ޔޫކްރެއިންގެ ޑޭމް އެއް ދެފަޅިވެ، ހަލާކުވެފައި.-- ފޮޓޯ: އޭއެފްޕީ
07 ޖޫން 2023 - 13:31
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ބިޔަ ޑޭމް ނޯވާ ކަޚޯވްކާ ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް ފެންގަނޑު ފެތުރެމުން ދާތީ، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ އެވެ.
އަންގާރަ ވިލޭރޭ ދަންވަރު މި ޑޭމް ގޮއްވައިލި ބައެއް މުޅިން ކަށަވަރު ނުވާއިރު، ޔޫކްރޭނާއި ރަޝިޔާ އިން ދަނީ އެއް ގައުމުން އަނެއް ގައުމުގައި އެ ތުހުމަތު އަޅުވަމުންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ބަޔަކު ޑޭމް ގޮއްވައިނުލިޔަސް، އެއީ އެ ޑޭމް އެކަށީގެންވާ ގޮތެއްގައި މަރާމާތުނުކޮށް ގިނަދުވަސްވެފައިވާތީ ދިމާވި ހާދިސާއަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ޑޭމްގެ ގޮއްވައިލުމުން ކޯރުގެ ފެންގަނޑު ފުރި ބަންޑުންވަމުން ދާތީ، ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު މިހާރު ދަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވަމުންނެވެ. ކުރިއަށް އޮތީ ވެސް ވިއްސާރަ ދުވަސްތަކެއް ކަމަށްވުމުން، ކޯރުގެ ފެންގަނޑު އިތުރަށް ބޮޑުވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ޔޫކްރެއިންގެ ޑޭމް އެއް ހަލާކުވެ، ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ
ޔޫކްރޭނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ބިނާކޮށްފައި ހުރި މި ބިޔަ ޑޭމް ހުންނަ ސަރަހައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގަ އެވެ. ރަޝިޔާ ސިފައިން އެ ސަރަހައްދު ހިފާފައިވަނީ، ފެބްރުއަރީ 24، 2022 އިން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމައިގަ އެވެ.
އެ ޑޭމް ހަދާފައި ހުރީ ޑެނިޕްރޯ ކޯރުގެ ފެންގަނޑު ކޮންޓްރޯލްކޮށްގެން އުފެދޭ އޮއިވަރުގެ ބާރުގައި ކަރަންޓު އުފެއްދުމަށް ކަމަށްވާތީ، ޑޭމް ގޮއްވައިލުމާ ގުޅިގެން މުޅި ސަރަހައްދަށް މިހާރު ވަނީ ކޯރުގެ ފެންގަނޑު ފެތުރެން ފަށައިފަ އެވެ. ޑޭމްގެ ވަށައިގެންވާ ބައެއް ސަރަހައްދުތަކުގައި މިހާރު ހުރީ މީހުންގެ އިސްކޮޅަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި އެ ޑޭމް ގޮއްވައިލީ ރަޝިޔާގެ ޓެރަރިސްޓުންނެވެ. އެފަދަ އަމަލުތައް ކިތަންމެ ވަރަކަށް ހިންގިޔަސް، ޔޫކްރޭންގެ ބިންތައް ފޭރިގަނެގެން ތިބި ރަޝިޔާގެ ހުރިހާ ސިފައިންވެސް އެއްވެސް އިސްތިސްނާއެއް ނެތި އެ ބިންތަކުން ބޭރުކުރާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރެއިންގެ ޑޭމް އެއް ހަލާކުވެ، ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ
