ޚަބަރު / ނައީމާގެ މަރު

ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި އާއި އެކަންކުރި މީހުން ލައިގެން ތިބި އަންނައުނު ހޯދައިފި

ނައީމާ މޫސާ މަރާލާފައި އޮއްވައި ފެނުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި

ނ. މަނަދޫގައި މަރާލާފައި އޮއްވައި މިދިޔަ އޭޕްރީލް މަހު ފެނުނު ނައީމާ މޫސާ، އަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެކަން ކުރި މީހުން ލައިގެން ތިބި އަންނައުނު ފުލުހުން މިރޭ ހޯދައިފި އެވެ.

ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން މީހުން އެވަގުތު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވަޅުގަނޑެއްގެ ތެރެއިން ހޯދާފައިވާ ކަމަށެވެ.

އެތަކެތި ފެނުނީ މަރުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުންނެވެ. ސީޕީ ވިދާޅުވީ ތަހުގީގަށް މުހިންމު ހެކިތަކެއް އަތިރިމަތީގައި ވަޅުލާފައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޯދުމުގެ މަސައްކަތުގައި އެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެ އެއްޗެހި ވަޅުލި ތަނުގައި އަލިފާން ވެސް ރޯކޮށްފައި ހުރުމުން އެއްޗެހި ހުރީ އަނދައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ވަޅުން ބޮޑު ދެ ވަޅި އާއި ބައެއް އަންނައުނު ފެނުނެވެ.

މަރުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ މަނަދޫގެ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ހައްޔަރުގައި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފް ވެފައި ކަމަށް ވަނީ އެނގިފަ އެވެ. އެއީ އުމުރުން 23 އަހަރުގެ އަހުޒަމް އަބްދުއްޝަކޫރު އެވެ. ކޮޓަރިން 56.1 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި އޭނާގެ ބަންދަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ބަންދަށް 14 ދުވަސް ދީފަ އެވެ.

އަހުޒަމްއާ އެކު ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް ބުނާ 20 އަހަރުގެ މީހާ ހައްޔަރުކުރީ ވަކިންނެވެ.

ހައްޔަރުުރި މީހުންނަކީ ޑްރަގުގެ މައްސަލަތަކިގެ ރެކޯޑް އޮންނަ މީހުންނެވެ. ނައީމާ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވި މީހާ އަކީ މީގެ ކުރިން ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލައެއްގައި ވެސް ދައުވާ ލިބުނު މީހެކެވެ.

އެކަނި ދިރިއުޅެމުން އައި ނައީމާ، 62، މަރާލާފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެގެއަށް ގޮސް، ދޮރު ހަލާކުކޮށްލައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ. އޭރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އޮތީ ވަޅިން ހަމަލާދީފަ އެވެ. އޭނާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީފައި ހުއްޓެވެ.

ނައީމާ މަރާލިތާ ދެ މަސް ވާން ގާތްވި އިރު ވެސް ތުހުމަތުކުރެވޭ މީހަކު ވެސް ހޯދިފައި ނެތުމުން އާންމުންގެ ކަންބޮޑުވުން އިތުރުވެ ޝަކުވާ ބޮޑުވެފައިވެ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މަރުގެ ތަހުގީގުގައި ކުށުގެ ވެށިން ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކި ވަނީ ލިބިފަ އެވެ. އަދި އެ ހެކިތަކާ ގުޅުން ހުރި މީހަކު ހޯދަން މަނަދޫން 600 އާ ގާތްކުރާ އަދަދަކަށް މީހުންގެ ޑީއެންއޭ އާއި ޕިންގަޕްރިންޓް ނަގާފައިވެ އެވެ. އެ ސާމްޕަލްތައް އަދިވެސް ޕްރޮސެސްކޮށް ނުނިމެ އެވެ.

52 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 6%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސެންޓި123

27 May 2023

ބައިނަލް އަޤްވާމީ އިދާރާތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ ބިރުގަންނަނީ. ހީވަނީ ރިޒުޤު ދެއްވަނީ އެމީހުން ހެން. ﷲ އަށް ފުރިހަމަ އިތުބާރެއް ނުކުރޭ. މަރަށް މަރު ހިފަންޔާ އިސްލީމީ ޝަރީއަތުގަ ހުރި ހުރިހާ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ. އެހެންނޫނީ ފޮތުގެ އެއްބަޔށް އަމަލު ކޮއްފަ އަނެއްބައި ދޫކޮށްލަނީ. އެއީ ބަނީ އިސްރާއީލު މީހުން ކަންކުރި ގޮތް. އުމަރު ނަސީރުވެސް ހަމަ އެހެން ހަދަން އުޅެނީ. އޭނާއެއީ ފުރުސަތު ލިބި ނުވި މީހެއް.

