ޚަބަރު / އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލް ބަންދުކޮށް، ކުދިން އެހެން ސްކޫލްތަކަށް ބަދަލުކުރަނީ!

އިއްޒުއްދީން ސްކޫލް: އެ ސްކޫލް ބަންދުކުރަން މިހާރު ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާތީ، އެ ތަން ބަންދުކޮށް، އެ ސްކޫލްގައި ކިޔަވާ ދަރިވަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެ ސްކޫލްގައި ކިޔަވައި ދިނުން މި އަހަރު ހުއްޓާލަން ނިންމާފައިވާކަން މިހާރު އަންނަނީ އެކި ކުލާސްތަކުގެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކޮށް އަންގަމުންނެވެ. ސްކޫލްގެ މެނޭޖުމަންޓުން އިއްޔެ ބައެއް ބެލެނިވެރިންނާ ބައްދަލުކޮށްފައިވާއިރު، ބައްދަލުވުންތަކަށް ނުދެވޭ ބެލެނިވެރިންނާ މާދަމާ ބައްދަލުކުރާނެ ކަން ވަނީ އެނގިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލްގައި ކިޔަވާ ހުރިހާ ކުދިން، އެ ސްކޫލް ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އެކި ކްލާސްތަކަށް ބަދަލުކުރާށެވެ. ނަމަވެސް، ދަރުމަވަންތަ ފިޔަވައި އެހެން ސްކޫލަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު ދޭން އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ބެލެނިވެރިންނާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު ބުނީ، އިއްޒުއްދީން ސްކޫލްގައި ކުދިން ބައިތިއްބަން ބޭނުންވާ ބެލެނިވެރިންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވި ކަމަށެވެ.

"އެންމެ ކުއްޖަކު ހުއްޓަސް އިއްޒުއްދީން ސްކޫލްގައި ކިޔަވައިދޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި. އެކަމަކު، ގިނަ ބެލެނިވެރިން މިހާރު ދަނީ އެހެން ސްކޫލްތަކަށް ކުދިން ބަދަލު ކުރުމަށް ނަން ނޯޓު ކުރަމުން،" ބެލެނިވެރިއަކު ބުންޏެވެ.

އިއްޒުއްދީން އިމާރާތުގައި ލާފައިވާ ރެނދު.

އެހެން ސްކޫލްތަކަށް ކުދިން ބަދަލުކުރަން ބޭނުންވާ ބެލެނިވެރިން ނަން ނޯޓު ކުރުމަށް ދީފައިވާ އެންމެ ފަހު ގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

ބެލެނިވެރިއަކު ބުނީ، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަން ބެލެނިވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

"ޕްރިންސިޕަލް ވެސް ހުންނެވީ ދަރުވަމަންތަ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ވަޑައިގަންނަވާ ގޮތަށް. އެހެންވީމާ އަޅުގަނޑުމެންގެ ކުދިން ވަކި އިއްޒުއްދީން ސްކޫލްގައި ބައިތިއްބަން ޖެހޭ ސަބަބެއް ވެސް ނުފެނޭ،" ބެލެނިވެރިއަކު ބުންޏެވެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގައި ކަމަށް އެސެސްމަންޓް ރިޕޯޓުން ވެސް ވަނީ ދައްކައިފަ އެވެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ބައެއްގައި ރެނދުލައިފައި ހުރުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަން ރައްކާތެރިތޯ ބަލަން އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެސެސްމަންޓެއް ހަދައިފަ އެވެ. އެއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލް ބަންދުކޮށް، އެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިއްޒުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އެސެސްމަންޓް ރިޕޯޓުން އެނގުނު ގޮތުގައި، އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ. އަދި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުންކުރެވޭނީ ބޮޑު މަރާމާތަކަށް ފަހުގަ އެވެ.

