އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރާއްޖޭގެ ހާރިޖީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް
17 ޖޫން 2023 - 11:01
އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވައިފި އެވެ.
އެ އެމްބަސީ ހުޅުވުމަށް އިއްޔެ ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތުގައި ލޫ ވިދާޅުވީ މިއީ، މި ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަން ފޮރިން މިނިސްޓަރު ޝާހިދު އިއުލާންކުރެއްވީ މިދިޔަ އަހަރު އެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާގައި ހުންނަ ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫއާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް
އެ އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާ އިން ރާއްޖެއާއެކު ކުރާ ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.
ރާއްޖޭގެ އެމްބަސީއެއް މީގެ ކުރިން އެމެރިކާގައި ކުޑަ ދުވަސްކޮޅަކަށް ހިންގި އެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007 ގައި ހުޅުވި އެ އެމްބަސީ ހިންގަން ދިމާވި ބަޖެޓްގެ ދަތިކަމާ ހެދި 2008 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެ އެމްބަސީ ބަންދުކުރި އެވެ.
އެމެރިކާގެ އެމްބަސީއެއް މިހާރު ރާއްޖޭގައި ވެސް ހުރެ އެވެ. އެ އެމްބަސީ ހިންގަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަ އެވެ.
އެމެރިކާ އިން ރާއްޖެއާ ހާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
18 June 2023
ގާނޫނުގެ ތެރެއިން ބަޖެޓް ރައްޓެހިންނާއި ގާތް މީހުންނަށް ބެހުމުގެ ރެކޯޑް މިސަރުކާރުން ގާއިމްކޮށްފި. އެޗްޑީސީ އޮއްވާ ފަހިދިރިއުޅުން، އޭސީސީ އޮއްވާ އެސެޓް ރިކަވަރީ، ފުލުހުން ތިއްބާ މަރު ކޮމިޝަން، ހައުސިންގ މިނިސްޓްރީއެއް ހުއްޓާ ފްލެޓް ކޮމިޝަން، ހިއުމަންރައިޓްސް ޖެންޑަރ މިނިސްޓްރީ އޮއްވާ ކުޑަކުދިންގެ ކޮމިޝަން، މިހެން ގޮސްއެއްކަމެއްކުރަން އެތައް ތަނެއް، އަދި އެމްބަސީތަކުގެ މީހުން އިތުރުކުރި އަދަދާއި ދޭ މުސާރަ މީގެ ނޫހަކުން ނުކެރޭނެ ހާމަކޮށްލާކަށް
ދޮހޮއްތު
17 June 2023
އޭރުންތާ ބަޔަކު ތިތަނައްލާފަ އަހަރެމެންގެ ޖސޓ ފައިސާއިން މުސާރަ ދެވޭނީ ..
މާކުރި
17 June 2023
އަނެއްކާ ވެސް ގާތް މީހުންނަށާއި ޕާޓީ އެކްޓިވިސްޓުންނަށް ބަހާނެ ވަޒީފާކޮޅެއް އެއޮތް ލިބުނީ!
ހަސަނު
17 June 2023
އަވަހަށް ބޮޑެތިންގެ ދަރިންކޮޅަށް ބޮޑު މުސާރަދީފަ ތިތަނަށް އައްޔަންކުރޭ. ގައުމެއް މިއޮތީ
ދިއްދޫމީހާ
17 June 2023
ފެނަކަ ސައީދު ތިޔަ ދަތުރުގައި ގެންދިޔައީ އެމްބަސީއަ ކަރަންޓް ދޭންތޯ؟؟
ފޮރިން
18 June 2023
އެމެރިކާ އިން ކަރަންޓުދޭނެ ގޮތުގެ ފޯމިއުލާ ހޯދަން އުޅޭތީވެ އެވެ.
