01 ޖޫން 2023 - 16:10
ޔޫކްރޭން މިހާރު އޮތީ ނޭޓޯއާ ގުޅެން ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޕޮލިޓިކަލް ކޮމިޔުނިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މޮލްޑޯވާއަށް ވަޑައިގެން، ޒެލެންސީ މިއަދު ވިދާޅުވީ އޭނާގެ ގައުމު މިހާރު އޮތީ، ނޭޓޯގެ ތެރެއަށް ވަނުމަށް ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ ނޭޓޯ އެކަމަށް ތައްޔާރުވާނެ ވަގުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯއާ ގުޅުމަކީ ޔޫކްރޭންގެ ސަލާމަތީ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ ރައްކާތެރިކަން ޔޫކްރޭން ފަދައިން ހުރިހާ ގައުމަކަށް ވެސް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގެ ސަބަބުން، ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކާ މެދު ޔޫކްރޭނުން އިތުރަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވިދާޅުވި ގޮތުގައި ޔޫކްރޭން ނޭޓޯގައި ބައިވެރިކުރުމަށް އެ ޖަމާއަތުގެ ހުރިހާ ގައުމުތައް ވެސް ރުހެ އެވެ. ނޭޓޯގެ ދޮރު އަބަދުވެސް ހުންނާނީ އާ މެމްބަރުންނަށްޓަކައި ހުޅުވިފައި ކަމަށާއި، ނޭޓޯ އިތުރަށް ބޮޑުކުރުމާ ދެކޮޅަށް ވީޓޯ ކުރުމުގެ އެއްވެސް ހައްގެއް ރަޝިޔާއަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ނުވިޔަސް، އަދި ނޭޓޯއަކީ ޔޫކްރޭން ހަނގުރާމައިގެ ބައިވެރިއަކަށް ނުވާއިރު ވެސް، ރަޝިޔާގެ އުދުވާނުން ސަލާމަތްވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތުގައި ނޭޓޯ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ފޮނުވުމުގެ އިތުރުން، މާލީ ގޮތުން ވެސް ނޭޓޯ އިން ދަނީ ޔޫކްރޭނަށް އެހީތެރިވަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނޯ ބްލިންކެން މިއަދު ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި އެ ގައުމު ހިފުމަށް ކުރާ މަސައްކަތުން ކުރިއެރުމެއް ނުލިބުމުގެ މައިގަނޑު ސިއްރަކީ، ޔޫކްރޭންގެ ދިފާއުގައި ނޭޓޯގެ ގައުމުތަކުން ދަމަހައްޓަމުން އަންނަ އެއްބައިވަންތަކަމެވެ.
ނަމަވެސް ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބައޭރބޯކް ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައި އޮތް ގައުމެއް، ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.
"ނޭޓޯގެ ދޮރު އަބަދުވެސް ހުޅުވާފައި ބެހެއްޓުމުގެ ސިޔާސަތު އަދިވެސް އޮތީ އެ ގޮތުގައި. ހަމަ އެއާއެކު އަހަރެމެންނަށް ސާފުވާންޖެހޭ އަނެއް ކަމަކީ، ހަނގުރާމައެއްގެ މެދުތެރޭގައި އޮތް ގައުމެއް، ނޭޓޯގެ ގައުމެއްގެ ގޮތުގައި ބަލައިގަތުމާ މެދު ވާހަކަ ދެއްކެން ނެތްކަން،" ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބައޭރބޯކް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔައުނީ
03 June 2023
ޒެލެސް-ކީ އަކީ މިހާރު އެމެރިކާގެ އެލެންކީ އެއް. ވީމާ އޭނާ ހުންނާނީ ބާއި-ޑެން ކަމެއް ބޭނުންވާއިރަށް / ކަމަކަށް ބުނާއިރަށް ތައްޔާރަށް.
މޮޔައެއް މޮޔައެއް
02 June 2023
އެމެރިކާގެ މަސްލަހަތުތައް ދިފާއުކޮށް، އެމީހުންގެ އާއްމުދަނީ އިތުރުކުރުމަށް ގެންގުޅޭ ދޭދޭ ގައުމުތައް، ހާއްސަކޮށް އެމެރިކާ ހަސަދަވެރިވާ ގައުމުތަކާ ޖެއްސުމުގެ މަކަރުވެރިކަމުގައި ޖެހިއްޖެ ގައުމެއް ވިއްޔާ އާހިރުގައި އޮތީ ބޮނޑިބޮއިފަ. އަފްގާން، އިރާގް ދެކިބަލަ! ޔުކްރޭނަށްވެސް މާ ރަނގަޅުވާނެ ދޯ އަވަށްޓެރިންނާ ގުޅިގެން ކުރިއަށް ދިއުން. އެމެރިކާގެ ހީލަތްތެރިކަން ނުދަންނާނީ މޮޔައެއް.
ސާންޑު
01 June 2023
އަދިވެސް މީނާ ކަނޑާ ފޮނިކެޑުން މައިތިރިކުރާކަށްނޫޅޭތަ؟
ހަނޫން
01 June 2023
ތިހެން އޮއްވައި ގައުމު ސުއްނާފަތި އެވީ. މިތާނގައިވެސް ބޮޑުވަޒީރުކުޅޭ ބަޔަކު ތހެން އެބައުޅޭ
އިދުރީސު
01 June 2023
ޒެލެންސްކޯ އާއި އޭނާގެ ސާހިބު ބިޑަން' ދެ މީހުންވެސް އިންސާފު ގެ ކުރިމައްޗަށް ގެނެވޭނެ.
ސަންތިމަރިޔަނބު.
01 June 2023
މަ ހިތައްއަރާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނޯ ބްލިންކެން މިއީ ބުއްދި ސަލާމަތުންހުރި މީހެއްބާއޭ. ޔޫކުރޭނުގެ މުޅި ބިމުގެ 35 ޕަސެންޓު ރަސިއާ ހިފައިފިކަން އެ މީހާއަށް ނޭނގޭ. އެމެރިކާއިން ފޮނުވި ޒަމާނީ އަލްބަކާ ކަނޑިކިން އޮފު އަރުވާފަހުރި ޕެޓުރޮއިޓު ސިސްޓަމު ހިރަފުހަށް ވީކަމެއް ނޭނގޭ. ޔޫކުރޭނުގެ ޒުވާން ހުރިހާ ފިރިހެނުން ހަނގުރާމައިގާ މަރުވިކަމެއް ނޭނގޭ. ނޭޓޯއިން ފޮނުވިހާ ހަތިއާރު އަޅިއަށް ވީކަމެއް ނޭނގޭ، މިވަރު މީހަކު ހާރިޖިއްޔާގައި ބަހައްޓާފަ.
ދަބަރޭ
01 June 2023
ސާބަހޭ ދަގަނޑުބޭ..ގައުމު ފުނޑި ހިމުންވާއިރުވެސް ގޮތް ދޫނުކުރާތި.
ޞބބބވބ
01 June 2023
މި ޒެލެންސްކީ އަކީ ބޮޑުގަމާރެއް. ދުނިޔެއަށްހުރިބިރެއް. މި ކޮމޭޑިއަން މިއިޅެނީ 3 ވަނަ ބޮޑުހަނގުރާމަ ފަށުވަން.
އިބޫއ
02 June 2023
މި ރާއްޖޭގައި ނަމަ އަންނި. ޤައުމު ފުނޑާލާފަވެސް ބޭނުމީ ވެރިކަން