ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ހާލިދު މިއަދު ހެނދުނު ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކުގެ ބަދަލުގައި ގެނެސްދިނުމަށް ރޭވީ މަޖިލީހަށް ހާއްސަ ޕްރޮގްރާމެއް ކަމަށް..-- ފޮޓޯ: މިހާރު
25 މެއި 2023 - 14:27
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލުމުން ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ބަދަލުކޮށްފި އެވެ.
ޖަލްސާތައް ވަގުތުން ދެއްކުން އިއްޔެ ހުއްޓާލައި މަޖިލިސް އޮތް ގަޑިތަކުގައި އެ ޗެނަލުން ގެނެސްދިނީ ކުރިން ދައްކާފައި ހުރި ބައެއް ޕްރޮގްރާމްތަކެވެ.
ޖަލްސާތައް ދެއްކުން ހުއްޓާލީ ވަގުތީގޮތުން ކަމަށް މިއަދު ހެނދުނު ޕީއެސްއެމް އިން ބުންޏެވެ.
ޕީއެސްއެމްގެ ނިންމުމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތަނުގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "މިހާރު" އަށް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކަން މިހާރު ނިންމާފައިވާ ކަމަށެވެ.
ޕީއެސްއެމް އިން މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން ހުއްޓާލިކަން "މިހާރު" އިން ރިޕޯޓުކުރި ޚަބަރު ރިޓްވީޓްކުރައްވައި މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރައްޔިތުން ވޯޓު ދީގެން ހޮވި މެންބަރުން ދައްކާ ވާހަކަތަކާއި ވޯޓު ދޭ ގޮތް ބެލުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އެހެންވެ އެކަން ބެލުމާއި ނުބެލުން ބާއްވަން ޖެހޭނީ ރައްޔިތުންގެ އިހުތިޔާރެއްގެ ގޮތުގައި ކަމަށް އީވާ ވިދާޅުވި އެވެ.
PSM is run on taxpayers’ money. PSM has an obligation to show the public what their representatives are saying/how they are voting. Give them the choice to switch it off.
— Eva Abdulla 🎈❓ (@evattey) May 25, 2023
This is a stark reversal of a key win of the democratisation movement; this is censorship.
Back to the 90s. https://t.co/RrrkfgILz1
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މީޑިއާ ބޭނުން ކުރަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޕްރޮޕަގެންޑާ މެޝިނެއްގެ ގޮތުގައި ކަމަށެވެ.
ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދެއްކުން މެދުކަނޑާލަން ނިންމީ ޖަލްސާތަކުގެ ބަހުސްތައް ހޫނުވެ، ބޭނުންކުރާ ބަސްތަކުގެ ގޮތުން ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރަށް ވުރެ ވެސް މާ ހޫނުވެގެން ދިޔަ އިރު މީގެ ކުރިން ވެސް ލައިވް ކުރަމުން ގެންދިޔަ އެވެ. އަދި ބައެއް އެހެން ޗެނަލްތަކުން ކުޑަ ޑިލޭއަކާ ވެސް މަޖިލިސް ލައިވް ކުރަމުން ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
25 May 2023
ރައީސް ޔާމީންގެ އެންމެ ޚުދުމުޚްތާރުއިރު އިބޫމެން މަޖްލިސް ފާރުމަތިން އެއްލިތަންވެސް ލައިވްކުރި. މިއަދު މީހަކު އެއްޗެކޭ ކިޔާއިރަށް ލައިވް ތި ކަޑާލަނީ، އެކަމަކު މީ ޑިމޮކްރަސީގެ ބާނީން
ކުޗީ..
25 May 2023
¿¿ މީގެ މީހަކާއި މަޤާމެއް ޙަވާލު ކުރީމާ ދެން އޭނަގެ މިލްކު އެއީ@އޭނަ ބޭނުން އެއްޗެއް ލައިވްކުރާނީ• ގޭގެ އޮވެ ގުޅާފައި އިއްޔެގެ އެތި ބަދަލުކޮށްފި
އެކްސިް
25 May 2023
މިބުނަނީ ރަނގަޅު ކަމެކޭ ގޯސް ކަމެކޭ ނޫން. އަކަމަކު ކަމެއް ކުރާއިރު ގަޓު ހުންނަންޖެހޭނެ.
