ކުޅިވަރު / ވޮލީބޯޅަ

ލަންކާ އަތުން ވެސް ރާއްޖެ އަށް ބޮޑު ބައްޔެއް! ގުރޫޕް ސްޓޭޖުން މޮޅެއް ނުލިބުނު

ރާއްޖެ އާއި ލަންކާ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ހަމްރޯ ކޭލްކޫދު

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށް ގެންދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެނުންގެ ވޮލީބޯޅަ ޗެލެންޖް ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުން ވެސް ބަލިވެއްޖެ އެވެ.

ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މި މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ލަންކާ އިން މެޗުގެ ސެޓްތައް ގެންދިޔައީ 25-18، 25-13 އަދި 26-24 އިންނެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން، ކަޒަކިސްތާނާއި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެ، ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ.

ލަންކާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު ފަށަން ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް ދެ ބަދަލެއް ގެނަ އެވެ. ފާތިމަތު ޝަމްހާ ސްޓާޓް ކުރިއިރު ލިބަރޯ އަކީ މައިހާ އަލީ އެވެ. ފުރަތަމަ ހައެއްގައި ދެން ހިމެނުނީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އާއި އާމިނަތު ރިޔާސާ އާއި ފާތިމަތު ޖޫޒާން ޒަރީރު އަދި އާމިނަތު ޝަހާ ޝާމިން އެވެ.

ދިގު ރެލީއަކަށް ފަހު މެޗުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖެއިންނެވެ. އެކަމަކު ލަންކާ އިން ކުރިއަށް ދިޔައީ ފަސް ޕޮއިންޓަށް ލީޑު ފުޅާ ކޮށްގެންނެވެ. ނަމަވެސް ރާއްޖޭން ހިތްވަރު ކޮށްގެން 14-14 އިން އެއްވަރު ކުރި އެވެ. އެ ވަގުތުކޮޅު ތެރޭގައި ނަރީމާ އާއި ހައްވަގެ ރަނގަޅު އެޓޭކްތަކެއް ފެނުނު އިރު، ހައްވަ ވަނީ ރިޔާސާއާ އެކު ލަންކާގެ ހަމަލާތައް ބްލޮކް ކުރުމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭން ނަތީޖާ އެއްވަރު ކުރި ފަހުން ލަންކާ އިން ކުޅުން ރަނގަޅުކޮށް، ރާއްޖެ އަށް ލީޑު ނެގުމުގެ ފުރުސަތު ނުދީ، 25-18 އިން ސެޓް ކާމިޔާބު ކުރި އެވެ.

ދެވަނަ ސެޓުގައި ރާއްޖޭން ކުޅުނީ ލިބަރޯ ފައިހާ މުހައްމަދު ހިމަނައިގެންނެވެ. ފުރަތަމަ ޕޮއިންޓް ގެއްލުނު ނަމަވެސް ހައްވަގެ އެޓޭކަކުން ރާއްޖޭން އެއްވަރު ކުރި އެވެ. އެކަމަކު، ލީޑް ނެގޭ ގޮތް ނުވެ، ލަންކާ އިން ހަ ޕޮއިންޓަށް ލީޑު ފުޅާ ކުރި އެވެ. ލަންކާއިން ހަ ޕޮއިންޓުގެ ލީޑެއް ނެގުމުން ރާއްޖޭން ޓައިމް އައުޓެއް ނެގި އެވެ. ރާއްޖެ އަށް ޓައިމްއައުޓްގެ ވެސް ބޭނުން ނުކުރެވި، ލަންކާ އިން ވަނީ އެ ސެޓް ފަސޭހަ ކަމާއެކު 25-13 އިން ކާމިޔާބު ކޮށްފަ އެވެ.

ތިންވަނަ ސެޓުގައި ރާއްޖޭން ލަންކާއާ ރަނގަޅު ވާދައެއް ކުރި އެވެ. ރާއްޖެއަށް ޕޮއިންޓެއް ނުދީ ލަންކާއިން ފުރަތަމަ ތިން ޕޮއިންޓް ހޯދައިގެން ސެޓުގައި ކުރިއަށް ދިޔައީ ވެސް ގިނަ ވަގުތު ތިން ޕޮއިންތުގެ ލީޑެއްގައި އޮވެ އެވެ. ނަމަވެސް ރާއްޖޭން ކުޅުން ރަނގަޅުކޮށް 9-9 އިން އެއްވަރު ކުރި އެވެ. އޭގެ ފަހުން ލަންކާގެ ބްލޮކް މަތިން ހައްވަ ވައްޓާލި ބޯޅައެއް އެޓީމު ކުޅުންތެރިންނަށް ރިސީވް ނުކުރެވި މި ސެޓްގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނެވެ.

