ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އަދި ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމް ބަނދަރު ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
27 މެއި 2023 - 17:13
ދިރިއުޅޭ އާބާދީ ކިތައްމެ މަދުވިޔަސް، ފ. ދަރަނބޫދޫގައި މި ހުޅުވީ އެންމެ ރީތި އެއް ބަނދަރެވެ. މި ސަރަހައްދުގެ ރަށެއްގައި ހުޅުވި އެންމެ ބޮޑު އެއް ބަނދަރު ވެސް މެ އެވެ.
މި ރަށު މީހުން ބުނަނީ މިއީ އެތައް އަހަރެއްވީ، ބޮޑު ތަކުލީފެއްގެ ނިމުން ކަމަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް، އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ މި ރަށުގެ އެންމެހެން ތިބީ ބަނދަރަށް ނުކުމެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
ދަރަނބޫދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެމްޓީސީސީން އެ ރަށުގައި ހެދި ބަނދަރު.-- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީއާ ހަވާލުކޮށްގެން، ދައުލަތުގެ ބަޖެޓުން 40.4 މިލިއަން ރުފިޔާ ހަރަދުކޮށް، މި ބަނދަރުގެ މަސައްކަތް ނިންމާލީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. ރައީސް ފ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ އެވެ.
މި ބަނދަރު ހުޅުވުމުގެ ގޮތުން ދަރަނބޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލްގެ ރައީސް އަބްދުލްހަލީމް އާދަމް ވިދާޅުވީ، ސިޔާސީ ގޮތުން ނުފޫޒުގަދަ އެއްވެސް މީހެއް ނެތް ރަށަކަށް މި ސަރުކާރުން މިފަދަ ބޮޑު މަޝްރޫއެއް ހިންގައިދިނުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މިއީ އެއްވެސް ރަށެއް ރައީސް ބާކީނުކުރައްވާނެ ކަން ޔަގީންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފ. ދަރަނބޫދޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މަރުހަބާ ކިޔުމަށް ގޮސް ތިބި ބަޔަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"ރައްޔިތުން އުއްމީދުކުރި ވަރަށް ވުރެ ފުރިހަމަ ބަނދަރެއް ހެދިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ދަރަނބޫދުއަށް ވަޑައިގެންނެވީ ވަރަށް ވިއްސާރަ، ކަނޑުގަދަ ދުވަހެއްގައި ކަމަށެވެ. އޭރު މި ރަށުގައި ރަނގަޅު ބަނދަރެއް ނެތުމުން ރަށަށް އަރައި ފޭބުމުގައި ރައްޔިތުން އުފުލާ ތަކުލީފު އިހުސާސްކުރެއްވުނު ކަމަށެވެ. އެހެންވެ، އެފަހަރު ރިޔާސީ ކެމްޕެއިންގައި މި ރަށުގައި ބަނދަރެއް އަޅައިދޭން ވައުދުވެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދަރަނބޫދޫ ބަނދަރާ އެކު ބަނދަރުގެ ޖެޓީގައި އަޅަމުން އަންނަ ކުޑަ ޓާމިނަލްއެއް ކައިރީގައި ސްކޭޓް ކުރަނީ: މި ރަށުގެ ބަނދަރު މިހާރު ވަނީ އެއްކޮށް ނިމިފައި. -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު
"މި ރަށަށް ވަންނަ އަޅުގަނޑުމެން [2018 ވަނަ އަހަރު] ގަޑިއެއްހާއިރު މަޑުކުރަން ޖެހުނު. އެހެން ނަމަވެސް، އެ ދުވަހު ވެސް މި ރަށު ރައްޔިތުން ބަނދަރުމަތީގައި މަޑުކޮށްގެން ތިބި،" ރައީސް ވިދާޅުވި އެވެ.
"އެންމެ ބޮޑު ކަމަކަށް އެ ދުވަހު ވެސް ހުށަހެޅީ ބަނދަރު."
އެ ދުވަހު ވެވަޑައިގެންނެވި ވައުދު ފުއްދާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.
ފ. ދަރަނބޫދޫގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މި ރަށުގައި 2008 ވަނަ އަހަރު ހެދި ބަނދަރު ހަނިވުމާއި ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން، މަސްވެރި މި ރަށުގައި، ކަންނެލި މަސްވެރިކަމުގައި ބޭނުންކުރާ ބޮޑެތި ދޯނިތަކާ އަދި ކާބޯތަކެތި އުފުލާ ބޮޑެތި އޮޑިފަހަރަށް ބަނދަރަށް ވަދެނުކުތުމުގައި ދަތިތަކާ ކުރިމަތިވި އެވެ.
- 46،000 ކިއުބިކްމީޓަރަށް ބަނދަރު ފުންކޮށް، ބޭރު ތޮށި ލައި އެއްގަމު ތޮށި ލާފައިވޭ.
- 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓާއި ގްރޮއިން ޖަހާފައިވޭ.
- 2،641 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހަދާފައިވޭ.
- 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހަދާފައިވޭ.
- ބޭރު ތޮށިގަނޑު މައްޗަށް އެރުމަށް ބްރިޖެއް ހަދައި ބަނދަރުގައި ބައްތި ހަރުކޮށްފައިވޭ.
ފ. ދަރަނބޫދޫގައި ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ކިޔަން ގޮސް ތިބި ބަޔަކު ފަސްޓް ލޭޑީ އަހްމަދު ފަޒްނާއާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި ސަރުކާރުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗދފޗރެފތ
28 May 2023
ސަރުކާރުގެ މައްސަލަޔަކީ ބަނދަރު ހެދި އިރު ކޮމެންޓޭމެން ގާތު ހިޔާލު ނުހޯދިކަން
7878
28 May 2023
ވަގު ކަލޯގެ އަވާމެންދުރަށް ނޫނެކޭ ބުނޭ
ފޫހި
28 May 2023
50ވޯޓް ލިބޭނޭކަންނޭގެ. ތިޔަ ބަދަރު ބޮޑުތަނުން ތިޔަ އާބާދީއަށް މާބޮޑު. އެމީހުންގެ އާބާދީގެ ސައިޒްގެ ތަނެއް ހަދައިދިނުން އޯކޭ.
އަހައް
28 May 2023
ދިވެހިސަރުކާރުން ރަށްރަށުގައި ބަދަރާއި ފެނާއި ނަރުދަމާ އަދި އިންޖީނުގެ ހަދާވާހަކަ ދައްކާއިރު އަހަރެމެން މިއުޅެނީ ފެނަކާއިން 2019 ގައި ނަގާފައިވާ މުދަލަށް ފައިސާ ނުލިބިގެންނެވެ. ރައްޔިތުންހަނަވަނީއެވެ. މީހަގީގަތެވެ.
އެޑްމުންޑޯ
28 May 2023
ރައްޔިތުން ހަނާ ނުވޭ ،ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚީދްމަތްތަށް މިހެރަފެންނަނީ ، ކަލެއަށް ފެނަކާއިން ފައިސާ ނުލިބުމަކީ އަހަރަމެންނާއި ކޮންބެހޭކަމެއް ،
ޢަލީ ޙަސަން
27 May 2023
އަތޮޅުތެރޭގެ ކުޑަ ރެށެއް ތަރައްޤީވާތަން ބަލަން ބައެއް މީހުންނަށް ހަޖަމެއް ނުވާނެކަން މާކުރިން ވެސް އެނގޭ. ރައީސް އިބޫ އަކީ އާބާދި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހަމަހަމަ އުޞޫލުން ޚިދުމަތް ކުރައްވާ ވެރިއެއް. ޝުކުރިއްޔާ ރައީސް.