The name is already taken The name is available. Register?

ޢަދިއްޔު

27 May 2023

ކޮބާ މޯޓިވް. ކީއްވެބާ މިމީހުން އެ ދައްތަ މަރާލަން ޖެހުނީ؟

The name is already taken The name is available. Register?

ޒަރާނާ

28 May 2023

ދެން މޯޓިވް ނޭނގެނީ އޭ ކިޔާފަ ދައުވަކުރުން ލަސްކުރާނީ

The name is already taken The name is available. Register?

ޙަބީބު.

27 May 2023

ސިންގަޕޫރުގަ މަސްތުވާ ތަކެއްޗައް އޮންނައަދަބު ދީބަލަ ނޫނީ ތައިލެންޑުގަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. ޢޮންނަގޮތައް މަގުފޭރުމާ ވައްކަމާނޫނީ އެހެން ހުރިހާ ކަމެއް ހުއްދަކުރޭ ނަމުގަ އިސްލާމީ ޓެގްއަޅުވައިގެން ގެސްޓް ހައުސްފުޅާކޮއް މިދައްކާ ވާހަކަ ދިމަލެއްނުވޭ

The name is already taken The name is available. Register?

ސެންޓިސެންޓި

27 May 2023

މަރަށް މަރު ހިފަންޔާ އިސްލީމީ ޝަރީއަތުގަ ހުރި ހުރިހާ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ. އެހެންނޫނީ ފޮތުގެ އެއްބަޔށް އަމަލު ކޮއްފަ އަނެއްބައި ދޫކޮށްލަނީ.ނިކަން ރާ ވިއްކުން ހުއްޓުވާ، ސުޕާ ތައް ބަންދު ކޮށް، ރިބާގެ މުއާމާލާތް ހުއްޓުވާ އެމީހުންނާ ހަނގުރާާމަ ކޮށް، ވައްކަން ކުރާމީހުން އަތް ކަނޑާ، ޒިނޭ ކުރާމީހުން ރަޖަމްކޮށް، ޒަކާތް ނުދޭ މީހުން އަތުން ގަދަ ކަމުންވެސް ޒަކާތް އަތުލާ، ދީނަށް ފުރައްސާރަ ކުރާ މީހުން ނަށް މަރުގެ އަދަބުދީ،

The name is already taken The name is available. Register?

އ‫ުއްތަރު ޕްރަދޭޝް

27 May 2023

ފ‫ޮރެންސިކު ކުދިންނަށް ހިންދީ ޑްރާމާ ސީއައިޑީގެ އެޕިސޮޑުތައް ދައްކަބަލަ ގިނައިން ކޮންމެވެސް ވަރެއްގެ އައިޑެއަރ އެއް ލިބޭނެ ކަންނޭނގެ

The name is already taken The name is available. Register?

ބަލަންތިބޭ

27 May 2023

ދުވާލުގެ އިރު ފެންނަ ފަދައިން ފެނޭ .... ވަޅީގެ ތުނޑު ނެތިގެން ، ގަމީހުގަ ގޮތް ނެތިގެން ، ވަޅުގައި ދާނި ނެތިގެން ، ސާބިތު ކުރެވޭ ވަރަށް ހެކިގެތިގެން .....

The name is already taken The name is available. Register?

ޢައިއޯ

27 May 2023

ޢިސްމާލީ ބްރޯ ހަމަޖެހިބަލަ މިކަހަލަ ކަންކަން ކުރާ ގޮތް ނޭގެނީ ތި ފުލުހުން ސީސީޓީޥީއާއި ސީޑީއާރު އެނަލައިސިސް ހަދައިގެން މީހުން ފާހަގަކޮށް އެއީ ޑްރަގް ގެންގުޅެ މީހެއްކަން އެގުނީމަ އެމައްސަލައިގައި ނަގާ އުމުރު ދުހަގުގެ ޖަލު ގޮޅިއަކަށް ލެވޭ ވަރު ކޮއްފަ މަރު މައްސަލައިގެ ހެކިތަކާއެކު ތުހުމަތު އިއްވީމަ ގޮތް ހުސްވެ ދެން އަރާނެ ގޮަޅިއެއް ނެތީމަ އެއްބަސްވެ ކިޔައިދޭން ޖެހެނީ މީ ހަމަ ބޯލައިގެން ހުންނަ ވަގުތި ކަލޯ ތީ ނައީމާގެ ގާތިލްހޭ ކިޔައިދޭ ވާހަކައެއްނޫނ

The name is already taken The name is available. Register?

