މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (ކ-3) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (ވ-2) އަދި މިނިސްޓްރީ އާއި މި ޕްރޮޖެކްޓަށް އެހީވި ތަންތަނުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 ޖޫން 2023 - 15:34
އެމްޓީސީސީގެ އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް މާލޭގައި އިއްޔެ ބަހައްޓައިފި އެވެ.
މި ސްޓޭޝަންގެ ހިދުމަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ހުޅުމާލެ ފެރީ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެމްޓީސީސީން ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ)ގެ މިނީ ބަހަށް ހާއްސަކޮށްގެން މި ސްޓޭޝަން ބެހެއްޓީ އެ ޓާމިނަލުގެ ގޯތިތެރޭގަ އެވެ.
މާލެ-ހުޅުމާލެ ފެރީ ޓާމިނަލުގައި ބެހެއްޓި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މި ޕްރޮޖެކްޓަށް އެހީތެރިކަން ދިން ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މިއީ އދ. ގެ "ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓްގެ ދަށުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ބެލުމުގެ ދަށުން ކުރި މަސައްކަތެކެވެ. މި ޕްރޮޖެކްޓަށް ފަންޑުކުރީ ޖަޕާނު ސަރުކާރުންނެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައި މި ކަހަލަ އިތުރު ޗާޖިން ސްޓޭޝަންތައް މާލެ ސަރަހައްދުގައި އެކި ތަންތަނުގައި ބަހައްޓަން ރޭވިފައިވެ އެވެ. ހުޅުމާލެ ފެރީ ޓާމިނަލުގައި ބެހެއްޓި ސްޓޭޝަނުން މިއަދުން ފެށިގެން ހިދުމަތް ލިބޭނެ އެވެ.
މާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖުކުރާ ސްޓޭޝަނެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އިއްޔެގެ ރަސްމިއްޔާތުގައި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މިއީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
"މި ޕްރޮޖެކްޓު ނިމުމަކީ، 2030ގެ ކުރިން ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް. އަދި ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެންނަށް އަދާކުރެވުނު ބޮޑު ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު، މިނިސްޓަރު ނަހުލާ އާއި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން އިލެކްޓްރިކް މިނީ ބަހެއް އެތަނުން ޗާޖުކޮށް، މާލޭގައި ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުން އަންނަ އާރުޓީއެލް ބަހުގެ ހިދުމަތުގައި އިލެކްޓްރިކް ބަސްތައް ބޭނުންކުރެ އެވެ.
ޗާޖިން ސްޓޭޝަން ހުޅުއްވައިދެއްވުމަށް ފަހު، ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން ވަނީ އިލެކްޓްރިކް މިނީ ބަހެއް އެތަނުން ޗާޖުކޮށް، މާލޭގައި ދަތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 June 2023
ޓްރެފިކް ލައިޓެއް އިފްތިތާހުކުރަން ރައީސްގެ ނާއިބު، ޗާޖިންގ ސްޓޭޝަނެއް އިފްތިތާހުކުރަން ބޮޑު ރަސްމިއްޔާތެއް، ސެންޓްރަލް ޕާކުގަ ފޯން ޗާޖިންގ ސްޓޭޝަން ހުޅުވަން ހަވާ އެރުވުން.
ކަކުނިބޯ
02 June 2023
ޢަހަންނަށް ތިޔަ ހިދުމަތް ލިބޭކަށްނެތްތަ
ފޭކްގޭމެކޭ
02 June 2023
ސަރުކާރުން ރިނަވަބްލް އެނަރޖީއޭ ކިޔާ ސަރުކާރަށް ނެތޭ އެއްވެސް ގޮތުން ތަފާސް ހިސާބުން ދެއްކިފައި މިހާތަނަށް މިކަމަށް ކުރި ހޭދައިން ލިބުނު އެއްޗެއް ޖަޕާނު ސަރުކާރުގެ އެހީގައި ސަރުކާރުން އެކަމަށް އެދިގެން ޖަޕާނުން ދީފިއޭ 500 މިލިއަން ޑޮލަރު މިދިޔަ 10 އަހަރު ރިނަވަބްލް އެނަރޖީ އަށް އެކަަމަކު އަންދާ ތެލުން އެންމެ ލީޓަރު ޑީސަލް ނެތޭ ސަލާމަތް ވެފައި ފެނަކަ ވެސް ހަދަނީ ދޮގޭ ތިމާވެށި މިނިސްޓްރީން ހަދަނީ ރޯބުހުތާނު ދޮގޭ މީ ބޮޑު ގޭމެކޭ ކުޅޭ
އަލީ
02 June 2023
ކިތަންމެ ކުޑަ ކަމެއްވިޔަސް ވާނެ ރެބަން ކަނޑަން
ހުއްޓޭ
02 June 2023
ޝުކުރިއްޔާ ޖަޕާނުގެ ރައްޔިތުން.