ދިސްވޭއިން
28 May 2023
ރާއްޖެތެރޭ މީހުންގެ މައްސަލަ އަކީ ހަސަދަ ވެރިކަން ފުރަތަމަ ވެސް ކުރިއަށް ނެރޭނީ ދުވަހަކު ވެސް ރާއްޖެތެރެ ތަރައްގީ އެއް ނުވާނެއޭ މާލޭގެ ވިޔާފާރިވެރިން ރާއްޖެތެރޭ ރަށްރަށުގައި އިންވެސްޓް ކުރަން ފަސްޖެހެނީ ވެސް މިމައްސަލަ އާއި ހެދިއޭ ބަލަގަ ކުޅުދުއްފުށީގައި މާލޭގައި ހުރި އެއްވެސް ހާރޑްވެއަރ ފިހާރަ އެއް ނުހުންނަނީ އެއީ ސަބަބު ތަކެއް ހުރުމުންނޭ ކުދި އާބާދީ ތަކަށް ކުރާ ޚަރަދު އެއީ ސީދާ ކަނޑަށް އަޅާލާ ފައިސާ އެރަށްތައް ދުވަހަކު ވެސް ތަރައްގީ ނުވާނެއޭ
ނުކުރެއޭނުކުރެއޭ
27 May 2023
އިގްތިސާދީ އިލްމަކީ އެއީ ސްޓެޓިސްޓިކްސް އަސްލަށް ބަލައިގެން ކުރާކަމެކޭ އޭގެ ތެރޭގައި ހިމެނެނީ 1. ޑޭޓާ ކަލެކްޝަން 2. ޑިސްކްރިޕްޓިވް ސްޓެޓިސްޓިކްސް 3. އިންފެރެންޝަލް ސްޓެޓިސްޓިކްސް 4. އިކޮނޮމެޓްރިކްސް 5. އިކޮނޮމިކް ފޯކާސްޓިންގް 6. ޕޮލިސީ އިވޭލުއޭޝަން، މިބައިތައް ހަދާ އޭގެ ފަހުގައި ބިޒްނެސް ޕްލޭނެއް ހަދާ އެހަދާ ބިޒްނެސް ޕްލޭން އަކީ އެއީ ކުރާ ޚަރަދު އަނބުރާ 5 އަހަރުތެރޭ ލިބޭ ކަމެއްނަމަ ޚަރަދުކުރަން ޖެހޭނީ ޓެކްސްޕޭޔަރ މަނީ އެފަދަ ކަމަކަށް މިކަން
ސަމްޢާނު
28 May 2023
ޢިންސާނުން ދިރިއުޅޭ ތަނެއްގައި އެބަޔަކަށް ދިރިއުޅެން ފަސޭހަޔަށް ކުރާ ކަންތަކާ ތަނެއް އިޤުތިޞާދީ ގޮތުން ކުރިއެރުވުމަށް ކުރާ ކަންކަމާ އެއީ މުޅިން ތަފާތު ދެކަމެއް، އަސާސީ ފަސޭހަތައް ތަނެއްގައި ޤާއިމުވެފައި ހުރުމަކީ އެތަނެއްގައި އިޤޮތިސާދީ މަސައްކަތްތައް ކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމެއް
ސަލީމު އިދުރީސް
28 May 2023
މޮޅެތި ވާހަކަދައްއިރު އެގޭތޯ މާލެގަ ބުރިޖުއަޅާފަ ފީނުނަގަ ދުއްވީމަ ބުރިޖައް ކުރި ހަރަދު ލީބޭނެ ގޮތެއް ނޯންނެކަން! މައްސަލަކީ ރާއްޖެ ތެރެޔައް ކަމެއް ކޮއްދިނީމައެޢޭ ބުނިއާމާ ރަނގަޅުވާނެ
އެޑްމުންޑޯ
28 May 2023
އެއްވެސް ގައުމެއްގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް އެގައުމެއްގެ ސަރުކާރުން ގާއިމްދެނީ އަނބުރާ ހޯދާކަށްނޫން ، މޮޔަނޮގޮވާ ،
ވިއްކޭނެއޭ
27 May 2023
