ޚަބަރު / އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލު އިމާރާތުގައި ރެނދެއް، ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހަދަނީ

އިއްޒުއްދީން ސްކޫލުގެ އިމާރާތުގެ ބައެއްގެ ތަނބެއްގައި ލާފައިވާ ރެނދު.

އިއްޒުއްދީން ސްކޫލު އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހަދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ ރެނދު ލާފައި ވަނީ އެ ސްކޫލުގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގަ އެވެ.

އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ސްކޫލްގެ މެނޭޖުމަންޓުން މިއަދު ހަވީރު އިއްޒުއްދީން ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ އެ ސްކޫލުގެ ސްޓްރަކްޗަރުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ.

އެހެންވެ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ސާވޭއެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ދެން އަމަލު ކުރަން ޖެހޭ ގޮތެއް އެނގޭނީ އެސެސްމަންޓަށް ފަހު ރިޕޯޓު ލިބުމުން ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.

"ސްކޫލު މަރާމާތު ކުރެވޭތޯ، ނޫންތޯ އެނގޭނީ އެސެސްމެންޓަށް ފަހު،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް."

މީގެ ތިރީހަކަށް ކުރިން އޭރުގެ އެމްއީއެސް އަށް ހާއްސަކުރި އިމާރާތުގައި ރެނދެއް ލައި، އެކަން ސަމާލުކަމަށް އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ މެނޭޖުމަންޓުން ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް މިނިސްޓްރީގެ ޓީމުން ބުނި ކަމަށެވެ.

"ޕްރިންސިޕަލް ވިދާޅުވީ، އެ ރެނދު ހުރިކަން އޭނާ އަށް ފާހަގަވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓަރު ވެސް ވަޑައިގެން އެ ތަން ބެއްލެވި ކަމަށް ޕްރިންސިޕަލް ވިދާޅުވި،" އެ ބެލެނިވެރިޔާ ބުންޏެވެ.

އިއްޒުއްދީން ސްކޫލް: އެ އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ ރައްކާތެރިކަން މިހާރު އަންނަނީ ކަށަވަރު ކުރަމުން.

ޕްރިންސިޕަލާ ހަވާލާދީ، ބެލެނިވެރިން ބުނީ ރެނދު ހުރި ކަން ފާހަގަ ވެގެން ދެ ޓީމެއް ގެންގޮސްގެން ބެލި ކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫން ކަމަށް އެ ޓީމުތަކުން ބުނި ކަމަށެވެ.

އެކަމަކު، މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެފަދަ މައްސަލައެއް ފާހަގަވުމެވެ.

"ކުރިން ވެސް ރެނދެއް ލާފައި ހުރި ކަމަށް ބައެއް ބެލެނިވެރިން ބުނޭ. ފަހުން އެ ރެނދު ބޮޑުވީ ކަމަށް ވަނީ. މި އަށް ވުރެ ކުރިން މިކަން އެނގެން ވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ. އިމާރާތުގެ ފެންވަރު ގޯސްކަން އެނގޭނީ ކުއްލިއަކަށް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުގެ މެނޭޖުމަންޓުން ނިންމާފައި ވަނީ މި މައްސަލާގައި އިއްޒުއްދީނުގެ ބެލެނިވެރިންނާ އެކު ސިލްސިލާ ބައްދަލުވުންތައް ބާއްވާށެވެ. މިއަދު ބޭއްވީ އޭގެ ފުރަތަމަ ބައްދަލުވުމެވެ.

"އެޑިއުކޭޝަނުން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، ސްކޫލުގެ ކިޔެވުން އެހެން ތަނަކަށް ބަދަލު ކުރާ ނަމަ ކުރާނީ މިހާރުގެ ވެސް މެނޭޖުމަންޓާ އެކު ކަމަށް. އޭރުން ވެސް ކިޔަވައިދޭނީ މިހާރެކޭ އެއްގޮތަށް އެއްދަންފަޅި އަށް ކަމަށް އޭނާ ވިދާޅުވި،"" ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބެލެނިވެރިން ގާތު ބުނީ، އިމާރާތުގެ އެސެސްމަންޓް ރިޕޯޓު ލިބޭނީ ކުރިއަށް އޮތް ބޮޑު އީދަށް ފަހު ކަމަށެވެ.

އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެ ސްކޫލްގައި މި އަހަރު ގްރޭޑް 10 އަށް ކިިޔަައިދޭން ފަށާފައިވާއިރު ކުދިންގެ އަދަދު 600 އަށް ވުރެ މައްޗެވެ.

26 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 90%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

10 June 2024

އެއީ ރެނދެއް ނޫން. އެއީ ބޮޑުސިންގާ، ހާއަޅާ، ބާގަނޑެއް.

The name is already taken The name is available. Register?