ދިއްދޫމީހާ
17 June 2023
މިއީ ބަޖެޓް އަރަނި ކުރަން އައި މީހުންގެ ފެންވަރު،މައުމޫން ދައުރުގައި ދަތަރު ނުކުރެވި ހުރި ގައުމްތަކަށް ހިބަރު ވަދު ހިފާގެން ދަތުރުކޮއް ނިންމާލީދޯ؟ވީކަމެއް ހަރާން ލިބުނު އެހީއެ ނެތް އައުލާދުންނަ ވަޒީފާ ދިނުން ފިޔަވާ ވީއިތރު މޮޅެއް ނެތް މިކޮމެންޓް ޖަހާލަން ކެރޭނެބާ؟؟
ފޮރިން
17 June 2023
ތިއައީ މިހާރު ޖީއެއްޓީ ދައްކާމީހުންނައް ހުރި ބިރެއް. ބަޖެޓް ދަރަނީ ބޮޑުވެގެން އަދި ތިވަޒީފާތައް މަދުކުރާނެކަން އިގޭތީ ވެހޭތާ ފެންނަގަނީ ދޯ
ބަގުރޫޓް
17 June 2023
ނެތް ތަ ޖޮބެއް ތިތަނުންގަ ؟ ކުނި ކަހަން ވެސް އޯކޭ.
އުދުހޭ
17 June 2023
ބައެއް މީހުންނަށް ހީވާކަހަލަ އެމެރިކާގައި އެމްބަސީ ހުޅުމަނީ އެތާއުޅޭ ދިވެހިނަން ޚިދުމަތް ދޭށޭ. އެހެނެއްނޫން. އެއީ ދިވެހިރާއްޖެއަކީ ގައުމެއްކަން އެމެރިކާއަށް އަންގައިދޭ ނިޝާނެއް. އަދި ދުނިޔޭގެ ބޮޑު ބާރަކާއެކު ގުޅުން ބަދަހިކޮށް އެކިއެކި ފުރުސަތު ހޯދަން މަސައްކަތްކުރާ އޮފީހެއް. އިންޑިޔާގެ ހަންފެތުރުން އިންތިހާއަށްގޮސް ކާޑުގެ ދަތިކަން ކުރިމަތިކުރެވޭ ހާލަތުގައި އޮންނައިރު އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުން ނުހަނު މުހިންމު.
ޛޖޖޖޖ
17 June 2023
ޔޫއެސް ކަހަލަ އަގުބޮޑު ތަނެއްގައި އެމްބަސީ އެއް ހިންގޭވަރަށްވުރެ މިގައުމުގެ އިގްތިސާދީ ހާލަތު ދަށް. މިގައުމަށް ތި އެމްބަސީގެ ސަބަބުން ކުރާނެ ފައިދާއަށްވުރެ ލިބޭނެ ގެއްލުން ބޮޑުވާނީ.
އުދުހޭ
17 June 2023
އެބުނަނީ އިންޑިޔާ ސިފައިންގެ އަދަދު ހާމަކޮށްލިޔަސް ގައުމު ކާޑަށްޖެހިދާނެޔޭ. އަޅުވެތިކަމެއްގެ ރޮގުމަތީގަ އޮތް ގައުމެއް މީ. ގައުމު މިނިވަން ކުރަން ކުރަންޖެހޭ މަސައްކަތް ގިނަގުނަ އަދި އަގު ބޮޑު.
ސުން
17 June 2023
މިއީ ހަމަ އެބުނާގޮތަށް ގާތްމީހުންނަށް މުސާރަދޭންވެގެން ކުރާކަމެއް. ބޫޓާނުގެ އެމްބެސެޑަރޭ ކިޔާފައި އޮތް ޚަބަރެއްވެސް އިއްޔެ ދުށިން. މިއީ ދިވެއްސަކަށް ދެވޭތަނެއް ނޫން. ޙާލަކުން ފަހަރަކު ނޫނިއްޔާ ބޫޓާނުން މިތަނަށް މީހަކު ނާދޭ.