ހެޔޮނުވާނެއޭ މާލެ ސަރަހައްދުގައި ހުރި ވިޔަފާރިތައް ފުނޑާލައިގެން ޓެކްސް ބޮޑުކޮށްގެން ޓެކްސް ޕޭޔަރ ސަރުކާރަށް ދައްކާ ޓެކްސް ފައިސާ ތިގޮތުގައި އިސްރާފުކޮށް ތަޅާ ބުރުއްސަން ފާފު އަތޮޅު ދަރަނބޫދޫ އަކީ ރާއްޖޭގައި ކުރީވެރިކަން ކުރި ވެރިންނަށް ވެސް ނުފެންނަ އަދި ނޭގޭ ރަށެއް ނޫނޭ އެކަމަކު ޓެކްސް ޕޭކުރާ ގައުމެއްގައި ޓެކްސް ޕޭޔަރ މަނީން ޚަރަދުކުރަން ޖެހޭނީ އެ ޚަރަދުކުރާ ފައިސާ އަނބުރާ އަވަހަށް ލިބޭނެ ކަންކަމަށޭ ތިޔާ ފައިސާއިން ހުޅުމާލެ ހިއްކިނަމަ ބިން
މުހައްމަދ
27 May 2023
މިހާ މީސްކޮޅު މަދު ރަށްރަސުގަ މިހާ ބޮޑެތި ބަދަރު ހަދާ މިހާ ބޮޑެތި ހަރަދު ކުރަން ޖަސްޓިފައިބަލް ތޯއެވެ. ހަމަކަށަވަރުން ކުރިޔަށް އޮށް 50 އަހަރުން ވެސް މިރަށުގަ ހިންގޭ އިކޮނޮމިކް އެކްޓިވިޓީސް ތަކުން މިދަރު ފީސަބަލްއެއް ނުވާނެއެވެ. ރަށު މީހުން އަރާ ފައިބައިލެވޭ ވަރަށް ތަރަށްގީ ކޮށްދިނުން އޯކޭ އެވެ. ސަބަބަކީ އެމީހުންގެ އިންސާނީ ކަރާމަތަށްޓަކައި ރިވެތި ދިރިއުޅުމެށް އުޅުމުގެ ހައްގު އޮންނަން ވާނެތީއެވެ.
ވާނެއޭ
27 May 2023
ދަރަނބޫދުއަށް ރީތި ބޮޑު ބަނދަރެއްގެ ނަސީބު ކަމަށް ވަކިބަޔަކު ބުނި ނަމަވެސް ތިޔާއީ ނަސީބެއް ނޫނޭ ތިޔާއީ ބަދުނަސީބޭ ތިޔާ ދަރަނބޫދޫ އަކީ އެއީ މަމެން ވެސް ދިޔާ ރަށެކޭ ރަށުގައި ދިރިނޫޅެއޭ 50 މީހުން ވެސް އޭގެ ތެރެއިން މަސައްކަތް ކޮށްގެން އާމްދަނީ ހޯދަނީ 10 މީހުންނަށް ވުރެން މަދުންނޭ އެހާ ކުޑަ އާބާދީ އެއް އޮތް ތަނެއްގައި ބަނދަރެއް ހެދުމުގެ ބަދަލުގައި ތިޔާ 500 މިލިއަން ރުފިޔާ އިން ހުޅުމާލެ ހުޅަނގުން އޮތް ފަޅު ހިއްކާ އެތަނަށް އެމެން ބަދަލު ކުރިނަމަ ފައިދާ
ހިބިރިންބެއްޔާގެ ކުޑަސޮރު
27 May 2023
މާލެއާ ހުޅުމާލޭގާ އުޅޭ ދަރަނބޫދޫ ރައްޔިތުން މިއޮއްއަގުބޮޑު ބަނދަރު އޭގެ އެންމެފުރިހަމަގޮތުގާ ބޭނުންކުރުމަށްޓަކާ އެނބުރި ރަށަށް ދިއުމަށް އިލްތިމާސްކުރަން.
ނުދާނެ
27 May 2023
ކިތަންމެ ބަނދަރެއް ހަދާދިނަސް ރަށް ދޫކޮށް އެކި ކަންކަމުގަ އެހެން ދިމާލަކަށް ހިޖުރަކުރާ މީހުން އަނބުރާ ރަށަށް ދާކަށް ނުއުޅޭ. މާލެ ސަރަހައްދު ތޮއްޖެއްސުން އޮންނަނީ ކުރާ ކަމަކަށް. އެކަމު އާބާދީ އެހާ މަދު ރަށްތަކަށްވެސް އެބަ ބޮޑު އަގުގަ ބަނދަރު ހަދައިދޭންޖެހޭ. ބަނދަރު ހަދައިދީ ނިންމާފަ ބަލާލާއިރު ރަށުގަ އުޅެނީ އަސްލު ރަށްވެހިންގެ ވިއްސަކަށް މީހުންނާ ހުސް ބިދޭސީ މަސައްކަތްތެރިން.