އެ ސްކޫލްގެ ޕީޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު ކުރިން "މިހާރު" އަށް ބުނީ އެއީ ވަރަށް ދުވަސްވެފައި ހުރި އިމާރާތަކަށް ވުމުން އެތަން ބޭނުންކުރަން ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ބުންޏެވެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފަހުން އެތަނުގައި މަންދު ކޮލެޖާއި އެމްއެންޔޫގެ ކެމްޕަސްއެއް ވެސް ހިންގި އެވެ. އެތަނުގައި އިއްޒުއްދީން ސްކޫލް ހިންގަން ފެށީ 2021 ވަނަ އަހަރު އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ އިމާރާތަށް އެހެން ސްކޫލެއް ބަދަލު ނުކުރާނެ ކަމަށެވެ. އަދި އެ ތަން އެހެން ބަޔަކަށް ނުދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

21 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 39%
icon angry icon angry 11%
icon wow icon wow 11%
icon inlove icon inlove 28%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިކުނޑި

14 July 2024

އަޅުގަނޑު ހިތައްއަރާ މިތަނުގައި ޕްރިންސިޕަލަކާއި ސްޓާފުންތިބެމެ އާ އަހަރަކަށް ކިޔެވުންފެށި އިރު މިވަރު ހަމަނޭނގުނީ ބާއޭ! ގައިމު ތިވަރުގެ ގެއްލުމަކީ އެއްދުވަހުން ވާނެ ގެއްލުމެއްނޫން! މިއަހަރު ސްކޫލަށް ވެއްދި ކުދިންނަށް ކިހާބޮޑު ގެއްލުމެއްތޯ! ތި ޕްރިންސިޕަލްއަށް އެހެން ސްކޫލެއް ހަވާލު ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން!

The name is already taken The name is available. Register?

ހާމިދު ޝާހިދު

13 July 2024

ކުޑަކުޑަ އެންމެ ރެނދެއް ފެނުނީ! ޕްރިންސިޕަލް އަހަރު ފެށުނުއިރު ވިދާޅުވީ ސްކޫލަކީ ކުދިން ގެންގުޅެން ވަރަށް ކަމުދާ ސްކޫލެއްކަމަށް. ތަން ކުޑަވެފައި އާބާދީ މަދުވީމައި ޑިސިޕްލީން މައްލައެއްނެތްކަމަށް. އުނގެނެންވެސް އެންމެ ކަމުދާ ސްކޫލު ކަމަށް. އެކަމަކު ހަމަ ކުއްލިއަކަށް ސްކޫލް ބަންދުކޮށްފައި ކުދިންތަކާއި ޓީޗަރުންކޮޅު ގޮވައިގެން ދަރުމަވަންތައަށް ޕްރިންސިޕަލް ބަދަލުވާ ޑީލެއް އެޑިއުކޭޝަނާއެކު ހަދާލީމާ ޑީއެސް މީހުންވެސް ތިބީ ރަތައް އަރާފައި.

The name is already taken The name is available. Register?

ރަޝީީދު

13 July 2024

އަމީނިއްޔާގެ ޕްރިންސިޕަލް ބަދަލުކޮށްދީ. މިހާރު ހުރި ޕްރިންސިޕަލް ހުންނަތާ 10 އަހަރުވެއްޖެ. ލިބުނު ކުރިއެރުމެއް ނެތް. ހަދަނީ ހިތަށްއެރިގޮތެއް. އެއްވެސް ކޮންޓްރޯލެއް ނެތް.

The name is already taken The name is available. Register?

ޝަހުދުބެ

13 July 2024

އިމާރާތް ބާވެފަ, އަދި އެބޮޑު ބިންވެސް ހުރީ ވަރަށް ބޮޑަށް ބާވެ ނިކަމެތި ވެފަ, އެހެންވެ, ގާސިމް އެކަނި އެބިން ހަވާލުވާން ކެރުނީ, އެހެން މީހަކު އަޅާވެސް ނުލި, ދެން ވިލާޝިޕިން އިން މިޖެހުނީ އެފެންނަން ހުރި ތަނބު ރެޕެޔާކޮށްގެން, 99 އަހަރު އެއްމެ, އެތަން ގެންގުޅަން, ސުޖާމެން އެތަން ރިޕެޔާ ކުރާމަތިންނޯމ......