"ފެނުން ވިޔަސް ނުވަތަ މިސައިލާއި އެހެން އެއްޗަކުން ވިޔަސް ޔޫކްރޭން ހުއްޓުވުމަކީ ޓެރަރިސްޓުންނަށް ކުރެވޭނެ ކަމެއް ނޫން. ޔޫކްރޭން ބިމުން އެންމެ މީޓަރެއް ވެސް ރަޝިޔާއަކަށް ނުލިބޭނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ ވިދާޅުވި ގޮތުގައި ޑޭމް ގޮއްވައިލުމަކީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ މިސްރާބު ބަދަލުކޮށްލައި، ޔޫކްރޭންގެ ސިފައިން އަލުން އެއްތަން ކުރުމަށް ވަގުތުގެ ބޭނުންހިފުމަށް ޔޫކްރޭނުން ޖެހި މަޅިއެކެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވި ގޮތުގައި އެއީ ޔޫކްރޭނުން ގަސްދުގައި ކުރި ކަމެކެވެ. އަދި މިއީ މިދިޔަ ހަފުތާގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދޭން އުޅުނު ހަމަލާތައް ނާކާމިޔާބުކޮށްލުމުން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔޫކްރޭނުން ހިންގި ފިނޑި އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމުގުރާތުސް
08 June 2023
ބޮޑަށް ލަފާކުރެވެނީ ފިތުނައުފައްދައި، ރަޝިއާ ބްލޭމްކުރަން އެމެރިކާނުންނާއި ޔޫރަޕިއަނުންގުޅިގެން ހިންގި ބޮޑު ޖަރީމާއެއްކަމަށް. މިކަމުގެ ތަހުގީގަށް އެމެރިކާގެ ބައިޑަން ހައްޔަރުކޮށް، ޖަލަށްލައި، ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ. ނިއުކުލިއައޭކިޔައިގެން މެދުއިރުމައްޗަށް ވެރިވެގަތް ބައިގަނޑެއް އެއީ!
ލެނިން ގެ ދަރި
08 June 2023
ރާޝިޔާ އިން ތިކަން ކޮށްފާނެ. ސްޓާލިން ދުވަސްވަރު އެމީހުން ކޮށްލާފައި ހުރީ ކޮންފަދަ ޖައްބާރު ކަންތަކެއް. ދިވެހިން ރަޝިޔާއަށް ތާއީދު ކުރަނީ ތާރީޚު ނޭނގޭތީ. އެއީ ވަކި އެމެރިކާއަށްވުރެ ސަހަލު ބައެއް ނޫން. ރަޝިޔާ މީހުންނަކީ ވަރަށް ކަޑަ ބައެއް. ހަނގުރާމަ ކުރެވޭ ބައެއްވެސް ނޫން. ހަނގުރާމަ ކުރުންވެސް އެމީހުން އޮންނަނީ އައުޓުސޯސް ކޮށްފަ ޒާތަކުގެ ކުލީސިފައިން ތަކަކަށް. ރަޝިޔާގައި އުފައްދާ އެއްޗެއް ބުނެބަ އެއްވެސް ކޮލިޓީ ހުރި އެއްޗެއް. މި ބުނީ ހަތިޔާރު ނޫނީ. ހަތިޔާރުވެސް އެހާ ކަޑަ. އެއީ ދެވަނަ ދަރަޖައިގެ ބައެއް. ރަނގަޅު ބަލި ވިއްޔާމުން.
ވަހީދުބެ
08 June 2023
ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ތަނެއް އެމީހުން އަމިއްލައަށް ގޮއްވާލައިގެން ލިބޭނެ ފައިދާއަކީ ކޮބާ؟
ބީރުބޮލުވަޒީރު.
07 June 2023
ތިއަ ޑޭމު ގޮއްވާލައިގެން ރަސިއޢއަށް ލިބެން އޮތް މޮޅެއް ބުނެބަލަ. ތިއައީ ޔަހޫދީ ޓެރަރިސްޓު ޒެލެންސްކީ އާއި އޭނާގެ ބަފާބެ ބައިޑެންގެ ރޭވުމެއް. އެމެރިކާގެ ނަމުން މަޝްހޫރު ޕެޓުރޮއިޓު ސިސްޓަމު އަޅިއަށްވެ ޖައްވަށް ބުރައިގެން ދިއުމުން މުޅި ދުނިޔޭގައި އެމެރިކާ ފަޟީހަތްވެގެން ތިއައުޅެނީ. ޗައިނާގެ ދިފާއީވަޒީރާ ސަލާމްކޮށްލާހިތުން ސިންގަޕޫރުގެ ސަންގުރިއްލާ ހޮޓަލުގައި އެމެރިކާގެ ދިފާއީވަޒީރު ތެޅިބޭލިގޮތުން މިހާރުވެސް ހެވޭ.