މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
14 ޖޫން 2023 - 12:10
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
މަޖިލީހުގައި މިއަދު ފުރަތަމަ މަސައްކަތަކަށް އޮތީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ.
ނަމަވެސް އާދަމް ޝަރީފް މައްސަލަ ހުށަހަޅައްވަން މަސައްކަތް ކުރައްވަނިކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަން ފެއްޓެވީ އެވެ.
މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާއެކު، ރިޔާސަތުން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެތައް ފަހަރެއްގެ މަތިން ފުރުސަތު ދެއްވައިގެން، އާޒިމް ނެންގެވި ނުކުތާގައި ފާހަގަކުރެއްވީ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ.
އެ މާއްދާގައި ބުނާ ގޮތުގައި ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާ އެއްގައި ނިންމުމަށް އެދި، ނުވަތަ ކުރުމަށް އެދި ހުށަހަޅާ ކަންކަމެވެ. އަދި އެ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.
އޭގެ ފަހުން، ޑިމޮކްރެޓްސްގެ އިތުރު މެމްބަރުން ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައިގެން ހަމަ އެ މައްސަލަ ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި 16 މެމްބަރުންގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ޖަލްސާ އެއްގޮތަކަށް ވެސް ކުރިޔަށް ނުގެންދެވޭ ގޮތް ވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައިގެން މިކަން ހައްލު ކުރެއްވުމަށް ފަހު މަޖިލިސް ފެއްޓެވުމަށެވެ.
އެ ކަން ބަލައިގަނެ އަފީފް ވަނީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ޖަލްސާ މެދުކަނޑާލައިފަ އެވެ.
މަޖިލިސް އަލުން ފަށައި ކުއްލި މައްސަލަ ހުށަހަޅަން އާދަމް ޝަރީފަށް ފުރުސަތު ދެއްވުމާއެކު އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އަނެއްކާވެސް ކޮމިޓީތައް އެކުލަވާލުމުގެ އައިޓަމް ސާފުނުވާ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވައިގެން، ހަމަ އެ މައްސަލަ ރިޔާސަތުގެ ސަމާލުކަމަށް ގެންނެވި އެވެ. އަދި އެ އައިޓަމް އެޖެންޑާއިން އުނިކޮށްގެން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަކުރައްވަމުން ގެންދެވި އެވެ.
ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ދެއްވަން ރިޔާސަތުން އަފީފް ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް، އެއްވެސް މެމްބަރެއްގެ ނަން އިއްވާފައެއް ނުވެ އެވެ.
އިދިކޮޅު މެމްބަރުންނަށް ރައްދު ދެއްވައި އެމްޑީޕީ މެމްބަރުން ވެސް ނިޒާމީ ނުކުތާތައް ނަންގަވައި، މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު އެއިރުވެސް، ތަޅުމުގައި އިދިކޮޅު މެމްބަރުން ގެންދެވީ އަޑުގަދަ ކުރައްވައި ޖަލްސާއަށް ހުރަސްއަޅުއްވަމުންނެވެ.
އެ އާއެކު ޕާޓީތައް މަޝްވަރާކޮށްގެން ހައްލެއް ލިބޭތޯ ބެލުމަށް މެމްބަރު އާމިރު އަނެއްކާވެސް ހުށަހެޅުއްވުމުން، އެކަމަށް ފުރުސަތު ދިނުމަށް މިއަދުގެ ޖަލްސާ ދެވަނަ ފަހަރަށް ވަނީ މެދުކަނޑާލާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކުރުސީ
14 June 2023
މުޅިމަޖްލިސް ސަސްޕެންޑުކުރުމުގެ ގާނޫނީ ބާރުވެރިކަމެއް މިގައުމުގެ އެއްވެސް އިދާރާއަކަށް ލިބިގެންވާނަމަ އެފަރާތުގެ ޒިއްމާ ފުރިހަމަޔަށް އަދާކުރުމަކީ މިހާރު ވަރަށް މުހިއްމު ކަމެކެވެ.
މުގާބޭ
14 June 2023
ނޯވެ، އެއީވެސް ހަމައެކަނި މަޖިލީހަށް ކުރެވޭކަމެއް. އެބޭފުޅުން އަމިއްލަޔަށް ތިކަމެއްނުކުރާނެ.
ަބުރޯ
14 June 2023
އާޒިމްއަކީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެއް. ނުކިޔަވާ، ކުރީން ފުޓްބޯޅައިގަ އުޅުނު މީހެއް. ހަމައެއް ލަމައެއް ނޭނގޭނެ.
ހޯރަފުށީ ޗާލުނަޔާ
14 June 2023
އަފީފަށް ކުއްލި ގޮތަކަށް ފޯނު ކޯލެއް ލިބުނު މަންޒަރު މަޖިލީހުގެ ލައިވް ފީޑުން ފެނޭ އަދި., ރިޔާސަތުގައި އިންނަވައި ފޯނު ކޯލަށް ޖަވާބު ދެއްވައި "އާދެ. ނިންމާލަނީ. ނިންމާލަނީ" ކަމަށް ވިދާޅުވުމަށް ފަހު މަޖިލިސް ޖަލްސާ ނިންމަވާލެއްވި.
ފުޅުބެ
14 June 2023
އާފީފް ކީއްވެ ހަޅޭލަވާ މަޖިލިސް ކުރިޔަށް ދިޔަ ނުދޭށް އުޅޭ މީހުން ނަން އިންވާ ބޭރު ނުކުރަނި. ތިހަމަ ރާވައިގެން ނަސީދު އާއި އީވާ މަގާމް ގެއްލި ދާނެ އެތީ އުޅޭގޮތް
ވިލުފުށީ ރަސީދު
14 June 2023
ނުކުރާނެނު އަފީފަކީވެސް ޑިމޮކް ރެޓެއް. މިއަންނަ ދައުރުގަ ވަރަށް ރީއްޗަށް ހޮވާދޭނަމޭ.
ހޯރަބޭ
14 June 2023
އާޒިމް ބުނަށް ވާހަކައެއް. ހޯރަފުށީ މެންބަރ ނޫޅޭނެ ކަލޭ އުޅޭހެން މަޖިލިސްތެރޭ އަވަގުރާނަ ގޮވާ ބުރާންތި އަރާގެން. ކަލޭމެންގެ އަސްލުސޫރަ ތި ފެންނަނި.
މޫސަ
14 June 2023
އަފީފް ތީ ނަސީދު ގެ ފަފެޓެއް. ރަށްއިތުންގެ ތާއިދު އޮވެގެން ހޮވިފަ ހުރި މީހެއް ނޫން.
މުގާބެ
14 June 2023
ނަސީދު އަޑީގަ ހުރެގެން ކުޅޭ ޑްރާމެއްތީ ރަށްއިތުން ނިކުމެ ނަސީދު އިސްތިއުފާ އަށް ގޮވަންވީ
ަރަސީސުބެ
14 June 2023
ތައްޔާރުވޭ މާދަމާ މަޖިލިސް ދޮށަށްގޮސް އިސްތިއުފާޔަށް ގޮވިދާނެ.
އަސްލު...
14 June 2023
އަފީފު ބައިންދައިގެން ޖަލަްސާއެއް ކުރިއަށް ނުގެންދެވޭނެ ފޯނުކޮށްފަ ޖަލްސާހުއްތާލަން އަންގާއިރަށް ހުއްޓާލަނީ މިކަން ހައްލުކުރަން މެޖޯރިޓީ ޕާޓީން ޖެހޭނެ......