މާލޭގެ މޭޔަރު މުއިއްޒު: ދޮގު ބަޔާން ދިނުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
18 މެއި 2023 - 13:01
ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއް ކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ އޭނާ ދެއްވި ބަޔާނެއް ކަމާ ޝައްކު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނޫމަޑިއާ ސަރުކާރުން ހަވާލުކުރި ހައުސިން މަޝްރޫއު ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެފަދަ ޝެޑިއުލެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ދައުލަތުން ބުނާ ނަމަ އެފަދަ އެއްވެސް ނިންމުމެއް ދައުލަތަަށް ހުށަހެޅިފައިނުވާ ކަމަށާއި އެހެންވެ އެ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ގާޒީ ސޮފްވަތު ވިދާޅުވި އެވެ.
ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދައުވާ ސާބިތުވިޔަސް، މުއިއްޒުގެ މައްޗަށް އަންނާނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީލީ
21 May 2023
މުއިއްޒުގެ ހިންގުން ތެރިކަން ހަޖަމުނުވާތީ ވާގޮތް
ހާމިދު ޝާހިދު
18 May 2023
ޔާމީނުގެ ޓިކެޓް އަތުލުމަށާއި، ޕާޓީތެރޭ ގަޑުބަޑު އުފެއްދުމަށް ސަރުކާރުން އަވަހަށް ކުށެއް ނެތްކަމަށް ނިންމާލާ މިނިވަންކުރީ. އެކަމަކުވެސް، މިމީހުނެއް ޔާމީނެއް ދުލެއް ނުކުރާނެ. ދެން އޮތް ސުވާލަކީ މުއިއްޒު ހޭ ހަމަ އެންމެ ރަނގަޅު ޕީޕީއެމް ކެންޑިޑޭޓަކަށް ވާނީ.
ހެޑްލައިން
18 May 2023
ދޮގު ބަޔާން ދިނުމުގެ ދައުވާއިން ސަލާމަތްވެއްޖެ... ހީވާކަހަލަ ދޮގު ބަޔާން ދިނުމަށް ފަހު އެކަމަށް ދައުވާ ކޮށް ސަލާމަތްވީއޭ.
ބޮޑުމީހާ
18 May 2023
މިވަގުތު ރާއްޖޭގަ ހުރި އެންމެ ހިންގުންތެރި ގާބިލު އެކަކު. މި މާލޭގައި ކިރިޔާވެސް ހިތްފަސޭހަކަމެއް އޮތިއްޔާ އެއީ މުއިއްޒުގެ ބެލުމުގެ ދަށުން ކުރެވިފައިހުރި ކަންކަން. ބްރިޖް، ރިންގްރޯޑް، ރަސްފަންނު، ހާބަރު، ސަލްޓަންޕާކު، އެހެނިހެން ޕާކުތައް މީ ކުޑަމިންވަރެއް. އަދި އިންޑަސްޓްރިއަލް ޒޯނަކީވެސް، މުއިއްޒުމެެން ތަސައްވަރު، މިސަރުކާރުން އެތަން ކުނިގޮޑަކަށް ހަދައިފި. އިބޫ ސޯލިހަށް ކުރެވުނުހާވެސް ކަމަކީ 102 ބިލިއަނުން ގައުމު ދަރުވާލުން
ޕީޕީއމ
18 May 2023
އެހެންވީމަ މުއިއްޒުގެ ކުށެއްނެތް ކުއްކުރީ ޔާމީނު. މުއިއްޒު2023#
ޢިޒްމާން
18 May 2023
ޢިންޝާﷲ ހައްގަށް ނަސްރު ލިބިއްޖެ. ޢަލްހަމްދުﷲ
ހިޔާލީ އަލީ
18 May 2023
ހައްގޭ ބުނެ ވާހަކަ ދައްކާއިރު މުއިއްޒު އިންކާރު ނުކުރާ ނުކުތާއަކުން ހުކުމް ކޮށްފަ އޮތީ. މުއިއްޒު ދިން ބަޔާނެއް ނޫނޭ ކިޔާފަ ސަރުކާރުން ބޮޑު ބަދަލެއް ހޯދަން އާބިޓްރޭޝަނަށް މައުލޫމާތު ދިނީ ދެން ކާކުބާ؟ މުއިއްޒުވެސް ހޭނެ ތީތި ބަލާފަ
ޢަހުމަދު ސަނީހު
18 May 2023
މި މީހުން ހާދަ ވަރަކަށޭ ދޯ މި އުޅެނީ މުއިޒް އަގު ވައްޓާލަން ތިކަމެއް އިންޝާﷲ ނުވާނެ
ތަސްނީމް އަލީ
18 May 2023
މުއިޒް އަކީ ރަގަނޅު ބޭފުޅެއް ސަރުކާރުން ހަމަ ސިޔާސީ ގޮތުން މުއިޒް އާ ޖައްސައިލައިގެން މި އުޅެނީ
ސުލައިމާން
18 May 2023
ހަމަ ސަރުކާރުން އުޅެނީ މުއިޒް އާ ޖައްސަލައިގެން ތާލިރުތަކެއް ވެއްޖެނު މިހާރު
ޙައްސާން އަދުލީ
18 May 2023
ޢަލްހަމްދުﷲ. މަރުހަބާ މޭޔަރު