އިސްމާލި

27 May 2023

ސޯ ބޭސިކަލީ ލިބުނު ކުރިއެރުމަކީ މީހަކު ބޯލައިގެންހުރެ އަމިއްލައަށް ކޯޓުގައި އއުތިރާފުވުނަ ދޯ. އެމީހާ ދިން މައުލޫމާތުން ދޯ ވަޅި ދެނުނި ވެސް. ސުރުހީ ކިޔާލާފައި ހީވީ ފުލުހުންގެ ކުޅަދާނަކަމުން ހޯދީ ކަމަށް. ހަބަރުގެ ފަހު ބައގައި އެބައޮތް މީގެ ކުރިން ވެސް އެމީހާ އަށް ތޫނު ހަތިޔާރުގެ ދައުވާ ކުރިކަމަށް. ޕރައިމ ސަސްޕެކްޓްސް އަށް އެންމެ ފުރަތަމ ވާންްވީ މިކަހަލަ މީހުން ދޯ.. ފުލުހުނނާއި ޕީޖީ ގެ ނާގާބިލުކަން މި ހަބަރުން ފެނުނީ.

The name is already taken The name is available. Register?

1828

27 May 2023

ދ.ކުޑަހުވަދޫގައި އައްޔުބެ މަރާލަން ބޭނުންކުރިކަމަށްބުނާ ވަޅިތަކެއް އަތިރިމަތިން ފުލުހުން ހޯދި. އަދި އެކަންކުރިއިރު ލައިގެން ހުރި އަންނައުނުތައް އަންދާލިކަމަށްބުނާ ތަނުން ސާމްޕަލްވެސް ނެގި. އެކަމަކު އެމައްސަލަ ދިޔައީ ޗޮކުން. ނައީމާ މަރާލި މައްސަލައިގައި އަދި ކަންކަން މިފެންނަނީ ކުރިންބުނި މައްސަލއާއި ދާދި އެއްގޮތަށް. އުންމީދަކީ މައްސަލަ ޝަރިއަތަށް ސާބިތުވެ، މަރަން ހުކުމްކުރުން. ދެރައީ މަރަށް މަރު ނުހިފާތީ.

The name is already taken The name is available. Register?

ކިއުންތެރިޔާ

27 May 2023

"މަނަދޫން 600 އާ ގާތްކުރާ އަދަދަކަށް މީހުންގެ ޑީއެންއޭ އާއި ޕިންގަޕްރިންޓް ނަގާފައިވެ އެވެ." މި ސާމްޕަލް ތައް އަދިވެސް ޕްރޮސެސްކޮށް ނުނިމެންޏާ ހައްޔަރުކުރި 2 މީހުން މި އެނގުނީ އެހެން މައްސަލައެއްގައި ބަންދުކޮށް ކޯޓަށް ހާޟިރުކުރުމުން މަސްތުގެ ހާލަތުގައި ހުރެ އޭނާ އެވާހަކަ ބުނުމުންތާ!

The name is already taken The name is available. Register?

ވަހީދުބެ

27 May 2023

ކަލޭގެވިސްނުންކޮށިކަމާއެވެ

The name is already taken The name is available. Register?

600އ

27 May 2023

އެރަށުގަ ކުށްކުރާ އެފަދަ މީހުން އުޅޭއިރު އެފަދަ މީހުންގެ ޑީއެންއޭ އެންމެ ކުރިން ނުބަލާ 600 ވަރަކަށް ޑީއެންއޭ ހެދީމަ އެކުރެވުނީ ކިހާ ބޭކާރު ދައުލަތުގެ ޚަރަދެއްބާ.. ނައީމާގެ މަރުގެ މާހައުލަށް 600 މީހުން ވަދެފަ އޮންނާނެ ގޮތެއް ބެލިބެލުމަކީވެސް ވަރަށް އަޖައިބުކުރުވަނިވި ކަމެއް.

The name is already taken The name is available. Register?

ސަމްސިއްޔާ

27 May 2023

ހުރިހާ ވެރިން އިސްތިއުފާ ދޭންވީ. މުޖުރިމުން މިތިބެނީ ދޫވެފައި. މި ކުޑަކުޑަ ގައުމު ނުބެލެހެއްޓިގެން މިއުޅެނީ. ޑްރަގާއި މާރާމާރީ އިންތިހާއަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454