ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި ފަނޑިޔާރަކު ޖޭއެސްސީގެ ފައިލެއް މަތީ އަތް ބާއްވާލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
19 ޖޫން 2023 - 16:20
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ބަދަލު ކުރުމަށް ގާނޫނާއި ގާނޫނުއަސާސީ ބަދަލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު މަޖިލީހަށް ފޮނުވައިފި އެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ.
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި،" ބަންޑާރަ ނައިބުގެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ބަންޑާރަ ނައިބު ރިފްއަތު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދަށް ވާއިރު 2019 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ދެ ބިލާ އެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" ބަންޑާރަ ނައިބުގެ ޓްވީޓްގައިވެ އެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، ންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު، ބަންޑާރަނައިބު އަދި ރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ ގާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަން ލަސްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ޖޭއެސްސީ ބަދަލުކުރުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
20 June 2023
ތިޔަ ޤާނޫނު އިސްލާހް ކުރަން. 5 އަހަރު ވަންދެން ވިސްނާގެން ގެނެވުނު ބަދަލަކީ ތޮއީ ތޯ؟؟ 3 މެމބަރަކު އުވާލުން؟ ރައިސްގެ ނުފޫޒިގައި ތިބޭ މަޖލިސް މެމްބަރުންނާ، ރައީސް ވަޒީފާދޭ ބަންޑާރަ ނައިބު އިންހަ ހިނދަކު ކޮބާތޯ ތިޔް ކޮމިޝަންއަަށް މިނިވަންކަން ލިބޭނެ ގޮތަކީ؟ ތިޔަ ވަރުގެ ބަދަލެއް ގެނަން ތިހާ މުހިންނު ބިަލަކަށް 5 އަހަރު ނެގުމަކީ ބޮޑު މައްސަލައެއް އެހެނީ، އިންތިހަބުގަ ތިޔަ ފޯމެޓެއް ގޯސްވެގެން އެންމެ ގަދައަށް ގޮވި މީހުން ތެރޭ ރިއްފަތު ހިމެނޭތީ.
ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް
20 June 2023
ކީރިތި ރަސޫލާ (ސއވ) ގެންގުޅުއްވި ހަމަ ތަކާއި އުސޫލް ތަކަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ކޮންމެ މީހަކު ވެސް ދެކޭނެއެވެ. އެއީ މަޢާފު ކޮށްފައި ކުރިއަށް ދިއުމެވެ! ތިޔަ ތާންގާ %99 މީހުންގެ ތެރެއިން މީހުން "މީހުންނަށް" ހެދީ ނަޝީދު އެވެ. ވީމާ، އިލެކްޝަން މިހާ ކައިރި ވެފައިވަނިކޮށް ބަދަލު ހިފުމުގެ ރޫޙެއް ހިސާން އާއި އިބޫ ގެންގުޅެގެން، "ވެއްޓޭނީ ރިހޭ ފައި މައްޗަށް ފޮޔެވެ".
ރިއްޕަތު ކާން
20 June 2023
ކޮބާ އައްނިބޭގެ ސައިޒު ނިކަން ރީތިކޮން ދައްކާލައިފަ އެއޮތީ ރިއްޕެގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން ވެގެން 3 ހާސް ސޮއި ހަމަނުވާހާ ރައްޔިތުންގެ ތާއީދެއްނެތް މީހަކު.. ހިތުން މަންޑޭލާ ކަމުން މުގާބޭ ގެ ވެސް ކޮމެޑީ ކޮޕީ އެއް... ޔޫސޭގެ ޑްރާމާ ނޫން އެއްޗެއް ޖައްސަން ނޭގޭ. ލަދެއް ހަޔާތެއް...
ހިނި އިބްރާހީމް ޑްރިންކްސް
20 June 2023
ޖޭއެސްސީ އަށް ގެންނަ ބަދަލަކީ ޒާތީ ބަދަލެކެވެ. މިކަހަލަ ކޮސް ކަންތަށް ކުރަމުން މީގެ ކުރިން އުޅުއްވި ބަންޑާރަ ނައިބުންވެސް އުޅުއްވިއެވެ. ރިފްއަތުގެ އެތިކްސް އަދި ކަންތަށް ކުރައްވާގޮތް ކުރީގެ ބަންޑަރަ ނައިބް އަނިލްއަށް ވުރެންވެސް ގޯހެވެ. ޔާމީނު ނުވަތަ ޕީޕީއެމްގެ ވެރިކަމެއްގައި މިއެންމެން ގޮޅިތަކަށް ލައިގެން ގެންގުޅުނަސް ދިފާއަށް ކިޔާނެ އެއްޗެއް ނެތް ވަރަށް ކަންތަށް ގޯހެވެ. އެދުވަސް އައިސްފި ނަމަ މިމީހުންގެ ހާލު ﷲ ވަކީލު ކުރުންނޫން ގޮތެއްނެތެވެ.
