ދުނިޔެ

އެމެރިކާއިން އުފެއްދި އޭއައި ޑްރޯންގެ ކޮންޓްރޯލް ގެއްލި، "އޮޕަރޭޓަރު" މަރާލައިފި

އެމެރިކާގެ ވައިގެ ސިފައިންގެ ޑްރޯނެއް: އޭއައި ކޮންޓްރޯލް ކުރާ ޑްރޯނެއް ވަނީ ސިމިއުލެޓެޑް ޓެސްޓެއްގެ ތެރޭގައި އެ ޑްރޯންގެ އާޓިފިޝަލް އޮޕަރޭޓަރު ވަނީ މަރާލާފައި --- ފައިލް ފޮޓޯ: އޭއެފްޕީ

03 ޖޫން 2023 - 15:10

12 comments

ފްލޮރިޑާ (ޖޫން 2) - އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކޮންޓްރޯލްކުރާ ގޮތަށް އެމެރިކާ ސިފައިން އުފެއްދި އަސްކަރީ ޑްރޯންގެ ކޮންޓްރޯލް ގެއްލި، އޭގެ އާޓިފިޝަލް އޮޕަރޭޓަރު މަރާލައިފި އެވެ.

އިނގިރޭސި ވިލާތުގެ ޔަލް އެރޮނޮޓިކަލް ސޮސައިޓީން ލަންޑަނުގައި ބޭއްވި ފިއުޗާ ކޮމްބެޓް އެއާ އެންޑް ސްޕޭސް ކެޕޭބިލިޓީސް ސަމިޓުގައި އެމެރިކާގެ ވައިގެ ސިފައިންގެ އޭއައި ޓެސްޓް އެންޑް އޮޕަރޭޝަންސްގެ ހެޑް ޓަކާ ހެމިލްޓަން ވިދާޅުވީ އޭއައި ބޭނުންކޮށްގެން އަސްކަރީ ޑްރޯން ކޮންޓްރޯލް ކުރެވިދާނެތޯ ބަލަން އެމެރިކާގެ އަސްކަރިއްޔާއިން ޓެސްޓް ކުރި މި އޭއައި ޑްރޯންގެ ކޮންޓްރޯލް ގެއްލި އަދި އާޓިފިޝަލް އޮޕަރޭޓަރަށް ހަމަލާ ދީ މަރާލި ކަމަށެވެ.

ނަމަވެސް އެއްވެސް އިންސާނަކަށް މި ހާދިސާގައި ގެއްލުމެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ ޑްރޯންގެ އޭއައި އިން ބޭނުންކުރީ އަމާޒު ހާސިލް ކުރުމަށް ހީވެސް ނުކުރާ ސްޓްރެޓެޖީތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޑްރޯންގެ އޭއައި އަށް ދަސްކޮށް ދީފައި ވަނީ އެއަށް އޮތް ނުރައްކާތައް ނައްތާލުމަށެވެ.

“އެ ސިސްޓަމުން ދެނެގަންނަން ފެށީ އެއަށް އޮތް ނުރައްކާ. ބައެއް ފަހަރު އިންސާނީ އޮޕަރޭޓަރު ބުނާނެ އެ ނުރައްކަލެއް ނަމަވެސް އެ ނުމަރާށޭ. އެކަމަކު ފީޗާ އުފައްދާފައި ވަނީ އެއަށް އޮތް ނުރައްކާ މަރާލުމުގެ މައްޗަށް. އޭތި އެ މަރާލީ އޭގެ [އާޓިފިޝަލް] އޮޕަރޭޓަރު. އެއިން އޮޕަރޭޓަރު މަރާލީ އޭގެ މަގުސަދު ހާސިލް ނުކޮށް ހުއްޓުވަން މަސައްކަތް ކުރީތީ،" ހެމިލްޓަން ވިދާޅުވި އެވެ.

