ވިޔަފާރި / އެޑްވަޓޯރިއަލް

ހޮސްޕިޓަލިޓީއަށް އޮތް ޓެކްނޮލޮޖީގެ ކުރިމަގު ކެއިރެޓުސޫގެ ސަމިޓުން ފެނިއްޖެ

28 މެއި 2023 - 12:10

ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓެކް ކޮމްޕެނީ ކެއިރެޓުސޫ އިން "ނެކްސްޓް" ގެ ނަމުގައި ސަމިޓެއް ބާއްވައިފި އެވެ.

އެއީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި ދުނިޔޭގެ އެންމެ ބޮޑު އެއް އޮޓޮމޭޝަން ކުންފުނި ލުޓްރޯންއާ ގުޅިގެން ބޭއްވި ސަމިޓެކެވެ.

ލުޓްރޯން އަކީ ދުނިޔޭގެ އެންމެ ބޮޑު ގެސްޓް ރޫމް މެނޭޖްމަންޓް ސިސްޓަމްސް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ ގެސްޓް ރޫމް މެނޭޖްމަންޓް ސިސްޓަމްތަކަކީ ގެސްޓް އެކްސްޕީރިއަންސް އެލެވޭޓުކޮށް، އޮޕްޓިމައިޒް ކުރުމުގެ ގޮތުން ރިސޯޓުތަކާއި ހޮޓާތަކުގެ ރޫމް އޮޓަމޭޓްކޮށް، އިންޓަގްރޭޓް ކޮށްދޭ ސިސްޓަމްތަކެކެވެ.

އެ ސިސްޓަމްތައް މެދުވެރިކޮށް، ގެސްޓްރޫމްތަކުގެ ލައިޓިން އާއި އޭސީ އަދި ރޫމްގެ ޝޭޑިން، އެއް ސިސްޓަމެއް މެދުވެރިކޮށް އިންޓްގްރޭޓުކޮށް ގެސްޓް އެކްޕީރައަންސް އެންހޭންސް ކޮށްދީ އޮޕަރޭޝަނަލް އެފިޝަންސީ އިތުރު ކޮށްދިނުމުގެ އިތުރުން އެނާޖީ މެނޭޖުކުރުމުގައި އެހީވެދެ އެވެ. އެގޮތުން، އޭއައި ޓެކްނޮލޮޖީއާއި ރޫމް ސެންސާތަކުގެ އެހީގައި ރޫމްގައި މީހުން އުޅޭވަގުތާއި ނޫޅޭ ވަގުތުތައް ދެނެގަނެ އެވަގުތަކަށް އެންމެ ބޭނުންވާ ގޮތަށް ސިސްޓަމް ޕްރޮގްރާމްކޮށް ޕްރޮސެސް ކުރުމަށް އެހީވެދެ އެވެ.

ސިސްޓަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާ އަކީ މި ހުރިހާކަމެއްގެ ކޮންޓްރޯލް އަދި މޮނީޓަރިން އަށް ދެވޭ ސޮޕްޓްވޭއާ (ލުޓުރޯން ވިއު) އެވެ. މި ސޮފްޓްވެއާ މެދުވެރިކޮށް އެ ޕްރޮޕަޓީއެއްގެ އިންޖިނިއަރިން ޑިޕާޓްމަންޓުން ފަސޭހަކަމާ އެކު ރޫމްތައް މެނޭޖުކުރުމަށް އެހީވެދެ އެވެ.

ކެއިރެޓުސޫ އަކީ ލުޓްރޯންގެ ގްލޯބަލް އެޗް.ޓީ.އައި. ލައިސަންސް ދީފައިވާ ހަތް ކުންފުނިން އެއް ކުންފުންޏެވެ. އަދި މި ކުންފުންޏަކީ ލުޓްރޯންގެ އެޗް.ޓީ.އައި. ލައިސަންސް އޮތް ހަމައެކަނި ދިވެހި ކުންފުންޏެވެ.

