ޚަބަރު / އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނީ ވަރަށް ބޮޑަށް މަރާމާތު ކޮށްގެން!

އިއްޒުއްދީން ސްކޫލްގެ ފާރުގައި ރެނދުލާފައި: އެ ސްކޫލް ވަރަށް ބޮޑަށް މަރާމާތު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭނެ ކަމަށް އެސެސްމަންޓުން ވަނީ ދައްކާފައި

އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށް ފަހު ކަމަށް އެސެސްމަންޓް ރިޕޯޓުން ދައްކައިފި އެވެ.

އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގައި ރެނދު ލާފައި ހުރުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަން ރައްކާތެރިތޯ ބަލަން އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެސެސްމަންޓެއް ހަދައިފަ އެވެ. އެއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލް ބަންދުކޮށް، އެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިއްޒުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ސްކޫލްގެ ޕީޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު "މިހާރު" އަށް ބުނީ އެއީ ވަރަށް ދުވަސްވެފައި ހުރި އިމާރާތަކަށް ވުމުން އެ ތަން ބޭނުންކުރަން ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަކީ އެ ބެލެނިވެރިޔާ ބުނިގޮތުގައި އިއްޒުއްދީން ސްކޫލުގެ މެނޭޖްމަންޓާ އެކު، އެއް ދަންފަޅި އަށް ކިޔަވައިދޭ އެހެން ސްކޫލަކަށް އެ ދަރިވަރުން ބަދަލު ކުރުމެވެ.

"މި އޮޕްޝަންގެ ސަބަބުން އިއްޒުއްދީންގެ ދަރިވަރުންނަށް ރަނގަޅު ވަސީލަތްތަކާއި ފުރުސަތުތައް ލިބިގެން ދާއިރު، މިހާރު ކިޔަވައިދޭ މޮޑެލްއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގައި ކިޔެވުން ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ،" މިނިސްޓަރު ބޭއްވި ބައްދަލުވުމަށް ދިޔަ ބެލެނިވެރިއަކު ބުންޏެވެ.

"ބެލެނިވެރިންނާއި ދަރިވަރުން ވެސް އެހެން ސްކޫލްތަކުން ލިބެން ހުރި ޖާގަތަކަށް ބަލައި، މާލެ ސަރަހައްދުގެ އެހެން ސްކޫލަކަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ."

މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އިއްޒުއްދީންގެ ޕީޓީއޭއިން ވަނީ އެ ކަންކަމާ މެދު މަޝްވަރާކުރަން ވަކި ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު ޕީޓީއޭއިން ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ އިއްޒުއްދީން ސްކޫލުގެ ނަމާއި އައިޑެންޓިޓީ ހިފަހައްޓަން ނުލިބުނަސް، ބޮޑު ސްކޫލެއްގައި އިއްޒުއްދީންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދިއުމަކީ ދަރިވަރުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް އެއްބަސްވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އިއްޒުއްދީންގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، އެ މިނިސްޓްރީ މި މައްސަލާގައި އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. އެކަމަކު، އެ ތަން ވަރަށް ބޮޑަށް ބާވެ، ފާރުތަކުގައި ރެނދުލާފައި ވާތީ މަރާމާތު ނުކޮށް ދިގު މުއްދަތަކަށް ބޭނުން ނުކުރެވޭނެ ކަމަށް އެސެސްމަންޓުން ދައްކާ ކަމަށް އެނގިފައި ވެ އެވެ. އިމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން އަދި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލެއް ނުކުރާނެ ކަމަށެވެ.

"އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،" އިސްމާއިލް ވިދާޅުވި އެވެ.

16 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮރު ނރ. 21

05 July 2024

ކޮންސްޓްރަކްޝަން ފެއިލިއަރ އޭ ބުނާއިރަށް ހިތަށް އަންނަނީ ކޮން ކުންފުންޏެއް؟ ހިންޓެއްވެސް ދެވޭކަށް ނެތް އެހާވެސް ނުފޫޒުގަދަ. މަމީ ނިކަމެތި ރާއްޖެތެރޭ ސޮރެއް. އިނގިލިތައް ތުރުތުރު އަޅަން ފަށައިފި. އޯކޭ ބައި..

The name is already taken The name is available. Register?

ބެލަނިވެރިބެ

05 July 2024

ވިލާ ކޮލެޖް ބޮޑުކޮށްލަން ރަނގަޅު ފުރުސަތެއް. ހީވަނީ ކުރިން ނިމިފަ އިން ޑީލެއް ހެން. އަހަރު ބަދަލުކުރުމުންވެސް މިކަމުންވެސް ކުދިންނަށް ހުރިހާ ދެރައެއް

The name is already taken The name is available. Register?

ބެލެނިވެރިއެއް

04 July 2024

އެމް. ޑީ. ޕީ އިން އަޅާ ކޮންމެ ސްކޫލް އިމާރާތަކަށް ވެސް ވަނީ ހަމަ ތިޔަހެން. މަށަށް ފެންނަނީ ދެން ވެރިކަން ދިނުމުގެ ކުރިން އިމާރާތް ހެދުމާއި ބެހޭގޮތުން އެމް. ޑީ. ޕީ އަށް ސެސަނެއް ބާއްވަން

The name is already taken The name is available. Register?

