ވި ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޑީއެފް
22 މެއި 2023 - 13:18
ސިފައިންގެ އަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު، ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު އިއްޔެ ރިޓަޔާކުރައްވައިފި އެވެ.
އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސެކްރެޓަރީގެ މަގާމުގަ އެވެ.
ހިދުމަތުން ރިޓަޔާ ކުރެއްވުމަށްޓަކައި އެމްއެންޑީއެފުން ރޭ ވަނީ މަތީންގެ ޝަރަފުގައި ބަންޑާރަކޮށީގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވާ ސިޓީފުޅާއި މެޑަލް ބޯޑު މަތީނާ ހަވާލުކުރެއްވި އެވެ. އެ ސިޓީފުޅާއި މެޑަލް ބޯޑު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ވި ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އޭނާއަށް މެޑަލް ބޯޑު ހަވާލުކުރައްވަނީ.-- ފޮޓޯ: އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީފުޅާއި ފޮޓޯ ބޯޑު އަދި ރިޓަޔަމަންޓްގެ ރަމްޒީ ކާޑެއް ވެސް ރޭގެ ރަސްމިއްޔާތުގައި މަތީންއާ ހަވާލުކުރި އެވެ.
އެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސްވެރިންނާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓުތަކުގެ ކޮމާންޑަރުންނާއި މަތީންގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަތީން ސިފައިންގޭގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖުލައި 1، 1987 ގަ އެވެ. އޭގެ ފަހުން މިދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ސިފައިންގޭގެ އެކި މަގާމުތައް އޭނާ އަދާކުރެއްވި އެވެ. އޭނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ، ޑިފެންސް މިނިސްޓްރީގެ އިދާރީ އަދި ހިންގުމުގެ ދާއިރާގަ އެވެ.
ސިފައިންގޭގައި މަތީން އަދާކުރައްވާފައިވާ ބައެއް މަތީ މަގާމުތަކުގެ ތެރޭގައި ހިމެނެނީ؛
• މާފުށީ ޖަލުގެ ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރު
• އޯޑިނެންސް ސާވިސްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު.
• ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ.
• ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސާވިސްގެ ކޮމާންޑިން އޮފިސަރުގެ އެހީތެރިޔާ.
• ރީޖަނަލް ހެޑްކުއާޓާސް، ލ. ކައްދޫގެ ބޭސް ކޮމާންޑަރު.
• ޑިފެންސް މިނިސްޓްރީގެ ޕްރޮޓޮކޯލް އޮފިސަރު.
• ޑިފެންސް މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރު.
• ރާއްޖެ އިން އިންޑިއާ އަށް ކަނޑައެޅި ޑިފެންސް އެޑްވައިޒަރުކަން.
ބްރިގޭޑިއާ ޖެނެރަލް އަބްދުލް މަތީން އަހުމަދު ރިޓަޔާކުރެއްވުމާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ އިސްވެރިންނާއި މަތީންގެ އާއިލީ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ބޯޑުތަކާއި ކޮމެޓީތަކުގައި ވެސް މަތީން އަގުހުރި ވަރަށް ގިނަ މަސައްކަތްތައް ކޮށްދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މަތީން ސިފައިންގެ އަށް ކޮށްދެއްވާފައިވާ ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތު ކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑައްޔާއި 12 ކުލަ ލިބިވަޑައިގެންފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިންކު އެސް
22 May 2023
ވަރަށް މަޑުމައިތިރި އަބުއި ބޭފުޅެއް .. ޔެސްމޭމް ދުލުކުރީގަ އަބަދުވެސް … ޔުނީފޯމް ބޭލުމައްފަހު ހަޔާތުގެ އާސަފްހާއަކައް މަރްހަބާ
ޕޫރުބެ
22 May 2023
ބައެއް މީހުންނަށް ރާސްޓަސް ލާފަ އަރައިގެން ދެވޭ ސަބަބުތަކެއް ހުރޭ، ލިބޭ ހުރިހާ ކޯސްތަކެއް ހެދުމުގެ ފުރުސަތާއި ރަނގަޅު ޕޮއިންޓްތަކުގަ މަސައްކަތް ކުރަން ލިބުމާއި ގާތް މީހުން ވެރިންގެ ގޮތުގައި ތިބުމުގެ ނަސީބު.