ނެކްސް ސަމިޓުގެ ބައިވެރިން. -- ފޮޓޯ: ކެއިރެޓްސޫ

މި ކުންފުންޏަށް ލިބިފައިވާ ލައިސެންސްގެ ދަށުން ރާއްޖެއަށް ލުޓްރޯންގެ ގެސްޓް މެނޭޖްމަންޓް ސިސްޓަމް ކެއިރެޓްސޫއިން ވަނީ ތައާރަފްކޮށް، ރާއްޖޭގައި ހިންގާ ނަން މަޝްހޫރު ގިނަ ރިސޯޓުތަކެއްގައި މި ސިސްޓަމް ވަނީ ގާއިމުކޮށްދީފަ އެވެ. އޭގެތެރޭގައި ވާލްޑް އޮފް އެސްޓޯރިއާ (އިތާފުށި) ރިޒް ކާލްޓަން، ފޯ ސީޒަންސް، ޕަޓީނާ ފަދަ ރިސޯޓުތައް ފާހަގަކުރެވެ އެވެ.

އެ ރިސޯޓުތަކުގައި ކެއިރެޓްސޫއިން ކުރިއަށް ގެންދިޔަ ލުޓްރޯން ގެސްޓް މެނޭޖްމަންޓް ސިސްޓަމް ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް "ނެކްސްޓް" ސަމިޓުގައި ވަނީ ހިމަނައިފަ އެވެ.

ހޮސްޕިޓާލިޓީ ދާއިރާއަށް ޓެކްނޮލަޖީއާ އެކު އަންނަމުންދާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ އެ ސަމިޓުގައި ލުޓްރޯންގެ ގިނަ ޕްރޮޑަކްޓުތަކެއްގެ މައުލޫމާތުތައް ބައިވެރިންނާ ވަނީ ހިއްސާކޮށްފަ އެވެ.

މި ސަމިޓުގައި ކެއިރެޓްސޫގެ ކޯ ފައުންޑާ ސޮފްވާން އަހުމަދު ދެއްވި ކީނޯޓް ސްޕީޗުގައި ހޮސްޕިޓާލިޓީ ދާއިރާ އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާއިރު އޭއައި އަދި އައިއޯޓީގެ މުހިންމުކަމާއި ބޭނުން ފާހަގަކުރެއްވި އެވެ. އަދި ގެސްޓުންނަށް ދެވޭ ހިދުމަތްތަށް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ޓެކްނޮލޮޖީ ބޮޑު ދައުރެއް އަދާކުރާނެ ކަން ފާހަގަކުރެއްވި އެވެ. އަދި ހޮޓެލް އިންޑަސްޓްރީގެ ކުރިމަގު ޓެކްނޮލަޖީގެ އެހީގައި އެއްކުރެވޭ މައުލޫމާތުތަކަށް ބިނާވެ، ކޮންމެ ގެސްޓަކަށް ވެސް އެ ބޭނުންވާ ތަފާތު އެކްސްޕީރިއަންސް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

ކެއިރެޓްސޫގެ ކޯ ފައުންޑާ ސޮފްވާން އަހުމަދު "ނެކްސްޓް" ސަމިޓުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ކެއިރެޓްސޫ

މި ސަމިޓުގައި ހޮޓެލް ޓެކްނޮލަޖީ އާއި ސަސްޓެއިނަބިލިޓީއާ ބެހޭ ގޮތުން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ބައެއް އިސްވެރިން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ޕެނަލް ޑިސްކަޝަންގައި ޓެކްނޮލަޖީގެ ސަބަބުން ދާއިރާއަށް ލިބޭނެ ލުއި ފަސޭހަތައް ޕެނަލިސްޓުން ފާހަގަ ކުރި އެވެ. އެގޮތުން ކޮންމެ ގެސްޓަކަށް ދޭނެ ހިދުމަތްތައް ކުރިއާލައި ދެނެގަނެވި ބޭނުންވާ ވަކި އެއްޗެއް ހުސްވާ ކަމުގައި ވާނަމަ، ސިސްޓަމެއް މެދުވެރިކޮށް އެކަން ނޮޓިފައިވުމުން، އެ އެއްޗެއް އެކޮށް ހުސްވުމުގެ ކުރިން ރީފިލް ކުރުން ފަދަ ގެސްޓުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމައަށް ސްޓާފުންނަށް ކުރެވޭނެ މަގު ތަނަވަސްވާނެ ކަމުގައި ފާހަގަކުރި އެވެ.