ސަފިއްޔާ މޫސާ

08 June 2024

މާލޭގެ މަގުތަކުގައި ދުއްވާ ހެވީ ވިހިކަލްސް ތަކުގެ ސަބަބުން ބިންގަނޑަށް އަންނަ ލޮޅުމުން ކިތައް އިމާރާތުގެ ސްޓްރަކްޗާއަށް އޭގެ އަސަރު ކޮށްފަ ހުންނާނެތޯ؟ މިހެން މި ދެންނެވީ އެކަހަލަ ކަމެއް ތަޖުރިބާ ކުރަން ޖެހުނު މީހެއްގެ ހައިސިއްޔަތުން.

The name is already taken The name is available. Register?

އަރަބިއްޔާ ޕްރިންސިޕަލް

08 June 2024

އަރަބިއްޔާ ރެނދުފިލުވަން އުޅުނު ބެލެނިވެރިން އުޅޭނެހެން ހީވަނީ މި ސްކޫލްގަވެސް. ކޮންމެވެސް އެހެން ބިމެއް 25 ބުރިއަށް ހަދާފަ ދޭން ގޮވަންފަށާ.

The name is already taken The name is available. Register?

މިދެން

09 June 2024

މިކަހަލަ ގޮތެއްނެތް އިންސާނުން ވެސް އުޅޭ

The name is already taken The name is available. Register?

އިއްބެ

08 June 2024

އެއްޗިހިތަކެއްނުހެދިޔަސް ރައްކާތެރިނޫންކަންއެނގޭ

The name is already taken The name is available. Register?

އެސް.އީ.އެސް.ރާއްޖެ

08 June 2024

މުހިންމު ސުވާލަކީ ރާއްޖޭގަ އަޅާ އިމާރާތްތަކުގެ އުމުރަކީ 30، 40 ނޫނީ 50 އަހަރުހޭ. މިފަހުން އެތަކެއް ބިލިޔަން ރުފިޔާގެ އިމާރާތް މިގައުމުގަ ކުރެވިފައިވާއިރު އެތަންތަނުގެ އުމުރަކީ އެންމެ 30ހަކައް އަހަރު ނަމަ އެވާނީ ރައްޔިތުންނައް ކައިރި މުސްތަގުބަލުގަ ލައިގަންނާނެ އެންމެބޮޑުމުސީބާތައް. 2026ގަ ދައްކަންޖެހޭ ބޮޑުދަރަންޏައްވުރެ ގެއްލުން ބޮޑުވާނެ، އެކަމަކު 30 އަހަރު ކުރިއައް މިގައުމުގަ ވިސްނާނީ ކާކުބާ؟ މިއުޅެނީ ހައެއްކަ އަހަރު ކުރިއައްވެސް ...

The name is already taken The name is available. Register?

ތެދު

07 June 2024

މަޖީދިއްޔާ ސުކޫލުގައިވާ ދާރުލްޢުލޫމް ހޯލްގެ މިސްކިތުގެ ދަށުގައިވާ ބީމްގެ ދެ ފަޅީގައި ބޮޑު 2 ރެނދުވޭކިޔަވާ 2 އިމާރާތް ދޭތެރޭގައި ހުރި ޖާގަ ބޮޑުވަމުނެ ދަނީ (އިމާރާތް އަރި އަޅާލަނީ) މިއީ ހައްތަހާވެސް ދަރިވަރުން ތިބޭ ތަންތަން.

The name is already taken The name is available. Register?

ފެންބޯސް

07 June 2024

ހާދަ ދެރަ ފެންވަރެއްގަޔޭ ސަރުކާރުގެ އިމާރާތްތައް މި ހަދަނީ އެކަމަކު. ކޮން ހާ ބޮޑު ކޮރަޕްޝަން ތަކެއް މިހުރީ. ކާމު މިކަންކަން ބަލަނީ؟ ކޮބާތަ އޭސީސީ އޮޑިޓަރ ޖެނެރަލް؟

The name is already taken The name is available. Register?

އަލީ!!

06 June 2024

މާލޭގެ އިމާރާތްތަކުގައި ވަރަށް ރެނދުގިނަ.

The name is already taken The name is available. Register?

ރެނދު11

06 June 2024

މުޅި ގައުމު ދަވާލައިގެން މާލެއަށް އަޅައަޅާ ތަންތާނގަ ރެނދުލާ ގަނބައިނުގަންނަ ވަރެއް ނޫނޭ. އަދިވެސް މާލެއަށް ޚަޒާނާ އަޅާވަރަށް އަޅަނީ.

The name is already taken The name is available. Register?

ބަކުރުބެ 1234

06 June 2024

ތިކަހަލަ 1000 ރެނދު އިސްކަންދަރު ސްކޫލްގައި އެބަހުރި އެކި ދިމަދިމާލުގައި. ބަލާނެ މީހަކު ދެކޭނެ މީހަކު ނެތް. ބެލެނިވެރިން ވެސް އެވާހަކަ ނުދައްކާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454