ޚަބަރު / މިފްކޯ

އާ މަސް ބޯޓުގެ އޮޕަރޭޝަން ފެށިތާ ގިނައިރުތަކެއް ނުވެ ޓެކްނިކަލް މައްސަލައެއް!

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރިކޮށްގެން: މިއަދު އެ ބޯޓަށް ވަނީ މައްސަލައެއް ދިމާވެގެން މަސްކިރުން މެދުކަނޑާލާފަ .-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން އަލަށް ގެނައި ބޯޓަށް މަސްކިރަން ފެށިތާ ދެތިން ގަޑިއިރުގެ ތެރޭގައި މައްސަލަ ޖެހި މަސްކިރުން މެދުކެނޑިއްޖެ އެވެ.

އެކަމަކު، އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީ މިރޭ ވިދާޅުވީ، މިހާރު މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

"ޖަޒީރާ 103" ގެ ނަން ދީފައިވާ ބޯޓްގެ އޮޕަރޭޝަން ރަސްމީކޮށް ފެށީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އެވެ. މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެ އަށް ގެނައި އާ ބޯޓުން މަސް ކިރަން ފެށުން ރަސްމީކޮށް ފައްޓަވައި ދެއްވީ ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައި މާލީ ވަޒީރު އިބްރާހިމް އަމީރެވެ.

އިސްމާއީލް ވިދާޅުވިގޮތުގައި، އެ ބޯޓަށް ޓެކްނިކަލް މައްސަލަ ދިމާވުމުގެ ކުރިން ފަސް ވަރަކަށް ދޯނިން މަސްކިރުވި އެވެ.

"މައްސަލަ ދިމާވިއިރު ވެސް ބޯޓުގައި އަޅުގަނޑުމެންގެ އިންޖިނިއަރުން ތިބި. އިންޖިނިއަރުން ވަނީ އެ މައްސަލަ ހައްލުކޮށްފައި. މާދަމާ އަނެއްކާ ވެސް ބޯޓުން މަސްކިރަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޓު މިހާރު އޮތީ ގއ. ކޫއްޑޫ ބޭރުގައި ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

މިފްކޯގެ މި އާ ބޯޓާ އެކު އެ ކުންފުންޏަށް މަސްކިރާ އަދަދު 5،807 މެޓްރިކް ޓަނަށް ވަނީ މަތިވެފަ އެވެ. އަދި އައިސް ކުރެވޭ ސްޓޯރޭޖް ވެސް ވަނީ 290 މެޓްރިކް ޓަނަށް އިތުރުވެފަ އެވެ.

20 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 25%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިހްސާސް

22 May 2023

ކޮރެއާއިން ރާއްޖެއަށް ގެނައި އާބޯޓުގެ ބަދަލުގައި ބާބޯޓު ލިޔުނުނަމަ މާރަގަޅުވީސް.

The name is already taken The name is available. Register?

އެންވެރި މަސްވެރިޔާ

21 May 2023

ދެއްކި ބޯޓް 103

The name is already taken The name is available. Register?

ޗޯރޭ

21 May 2023

މުޅިންވެސް ކޮށްޕައިގެން އިސްޓާރޓު ކުރާ ބާއެއްޗެހިދޮތަ؟ ދެން ދައުލަތުގެ މީޑިއާއިން މިބޯޓު އިސްތިހާރުކުރާނެ މިދައުރު ނިމެންދެން. މިވަރުގެ ބޯޓެއް މި އޭޝިއާ ސަރަހައްދުގައިވެސް ދެން ނޯންނާނެ، މީގެން ނުކުރެވޭނެ ކަމެއް ކުރެވޭނެ ކަމެއްވެސް ނޯންނާނެ. ކޮންމެ ކަމެއް ފަނުފުލުން ދަނީ، ދައުލަތްވެސްފޫގޮއްސަ..

The name is already taken The name is available. Register?

އަބުދުލް ޤާދިރު

21 May 2023

ބޭރުގައި ކުލައާއި ދަވާދުލައި އޮފުކޮށްލީމާ ބޯޓު އާވީދޯ؟

The name is already taken The name is available. Register?

ކޮޔެޅު ނަދީމް

21 May 2023

ޢާ ބޯޓް.ދަބަރަށް ފޮޅިފަހުރި ބޯޓެއް ޕެއިންޓް ކޮށްގެން ގެނެސް އާ ބޯޓް ކިޔަނި!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

21 May 2023

އާޓިކަލް ނިމުނުިއރު ވެސް ބޯޓަށް ދިމާވީ ކޮން މައްސަލައެއްކަން ސާފެއް ނުވޭ. ''ޓެކްނިކަލް މައްސަލަ'' މިއީ ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ބަހެއް.މިފަދަ އާޓިކަލްތައް ލިޔާއިރު ނޫސްވެރިންވެސް ތަންކޮޅެއް ރަނގަޅަށް މައުލޫލާތު ގެނެސްދިނުން އެދެވިގެންވޭ.ވ.ވެދުން

The name is already taken The name is available. Register?

މައުލޫމާތު

21 May 2023

ކޮންމެ ސަރުކާރެއްގައިވެސް އަހަރު ނިމޭއިރައް ކޮންމެ ބަޔަކުވެސް ދަރާ ލިސްޓައް ނުވަތަ ފައިދާ ނުވާ ލިސްޓައްލާ ސަރުކާރުގެ އެއް ކުންފުންޔަކީ މިފްކޯއެވެ. މިފްކޯއިން ތައިލެންޑައް މަސް ފޮނުވައިގެން ޕެކްކުރާހާ ހިނދަކުވާނީ މިހެންނެވެ. މަސްދަޅު ބަންދުކުރެވޭ ކެޕެސިޓީ ބޭރައް ޕެކްކުރަން ނުފޮނުވާ ވަރު ކޮއްބަލާށެވެ. އެއައްފަހު އެތެރޭން ދަށުންދަމާ ހުރިހާއެންމެން ކަނޑާލާށެވެ. އަދި ޑައިރެކްޓް ޔޫރަޕް މާކެޓައް މަސްދަޅު އެކްސްޕޯޓްކުރަންފަށާ އައުޓްލެޓެއް ހުޅުވަބަލާށެވެ.