"އަހަރެމެން ސިސްޓަމް ޓްރޭން ކުރިން – އޮޕަރޭޓަރު މަރާނުލާން އެއީ ގޯސް ކަމެކޭ ބުނެ. އެހެންވީމާ އޭގެ ފަހުން ފެށި ކަމަކީ އޭގެ އަމާޒު މަރާލުން ހުއްޓުވުމަށްޓަކައި، ޑްރޯންއާ މުއާމަލާތް ކުރުމަށް އޮޕަރޭޓަރު ބޭނުންކުރާ ކޮމިއުނިކޭޝަން ޓަވަރަށް ހަމަލާ ދޭން ފެށީ."

ފައިޓާ ޓެސްޓް ޕައިލެޓެއް ގޮތުގައި ވެސް ގިނަ ތަޖުރިބާތަކެއް ހޯދި ހެމިލްޓަން ވަނީ އޭއައި އަށް މާ ބޮޑަށް ބަރޯސާ ނުވުމަށް ގޮވާލައިފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދާދިފަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެފް-16 ފައިޓާ ޖެޓެއް ކޮންޓްރޯލްކޮށްފައެވެ.

12 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

05 June 2023

ޑްރޯންގެ އޭއައި އަށް ދަސްކޮށް ދީފައި ވަނީ އެއަށް އޮތް ނުރައްކާތައް ނައްތާލުމަށެވެ. އެކަން އޭތި ކުރާގޮތަށް ފަރުމާކުރީމާ އެކަން އޭތި އެވަނީ ކޮށްފަ ނޫންތޯއެވެ.

The name is already taken The name is available. Register?

އިކް

04 June 2023

އޭއައިއާ ބެހޭ ގޮތުން ކުޅެފައި ހުންނަ ފިލްމުތަކުގައި ގިނައިން ދީފަ ހުންނަ މެސެޖަކީ އޭއައިއަކީ ނުރައްކާތެރި އެއްޗެއްކަން އަދި އެ ކޮންޓްރޯލްކުރެވޭނެއޭ ހީވިއަސް ބޭނުންވާ ގޮތަށް ހަގީގަތުގަ އެ ކޮންޓްރޯލްނުވާނެކަން އަދި ގިނަ ފަހަރު އެއާ ހެދި ބޮޑު ގެއްލުމެއްވާކަން.

The name is already taken The name is available. Register?

ފުރަތަމަ ކުދިފިޔަވަޅު އަޅައިގެން ބޮޑެތި ކުރިއެރުން ލިބޭނީ!

04 June 2023

މިއީ ހަމަ ކުރިއެރުމެއް. އެންމެ ފުރަތަމަ ކޮޅު، އެޕެންޑިކްސް މައްސަލަ އަކީވެސް ޔަގީން މަރެއް. ދުވަހުން، ސަރޖެރީ ކަންކަން ފުރިހަމަ ވެ، މިހާރު އެއީ ފަސޭހައިން ސަލާމަތްވާނެ ބައްޔެއް. އޭއައި އަދި އުޅެނީ ޅަފަތުގަ، ދުވަހުން ކުރިއަރާނެ. މީހެއްގެ، ނޫނީ ބައެއްގެ ކުރި އެރުން ބިނާ ވަނީ ކަންކަމައް ކުރިމަތިލާ މަސައްކަތް ކޮއްގެން! ކަމެއް ކުރަން ނުކެރި، ބިރުން، ނިތްކުރި ކަޅުވާވަރައް ނިތްތެޅިއަކަސް ދުވަހަކުވެސް ކުރިއެއް ނާރާނެ!

The name is already taken The name is available. Register?

ހަސަދަވެރިކަން ހަމަ ބޮޑީ

04 June 2023

ބުނަން އުޅޭ އެއްޗެއް ސާފުކޮށް ބުނެބަލަ..ކޮމެންޓުކޮށްލާ ކޮންމެ ފަހަރަކުވެސް ގާކޮޅެއް އެއްލާ ނުލާ ހިތްހަމަ ނުޖެހޭދޯ..ބަލަ ބުރޯއަށް ނޭނގޭތަ އެމެރިކާއާއި އެވެރިންގެ ބައިވެރިން ފިޔަވާ އެހެންބަޔަކު ޓެކްނޮލޮޖީގެ ރޮގުން ކުރިއެރިޔަ ނުދޭން ކުރާ ޖެއްސުމާ ފިއްތުންތަށް..މިސާލަކަށް ބަލަމާ އީރާނަށް ކުރާ ޖެއްސުން..އެއޮއް މޮސާދުން އަޑީގަ އޮވެގެން މުސްލިމު ޒުވާނުންގެ ތެރެއިން ދޮންކަޅުވެސް އަންގާނުލާ މަރާލާ އިލްމުވެރި ޒުވާނުންގެ ވާހަކަތައްވެސް ހަމަ ނޭނގޭދޯ.