ނުވާނެއޭ
02 June 2023
ބްރިޖްގެ އަރިމަތީގައި އެބަޖަހާ ސޯލަރ ޕެނަލްސް ތަކެއް ސަރުކާރުން ބުނަނީ މަހަކު 24 މިލިއަން ރުފިޔާގެ ތެޔޮ ސަލާމަތްވާނެއޭ ނުވާނެ އެކަމެއް އެގޮތަށް އެއީ ސީދާ ހައިބްރިޑް ސިސްޓަމް އެއް އޭގައި އެއްވެސް ބެޓްރީ ސްޓޯރޭޖް އެއް ނެތޭ އެހެން ވުމުން ވިލާ ގަނޑެއް އިރާއި ހަމަވާއިރަށް ސޯލަރ ޕެނަލްސް ތަކުގެ ޗާރޖް ސުމަކަށް ދާނެއޭ މިގޮތަށް ވާނެއޭ ދުވާލަކު މަދުވެގެން 100 ފަހަރު މިކަމަށް ހުންނާނެއޭ 5 މެގަވޮޓް އިންޖީނެއް ހިންގާފައި އެއިން ތެޔޮ އަނދާވަރަށް އަނދާނެއޭ
މަދުނުވެއޭ
02 June 2023
ސަރުކާރުން ތަފާސް ހިސާބު ހަދާ އަދި އިންޖިނިއަރިންގް ކަލްކިއުލޭޝަންސް އެއްގޮތަކަށް ވެސް އިންޖިނިއަރިންގް އޮރިއެންޓެޑް ކަންކަމުގައި ނަަހަދާ ކަމޭ އެގިގެންދަނީ އިލެކްޓްރިކް ވެހިކަލް ޗާރޖިންގް ސްޓޭޝަން ތަކެއް ބެހެއްޓުމުން އެއީ ބޮޑު ކަމެއް ކަމަށް ދައްކަނީ ތިޔާ ޗާރޖް ކުރަނީ ކަރަންޓުންނޭ ކަރަންޓް އުފައްދާ ސޯސް އަކީ ބޮޑު އިންޖީނުގެއޭ ބޮޑު އިންޖީނުގެ އިން އެއްފަހަރާ ހިންގައޭ 12 އިންޖީނު ދުވާލަކު އަންދައޭ 140 ހާސް ލީޓަރު ޑީސަލް އެންމެ ލީޓަރެއް ވެސް
ސަސި
02 June 2023
މިހުންނަނީ މިނިސްޓަރ ދާންޖެހޭވަރުގެ ބޮޑެތި މެގަ ޕުރޮޖެކްޓް!!!
5789
02 June 2023
މިމީހުންގެ ފެންވަރު.
އަލްް
02 June 2023
ރާއްޖެ އަކު ނޫން މުޅި ދުނިޔޭގަވެސް މިމާ މޮޅު ކަމަކަށް ހަދާފަ އިލެކްރިކް ވެހިކަލް މިހަދާ ޕްރޮމޯޓް ކުރަނީ މީހަމަ ދެއުޅިއެއް ނުވާ ކަމެއް. ބޭނުމަކީ ތެޔޮ އަންދައިގެން ވިހަ ދުން ޖައްވަށް ދިއުން ހުއްޓުވުން. އެކަމް ތެޔޮ އަންދައިގެން ސުޕަ ޗާޖަރު ޗާޖް ކުރަނީ. ތެޔޮ ނާންދާ ޗާޖަރު ޗާޖް ކުރާނަމަ ރަގަޅު ކަމެއް.