The name is already taken The name is available. Register?

ބޮލި

13 July 2024

މިހާރުގެ ސަރުކާރުން ހަރުގެ ޖަލަސާ ބާއްވަނީ ޔާމީންއަށް އެއްޗެހި ގޮވުމާއި ރައްޔިތުންނަށް އިންޒާރު ދިނުމަށް، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ އެއްވެސް ކަމެއްގެ ވާަހަކައެއް ނުދައްކާ

The name is already taken The name is available. Register?

މޯޑް

13 July 2024

ދެން އަނޑް އިވޭނި މަހުޖަނު މީހާޔަށް ސުކޫލު ދީ ފިއްޔޭ ބުނާ އަޑް

The name is already taken The name is available. Register?

ބޮކި ހިނޑާ

13 July 2024

ޙުސް ޑީލް ހަދާ ސަރުކާރެއް. ބޭނުންވަނީ ކުރީސަރުކާރުގެ ޒިފްލީނާގެ ކޮއްކޮއަށަ ދަރުމަވަންތަދޭން. ދަރުމަވަންތަ ޕްރިންސިޕަލް އައްޑޫ ޑީޑީ މާލޭގަ އަލަށަ ހަދާ އޭލެވެލް ސްކޫލަށް. ބޭނުމަކީ އިއްޒުންދީން ތަޅާލާ އެތަނުގައި އާއޭލެވެލް ސްކޫލު އެޅުން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

12 July 2024

ނަސީބެއްނު އިބުރާބެެއަށް ތިތަން ވެއްޓުމުގެކުރިން ތިތަނުން ބޯދަމައިގަނެ ރަނގަޅު ޕެކޭޖެއް އަތުއަޅުވާލެވުނުކަން.

The name is already taken The name is available. Register?

ޖީމު

12 July 2024

ސްކޫލް ބަންދު ކުރުމުގެ މައިގަނޑު ބޭނުމަކީ ވިލާ ކޮލެޖަށް އެތަން ދިނުން.

The name is already taken The name is available. Register?

ނުވިސްނާ

12 July 2024

މި އިމާރާތް އެޅިބަޔަކު ލައްވާ އަޅުވަން ޖެހޭނީ.

The name is already taken The name is available. Register?

ވިސްނާނުލާ

13 July 2024

ބޭކާރު ވާހަކަ. ޓިއިމާރާތަކީ 1998 ހިސާބުގަ އެޅި އިމާރާތެއް. ވީމާ އެއީ 28 އަހަރު ޖުރީގެ ބާ އިމާރާތެއްް.

The name is already taken The name is available. Register?

ހާމިދު ޝާހިދު

13 July 2024

އިމާރާތް އަދިވެސް ހުރީ ހަމަ ރަނގަޅު ކޮނޑިޝަންގައި. އެޑިއުކޭޝަންގެ ވެރިން ޕޮކެޓަށް އެއްޗެއް ލާން ބޭނުންވީމަ ސްކޫލްތައް ބަންދުކޮށް ހަދާ ސަގާފަތެއް ފެންނަން އޮތީ! އަރަބިއްޔާ އިން ގައިމު ކުދިން ނެރުނުތާ މިހާރު 5 އަހަރަށް ވުރެއް އިތުރުވެއްޖެ. އެކަމަކު އަދިވެސް އެ އިމާރާތް ދަނީ ބޭނުން ކުރަމުން. ދެން އަނެއްކާ އިމާރާތެއް އަޅަންވީ! އިއްޒުއްދީނުގައި ރެނދު ލާފައި ވަނީ އެންމެ ތަނބެއްގައި. އެހެނޭ ކިޔާފައި ސްކޫލް ބަންދު ކުރާކަށެއް ނުޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454