ބުއްޓި
22 May 2023
މަތީނުގޮތައް މަސައްކަތް ކުރެވޭނެ ސަބްސްޓިޓިއުޓެއް ނެތް ފަޓާސްބަރިއެއްހެން އަތައް ގޮވާނެ
ދޮހޮއްތު
22 May 2023
މަންސޫރުގޮތައް އެތައް ވަޒީފާއެއް ނުދިނިއްޔާ ރަނގަޅު ….
އެލާންގޯ
22 May 2023
35 އަހަރު ޚހިދުމަތް ކުރެވޭނީ ވަރަށް ކެތްތެރިވެގެން މިހާރު މިވަންނަ ސޮރުން އެއުޅެނީ 5 އަހަރު ހިފަހައްޓާ ނުލެވިގެން އަނެއްކާ ވައްދާއިރު ކުޅަނދު މަދީކީ ވަކިވަރަކަށްނޫން ބައެއް ކުދިންގެ ހިއްސު އުޅެނީ ސޯޝަލް މީޑިޔާ ޕަބްޖީ ފަދަ ގޭމް ތަކުގައި
އަލް ވަކްތާނީ
22 May 2023
އިހަށް ދުވަހުވެސް ވައްދައިފި އަންހެން މަންޖެއް. އެމަންޖެގެ ފޯމު އޮތީ ވަށިގަނޑުގަ ޝަރުތު ހަމަނުވެގެން. އިރުކޮޅަކުން އައީ މަތިން ފޯނު ކޯލެއް. އަނހަ އެއޮތީ އެއްމެ މަތިން ފާސްވެ ވަދެވިފަ. މަންޖެ ޓްރެއިނިން ނިންމާލީ މެޑިކަލް ބޯޑު ކަރުގަ އަޅުވައިގެން. މިނިޓެކުން ދެ ރެޑްބުލް ދަޅާ މަލްބަރޯ ހާޑު ފޮއްޓެއް ހުސްކުރޭ.
މަހުމާ އަދި މަރު ދުވަހަށް ރައްޔިތުންގެ ފައިސާ
22 May 2023
35 އަހަރު ހިދުމަތްކޮށްފަ، މާރިޔާގެ ސެކްރެޓަރީއަކަށޭ. ސުއްބޫހުން ބުރިގާޑިޔާ. މިހާރު އޯލެވެލް ހަދާ ކުދިން ވެސް ތިކަން ކުރާނެ. ރައްޔިތުންގެ ފައިސާ ނަގައިެގން ބޮޑު ޔުނިފޯމެއް ލާންޖެހޭ ސަބަބެއް އެބަ އޮތް؟
މިމީހާ
22 May 2023
އެމެރިކާގައި މިނިސްޓަރުންނަށް ވެސް ކިޔަނީ ސެކެރެޓަރީ. މިސާލަކަށް ސެކްރެޓަރީ އޮފް ސްޓޭޓް، ސެކްރެޓަރީ އޮފް ހެލްތް. ދެން ކަލޭ ބުނޭ އެކަން ވެސް އޯލެވެލް ނިންމާ ކުއްޖާއަށް ކުރެވޭނެއޭ. ތިމާއަށް ވާނުވާ ނޭނގުމަކީ ތިމާގެ އަމިއްލަ މައްސަލައެއް. ދުނިޔެއަށް ލޯހުޅުވައިގެން އުޅުނިއްޔާ ދުނިޔޭގަ ކަންތައް ހުންނަގޮތް އިނގޭނީ ދޯ.
އަބްޑޫޅް
22 May 2023
ހަގީގަތުގަ "މިނިޝްޓަރު"ން ތިބެނީ ކޮލޮނީ ކަހަލަ، ފެންވަރު ދަށް ރަށްރަށުގް. އިސް ފަންތީގެ ރަށްރަށުގެ ތިބެނީ ސެކެއްޓެރީންނާއި ޗާންސެލްރުން. މިސާލަކަށް އިގިރޭސިވިލާތު ގެ ދާހިލީ ވަޒީރަކީ ހ.މ. ޕުރިންސިޕަލް ސެކެއްޓެރި އޮފް ސްޓޭޓް ފޯ ދަ ހޯމް އޮފީސް. މާލީ ވަޒީރަކީ ހ.މ. ޗާންސެލާ އޮފު ދި އެކްސްޗެކާ. ރާއްޖޭގަ މިކަހަލަ މޮޅެތި މަގާމެއް ނުހުރޭ.