކުރީ މެންބަރު ޒަރީރަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައަކަށް ފަހުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ގައްބަރޭ ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
ގައްބަރޭ ހޯދަން ފުލުހުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އޭނާ ހޯދަނީ ގްރޫޕު ހަދައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށެވެ. އެއީ ކޮން މައްސަލައެއް ކަން ފުލުހުން ނުބުންޏަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައްބަރޭ ހޯދަނީ މާލޭގެ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް ހަމަލާދިން މައްސަލައިގަ އެވެ.
ޒަރީރަށް ހަމަލާދިނީ މި މަހުގެ އެއް ވަނަ ދުވަހުގެ ފަތިހު ކެފޭއެއްގައި އިންނަވަނިކޮށް ފަސް މީހުންގެ ގްރޫޕަކުން ވަދެ އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިން ސަބަބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމަލާދިން މީހުންގެ ނަން ހާމަނުކުރައްވައި އޭނާ ވިދާޅުވެފައި ވަނީ ބަޔަކު ވަދެ އަނިޔާކުރިއިރު އޭނާއެކު އެތަނުގައި އިތުރު ބަޔަކު ވެސް ތިބި ކަމަށެވެ. ޒަރީރަށް ހަމަލާ ދިން މީހުން ދެނެގަނެވުނީ އެ ކެފޭ ތެރޭގައި ހުރި ސީސީޓީވީ ކެމެރާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހަކަ ބުނާސޮރު
21 May 2023
މިއޮތީވާ ދިވެހި ރާއްޖެއެއް ހުންގުބޯ
ސުން
19 May 2023
ހޯދަން އުޅޭނަމަތާ ފެންނާނީ.އޭނަ ދާނެތަނަކަށް ދިޔައިމަ ހޯދަން ތިއުޅެނީ.ތީ އަހަރުމެން ނުދަންނަ ބަޔެއް ނޫނޭ..
1206
19 May 2023
މަރުތޭލަކީ "ތޫނު" ހަތިޔާރެއްތަ؟ ތިޔައިގަ އޮތީ ދެ ގޮތެއް. އެއް ގޮތަކީ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތައިފައި އަމިއްލައަށް ހަވާލުވުން ނުވަތަ 'ފެނުން'. ދެ ވަނަ ގޮތަކީ ރަސްމީ ދަތުރުފުޅެއްގައި ވީ.އައި.ޕީ ލޯންޖް އިން ފުރާވަޑައިގަތުން.
ކައުންސެލަރު
18 May 2023
ނުފެންނާނެ. އެނގޭ ނުފެންނާނެކަންވެސް. ހޯދާ ނުފެނިގެން އިންޓަރޕޯލް ރެޑްނޯޓިސް ނެރެފައޮތް މީހަކު އެމްއެމްޕީއާރުސީ މައްސަލައިގަ އިނގިރޭސިވިލާތުގަހުންނަ ދިވެހި އެމްބަސީއަށް އައިސް ހެކިބަސް ދިނީމާވެސް ނުފެނުނީމާ ދެންފެންނާ އެއްޗެއްބުނެބަލަ؟!?
މުންޖިޗޭ
18 May 2023
ތިޔަ ގުއިބަރޭއެއް މެދުވެރިކޮށްގެން ކުރުވި ކަމެއްގެ ޑީލް ނިންމާނުލެވި އޮތީނޫންބާ! އެމީހުން ނުކުމެ ޤައުމުގެ ކުރިމަގު ބައްޓަންކުރަން ފެށިވާހަކަ ގޮވައި ގޮވައި ކަރުން ހަންގޮއްސި، ޕާޓީ ރައްޔިތުން އެއަކަށް ފަރުވާލެއް ނުބަހައްޓާ، ބޮޑެތި ރެކޯޑުތައް އޮންނަ ބޮހުން ވޯޓުލައިގެން އިސްމަޤާމުތަކަށް ހޮވަނީ، އަދި އެފަދަ އަޑިނޭގޭ މީހުން 115 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވެމުންދަނީ، އެއަރޕޯޓް، ކަސްޓަމް، ޕޮލިސް، ސިފައިންގެ މިތަންތަނުގައި ރޭވިގެން ވިއުގައަޅަނީ!
ކަނބިލި
18 May 2023
ޕާޓީގެ ބޮޑެތި މަގާމުތަކުގައި މިއުޅެނީ ހާދަ ފޭރާން ހެޔޮވަރުގެ މީހުންނޭ ދޯ. ދެންމިދައްކަނީ އިޖުތިމާއީ ފޭރާމުގެ ވާހަކަ. ވަޓު އަ ޖޯކު
ޒަލްޒަލ
18 May 2023
ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން މި މަހުގެ ފަސްވަނަ ދުވަހު ޖޫރިމަނާ ވެސް ކުރި އެވެ.+++ މިފެންވަރުގައި ބޮޑެތި ކުށުގެ އަހުލުވެރިންނަށް އުޅެވޭނީއެއްނޫން. އަހުލިވެރިން ގެންގުޅޭނީ ސިއްރު ނުރައްކާތެރި ސަބަބު ފުންޏެއް އޮތަތީވެ. ބޮޑެތި ކުށްވެރިންގެ ސަލާމަތީ ބާރުތައް މިހިރަފެންނަނީ. ޑްރަގަކަސް މާރާމާރީ އަކަސް ހިމާޔަތަކީ ބޮޑުބޮޑެތިން ނިވައިވެގެން ތިބުން.
ޕެހެލޭ
18 May 2023
ބިފޯ އެންޑް އާފްޓާ ސިޔާސީ މަގާމު ދެފޮޓޯތަ.
ޝީޝް
18 May 2023
ގައްބަރު ފެނުނީމާ ބިރުގަނޭ.
އެކަނބާ
18 May 2023
ތިޔަހެން އުޅުއްވަންޏާ ބޮޑަށް ހީވަނީ ޒަރީރުވެސް ކަމެއް ކޮށްގެން އުޅޭހެން.. ވައްﷲ އައުލަމް.... މިފަހަރު މި ހަބަރު ވ. ރަގަޅު..