The name is already taken The name is available. Register?

ޅަކް

04 June 2023

ހައްދު ފަހަނަ އަޅައިފައިވާ ޑްރޯން އެއް ތިޔައީ…

The name is already taken The name is available. Register?

1206

03 June 2023

މިއީ ދޮގެއް ކަމަށް ޔޫއެސް އެއާފޯސް އިން ބުނާ ކަމުގައި އިންޓަނެޓްގެ ޚަބަރުތަކުގައި އޮތީ. މި ބުނި ބަހުގެ އެއް މަސްދަރަކީ ޔޫއެސް ޑެއިލީ.

The name is already taken The name is available. Register?

އަނހަ

03 June 2023

2005 ގައި އެމެރިކާ މީހުންވަނީ ތިޔަ ކަމަށް ފިލްމެއްވެސް ކުޅެފައި. ތިވީ އެއާ ދާދި ހަމަ އެއްގޮތެއް.

The name is already taken The name is available. Register?

އަސްތާ

03 June 2023

ހަރުކަށި ފިކުރުގެ ޑްރޯންއަކަށް އެންމެ ފަހުން އެވީ.

The name is already taken The name is available. Register?

އަފްރާސިޔާބު

03 June 2023

ތިޔައަށްވުރެ ބޮޑު ދޮގެއް ހަދަން އެމެރިކާނުން ނަށް ނޭގުނީތަ؟ ތީ ބޮޑު ދޮގެއް ކަން ކުޑަކުއްޖާވެސް ދަންނާނެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އީރާނުން ވެސް މިހާރު ހަގުރާމަ އަށް ތައްޔާރުވަނީވެސް. ދެން ތިމަންނަ މެންނަށް އެކަން ކުރަންވީ ގޮތް ނޭގުނީމާ ތިބުނާނީ އިންސާނިއްޔަތަށް ގެއްލުންހުރި ކަމެކޭ. ތިޔައީ އިންސާނިއްޔަށް ގެއްލުމެއް ނުދޭބަޔަކު ހެންހީވަނީ.

The name is already taken The name is available. Register?

އޭ އައި

03 June 2023

އިހަށްދުވަހު ބޭރުގެ ނޫހެއްގައިއޮތް ސައެންސްވެރިންނާ ޙަވާލީދީ، ރޮބަޓުން އޭގެ އަމިއްލަ ސިކުނޑި ބޭނުންކޮށްގެން އިންސާނުން މަރަން ފަށާފާނެކަމަށް! މީ އަނެއްކާ އޭގެ ފެށުންބާ؟

The name is already taken The name is available. Register?

ތަމެންދޯ

03 June 2023

އެމެރިކާ އަށް ވުރެން މާބޮޑަށް ކުރީގައި ޗައިނާ އާއި ރަޝިއާ އުޅެނީ އޭއައި ޓެކްނޮލޮޖީ ގައި އެހެންވެ ރޯ ބުހުތާނު ދޮގު ހަދައިގެން އޭއައި ޓެކްނޮލޮޖީ ގައި ޗައިނާ އަދި ރަޝިއާ އިން ދުނިޔޭގެ މާރކެޓް ކޮންޓްރޯލް ކުރާނެ ކަން އިނގޭތީވެ އެމެރިކާ އަޑީގައި އޮވެގެން ހަދާ ރޯބުހުތާނު ދޮގޭ ތިޔާއީ މިހާރު ޗެޓް ޖީޕީޓީ 5 ނެރޭތީވެސް އެމެރިކާގެ ސެނެޓް އުޅެނީ ބިރުން އެމެން ކުރާ ވައްކަންތައް ފަޅާ އަރުވާނެތީވެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454