ވޯޓު ފޮށްޓެއް: ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
25 މެއި 2023 - 20:54
އަންނަ ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން އިނގިރޭސިވިލާތުގަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތުގެ އިތުރުން ސިންގަޕޫރާއި ތައިލެންޑާއި ޔޫއޭއީ އަދި ޖަޕާނުގައި މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފިނަމަ ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އިންޑިޔާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު، ސިންގަޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން، ތައިލެންޑުގެ…
— Ismail Habeeb (@IsmailHabeeb) May 25, 2023
ހަބީބް ކުރެއްވި ޓްވީޓް
އެގޮތަށް އިއްޔެ ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ހަބީބްގެ ޓްވީޓްގައިވެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 283،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 May 2023
އިންތިޙާބުތަކަށް "އިސްރާފުގެ ޙަރަދުކުރުން ކުޑަކުރުމަށްޓަކާ" ފުރަތަމަކަމަކަށް ވޯޓްލުމަށްދެވޭ ވަގުތުއިތުރުކޮށް، އެއްވެސް އިންތިޙާބެއްގެވޯޓްފޮށި ރާއްޖެއިންބޭރުގައި ނުވަތަ ރާއްޖޭގައި މީހުންދިރިނޫޅޭ ރަށެއްގައިބެހެއްޓުން ހުއްޓާލަންޖެހޭ. # އަދި މަޖިލިސް އިންތިޙާބާއި، މޭޔަރާއި، އަތޮޅު ކައުންސިލާއި، ރަށުކައުންސިލް، ޑަބްލިއުޑީސީ ފަދަ އިންތިޙާބީ އެއްވެސް ވޯޓެއްގެފޮށިތައް ވޯޓްޙައްޤުވާމީހުން ރަށްވެހިވެފައިވާ ރަށްތަކުގައިނޫނީ ނުބަހައްޓަން ޤާނޫނުން ކަޑައެޅުން.
ރާއްޖެ
26 May 2023
ބޭކާރު ކަންކަން ކުރުމުގައި ދިވެހިން އަވަދިނެތި.
އަބްޑޫޅް
26 May 2023
އަހުރެން ރާއްޖޭގެ ރިޔާސީ އިންތިހާބެއްގަ ހަމަ އެކަނި ވޯޓުލީ، މަޖީދިއްޔާގެ ސީނިޔާ އިގިރޭސި ލިޓަރަރީ އެސޯސިއޭސިޔަނުގެ ރިޔާސީ އިންތިހާބެއްގަ، އޭރު ހުރި ރައީސުމީހާ ދުރުކުރުމަށް. އޭނަ އެ މަގާމުން ދުރުކުރެވުނު. އެކަމަކު ފަހުން އޭނަ އަށް، ރާއްޖޭގެ ރައިސުކަމުގެ ވަޒީފާއަށް، އިންތިހާބަކާ ނުލާ، ވެރިވެގަތަ ދެވުނު. ރިޔާސީ އިންތިހާބަކާ ކުރިމަތިލުމުން، ދެންވެސް އޭނަޔަށް ލިބުނީ ސުންސުމާ ވަރަށް ގާތްކުރާ އިންސައްތައެއް.
އަންދަލޫސިޔާ
26 May 2023
ތިޔައީ ބޭކާރު ޚަރަދެެއް. ތިތަންތާ ނުބަހައްޓާ މި ޤައުމުގަ މެދުނުކެނޑި 5 އަހަރު ބަރާބަރަށް ވިސާ ނަގައިގެން އުޅޭ ބިދޭސީންނަށް ވޯޓުލާން ދިނުން މާރަނގަޅު!
ބޮޑުމީހާ
25 May 2023
މީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއްތޯ ބަލައި ދިރާސާކުރަންޖެހޭ، ގައިމު ދުވަހަކުވެސް އިންޑިއާ، ލަންކާ، ބަންގްލާދޭޝް އިންތިހާބުތަކުގެ ވޯޓް ފޮއްޓެއް ރާއްޖެއަކު ނުބަހައްޓާ. ގައުމުން ބޭރުގަ އުޅޭ މީހުންނަށް ދައުލަތުގެ ޚަރަދުގަ ވޯޓްލުން ހަމަޖައްސަންޖެހޭބާ؟
ކިއުންތެރިޔާ
26 May 2023
ތިޔާ އެއްކަލަ. ބަލަގަ އެކިޔާ ޑިމޮކްރަސީގަ މަޝްހޫރު އެމެރިކާ މީހުން ކަނޑުމަތީ އުޅޭ ސިފައިން ވެސް ޕޯސްޓް މެދުވެރިކޮށް ވެސް ވޯޓުލާނެ. އެއީ ކޮންމެ މީހަކަށް ލިބިދޭ ހައްގެއް. އެ ނިގުޅައިގަންނަ ވާހަކަ ނުދައްކާތި ދެންވެސް.
ޑިސްއޮނަރަބަލް ޑީޑީ
25 May 2023
ނުޖެހޭނެ ބަހައްޓާކަށް. ވޯޓުލަންޏާ ވެރިކަމުގެ ސިޔާދަތު ހިނގާހިސާބަށްއާދޭ. އެހެނެއްނޫން، ބަހައްޓަންޏާ ޗާގޯހުގާ ފޮއްޓެއް ބަހައްޓާންވީ. ވަރަށް ގިނަދިވެހިން ދެކޭ އެއީ ދިވެހިންގެ ބިމެއްކަމަށް. އޭގެތެރޭގާ ގާސިމު، ނާޒިމު، ޒައީމު، ނަޝީދު، އުމަރު އަދި އަދުރޭ. އަދި އެމީހުންނަށް ތަބާވާ އެންމެހާ މީސްތަކުން.