ޑޮލަރު ކަޅޭ
21 June 2023
ﷲ އަށް އަހަރެމެން ހުރިހާކަމެއްގައިވެސް ވަކީލުކުރަމެވެ. ވަކި ކަމެއް ވަކި ގޮތަކަށް ވެގެންނެއްނޫނެވެ. ސަލާމް
ހިނި އިބްރާހީމް
20 June 2023
ރިފްއަތުއާއި ހިސާނު ނޫން އެކަކުވެސް ޖޭއެސްސީގައި ނުތިއްބެވޭނެހެން ޤާނޫނުގައި ލިޔަންވީއެވެ. ހުރިހާ ކަމެއް ޖިންސްގެ ހަމަހަމަކަމޭ ކިޔައިގެން ފޫ ބައްދަން އުޅޭކަހަލައެވެ. އަދުލު އިންސާފަކީ ވަކި ޖިންސަކުން ދޭ އެއްޗެއްހެން ހީވާ ފަހަރު އެބައާދެއެވެ. މިއިން މީހެއްގެ ފަތިފުށް ބަލާއިރު މި ޖިންސް ހަމަހަމަ ކުރަން އުޅުއްވާ މީހުންގެ ފަރާތުން މިމީސް މީހުންގެ ދަށުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނަށް ކުރާ އުދަގުލާ ގޯނާގެ ވާހަކަ ކުރުނުވާ ވަރަށް ދިގެވެ.
ސުން
19 June 2023
މިއީ އަންނި ބޭރުކުރަންޖަހާ މަޅިއެއް. ވެރިކަން ނިމެން 3 މަހަށްވީމައެއްނޫން ތިކަހަލަ ކަންކަން ކުރަނީ.
ނާސިހު
19 June 2023
ކާކު ލޮލުގަ އަނދުނެއް އަޅުވަން. ރިއްފަތާ ހިސާނު ތިބެފަ އެހެން ބަޔަކު ބޭރުކުރަން. ބަލަ އެމީހުންވެސް ވޯޓު ދެއެއްނު ތިގަންނަ ގަނޑަށް
ޛޫނީ ޙަސަން
19 June 2023
ޖޭ.ެއެސް.ސީ ގައި މެންބަރުން ގޮތުގައި ތިއްބަވާޤާނޫނީ ވަކީލު އާއި ޢާންމުންގެ ފަރާތުން ހުންނަވާ މެންބަރުންނަކީ ސިޔާސީ ޕާޓީ އެއްގެ މެންބަރަކަށް ނުވުމާއި މެންބަރަކަށް ހުރެ ކޯޓުތަކަށް ވަކާލާތުކުރުމަށް ދިޔުން މަނާކުރުމާއި ވަކިފިކުރެކަށް ތާއީދުކޮށް މީޑިޔާގައާއި އެނޫން ތާކުވެސް ވާހަ ދެއްކުން މަނާކޮށް ޖޭ.އެސް.ސީ.ގެ ޤާނޫނަށް މިބައިތައް އިތުރު ކުރަން ފެނެއެވެ.
ޕޫރުބެ
19 June 2023
ޕާޓީއަކަށް ނުވުމާއި ކޯޓަށް ނުދިޔެކަމަކު، މިހާރުގެ ޖޭ އެސް ސީގަ ލޯފާމުތަކުން ހިންގަނީ، އޭޖީގެ ހިސާނުގެ މަސްތޫރުގެ އަދި ދެންތިބީވެސް، އެ މީހުންގެ ލޯފާމުތަކުން ކުލައންޓުންނަށް ވިސްނާދޭ އެމީހުންކަމަށް މޮޅުވާނީ
ބޮޑުމީހާ
19 June 2023
65 މެމްބަރުންގެ ސުޕަރ މެޖޯރިޓީއޮވެ ނުގެނައި ބަދަލެއް ދެން ނުގެންނާނެ. ތިވެސް ވޯޓަށް ޖަހާ ކަނޑައެއް.
ހެޔޮކޮށް
19 June 2023
މަހުވައިބިއްލާ ހައްގު ތެދު
ކުމުންޒާނީ
19 June 2023
ތިޔަ ތިން މެމްބަރުންގެ ބަހެއް ނެތި މިހާރުވެސް ޖޭއެސްސީއިން ބޭނުން ކުޅިވަރެއް ކުޅެނީ! ވަކީލުންގެ ފަރާތުން ހުންނަ މީހާ އާއި އޭޖީ އާއި މަޖިލިސް މެމްބަރާއި އާންމުންގެ ތެރެއިން އަންނަ ދާއިރާ ނޭގޭ ވާނުވާ މެމްބަރު މިހާރުވެސް ތިބީ އެއްކޮޅަށް އަރައި ކޮރަޕްޝަން ހިންގަން! އެއީ މިހާރުވެސް މެޖޯރިޓީ! ރިއްފަތު ހީކުރަނީ ތިކުރާ ކަންކަން ބަލާނެމީހަކު ނުހުންނާނެ ކަމަށް؟ އެންމެ ފަހުން ހައިކޯޓަށް ފަނޑިޔާރުން ނަގާފަ ވަނީ ޖޭއެސްސީގަ ތިބި ފަނޑިޔާރުންގެ ބަހެއް ނެތި