އޯޑިއޯ ނިއުސް އަކީ އެ ލިޔުމެއް އެއްކޮށް ކިޔައިދޭ ފީޗާއެއް. ކޮންމެ އާޓިކަލްއެއްގެ މަތީގައި އޯޑިއޯ އަޑުއެހޭ ފީޗާ އިންނާނެ.
އޯޑިއޯ ނިއުސް ޑިވެލޮޕްކުރި "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް އާއި "މިހާރު"ގެ ސީއޯއޯ ހަސަން މާހިރު މިއަދު އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: މިހާރު
24 މެއި 2023 - 14:57
"މިހާރު" ނޫހުގައި ޝާއިއުކުރާ ލިޔުންތަކުގެ އޯޑިއޯ އަޑުއަހާލެވޭ ގޮތް ހަދައި "އޯޑިއޯ ނިއުސް" މިއަދު ތައާރަފްކޮށްފި އެވެ.
މިއަދު ފާހަގަކުރާ "މިހާރު"ގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރި އޯޑިއޯ ނިއުސް އަކީ އެ ލިޔުމެއް އެއްކޮށް ކިޔައިދޭ ފީޗާއެކެވެ. ކޮންމެ އާޓިކަލްއެއްގެ މަތީގައި އޯޑިއޯ އަޑުއެހޭގޮތަށް ފީޗާ އިންނައިރު ކޮންމެ އާޓިކަލްއެއް ޕަބްލިޝްކުރާތާ އިރުކޮޅެއްގެ ތެރޭ އޯޑިއޯ ލިބޭނެ އެވެ.
"މިހާރު" ގެ ސީއޯއޯ ހަސަން މާހިރު ވިދާޅުވީ ރާއްޖޭގެ މެއިންސްޓްރީމް ނޫހަކުން ފުރަތަމަ ފަހަރަށް ތައާރަފްކުރާ މި ފީޗާ އަކީ ޓެކްނޮލޮޖީއާ އެކު ކިޔުންތެރިންނަށް އިތުރު ފަސޭހަތައް ގެނެސްދިނުމުގެ ފެށުމެއް ކަމަށެވެ.
"މިއީ ކިޔުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ. ކިޔުންތެރިންނަށް ފަސޭހަވުމުގެ އިތުރުން ލޮލަށް ފެނުމުގައި ދަތިކަން ހުންނަ މީހުންނާއި ކިޔަން އުނދަގޫ މީހުންނަށް ވެސް މިއީ ވަރަށް ބޮޑު އެހީއަކަށް ވާނެ،" ހަސަން ވިދާޅުވި އެވެ.
އޯޑިއޯ ނިއުސް ޑިވެލޮޕްކުރި "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް އާއި "މިހާރު"ގެ ސީއޯއޯ ހަސަން މާހިރު (ކ) އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: މިހާރު
އޭނާ ވިދާޅުވީ އޯޑިއޯ ނިއުސް ވެސް ކިޔުންތެރިންގެ ޚިޔާލާ އެކު އިތުރަށް ތަރައްގީކޮށް، ކުރިއަށް އޮތްތަނުގައި ތަފާތު ގޮތަކަށް ފެންނާނެ ކަމަށެވެ.
"މިހާރު" އަށް އެކްސްކުލޫސިވްކޮށް މި ފީޗާ ޑިވެލޮޕްކޮށްދިން "ޖަވާބު" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވިދާޅުވީ މިއީ ރާއްޖޭގައި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ވައްޓަފާޅިއަށް އައި ބޮޑު ބަދަލެއް ކަމަށެވެ.
"ބުރަކޮށް އުޅެމުން ވެސް މިހާރު އަޑުއަހައިލެވޭނެ ގޮތް މި ހަމަޖެހުނީ. އަދިވެސް އިތުރު ފަސޭހަތައް ހޯދައިދޭން މަސައްކަތްކުރަމުން ގެންދާނަން. ރާއްޖޭގެ އެންމެ ބޮޑު ނޫހުގައި މިކަން ފެށުމުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" ޖައިލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އަދިވެސް ތަރައްގީވަމުން އަންނަ ފީޗާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަދިވެސް ތަފާތުތައް ފެންނާނެ ކަމަށެވެ.