ޕޮއިންޓެއްގެ ލީޑެއް ނެގި ނަމަވެސް ދެ ޓީމު ވެސް ފެނުނީ ވަރަށް އެއްވަރު ކޮށެވެ. މި ސެޓުގައި 16-16 އިން އެއްވަރު ވެފައި ވަނިކޮށް ރާއްޖެއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ ލަންކާގެ ހަމަލާއެއް ބޭރަށް ދިޔުމުންނެވެ. އޭގެ ފަހުން ޝަހާ ގެ ހަމަލާއެއް ލަންކާ ކުޅުންތެރިންނަށް ބްލޮކް ނުކުރެވިގެން ރާއްޖެއިން ދެ ޕޮއިންޓަށް ލީޑު ފުޅާ ކުރި އެވެ. ރާއްޖެއަށް ލީޑު ހިފަހައްޓާ ނުލެވުނަސް، އެންމެ ފަހުވަގުތާ ހަމައަށް ވެސް މި ސެޓުގައި ރާއްޖެއިން ހިތްވަރު ކުރި އެވެ. ޕޮއިންޓު 22-22 އިން އެއްވަރު ވެފައި ވަނިކޮށް ރާއްޖެއިން އަނެއްކާ ވެސް ޕޮއިންޓެއްގެ ލީޑެއް ނެގި އެވެ.

މިއާ އެކު ލަންކާ އިން ނެގި ޓައިމްއައުޓަށް ފަހު ވެސް ރާއްޖެއިން އިތުރު ޕޮއިންތެއް ހޯދައި ސެޓް ހޯދުމާ އެއް ޕޮއިންޓާ ގާތަށް ޖެހިލި އެވެ. ލަންކާގެ ރަނގަޅު އެޓޭކަކާއި ރަނގަޅު ބްލޮކަކުން އެޓިމުން 24-24 އިން ނަތީޖާ އެއްވަރު ކުރި އެވެ. އޭގެ ފަހުން ލަންކާގެ ސާވިސް އެއް ރާއްޖެއަށް ރިސީވް ނުކުރެވިގެންނާއި ރާއްޖޭގެ އެޓޭކެއް ބޭރަށް ގޮސްގެން ލަންކާއިން މި ސެޓް ގެންދިޔައީ 26-24 އިންނެވެ.

މިއާ އެކު ރާއްޖެއަށް ލިބުނީ ގުރޫޕް ބީގެ ހަތަރުވަނަ އެވެ. ގުރޫޕްގެ އެއްވަނަ ހޯދީ މިއަދު 3-1 ސެޓުން އުޒްބަކިސްތާނު ބަލިކުރި ކަޒަކިސްތާނެވެ. އުޒްބަކިސްތާނުން މެޗުގެ ފުރަތަމަ ސެޓު 26-24 އިން ގެއްގޮސްފައި ވަނިކޮށް ކަޒަކިސްތާނުން ވަނީ ޖެހިގެން އައި ތިން ސެޓު 25-16، 25-11 އަދި 25-18 އިން ކާމިޔާބު ކޮށްފަ އެވެ.

ޖުމުލަ 8 ޓީމު ވާދަކުރާ މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރި އިންޑިއާ އެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ދެވަނަ ހޯދީ ނޭޕާލެވެ. ބަންގްލަދޭޝް އަށް މެޗެއް ކާމިޔާބު ނުކުރެވުނު އިރު ތިންވަނައަށް ދިޔައީ ކިރިގިސްތާނެވެ.

ސެމީ ފައިނަލުން ޖާގަ ނުލިބުނަސް، ދެ ގުރޫޕްގެ ތިންވަނަ އާއި ހަތަރުވަނަ ޓީމްތަކުގެ މެދުގައި ރޭންކިން މެޗުތަކެއް ކުޅޭނެ އެވެ.

ރޭންކިން މެޗުގައި މާދަމާ މެންދުރު ރާއްޖެ ގަޑިން 1:45 ގައި ދިވެހި ޓީމު ނުކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

12 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެހި

26 May 2023

މީގަ ގޯހީ ކުޅުންތެރީންނެއްނޫން! މީގަ ގޯހީ ޓީމުގެ ކޯޗާއި މެނޭޖަރުން! ޓީމުގެ ކުޅުންތެރީން މޯޓިވޭޓްކޮށް އެކަތިގަނޑަކަށް ހަދައިގެން ގެންގުޅުމުގެ ބަދަލުގައި ކުޅުންތެރީންގެ މެދުގައި ދޭތެރެޖެހޭގޮތް ހެދުމާއި ކޯޗާއި މެނޭޖަރުންގެ މެދުގައި ކުޅުންތެރީން ބަހާލައިގެން މުޅީން އެހެން ކުޅުމެއް ކުޅެމުން ގެންދިއުމުގެ ހިތި ނަތީޖާ ފެންނަމުން މިދަނީ! ގައުމަށާއި ޓީމަށް ނުހަނު ބޮޑު ދެރަކަމެއް މިލިބެނީ!