ދެރަ

05 July 2024

މޑޕ އިން އެޅި ޢިމާރާތެއް ހެދި ތަނެއް ނެތް، 2019، އެޗްޑީސީގެ އިމާރާތެއްގަ "ހުރަވީ ސްކޫލް" ބޯޑު ޖެހުން (ސްކޫލް ކޮންސެޕްޓާ ބީރައްޓެހި ކްލެޖް ހިންގާ ކަހަލަ ޢިމާރާތެއް) 2020، އެމްއީއެސް ހިންގި 30 އަހަރު ވެފަ ހުރި ޢިމާރާތެއްގަ "ޢިއްޒުއްދީން ސްކޫލް" ގެ ބޯޑު ޖެހުން

The name is already taken The name is available. Register?

އެރޯޅި

04 July 2024

ވިލާ ކޮލެޖުގެ ޚަރަދުގައި ބޮޑު މަރާމާތުކުރާގޮތަށް އެ ކޮލެޖަށް ދިނުމުން ރަގަޅުވާނެއެވެ. ގާސިމްގެ އަނގަބަންދުނުކޮށް ސަރުކާރު ދަމަހައްޓަން އުދަގޫވާނެ.

The name is already taken The name is available. Register?

މަހުވެއި

04 July 2024

ކައިރީގައި ބޮޑު އިމާރާތެއް ހެދުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނެ. އެދިމާ ބޭރުމަގުވެސް ތާރުގަނޑާއެކު ހަލާކުވެ ވަޅުގަނޑެއް ހެދިފައޮތްތަން ރައްޔިތުން ދެކޭނެ.

The name is already taken The name is available. Register?

ދެރަ

04 July 2024

ކައިރީގަ ރީތި ބޮޑު ސްކޫލެއް ދަރުމަވަންތަ ސްކޫލަށް ބަދަލުވެލަންވީ، ރާއްޖޭގަ މުޅިން މިހެން، ހުރަވީ ސްކޫލްވެސް ހިއެއްނުވެ ސްކޫލެއް ހެނެއް

The name is already taken The name is available. Register?

ދޮހޮއްތު

04 July 2024

މިރާއްޖޭގައި ހަދަންވީ ދަގަނޑު ބެރިން ޕްރީފެބްކޮއް .. ޓްރީޓޮޕްވެސް އެހެރީ ..

The name is already taken The name is available. Register?

ކޮރަލް

04 July 2024

ތިޔަ މައްސަލައިގަ ބަޔަކު ޒިންމާ ވާން ޖެހެ އެވެ. ނޫނީ ޒިންމާ ދާޜު ކުރުވަން ޖެހެ އެވެ. ވ އާ އިމާރާތެކެވެ.

The name is already taken The name is available. Register?

ބަކުރުބެ 1234

04 July 2024

ބައްލަވާ! އިސްކަންދަރު ސްކޫލް ރައްކާތެރި ނޫންކަމަށް ތިކަހަލަ 1000 އެސެސްމެންޓްގަ ބުނެފައިވޭ. މިނިސްްޓަރ ދަރިފުޅު އިސްކަންދަރު ގައި ނުކިޔަވާތީވެ އަޅާވެސް ނުލާ. ތިހެން ނުހައްދަވާ!

The name is already taken The name is available. Register?

ަސދފ

04 July 2024

ބޮޑުހަރަދުގަނޑެއްކޮށްފަ ލާރިިގަނޑެއް ނަގާ.،.ދެންބުނޭ ކުރީސަރުކާރޭ

The name is already taken The name is available. Register?

ދީމުގުރާތުސް

04 July 2024

ކުރީ ސަރުކާރުތައް. ޕްލޫރަލް. މެއިންޓަނެންސް ނުކޮށް، ފަރުވާކުޑަކުރުމުގެ ނަތީޖާއަކީ ފިއުޗާ ޖެނެރޭޝަންއެއް އެކަމުގެ ލޮޓިނަގަންޖެހުން. ފެނަކަ އިންޖީނަށްވެސްވަނީ ހަމަމިހެން..

The name is already taken The name is available. Register?

ކަޅު ހުއްތު

04 July 2024

ބުނާނެތާ ބަލައިލި ކޮންމެ ދިމާލަކުން ކަންކޮއްފަ އޮތީއެހެން.

The name is already taken The name is available. Register?

ކުރުސީމީހާ

04 July 2024

”ބޮޑު“ މަރާމާތެއް ކުރެވޭނެ ވަރެއް ދައުލަތުކުނެތް. އެހެންވީމާ ގާސިމު އިބްރާހީމް މަރާމާތުކުރުމަށް ހަރަދު ކުރާގޮތަށް ވިލާ ކޮލެޖްގެ ބައެއްގޮތުގައި ތިޔަތަން ހަދާދީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454