ޖައިލަމް ވިދާޅުވީ "މިހާރު" ގެ ވެބްސައިޓްގައި ލިޔުންތައް ޝާއިއުކުރާތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޯޑިއޯ ކިޔާލަން ލިބޭނެ ކަމަށެވެ. އަދި މިހާރު ވެސް އަންނަނީ މި ފީޗާ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި ލަސްތަކެއް ނުވެ އިތުރު ބަދަލުތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިވުނުކިތާބު
25 May 2023
އަޑު އެއީ އަސްލު މީހެއްގެ އަޑެއްތަ؟ ދިވެހި ބަހުގަ ވާހަކަ ދައްކާ އުޅޭ ގޮތެއް ނުހުރޭ ވާހަކަ ދެއްކުމުގަ. ލިއެފަ އޮތް އެއްޗެއް ޕްރޮގްރާމަކަށް ފީޑްކޮށްދިނީމަ ކިޔާ ކަހަލަ ގޮތަކަށް ކިޔަނީ. އަސްލު މީހަކު ކިޔާނަމަ ވާހަކަ ދައްކާ އުޅޭ ބަހަކީ އެގޮތަށް ކިޔާ އެއްޗެއް ނޫން. ދިވެހި ބަސް ކުރިއަރުވަން އެއްވެސް ވަރަކަށް ބޭނުންވާނަމަ ވާހަކަ ދައްކާ އުޅޭ ގޮތުގެ ދިވެހިބަސް ދަސްކުރަންޖެހޭ އެކަން އެނގޭވަރުގެ މީހުންގެ ފަރާތުން. އެހެންނޫނީ ދިވެހިބަސް ހަލާކުވެގެންދާނީ.
ަސދފ
25 May 2023
ތިބުނީ މިހާރު މިހާރު އަޑުއެހޭނެއޭ؟
ދުމްމ
24 May 2023
ވަރަށް ބަރާބަރު. ދެން ކުރަންވީ ކަމަކީ މިހާރު ނޫހުގަ މިއިންނަ ލޯގޯ ހަވީރު ލޯގޯއަށް ބަދަލުލުރުން..
ބޮޑުއިއްސެ
24 May 2023
ވަރަށް ބެސްޓް ހަމަ!
ޙހެބި
24 May 2023
ރޭޑިއޯ ތަ
ކްރިޓިކް
24 May 2023
ސްޕީޑް އަވަސްކުރެވޭ ގޮތްވުމުން އަދި ފުރިހަމަވާނެ.
ސޫފި
24 May 2023
ޝާރުކްހާންގެ އަޑު ސިލެކްޓު ކުރެވޭތަ؟
ދާލު
24 May 2023
ސްޕީޑް އަވަސްކުރެވޭގޮތް ހެދީމަ އެއްޗަކަށް ވާނީ. މިހާރުވެސް ވަރަށް ހަބޭސް އަސްލު، ހިސާބު އަދަދުތައް އަދި ނުކިޔާ، ބައެއް އަކުރުތައް
ސްޕީޑް
24 May 2023
ސްޕީޑް އަވަސްކޮށްލެވޭނެ ފީޗާރއެއް ލައިދީބަލަ.
މަސޮރު
24 May 2023
މި ފީޗަރ ވ ފުރިހަމަ. މިވަގުތަށް ފާހަގަ ކުރެވުނު ކަމެއް ދަންނަވާލާނަން، ކިޔަމުންދާއިރު އާޓިކަލްގައި ހުންނަ ހިސާބު އަދަދުތަށް ސްކިޕްވާކަން ފާހަގަ ކުރެވުނު. މިސާލަކަށް ފެބްރުއަރީ 24، 2022 އިންނައިރު، 24 ސްކިޕް ކޮށްލާކަން ފާހަގަ ކޮށްލަން...