The name is already taken The name is available. Register?

ނަސޭހަތް ބެ

25 May 2023

ބާސްކެޓް ގަ އަޅާހެން ސޮޕިން ދަތުރެއް ދެއްތޯ ، ދެން ވާ ބަލި އަކީ ސޮޕިން ކޮއް ކޮއް ވާ ބަލި ދޯ

The name is already taken The name is available. Register?

ޖުންގު

25 May 2023

އަދިވެސް ދާތި މުބާރާތެއް އޮތިއްޔާ.

The name is already taken The name is available. Register?

ހައިސިއަތުން

25 May 2023

އަބަދުވެސް ބަލި ބަލި މިނޫން އަޑެއް ނީވެ ، ދެން އޮތީ ބާސްކެޓް ހަމަ އެވަރެއް ގަ ދާނީ ބައެކު މީހުން އަމިއްލަ މަންފާ އައް އުޅެނީ

The name is already taken The name is available. Register?

މެދު ތަރި

25 May 2023

ކޮބާ ފާގަދިޔަ ބޯންދޭން ޖެހިފަ ހުންނަ ޕައިލެޓް ސޮރު. އެ ސޮރަށް ހީވީ ވޮލީ ނުކުޅޭ ގައުމުތަކެއްގެ ކުޑަކުދިން ގެނެސް ގުރު ލައިގެން ފައިނަލަށް ދިޔައިމަ މިއޮތީ ދެން ވޯލްޑްކަޕް ލިބޭ ފެންވަރުގައޭ ޓީމު. ސައިޒު އޮޅިގެން އޭނަޔާ ތޯރާބޯރާ ކޯޗާ އެސޯސިއޭޝަން އަމިއްލަ މުދާގަނޑެއްހެން ހިންގަނީ. ބޭރުވާން އޮތީ ހައެއްކަ މަސް.

The name is already taken The name is available. Register?

މަލިކު އާދަނު.

25 May 2023

އާދަނު ބުނާނީ ފައިލެޓް ބޭރުކޮށްލެވޭނެ ބަޔަކުނެތޭ. އަންނަން އުލޭ އެންމެންނަކީވެސް މިތަނުގެ ލާރިގަނޑުފެނިފަ އޭގެ ފައިދާ ނަގަން އަންނަން އުލޭ މީހުން. ބޭރުފަރާތްތަކުން ލިބޭ އެހީގެ ތަކެތި ވިއްކައިގެން ނާޖާއިޒު ފައިދާ ނަގައި ޖީބު ފުރަން އުޅޭ މީހުންނާއި ތަނަށް ބޭނުންވާ ސާމާނު އަމިއްލައަށް ބިލް ހަދައިގެން ބޮޑު އަގުގައި ގަނެ ޖީބު ފުރަން އުޅޭ މީހުން. ދެން ކިހިނެއް އެމީހުންނަށް ފުރުސަތުލިބޭނީ.

The name is already taken The name is available. Register?

ހުސް ތަޖުރިބާ

25 May 2023

ދެން ނެތްތަ ތަނަކު އެހެން މުބާރާތެއް. އޮތިއްޔާ ދާންވާނެ

The name is already taken The name is available. Register?

ފާތުމާފުޅ

24 May 2023

އިތުރު މެޗުތައް ކުޅެންވީ އިންޑިޔާ އަދި ލަންކާއާ ..

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

24 May 2023

އަފީފަށް މިކުދިންނަށް ނަސޭހަތްދެވޭލެއް މަދީ.

The name is already taken The name is available. Register?

1828

24 May 2023

03 ބަލިން ހބލލލލ ދެއްތޯ އެވީ؟

The name is already taken The name is available. Register?

ރައްޔިތުކަލޯ

24 May 2023

އެހެންވީމަ މިފަހަރުވެސް ތި ލިބުނީ އާ ތަޖުރިބާއެއް. އެއީ އެންމެ ސެޓެއްވެސް ނުލިބި ތިން މެޗުން ބަލިވުމުގެ ތަޖުރިބާ! އަނެއްހެން ގޯހެއްނޫން.

The name is already taken The name is available. Register?

މަލިކު އާދަނު.

25 May 2023

އެހެން ތަޖުރިބާއެއް ނުލިބުނު ކަމުގައިވިޔަސް ދިވެހި ޓީމް ތަކުގައި މިހެން ލިބޭ ދަތުރު ތަކުގައި ޗުއްޓީހަދާލާ ބާޒާރުކޮށް މަސާޖްކޮށްލުމުގެ ތަޖުރިބާ ހުންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454