އިބޫ.
25 May 2023
މަޖުލިސްއައް ހޮވޭ މެމްބަރުން ކޮންމެ ދުވަހަކު ރޯދައައް ތިބެން ގާނޫނު ހަދަންވީ އޭރުން ހެޔޮ އެއްޗެތި ކިޔާކިޔާ ތިބޭނެ އައއުގުރާނެއް ނުގޮވާނެ
ރޮޒޭ
25 May 2023
އިބްރާހިމް ރައީސްއައް ކީއްވެ ހަޖަމު ނުވެގެން އުޅެނީ. ޔާމީން ރައީސްގެ ވެރިކަމުގަވެސް ހުއްޓާނުލާ މަޖުލިސް ދެއްކި . އޭރުވެސް ނުކެރޭ މަޖުލިސްތެރެއައް ބޯދިއްކޮއްލާކައް ގޮވާ އެއްޗެތިން. އެކަމަކު އެ ސަރުކާރުން ހަޖަމުކުރރިއޭ.
ގޮނު
25 May 2023
ރައްޔިތުންގެ ބަންދޫބުން ހޮވި މަސައްކަތްތޯ މަޖިލީހުގަ ކުރަމުންދަނީ. ވަކި މީހެއްގެ ސިޔާސީ ކުރިމަގަށް ދީއްލާލާފައިވާ ތަނަކަށް ތި މަޖިލިސް ވެއްޖެއެވެ. ޔާމީނުގެ ދައުރުގައި މަސީހު ތި މަޖިލިސް ހިންގިގޮތައްވުރެވެސް މިހާރު މާ ގޯހެވެ. މަސީހުވާ ގިނަފަހަރަށް ޖަލްސާތައް ނުބާއްވަނީއެވެ. މިހާރު ތި މާލަމުގައި ހަމެއް ލަމެއެއް މައުލޫއެއް ބެލުމެއްނެތި އެމީހަކު ހިތުހުރިއެއްޗެއް ގޮވާ ނަގަނީއެވެ.
އޮނަރަބްލް އަފީފު ދީދީ
25 May 2023
ޖަލްސާތައް ލައިވް ކުރަން ހުއްޓާލަން އަމުރުކުރި އަލީޙާލިދަށް ކުރިއަށްއޮތްތަނުގައި ދައުލަތުގެ މުފަދަ އިދާރާއެއްގެ އިސްމަޤާމް ދިނުމަށް ރައްޔިތުންނާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ދެކޮޅު ހަދާން ވާނެ. # ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމުގައި އަލީ ޙާލިދުމެންފަދަ ހަރުކަށި އަދި އެމީހުންގެ ދަށުގައި ރައްޔިތުން ތިބުމަށްއެދޭ ނުބައިމީހުނަށް ޖާގަދޭނަމަ ރާއްޖެ އިސްލާޙީމަގުގައި ކުރިއަށްދާން ކުރާ މަސައްކަތަށް ވަރަށްބޮޑަށް ހުރަސް އެޅޭނެ.
ރަދީފްއޮފިޝަލް
25 May 2023
ހެހެހެހެހެ.ޕީޕަލްސް ޕަވާ ވިލް ޕްރިވެއިލް.
ހަތަރުދަމު
25 May 2023
ދޯހަޅިކަމާއެވެ.
އެވާނާ
25 May 2023
ރައްޔިތުން މަންދޫބުން ހޮވީ މަޖިލީހުގަ އަވަގުރާނަ ގޮވާ އެމަންޒަރު ފެނި އަހަރެމެންގެ ޅަދަރިން ހަލާކުވާކަށް ވެސް ނޫން. ރައްޔިތުންނަށް ބޭނުންވާ ގާނޫނުތަށް ހަދާ ގާނޫނީ ގޮތުން މެމްބަރުންގެ އޮންނަ ޒިންމާ އަދާކުރަން..