މި ޕެނަލް ޑިސްކަޝަންގައި ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީއާ ރައްޓެހި ސްޓާފުންތަކެއް ދާއިރާއަށް ބޭނުންވާނެ ކަމަށާއި އޭއައި މެދުވެރިކޮށް ހިދުމަތްތައް ދެވޭ ނިޒާމަކަށް ބަދަލުވެގެން ދާނެކަން ފާހަގަކުރި އެވެ. އަދި އޭއައިގެ ދައުރު ބޮޑުވުމަކީ ހިއުމަން ރިސޯސަސްއަށް އޮތް ގޮންޖެހުމެއް ނޫން ކަމަށާއި އޭއައިގެ ސަބަބުން މުވައްޒަފުންގެ މަސައްކަތްތައް އިރުތަށް ފުރިހަމަވެގެންދާނެކަން ފާހަގަކުރި އެވެ.

"ނެކްސްޓް" ސަމިޓުގައި ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަން. -- ފޮޓޯ: ކެއިރެޓްސޫ

ހޮސްޕިޓާލިޓީ ދާއިރާ ޓެކްނޮލަޖީއާ ރައްޓެހިވުމަކީ، ކަންކަން ތަރުތީބު ކޮށްދިނުމަށް ބޭނުންވާ ޑޭޓާ ކަލެކްޓުކޮށް މެނޭޖުކުރުމަށް ލިބޭނެ ފަސޭހައެއް ކަމަށާއި އޭގެ ސަބަބުން ހަރަދުތައް ކުޑަކޮށް، ގެސްޓުންނަށް ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭނެ ނިޒާމެއް ގާއިމުކުރެވެން އޮތީ ޓެކްނޮލޮޖީގެ ތެރެއިން ކަމަށް ޕެނަލިސްޓުން ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ޖީލަކީ ޓެކްނޮލޮޖީއާ އެކު ބޮޑުވަމުންދާ ބަޔަކަށް ވާއިރު، މި ފަދަ ދާއިރާތަކުގެ މުސްތަގުބަލު ޓެކްނޮލަޖީޢާ ގުޅިފައިވާކަން ޕެނަލިސްޓުން ފާހަގަ ކުރި އެވެ.

މި ސަމިޓުގައި ކެއިރެޓުސޫގެ ކޯ ފައުންޑާ ސޮފްވާން އަހުމަދު ވަނީ އެ ކުންފުނީގެ އީޖާދީ ޓެކްނޮލަޖީ "ކޮޓާރި" އެފްލިކޭޝަން ތައާރަފުކޮށްފަ އެވެ.

"ކޮޓާރި" އެޕް އަކީ ރިސޯޓުގައި ގެސްޓުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓައިޒް ކުރުމަށް ތައާރަފް ކުރި އެޕެކެވެ. އެޕް މެދުވެރިކޮށް ގެސްޓުންނަށް ރޫމް ސާވިސް އޯޑާ ކުރުމުން ފެށިގެން އެކްސްކާޝަންސް ބުކް ކުރުމާއި، ކޮޓަރީގެ ފިނި ހޫނުމިނާއި ލައިޓް ކޮންޓްރޯލް ކުރުމާއި، ޑޫ ނޮޓް ޑިސްޓާބް އޮން ކުރުން ފަދަ ހުރިހާ ހިދުމަތްތަކެއް މި އެޕުން ހޯދޭނެ އެވެ.

ކެއިރެޓްސޫގެ "ކޮޓާރި" އެޕްގެ އިންޓަފޭސް ބައިވެރިއަކު ބަލާލަނީ. -- ފޮޓޯ: ކެއިރެޓްސޫ

އެޕްގެ އިންޓާފޭސް އަކީ ޔޫސާ ފްރެންޑްލީކޮށް ފަރުމާކޮށްފައިވާ އިންޓަފޭސްއެކެވެ.

"ނެކްސްޓް" ސަމިޓް ނިންމާލާފައި ވަނީ ބައިވެރިންނަށް މި އެޕް ދައްކާލާ، ލުޓްރޯންގެ އެކި ސޮލިއުޝަންތައް ދައްކާލުމުގެ ސެޝަނަކުންނެވެ.

"ނެކްސްޓް" ސަމިޓު ބޭއްވި ކައިރެޓުސޫ ކުންފުންޏަކީ ރާއްޖޭގެ ގޯލްޑް 100ގެ ލިސްޓުގައި ވެސް ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނީގެ އަމަޡު ހިފާފައި ހުރީ ހޮސްޕިޓާލިޓީ ދާއިރާއަށް އީޖާދީ ކުރިއެރުން ގެނެއުމަށެވެ.

ނޯޓް: މިއީ ކެއިރެޓުސޫ އިން ވިޔަފާރި އުސޫލުން ޝާއިއުކޮށްފައިވާ ލިޔުމެކެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454