ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 މެއި 2023 - 17:46
ދަރުމަވަންތަ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމަށް، އެ ތަނާ އިންވެގެން އިންނަ މާލެ ޖަލުން ގައިދީން އެހެން ތަންތަނަށް ބަދަލުކުރަން ފެށިއަސް ޖަލު ހުސްކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
އަންނަ އޮގަސްޓު މަހު ފަށާ ދިރާސީ އާ އަހަރު، ދަރުމަވަންތައިގެ އާ އިމާރާތުގައި ކިޔެވުން ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދިރާސީ އާ އަހަރު ފަށަން ތިން މަސް ދުވަހަށް ވެފައި ވާއިރު، ސްކޫލު ހޯލު އަޅަން ހަމަޖައްސާފައިވާ ޖަލު ހުރި ބިން އަދި ވެސް ހުހެއް ނުކުރެވެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މާލޭ ޖަލުގައި ތިބި ގައިދީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ތަން އެއްކޮށް ހުސްކޮށް، މިނިސްޓްރީއާ ހަވާލުކުރެވޭނެ ތާރީހެއް ނޭނގޭ ކަމަށް ޔުސްރީން ވިދާޅުވި އެވެ.
މާލެ ޖަލު މިހާތަނަށް މައިގަނޑު ގޮތެއްގައި ބޭނުންކުރީ ޓްރާންސިޓް ޖަލެއްގެ ގޮތުގަ އެވެ. ނަމަވެސް، ހުކުމް ތަންފީޒުކުރާ ބައެއް ގައިދީން އަދި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ވެސް މާލޭ ޖަލުގައި ތިބެ އެވެ.
ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅާ އިމާރާތުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތެވެ. ސްކޫލުގެ މަސައްކަތް ނިންމައި ކިޔަވަން ފަށާއިރު ބެލެނިވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޯލެއް ނެތުމެވެ. މަސައްކަތް މިހާތަނަށް ގޮސްފައިވާ ސްޕީޑަށް ބަލާއިރު ވެސް ސްކޫލުގެ ހޯލު އަވަހަށް ނިންމުމަކީ ދުރު ކަމެއް ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކުރެ އެވެ.
"ސްކޫލު ހުޅުވަން އެތައް ތާރީހެއް ދީފި. އަނެއްކާ ފަސް އަހަރު ކޮށްފައި ދަރުމަވަންތަ ހުޅުވާއިރު ހޯލެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް. ދަރިވަރުންނަށް އެތައް އުނދަގުލަކާ ކުރިމަތިވާނެ." "މިހާރު" އަށް ވާހަކަދެއްކި ބެލެނިވެރިޔަކު ބުންޏެވެ.
ދަރުމަވަންތަ ސްކޫލުގެ 41 ކްލާސްރޫމް ހުންނާނެ އެވެ. ހާހަކަށްވުރެ ގިނަ ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ އެ ސްކޫލްގައި ޕްރައިމަރީ އާއި ސެކަންޑަރީއަށް ހާއްސަކޮށްގެން ދެ ފަންގިފިލާގެ ލައިބްރަރީއެއް ވެސް ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
22 May 2023
މީއަޅެ މާސްޓަ ޕުލޭނެއް އޮވެން ހިންގާ ގައުމެއްތަ، މާދަމާ އަންނަ މީހާ ތި ތަން ތަޅާލާފަ ހަދާފާނެ ޕާކިން ޒޯނެއް. ތައްޔިތުންގެ ފައިސާއިން އިން ހުސް އިސްރާފު ޒިންމާނަގާނެ މީހެއް ނެއް. މަޖުލިހުން ވެއްޖެއެއްނު ސަރުކާރުތަކުން ކުރާ އިސްރާފު ޒިންމާދާރު ކުރުވަން އަދި މާސްޓާ ޕުލޭނިން އަދި ޑިވެލޮޕްމަންޓު ގާނޫނެއް ހަދަން.
އަލީބެ
22 May 2023
ދަރުމަވަންތަ ސްކޫލް ހަދާމަގަކީ ފިއުޗަރގަ މާލޭ މަޖީދީމަގަށްވާނެ ކަމާމެދު ޝައްކެއްނެތް. އެހެނަސް އެމަގުގައި ހުރި ސަރުކާރު ބިންތައް އެކިފަރާތްތަކަށް ހާއްސަކޮށް ވިޔަފަރިވެރިޔާ ގާސިމަށް ދީގެން މަގުގެ ޕޭމަންޓް ފުޅާނުކޮށް އުސްއިމާރާތްތައް ހެދުމަކީ ދައުލަަތުގެ އެއްވެސް އަމާޒެއްނެތްކަން ހާމަވާކަމެއް.
