ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މި މަައި ކޭބަލަށް ގެއްލުން ލިބިގެން.-- ފޮޓޯ: ސްޓެލްކޯ
31 މެއި 2023 - 10:51
ހުޅުމާލޭގައި ހުންނަ ހިޔާ ޓަވަރުތަކާއި އެ އަވަށުގެ އެކި ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކާއި އެހެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލެ 2 ގެ ބޮޑު ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުން: ހިދުމަތް މެދުކެނޑުނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮންނަނިކޮށް، ޑިސްޓްރުބިއުޝަން މި މަައި ކޭބަލަށް ގެއްލުން ލިބިގެން.-- ފޮޓޯ: ސްޓެލްކޯ
ނަމަވެސް، ގެއްލުން ލިބިފައިވާ ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ކޭބަލާ ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ދެ ގަޑިއިރެއްހާއިރު ހޭދަވެދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" އެ ކުންފުނިން ބުންޏެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ހިޔާ ޔޫނިއަނުން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން މި ވަގުތު ކޮންމެ ޓަވަރެއްގައި ބޭނުންކުރެވޭނީ އިމަޖެންސީގައި ބޭނުންކުރެވޭ އެއް ލިފްޓު ކަމަށެވެ.
ހިޔާގެ އެކި ޓަވަރުތަކުގައި 30،000 އަށް ވުރެ ގިނަ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް..
31 May 2023
މަހީކުރީ ހުޅުމާލޭގެ މާސްޓަރ ޕުލޭނުގައި މިފަދަ މުހިންމު ކޭބަލްތައް މިއަށްވުރެ ރައްކާތެރިކޮށް ވަޅުލެވޭނެ ގޮތަށް އެކަން ރާވާފައިވާކަމަށް. އެކަމަކު ހުރީ 90ގެ އަހަރުތަކުގަވެސް ހުންނަގޮތަށް ވަޅުލާފަތާ. ތަފާތަކީ ކޭބަލު ތަފާތުކަން.
މަތީނު.
31 May 2023
ފުލެޓަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތަންތަނުން ކަރަންޓާއި ފެން ކަދާލަންވީ. އަދި ދިރިއުޅޭށޭ ކިޔާފައި މަކަރާއި ހީލަތް ހަދައި އޮޅުވާލައިގެން ފުލެޓް ހޯދުމަށްފަހު އެތަންތަން ބޮޑު އަގުގައި ކުއްޔަށްދީފައިތިބި މީހުންގެ ކިބައިން ފުލެޓް ވަކިކޮށް މިހާރު އެތަނުގައިތިބި މީހުންގެ ނަމަށް ފުލެޓް ބަދަލު ކުރަންވީ.
ކޮރަލް
31 May 2023
މާލޭގައި ސްޓެލްކޯގެ ބައެއް ވެރީންނަށް ވޭތުވެދިޔަ 40 ހަކަށް އަހަރު އެންމެ ބޮޑޫ ފައިދާ އެއް ވީ މާލޭ މަގުތައް ކޮނެ ކޭބަލް ވަޅުލުމަށް ކޮންޓްރެކްޓަރުން މަސައްކަތް ދީގެންނެވެ. މިހާރު ހުޅުމާލެ ވެސް އެފަދަ މިސްރާބަކަށް އިރު އިރު ކޮޅާ ދިރާގް ، ސްޓެލްކޯ ، މީޑިޔާ ނެތްފަދަ ކުންފުނިތަކުން ކޮންނަން ޖެހޭ ކަހަލަ ގޮތަކަށް ދާހެން ހީވެ އެވެ. އޭގެ ފައިދާ އާބަންކޯގެ ބަޔަކަށް ލިބޭނެ އެވެ.
އިސްމާލި
31 May 2023
"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،": މާފު ކޮށްފިން. އަދި ސުވާލެއް ކޮއްލާނަން. ހުޅުމާލެއަކީ މި ސަރަހައްދުގައިވެސް އެންމެ ބޮޑަށް ޕްލޭންކުރެވިގެން ތަރައްގީކުރާ ރަށް ކަމަށް ވީ އިރު މަގު ކޮންނައިރު ބުރިވާން ޖެހޭ ގޮތަކަށް ކަރަންޓު މައި ކޭބަލެއް އޮންނަންޖެހޭ ސަބަބެއްނުވިސްނޭ. ފޮޓޯ އިން ފެންނަ ގޮތުން އެ ކޭބަލު މަތީ ނެތް ރީނދޫ ޕްލާސްޓިކުކޮޅެއް ވެސް ދަމާލާފަ. ކުރީ ސަރުކާރޭ ނުކިއުއްވުން އެދެން. ހުރިހައި ކަމެއް ކުރީ ސްޓެލްކޯގެ ބެލުމުގެ ދަށުން.
ރީނދޫޓޭޕް
31 May 2023
ބަލަ ޓޭޕަކީ ކޭބަލްގެ ތަންކޮޅެއް މަތިން އޮންނަ އެއްޗެކޭ. ކޭބަލް އާ ހަމައަށް ކޮނެވޭ އިރު އެ ފެންނަން އޮންނާނެތަ
އަފްރާސިޔާބު
31 May 2023
ދެން އަވަހަށް ކަރަންޓް ކޭބަލް ބަދަލު ކޮށްލާ. އެއިރުން ލައްކަ ޑޮލަރ ޖީބަށް ވަންނާނެ. އެހެންޏާ ފަހެ ކޭބަލް އޮތްތަން ނޭގޭ ވަރުގެ ކުޑަ ކުދިންތަ ތިކަންކުރަނީ؟
ރަދީފްއޮފިޝަލް
31 May 2023
ތިނޫންވަރެއް ވޭތަ
ރަދީފު ބިން ރަފައިދާ
31 May 2023
ކަރަންޓު އެ ކެނޑުނީ ކަރަންޓުބިލަށް ކުލި ލާން ހިތަށްއަރުވާތީތޯ؟
ރުފައިދާގެ އަމާ
31 May 2023
ހިތުން މޮޅު ހިޔާލެއްދޯ ތިދިނީ
ވައިސަރިވާ
31 May 2023
ކުލި ދެއްކީމަ ކަރަންޓު ދޭން ވާނީ