The name is already taken The name is available. Register?

އިސްމާލި

21 May 2023

ތިޔަހެނެއް ނުވާނެއެވެ. ތައިލެންޑަށް ރޯމަސް ވިއްކުން ނުހުއްޓޭނެއެވެ. ކޮންމެ ޝިޕްމަންޓަކުން ދިހަ، ވިހި ޕަސެންޓު "ރިޖެކްޓު" ވުންު ނުހުއްޓުވޭނެއެވެ. އަދި އެ ރިޖެކްޓުވާބައި ދެފަރާތް އެއްބަސްވާ އަގެއްގައި ވިއްކުން ނުހުއްޓުވޭނެއެވެ. އަދި އެ ފައިސާއިން ބައެއް ޖީބަށްލުން ނުހުއްޓުވޭނެއެވެ. އަދި ޖީބަށް ލާ ބައިން ސައި ބުއިމާއި ސައި ދިނުން ނުހުއްޓުވޭނެއެވެ.

The name is already taken The name is available. Register?

ނުރަބޯ

21 May 2023

އިސްމާއިލް ވާހަކައަށް ތާއީދު. މިފްކޯގަ މަސައްކަތް ކޮށްފަ ހުރިމީހެއްގެ ހައިސިއްޔަތުން ބުނާނީ ތިއީ ހަމަ %100 ތެދު ވާހަކައެއް. ކޮންމެ މަސް ޝިޕްމަންޓަކުން 20-30 ޕަސެންޓު ރިޖެކްޓް ގޮތުގަ ކަޓު ލިބޭގޮތަށް ވިއްކާ. އެކަމުގަ އޭރު އުޅެނީ މަސް ޝިޕްމަންޓްތަކާ ހަވާލުވެގެންދާ މަނިކު ކިޔާ މީހެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 May 2023

ބޯޓަށް މަސް ކިރަން ފެއްޓި ރަސްމީއްޔާތުގައި މާލީ ވަޒީރު ވިދާޅުވި "އިންޤިލާވެއް" ގެނައިވާހަކަ. ދިވެހިން އިންޤިލާބު ކިޔަނީ އެކަމެއް ހިގާން އޮންނަގޮތާއި ދިމާ "އިދިކޮޅަށް" ކުރާ ކަންކަމަށް. އެހެންކަމުން ވަޒީރު އަމީރު ވިދާޅުވި ފަދައިން މިއޮތީ އިންޤިލާބެއް ގެނެސްފަ. # ތިޔަ ބޯޓާކީ މިހާރު "އާ ބާ ބޯޓް" ކަމަށް ވާތީ، ބޯޓަށް ކުރިން ކިޔާފައިވާ ނަމުގެ ބަދަލުގައި "އިންޤިލާބު 103" މިނަމަށް ބަދަލު ކޮށްލާ" ނޫން ނަމަ "ޗާހޮސް ސިއްރުސިޓީ" ނަމަކީވެސް ގޯސް ނަމެއްނޫން.

The name is already taken The name is available. Register?

ޑީސްއޮނަރަބްލް

21 May 2023

އޮނަރަބަލް ތިޔަ ބުނި ސިޓުއޭޝަނަށް ރަގަޅުވާނެ ބަޤާވާތޭ ކިޔަން. އަދި ބޯޓަށް ކިޔަން ރަގަޅުވާނެ ފަކުރެއްގެ ނިމުން، ދީމުގުރާތީ 103، ބޮޑުވަޒީރު 101

The name is already taken The name is available. Register?

ޓިނުބެ

21 May 2023

ހެހެހެހެ. މިފްކޯގެ އާ މަސްކިރާ ބޯޓްދޯ؟ 27 އަހަރުވެފައޮތް ބޯޓެއް އާބޯޓަކަށް ވާނެގޮތެއް އޮންނާނެތޯ؟ ތިބޯޓް ބަނދެފައިއޮތީ 1996ގައި. ތިކަމުންވެސް ފައިދާތަކެއް ވީ ބަޔަކު އުޅޭނެ.

The name is already taken The name is available. Register?

ޗޯރޭ

21 May 2023

ފޭސް 2 ގައި 26 މިލިއަން އަށް އަޅައި ނިންމަންބުނި ޓިނު ސްކޫލުގެ ފަހުގެ މައުލޫމާތު ނޫސްވެރިން ސާފުކޮށްލަދިނުން އެދެނެ.

The name is already taken The name is available. Register?

އަލަންގިރި

20 May 2023

ފަކުރުގެ ދިރުން ކީކޭބާ ބުނާނީ، އާބޯޓެއްތޯ، ބާބޯޓެއްތޯ؟

The name is already taken The name is available. Register?

ޖަޒީރާ103

21 May 2023

27 އަހަރުވީ އާބޯޓެކޯ.

The name is already taken The name is available. Register?

ސުން

21 May 2023

އަލަށް ގެނައި ބާބޯޓެއް.ބޯޓް ބަލަން ދިޔަމީހުން ތިއޮތީ ބޮޑުތަނުން ކަޓް ނަގާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454