އަސޭލ
22 May 2023
ތީ ގާސިމް ފައިނޭސް މިނިޓަރު ކަމުގަ ހުރި އިރު ނެގިހާ ބިންތައް.
ޢިންކޮމްޕެޓެންޓ
22 May 2023
ކިހާދެރަކަމެއްތަ. ދުވަހަކު ތިކަމެއްނުވާނެ.
ފޫހި
22 May 2023
ތިޔަތަން ދެން ނުލިބޭނެ. ތިހިރަ ހުޅުމާލޭގެ ހުރަވީ ސްކޫލްގައި އެތައް ސަތޭކަ ކުދިންނެއް ކިޔަވާއިރު އައުޓްޑޯ ހޯލެއްނެތް. އަޑު އިވޭގޮތުގައި އެޗްޑީސީ އިން ވަނީ އެތަނާޖެހިގެންހުރި ހުޅުމާލެ ސިވިލްކޯޓް ބްރާންޗް ހުސްކޮށްފަ އެބިން އެ ސްކޫލަށް ދޭގޮތަށް ކޯޓަށް ތަން ހުސްކުރަން އަންގާފަ. އެކަމަކު ކޯޓުން ދާނެތަނެއްނެތޭބުނެ އެތަން ހުސްނުކޮށް ދިގުދަންމާތާ ކިތައް އަހަރު. އެއީ މުވައްސަސާތަކުގެ ހާލުހުރިގޮތް.
ކުރަނޑި
22 May 2023
ސްކޫލް ކައިރީގައި ޖަލު ހުންނަން ޖެހޭނެ މިހާރު..ސްކޫލް ތަކުގަވެސް މިހާރު ގޭންގުތަށް އޮންނަނީ، އެހެންވީމަ ސްކޫލް ނިމޭގޮތަށް ފަސޭހައިން ޖަލަށް ވެއްދޭނީ އޭރުންތާ ދޯ…މައިންބަފައިން އެމީހުންގެ ޒިންމާ އަދާކޮއްބަ ހުއްޖަތް ނުދައްކާ
ސަލި
22 May 2023
ޕްލޭނިންގް މޮޅީ
ފޮނިޓައްޕު ހަސަނު
22 May 2023
ޖަލު ބަހައްޓަން އެއްމެ ރަނގަޅީ ތިލަފުށީގައި. ތިލަފުށްްޓަކީ މިރާއްޖޭގެ ކުނިބުނި ނައްތާ މައި މަރުކަޒު ހުންނަތަން.
ދޮން
21 May 2023
ދަރުމަވަންތަ ކައިރީ މާލޭ ޖަލު ހުޅުމާލޭގައި އަޅާ ސީ އެޗް އެސް ބިލްޑިން ޖެހިގެން ހާފުވޭ ހައުސް ކިހިނެތް ވިސްނާބަޔެއްބާ .. ތަރުބިއްޔަތު ދަސްވެ މަންޒަރު ދަރިވަރުންނަށް ދައްކަން ބާ ވިސްނުން ހުރީ ފުކެއްބޮޑު ..
ތަނަވަސް ހިސާބު
21 May 2023
ހިސާބު ނުޖަހާ ކޮންމެ ކަމެއް ފަށަނީ ލޯނު ހޯދުމުގެ ބޭނުމުގައި!!
ދިނަށަ
21 May 2023
އަމީނިއްޔާގަވެސް ހޯލެއް ނުހުރޭ. ހޯލެއް ނެތުމަކީ ސުކޫލްގެ ކިޔެވުން ފެށުން ލަސްކުރަންޖެހޭ ސަބަބެއް ނޫން.
ހިޔަވިހާ
21 May 2023
އަމީނނިއްޔާ ސްކޫލުގައި ދެން ހުރި ވަޞީލަތްތައް ހުރީ ފުރިހަމަ ވެފައޭ! ކީކޭ ކިޔަން ތިޔައުޅެނީ؟ ސްކޫލެކޭ ކިޔާފައި އިމާރާތްތަކެއްވެސް އަޅާނެކަމެއް ނެތް! ރަށުގެ ކޮޮންމެ ދިމާލެއްގައިވެސް ތަޢުލީމު ހާސިލުކުރެވިދާނެ.
ބަތްކައްކާ
22 May 2023
އަތޮޅުތެރޭ ސްކޫލްތައް އެބަހުރި އެކައްޗެއްނެތް ސްކޫލްތައްވެސް. ކިޔާތަ އެހެނޭ